ޚަބަރު ސަރުކާރު

ޔޫޓީއެފްގެ އެއްބަސްވުން ހިއްސާ ކުރުމުގައި ސަރުކާރުން އެއްބާރުލުން ދޭނެ: މަބްރޫކް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އުތުރު ތިލަފަޅު އެއްބަސްވުން ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރަން އެދިފައިވާތީ އެ ކަމުގައި ސަރުކާރުން އެއްބާރުލުން ދޭނެ ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަބްދުލްއަޒީޒް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މަބްރޫކް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް ވެސް އެންމެ ފުރިހަމައަށް އެއްބާރުލުން ދީފައި ވާނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މަޖިލީހާ އެކު މަސައްކަތް ކުރާނެ ކަމުގައި ވެސް މަބްރޫކް ވިދާޅުވިއެވެ.

ނަމަވެސް ޔޫޓީއެފް އެއްބަސްވުން ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރާނެ ތާރީހެއް މަބްރޫކް ހިއްސާ ކޮށްފައެއް ނުވެއެވެ.

"ސަރުކާރުން މަޖިލީހަށް ދޭންޖެހޭ އެއްބާރުލުން އަބަދުވެސް ދޭނަން،" މަބްރޫކް ވިދާޅުވި އެވެ.

އުތުރު ތިލަފަޅު އެއްބަސްވުން ރައްޔިތުންގެ މަޖިލީހާ ހިއްސާކުރަން އެދިފައިވާކަން މަޖިލީހުން ހާމަކުރީ މި ހަފްތާގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!