ވާހަކަ

ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

ޝަހާ ތުރުތުރު އަޅާ އަތުން ބެލް އަޅައިލިއެވެ. ދެފަހަރަކު ބެލް އަޅައިލުމާއެކު އެތެރެއިން ދޮރުހުޅުވައިލިއެވެ.

Ads by MWSC

ދޮރުހުޅުވާލީ ފާތިކެވެ. ޝަހާ ފެނުމުން އޭނާގެ މޫނުމައްޗަށް ނުތަނަވަސް ކަމެއް ވެރިވީ އޭނާ މައިރާއަށް ދޭން އުޅޭ ސަޕްރައިޒް ފަޅާއަރާފާނެތީއެވެ. ޝަހާ ހިނިތުންވެލުމުންވެސް ފާތިކަށް ހުރެވުނީއެވެ.

" ޑޯންޓް ވޮރީ.. ޔުއަރ ސަޕްރައިޒް ވިލް ބީ އަ ސަޕްރައިޒް.." ފާތިކްގެ އިހުސާސްތައް ދެނެގަނެވި ޝަހާ ބުންޏެވެ. ފާތިކް އަންނަކަށް މައިރާއަށް އެނގުނަސް އޭނާ ބޭނުންވީ އެއްވެސް ކަމެއް އޭނާއަށް އެނގޭ ކަމަކަށް ނުހެދުމެވެ. އެހެންކަމުން ފާތިކް ކައިރީގައި މައިރާއަށް އެނގޭކަން ނުބުނުމަށް ޝަހާ ކައިރީ ބުނީ ޙުދު މައިރާއެވެ. ފާތިކް ހިތްހަމަޖެހުމުގެ ނޭވައެއް ދޫކޮށްލިތަން ފެނި ޝަހާއަށް ހެވުނެވެ.

" އާދޭ އެތެރެއަށް... މަންމަ އެބައުޅޭ ސިޓިންގްރޫމްގަ.." ޝަހާ ވަންނަން ތަން ދައްކަމުން ފާތިކް ބުންޏެވެ. ޝަހާ އެތެރެއަށް ވަދެ ހިނގައިގަތުމުން ޝަހާގެ ފަހަތުން ފާތިކްވެސް ހިނގައިގަތެވެ.

" ޝަހާއަށް ކިހިނެއް އެނގުނީ އަހަރުމެން އައިކަން.. " ފާތިކް އަހައިލިއެވެ.
" އަވައްޓެރިންވީމަ އެނގޭނެއްނު.. އަހަރެންނަށް އެނގޭ މައި ކައިރީގައި ނުބުނެކަން ތިއައީ.. އެހެންނޫންނަމަ މައި އަހަރެން ކައިރީގައި ބުނާނެ.. " ޝަހާ ބުންޏެވެ. އޭރު އެމީހުންނަށް ސިޓިންގް ރޫމާ ހަމައަށް ދެވިއްޖެއެވެ. ސޯފާގެ ކަވަރުތައް ބަދަލު ކުރަން  ކައުސަރު އިން އިރު އޭނާ ކައިރީގައި އެހީތެރިވެދެން ކަމީލާ އިނެވެ. ރާފިޤު އުޅުނީ ސޯފާގެ ފަހަތުގައި ހުރި ކުޑަދޮރުގެ ދޮރުފޮތިގަނޑު ބަދަލުކޮށެވެ. ޝަހާ ނަޒަރު ގޭގެ އެހެން ދިމާތަކަށް ދަތުރުކޮށްލީ އެންމެ ސޫރައެއް ދެކިލުމުގެ އުއްމީދުގައެވެ. އެހެންނަމަވެސް އެއްވެސް ދިމާލަކުން އަދީމްގެ ހިލަމެއް ނުވިއެވެ.

" މަންމާ ބަލާ މިހުރީ ކާކު އައިއްސަ.." މަސައްކަތުގައި މަޝްއޫލުވެފައި އިން ކައުސަރަށް ގޮވައިލަމުން ފާތިކް ބުންޏެވެ. ކަމީލާއާއި ރާފިގަށްވެސް ބަލައިލެވުނެވެ. އެއީ ކާކުކަން ދެނެގަންނަން އިރުކޮޅެއް ނެގިއެވެ. ކައުސަރު އިންތަނުން ތެދުވެގެން ޝަހާ ދިމާލަށް އައިއިރު އޭނާއަށް އެއީ ކާކުކަން އެނގިއްޖެއެވެ.

" އިސްރާގެ ޝަހާ ދޯ..." ހިނިތުންވެލަމުން ކައުސަރު ބުންޏެވެ. ޝަހާވެސް ހިނިތުންވެލަމުން ބޯޖަހައިލިއެވެ.

" އަވަހަށް އާދޭ އެތެރެއަށް... ދައްތަ ވަރަށް އުފާވެއްޖެ ޝަހާ އައިމަ.." ކައުސަރު ޝަހާގެ ބުރަކަށީގައި ފިރުމައިލުމަށްފަހު އަތުގައި ހިފައިގެން ގެންގޮސް ސޯފާގައި ބޭންދިއެވެ. އެބަ އަންނަން ކަމަށް ބުނުމަށްފަހު ފާތިކް ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

" ހައި.. މީ ކައްމި... " ކުއްލިއަކަށް ކަމީލާ ޝަހާގެ ކުރިމައްޗަށް ހުއްޓުނު ގޮތުން ޝަހާ ކުޑަކޮށް ސިހުނެވެ.

" ކައްމި އެނގެޔޭ.. މީ ޝަހާއްތަ.. " ކަމީލާ އަތުގައި ހިފައި ސަލާމް ކޮށްލަމުން ޝަހާ ބުންޏެވެ.

" ކިހިނެއް ކައްމި އެނގެނީ.. ބައި ދަ ވޭ ޔޫ ލުކް ސޯ ޕްރިޓީ...." ޝަހާ އާ ޖެހިފިތިގެން ކަހަލަ ގޮތަކަށް އިށީންނަމުން ކަމީލާ ބުންޏެވެ. ކައުސަރު ދެފަރާތަކަށް ބޯހޫރާލަމުން ބަލައިލީ އޭނާ ކައިރީގައި އައިސް އިށީން ރާފިގަށެވެ. އޭރު ރާފިގު ތުންފަތްމަތީގައި ވެސް ވަނީ ހިނިތުންވުމެކެވެ.

" ތެންކްޔޫ ޑަރލިން.. ޔޫ ލުކް މޯރ ބިއުޓިފުލް..." ކަމީލާގެ ކޮލުގައި ހިފައިލަމުން ޝަހާ ބުންޏެވެ.

" އެނގެޔޭ ތިކަން...ޝަހާއްތަ އަ....." ކަމީލާއަށް އޭނާ ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އޭގެ ކުރިން ކައުސަރު ވާހަކަ ދައްކަން ފެށިއެވެ.

" ކައްމި ދޭބަލަ ޝަހާ ބޯލާނެ ފިނިއެއްޗެއް ހިފައިގެން އަންނަން..." ކަމީލާ އެތަނުން ފޮނުވައިލުމުގެ މަޤްސަދުގައި ކައުސަރު ބުންޏެވެ.

" މީ އަޅުގަނޑި ގެނައި ހަދިޔާއެއް.. " ފޮއިލްއިން ނިވާކޮށްފައިވާ ޓްރޭ ކައުސަރު އަތަށް ދިއްކޮށްލަމުން ޝަހާ ބުންޏެވެ. ކައުސަރަށް ވުރެ ކުރިން އޭގައި ހިފީ އެތަނުން ތެދުވެގެން ދާން އުޅުނު ކަމީލާއެވެ. މަތިން ޓްރޭގެ ވަސް ބަލައިލިވަގުތު ދުވި މީރު ވަހުން ކަމީލާގެ ކުޅުދިޔާވިއެވެ.

" ވާއު އެޕަލް ޕައި.. ތިއްތިގެ ފޭވަރިޓް... މަންމައަކަށް ނޭނގޭނެ އެޕަލް ޕައި ހަދާކަށް.. އެހެންވެ މުޅިންވެސް އޯޑަރކޮށްގެން ގެނެސްގެން ކަނީ.. ފުރަތަމަ ފަހަރަށް ހޯމް މޭޑް އެޕަލް ޕައި ކެވޭނެ..." ޓްރޭ ހިފައިގެން ބަދިގެއާ ދިމާލަށް ދަމުން ކަމީލާ ބުންޏެވެ. ކައުސަރު ނިތްކުރީގައި ހިފަހައްޓައިލީ ލަދުގަތް ވަރުންނެވެ.

" މާފުކުރާތި ކަމީލާ ތަންކޮޅެއް ސިޔާސައީ..." ކައުސަރު ބުންޏެވެ.

" އެވަރުކަމެއް ނޫން.. " ހިނިތުންވެލަމުން ޝަހާ ބުންޏެވެ. އަނެއްކާވެސް އޭނާގެ ނަޒަރު ގޭގެ އެކި ދިމާދިމާލަށް ހުއްޓުނެވެ.

" މީ ދައްތަގެ ފިރިމީހާ... " ކައުސަރު ރާފިގު ތަޢާރަފްކޮށްދިނެވެ. ޝަހާއާއި ރާފިޤު ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

" ކޮބާ އަނެކަކު..؟" ޝަހާއަށް އެހެން އަހައިލެވުނީ ބޭއިޙްތިޔާރުގައެވެ. ކުރެވުނު ސުވާލުގެ ސަބަބުން ޝަހާގެ މޫނަށް ލަދުރަކި ކަމެއް ވެރިވިއެވެ. ކައުސަރުގެ ނިތަށް ރޫގިނަވި ނަމަވެސް ދެވަނަ ހިނދުގައި އެދައްކަނީ ކާކުގެ ވާހަކަ ކަން އެނގުނެވެ. ޝަހާގެ މޫނަށް އަރައި ފޭބި ކުލަތައް ރާފިޤަށް ސިއްރެއް ނުވިއެވެ. ހިތުގައި ޝައްކެތް އުފެދުނު ނަމަވެސް ޔަގީން ކުރާކަށް ނޭނގުނެވެ.

" އަދީމް ދޯ.. އޭނާ ވެއްޖެ އޭނާގެ ރައްޓެއްސަކާ ބައްދަލުކޮށްލަން ގޮއްސަ.." ކައުސަރުގެ ޖަވާބުން ޝަހާގެ މޫނުމަތީގެ ކުލަ އޮއްސުނެވެ. ދެން ކައުސަރު ފެށީ އިސްރާގެ ވާހަކައެވެ. ފާހިރާއި އިސްރާގެ ކައިވެނި ރޫޅުނު ހިސާބުން ފެށިގެން ކަންތައްވީގޮތް ޝަހާ ކިޔައިދޭން ފެށިއެވެ.

*********************

އަދީމާއި ހުސެން ބައްދަލުކުރީ ހުސެން މަސައްކަތް ކުރާ ހޮސްޕިޓަލާ ޖެހިގެން ހުރި ކެފޭއަކުންނެވެ. ހުސެން އަތުގައި ރޯކޮށްފައި އޮތް ސިގިރޭޓެއް އޮތްއިރު އަނެއް އަތުގައި އާވި އަރައަރާހުރި ކޮފީތައްޓެއް ހުއްޓެވެ. ހުސެން އަކި އެހޮސްޕިޓަލްގެ ސީނިއަރ ޓެކްނީޝަނެކެވެ.

" ތިބުރުވާ ދުންތަކުން ހުސެން ކައިރީގައި ތިބޭ މީހުންނަށްވެސް އަސަރު ކުރާކަން އެނގޭތަ؟" ކޮފީތަށިން ކޯވަރެއް ބޯލަމުން އަދީމް ބުންޏެވެ.

" ލައްބަ ޑޮކްޓަރ އަދީމް.. ކީއްކުރާނީ ހުއްޓަން އުޅެ އުޅެ ނުވި... ދެން ބުނެބަލަ މިކޮޅަށް ޖޮއިން ކުރާނީ ކޮން ދުވަހަކު؟ " ވާހަކަ އޮޅުވައިލުމުގެ މަޤްސަދުގައި ހުސެން ބުންޏެވެ.

" ދޮންބެ މެރީ ކުރިހާ އަވަހަކަށް ޖޮއިން ކުރަންވީ.. އެކަމަކު އަދި މަންމަ ކައިރީގައި ނުބުނަން މިކޮޅަށް ބަދަލުވާ ވާހަކަ.. އެވާހަކަ ބާއްވާފަ ބުނެބަލަ ހުސެން ނޫޅެންތަ މެރީ ކުރާކަށް..." އަދީމް އަހައިލިއެވެ. ހުސެން ދޫކޮށްލީ ފުންނޭވައެވެ. އޭނާގެ މޫނުމަތިން ހަމަޖެހޭގޮތް ދެއްކި ނަމަވެސް ދެލޮލުން ފެނުނު މާޔޫސްކަން އަދީމަށް ރަނގަޅަށް ފާހަގަވިއެވެ.

" ލޯބިވާ ކުއްޖާ ނުލިބުނީ ދޯ.." ހުސެން ވަކި އެއްޗެއް ނުބުނަނީސް އަދީމް އަހައިލިއެވެ.

" ކިހިނެއް އެނގުނީ... ؟" ހުސެން އަހައިލީ ހައިރާންވެފައެވެ. ހުސެންގެ ލޮލުން ފެންނަމުން ދިޔަ އަސަރު އެންމެ ބޮޑަށް އިހުސާސް ކުރެވޭނެ އެކަކީ އަދީމެވެ. ވަކި އެއްޗެއް ނުބުނެ އަދީމް ހިނިތުންވުމަކުން ފުއްދައިލިއެވެ.

" އާނ އަހަރެން ވަރަށް ލޯބިވާ ކުއްޖަކު ހުރޭ.. އެކަމަކު އޭނަ ލޯބިވަނީ އެހެން މީހެއް ދެކެ.. " ހިތިގޮތަކަށް ހުސެން ބުންޏެވެ. އެވަގުތު އޭނާގެ ހިތުގައި އެއަންހެންކުއްޖާގެ ރީތި ސޫރަ ކުރެހިގެން ދިޔައެވެ.

" އަދީމްގެ ބިޓެއް ހުރޭތަ؟" ހުސެން އަހައިލިއެވެ. އަދީމްގެ ހިތަށް އައިސްވަނީ އޭނާގެ ހިތުގެ ރާނީއެވެ. އެހިނދު އޭނާގެ ހިތުގައި ރިއްސާލިއެވެ.

" ރަނގަޅު ކުއްޖެއް ފެނުނުހާ އަވަހަކަށް އިންނަންވީ..." އޭނާގެ ހުވަފެންތަކުގެ ރާނީ ހިތުގެ ކަނެއްގައި ފޮރުވައިލަމުން އަދީމް ބުންޏެވެ. ހުސެން ވަކި އެއްޗެއް ނުބުނެ ބޯޖަހައިލިއެވެ. އެވަގުތު އަދީމްގެ ނަޒަރު ހުއްޓުނީ ކުރިމަތިން ފެންނަމުން ދިޔަ ތިންބުރީގެ އިމާރާތަށެވެ.

" މީކުރިން ބަކުރުބެ ފިހާރަ އިންތަން ދޯ..." އައި.އެސް.އެމް ބޮޑުއަކުރުން ޖަހާފައި އިން އެއިމާރާތަށް އިރުކޮޅެއް ވަންދެން ބަލަން އިނުމަށްފަހު އަދީމް އަހައިލިއެވެ. ހުސެންގެ ތުންފަތަށް ވެރިވީ މާނަފުން ހިނިތުންވުމެކެވެ.

" އާނ.. އެކަމަކު މިހާރު ތިފެންނަނީ މިއަތޮޅުގައިވެސް ހުރި އެންމެ ފުރިހަމަ އިމާރާތް.. އެންމެ މަޝްހޫރު ކުންފުނީގެ އޮފީސް ތި ފެންނަނީ... ތިތަން ހިންގަނީ ޒުވާން ކުޅަދާނަ ވިޔަފާރިވެރިއެއް... އެހެންމީހުން އޭނާ ނަމޫނާއަކަށް ބަލަން ޖެހޭ..." ހުސެންގެ ދުލުން އިވުނު ތަޢުރީފުގެ ބަސްތައް އިވިފައި އެއީ ކާކުކަން ބެލުމުގެ ޝައުޤުވެރިކަން އަދީމްގެ ހިތުގައި އުފެދުނެވެ.

" އެހެންތަ.. އެއީ އަނެއްކާ ކާކުތަ؟ މިރަށު ކުއްޖެއްތަ؟ އަހަރެން ދަންނަ ކުއްޖެއްތަ؟" އަދީމް ސުވާލުތައް ފައްޗަކަށް އަމުނައިލިއެވެ.

" ޔަގީނެއްނު... ތިގޭ ދޮރުމަތީގައި ހުންނަ ގޭގެ ކުއްޖެއް.. ޝަހާ އެނގެއެއްނު.." ހުސެން ހިނިތުންވެލަމުން ބުންޏެވެ. ޝަހާގެ ނަންއިވުމާއެކު އަދީމަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. ސިކުނޑީގައި އެނބުރެން ފެށި މާޒީގެ ހަނދާންތަކާއެކު އަދީމްގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އިވިގެން ދިޔަ ވާހަކަތަކަށް ފަހު ޝަހާއާ ބައްދަލުކުރުމުގެ ޝައުޤުވެރިކަން ބޮޑުވެގެން ދިޔައެވެ.

*******************

އެތައް އިރެއް ވެގެން ދިޔައިރުވެސް އަދީމް ލޮލަށް ފެނުމުގެ ނަސީބު ނުލިބުމުން ޝަހާ މުޅިން މާޔޫސްވިއެވެ. އަނެއްކޮޅުން މަލާކް ބަލާ ސްކޫލަށް ދާ ގަޑި ޖެހެނީއެވެ.

" ދެން ގޮސްލީ ދައްތާ! އިރާދަކުރެއްވިއްޔާ އަދި ދިމާވާނެއްނު.. " ހިތާ ދެކޮޅަށް ނަމަވެސް އިންތަނުން ތެދުވަމުން ޝަހާ ބުންޏެވެ.

" އާނ އެންމެ ރަނގަޅު.. ކުޑަ މަންޖެއަށް ދައްތަގެ ސަލާމް ބުނާތި.." ޝަހާގެ އަތުގައި ހިފައިލަމުން ކައުސަރު ހިތްހެޔޮކަމާއެކު ބުންޏެވެ.

" ގިނަގިނައިން އަންނާތި މިގެއަށް.." ރާފިގުވެސް އިންތަނުން ތެދުވަމުން ބުންޏެވެ.

" އިންޝާﷲ... ދަނީ ކައްމި.." ކާމޭޒު ކައިރީގައި އެޕަލް ޕައި ޓްރޭ ހިފައިގެން ކާން އިން ކަމީލާއަށް ޝަހާ ބުންޏެވެ.

" އޯކޭ.. އެޕަލް ޕައި ވަރަށް މީރު ތޭންކްސް..." ކަމީލާ ގޮވައިލިއެވެ. ޝަހާ އެގެއިން ނިކުންނަން ދޮރާ ދިމާލަށް ދިޔައިރުވެސް އުއްމީދު ކުރަމުން ދިޔައީ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އަދީމް ފެނުމަށެވެ. އަދީމް އާދޭތޯ ކުޑައިރުކޮޅަކު މަގުމަތީގައި މަޑުވެސް ކޮށްލިއެވެ. އެހެންނަމަވެސް ސައިކަލަށް އަރައިގެން ނައްޓާލިއިރުވެސް އަދީމްގެ ހިލަމެއް ނުވިއެވެ. ޝަހާ ދިޔަތާ އިރުކޮޅެއް ފަހުން ހުސެންގެ ސައިކަލު ފަހަތުގައި އަދީމް ގެއަށް އައެވެ. ހުސެންއަށް ޝުކުރުއަދާކުރުމަށްފަހު އަދީމް ގޭތެރެއަށް ވަދެގެން ދިޔައެވެ. ސިޓީންގްރޫމަށް ވަންއިރު ކައުސަރު ކަމީލާއާ ދިމާލަށް ހަޅޭއްލަވަނީއެވެ. ކަމީލާ ކުށްވެރިއަކު ފަދައިން އިސްޖަހައިގެން އިނެވެ.

" ކިހިނެއްވީތަ މަންމާ ކައްމި ކީއްކުރީ މިހާރު.." ކަމީލާ ކައިރީގައި އިށިންނަމުން އަދީމް އަހައިލިއެވެ. ކަމިލާ ތުންފިއްތާލަމުން ބަލައިލިވަގުތު އަދީމް ކައިރިއަށް ހިނިއައެވެ.

" ލަދުން ބޯ ހަލާކުވާ ވަރުވޭ... ގެއަށް އަންނަ މެހެމާނުން ކުރިމަތީގައިވެސް އެއްވެސް ކަހަލަ އުޅުމެއް ނުހުރޭ.. " ކައުސަރު ރުޅިއައިސްފައި ބުންޏެވެ.

" ކާކުތަ އައީ.. ކައްމި ކީއްތަކުރީ.." އަދީމް އަނެއްކާވެސް އަހައިލިއެވެ.

" ކައްމި ނުކުރަމޭ އެއްވެސް ކަމެއް ތިއްތީ.. މިގެއަށް އައީ ވަރަށް ޕްރިޓީ ލޭޑީއެއް... އައީ އެޕަލް ޕައި އެއް ހިފައިގެން.. އޭނާ ޕްރިޓީ ކަމުން ކައްމި ބުނީ ހާދަ ޕްރިޓީއޭ.. ދެން އެޕަލް ޕައި މީރު ކަމުން ކައްމި އަށް ކާންފެށި ގޮތަށް ނުއެއް ހުއްޓުނު.." މައުސޫމުކަމާއެކު ކަމީލާ ބުންޏެވެ.

" ދެން ޕްރިޓީ ވީމަ ޕްރިޓީއޭ ބުނާނެ ދޯ މަންމާ.. ނެތްތަ އަހަރެންނަށް އެޕަލް ޕައި ކޮޅެއް.." އަދީމްގެ ވާހަކަ ތަކުން ކައުސަރު ކައިރިއަށް އިތުރަށް ރުޅި އަންނަ ގޮތްވިއެވެ.

" އަދި އަދީމްވެސް ހުންނާނީ މިއަންހެނާގެ ކޮޅަށް.. ލަދެއްގެ ކަންފުޅެއްވެސް ނެތް އަންހެނެއްމީ.. " ބަދިގެއާ ދިމާލަށް ހިނގައިގަންނަމުން ކައުސަރު ބުންޏެވެ.

" ކާކުތަ އައީ؟" ކައުސަރު ގޮސް އޮބާލުމުން އަދީމް ތަންކޮޅެއް މަޑުމަޑުން ކަމީލާ ކައިރީގައި އަހައިލިއެވެ. ވަގުތުން ކަމީލާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެސް މޫނުމައްޗަށް އުފާވެރިކަން ވެރިވެގަތެވެ.

" ވަރަށް ރީތި ކުއްޖެއް..ވަރަށް ދޮން ދޮން ލޯބި ލޯބި.. ހީވަނީ ބޭރު ޤައުމެއްގެ ކުއްޖެއްހެން.. ވައިޓް އެންޑް ރެޑް ހެދުމަކާ ރެޑް ޝޯލްއެއް އަޅާފަހުރީ.. ކޮން ނަމެކޭތަ ބުނީ.... އާނ! ޝަހާއްތަ އޭ ބުނީ.." ކަމީލާ ހަނދާންކޮށްލަމުން ބުންޏެވެ. އަދީމްގެ ދެލޯ ވިދައިގަތީ އެއްވެސް އިޙްތިޔާރެއްނެތިއެވެ. އޭނާއަށްވީ ގޮތުން ޙުދު އޭނާވެސް ހައިރާންވިއެވެ. ޝަހާ އާ ބައްދަލުކުރުމުގެ އެދުން ހިތުގައި ބޮޑުވާން ފެށިއެވެ.

" މަންމަ އަންނަންވާއިރަށް ކައްމި މިދަނީ ރޫމަށް.. އެހެންނޫނީ އަނެއްކާ ލެކްޗަރުތަކެއް ދޭނީ.." ކަމީލާ އިންތަނުން ތެދުވެގެން އަވަސް ފިޔަވަޅުތަކެއްގައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

" ރެޑް ކަލަރ.. އެޕަލް ޕައި..." އެއްމިޔަކަނުން ހިނިތުންވެ އިނދެ އަދީމް ކިޔައިލިއެވެ.

********************

ކައިނިމިގެން އާޒިފް އިނީ ސޯފާގައި ދޭއްގެ ހަބަރު ބަލާށެވެ. ކައިރީގައި އިން އަސްމާ ސޯފާއަށް ދެފައި އަރުވައިގެން ނިޔަފަތިތަކުގައި ކުލަޖައްސަން އިނެވެ. އާޒިފްގެ ނަޒަރު އިރުއިރުކޮޅާ ހުއްޓެމުން ދިޔައީ ޝެރީންގެ ކޮޓަރިއަށެވެ. އެއްގޮތަކަށްވެސް ޝެރީން ކޮޓަރިން ނިކުމެ ނޫޅޭތާ ދެދުވަހެއް ވަރު ވެދާނެއެވެ. ހުރި ހަމައެކަނި ދަރިފުޅަށްޓަކާ އޮތް ކަންބޮޑުވުމެއްގެ ސަބަބުން އާޒިފްގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. އެތަކެއް ފަހަރަކު އެކޮޓަރީގެ ދޮރުގައި ޓަކިވެސް ޖެހިއެވެ.

" ޕްލީޒް ބައްޕާ މިވަގުތު އަހަރެން އެކަނިވާން ދޫކޮށްލާ.." ޓަކި ޖަހައިލާ ކޮންމެ ފަހަރަކު ޝެރީންގެ ފަރާތުން ލިބޭ ޖަވާބަކީ އެއީ އެވެ.

އަސްމާ ކައިރީގައި އޮތް އެނާގެ ފޯނު ރިންގުވާން ފެށުމާއެކު އޭނާ ބޯދިއްކޮށްލާފައި ބަލައިލިއެވެ. ފޯނުގެ ސްކްރީނަށް އަރާފައި އޮތް ނަމުން އޭނާގެ މޫނުމައްޗަށް ވެރިވީ ފޫހިކަމެވެ. އަޅައިވެސްނުލާ އަނެއްކާވެސް އޭނާގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. އާޒިފް އަސްމާގެ ފޯނަށް ބަލައިލީ އެފޯނު ތިންވަނަ ފަހަރަށް ރިންގުވާން ފެށުމުންނެވެ. ސްކްރީނަށް އަރާފައި އޮތީ އަސްމާގެ ފިރިހެން ދަރިފުޅު އަލީފްގެ ނަމެވެ.

" ބަލަ އަލީފެއްނު އެގުޅަނީ.. އެކުއްޖާ އެވަރަށް ގުޅާނީ ކޮންމެވެސް ކަމެއްވީމައެއްނު.. " އާޒިފަށް ނީނދެވިގެން ބުންޏެވެ.

" އަހަރެންނަށް އެނގޭ އެވަރަށް އެގުޅަނީ ކީއްވެގެން ކަން.. ކޮންމެވެސް ކޯހަކަށް ބައިވެރިވާންގެން ލާރި ދޭށޭ ކިޔާތާ ދުވަސްކޮޅެއް ވެއްޖެ.. އޭނާވެސް އެއީ މީހާރު ބޮޑު ފިރިހެނެއް.. މަސައްކަތް ކޮށްގެން ލާރި ހޯދޭނެ.. އޭނާގެ ބަފާވެސް އެއުޅެނީނު ހަމަ.. ރަނގަޅަށް އެނގޭނެ އަހަރެންނަކީ ވަޒީފާއަކަށް ދާ މީހެއް ނޫންކަން.. އަހަރެންވެސް ކައިގެން ބޮއެގެން މިއުޅެނީ މީހަކު ދިނީމަކަން.." އާޒިފަށް ބަލައިވެސް ނުލާ އިނދެ އަސްމާ ކިޔައިލިއެވެ.

" އަހަރެންގެ ލާރިއަކި ހަމަ އަސްމާގެ ވެސް ލާރި ދޯ... އަސްމާގެ ދަރިފުޅަށް ހަރަދުކުރުން އަހަރެން މަނައެއް ނުކުރަން.." އާޒިފް ބުންޏެވެ.

" އާޒިފް ނުބުންޏަސް އަހަރެން އުޅެން ޖެހޭނީ އާޒިފްގެ ލާރިއަށް ބަލައިގެން... ބައެއް މީހުން އާޒިފްގެ ލާރި ބޭނުންގޮތަކަށް ތަޅާ ބުރުވިޔަސް އަހަރެން އުޅޭނީ ބަލައިގެން... " އަސްމާ ބުންޏެވެ. އެއްޗެއް ބުނަން އުޅެފައިވެސް އާޒިފް އެ ހިޔާލު ދޫކޮށްލިއެވެ. އަސްމާއާ ދެބަސްވުމަކީ ބޭކާރު ކަމެއް ކަމުގައި ވާތީއެވެ.

**********************

އެދުވަހުގެ ހަވިރުގެ ވަގުތެވެ. އަސުރު ނަމާދުކޮށް ނިމިގެން ސޯފާގައި ޒިކުރު ކިޔަން އޮތް މަލާކަށް އޮތީ ނިދިފައެވެ. ޝަހާވެސް ނަމާދުކޮށްގެ ނިކުމެން ކާމޭޒުކައިރީގައި ލެޕްޓޮޕުން ކޮންމެވެސް މަސައްކަތެއް ކުރަން އިނެވެ. އެހެންނަމަވެސް އޭނާ ހިޔާލުތަކުގައި ރަސްކަން ކުރަމުން ދިޔައީ އަދީމެވެ. ހިތްއެދި ގޮވަމުން ދިޔައީ އަދީމް ދެކިލުމަށް އެގެއަށް ދިއުމަށެވެ. އެހެންނަމަވެސް ދެވަނަ ފަހަރަށް ދެން އެގެއަށް ދާކަށް ނުކެރޭނެއެވެ. ކުރަން އުޅުނު މަސައްކަތައިގެން ކުރިއަށް ދެވޭތޯ ޝަހާ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ހިތުގެ ގޮވުމަށް ބަދަލެއް ނައެވެ. އެހެންކަމުން އެގޮވުމަށް އިޖާބަދިނުމަށް އޭނާ ކޮޓަރިއަށްވަދެ އާދައިގެ ގޮތަކަށް ތައްޔާރުވެލިއެވެ. ކުރިންވެސް އޭނާ ލީ ހެދުން ލައިގެން ނިކުންނަން ދިޔައެވެ. އެގެއަށް ގޮސް ދައްކާނެ ބަހަނާއަކާ ދޭތެރޭގައި ވިސްނަމުން ގޭގެ ބޮޑު ދޮރު ހުޅުވައިލިއެވެ. ކަންދިމާކުރި ގޮތުން އެވަގުތުވީ އަދީމްވެސް އޭނާގެ ގެއިން ނިކުތް ވަގުތަށެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ހިނދު ޝަހާގެ މެޔަށް ހީވީ ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ. އަވަސް ހަރަކާތަކާއެކު އަދީމަށް ފުރަގަސްދެމުން އަލުން އެތެރެއަށް ދެމިގަނެވުނީ ބޭއިޙްތިޔާރުގައެވެ.

  1. މާޝާﷲ