ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

ސާޔާގެ ސުވާލުން އަސަދުގެ ދުލުގައި ތަޅެއް ލެވުނު ފަދައެވެ. އޭނާ އަށް ވެސް އެޒުވާނާގެ ނަމެއް ނޭނގެއެވެ.

Ads by Hajj Corporation

" ރައުލް....."... ފަހަތުން އިވުނު ފިރިހެންވަންތަ އަޑާއެކު ސާޔާ ފަސްއެނބުރި ބަލާލިއެވެ. އޭރު އަސަދުގެ ނަޒަރު ވެސް އަމާޒުވެފައި ވަނީ ދޮރުމަތީގައި ހުރި ޒުވާނާއަށެވެ.

*****

ސާޔާ ކަޅި ވެސް ޖަހާ ނުލައި އެ ޒުވާނާއާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން ހުރީ އާޝޯހުވެފައެވެ. އެ މޫނުން ނުހަނު ދަންނަ ވައްތަރެއް ޖެހި ނަމަވެސް ސާޔާއަށް އެއީ ކާކު ކަމެއް ނޭނގުނެވެ. ސިކުނޑީގެ ބައެއް ހޭލަން އުޅެފައިވެސް އަނެއްކާ ނިދި ކަހަލައެވެ. އެ ޒުވާނާގެ ލޮލުގައި ވަނީ ދަގައްފާނުގެ ބާރުހެން ސާޔާ އަށް ހީވިއެވެ. އޭނާ އާއި ދިމާލަށް ނުބަލައި ހުރުންވީ އުނދަގޫ ކަމަކަށެވެ. އެ ކުޑަ ވަގުތު ކޮޅުގައި ވެސް ސާޔާގެ ޚިޔާލަށް ވެރިވީ ކުރިން ދުވަހު އައިރާ ދެއްކި ވެމްޕަޔަރ ޑައިރީސް ސީރީޒްގައި އުޅޭ ޑޭމަން އެވެ. މި ޒުވާނާ އަށް ލިބިފައިވަނީ އެފަދަ ރީތި ކަމެކެވެ. ނުރައްކާތެރި ގޮތެއް ވެސް އެބަހުއްޓެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވަމުން ސާޔާ އިސްޖަހާލިއެވެ.

" ރައުލް... އަވަހަށް އާދޭ.. ސާޔާ މި ކައިވެންޏަށް ރުހި ޤަބޫލު......"..... އަސަދު ހުރިހާ ދަތްތަކެއް ދައްކައިގެން ހެވިފައި ހުރެ ބުނެލި އިރު އަމިއްލަ އެދުމުން އެ ހިތް ވަނީ ފޯވެފައެވެ. ލިބެން އުޅޭ ފައިދާ އާއި މެދު ވިސްނާލެވުނަސް އޭނާގެ ތުންފަތަށް ހިނިތުންވުން ވެރިވެއެވެ.

ސިހިފައި ސާޔާ ބަލާލީ އަސަދަށެވެ. އެ ހިތުގައި ޝަކުވާ އުފެދުނީ އޭނާގެ ޚިޔާލެއްވެސް ހޯދުމެއްނެތި ބައްޕަ އެފަދަ ނިންމުމެއް ނިންމުމުންނެވެ. ރީތި ހުސްކޮށްގެން ހުރި ޒުވާނެއް ނަމަވެސް ސާޔާގެ ޝައުޤުވެރިކަން ރައުލްއަށް ހުއްޓިފައި ނެތެވެ. އޭނާގެ ހިތުގައި އުފެދުނީ ފޫހި ކަމެވެ. ނަމަވެސް ރައުލް ފަދަ ޒުވާނަކު ސާޔާއާއި ކައިވެނި ކުރަން ބޭނުންވާ ސަބަބާއި މެދު ސުވާލު އުފެދުނެވެ.

" މާ ރަނގަޅަކަންނު ތިވީ.. ސާޔާގެ ބައްޕަ ނުދިޔަޔަސް އެންމެ ރަނގަޅު ވާނެ.. އެކޮޅަށް ގޮސް ވަލީގެ ކަންތައްތައް ހަމަޖައްސަން ގުޅާނަން.. އަޅުގަނޑާއި ސާޔާ ހަވާލުކުރޭ.. އިރުކޮޅަކުން ފުރާނަން...... ".... ރައުލްގެ ނަޒަރު އަމާޒުވެފައިވަނީ އަސަދުގެ މޫނަށެވެ. އެ ލޮލުގައި ވީ ބާރުން އަސަދުގެ ރުހުން ހޯދި ކަހަލައެވެ. އިތުރު އެއްޗެއް ނުބުނެ އޭނާ ވަގުތުން އެއްބަސްވިއެވެ. ރައުލްގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އޭނާގެ ނަޒަރު ދެން ހުއްޓުނީ އަސަދުގެ ކައިރީގައި ކޮޅަށް ހުރި ސާޔާ އަށެވެ. އެވަގުތު އެ ހިތް ނުބައިގޮތަކަށް ތެޅިލިއެވެ.

ކުރެވެން މި އުޅެނީ ރަނގަޅު ކަމެއް ބާއޭ ރައުލްގެ ހިތަށް އެރިއެވެ. ސާޔާގެ ރުހުމާއެކު ކުރަން ބޭނުންވި ކަމެއް ކަމުގައި ވިޔަސް އޭނާއަށް ކެތް ކުރަން އުނދަގޫވީއެވެ. " ބްލޮސަމް" ގައި ފޮރުވިފައިވާ ސިއްރުތައް ހާމަ ކުރަން ރައުލް ބޭނުމެވެ.

ނުރުހިފައި ސާޔާ ބާރު ބާރަށް ހިނގާފައި ދާން ފެށުމުން ވިދުވަރެއްހާ ބާރުމިނުގައި ގޮސް ރައުލް އޭނާގެ ކުރިމައްޗަށް އެރިއެވެ. އޭނާގެ އެ އަވަސް ހަރަކާތުން ސާޔާއަށް ހުއްޓެން މަޖުބޫރު ވިއެވެ. އެއީ އިންސާނެއް ކަމާއި މެދު ޝައްކު ކުރެވުނެވެ.

" ސާޔާ.. މާ ފާޑު ފާޑަށް އުޅޭނެ ކަމެއް ނެތް.. އަހަރެންގެ ނިންމުންތަކާއި ދެކޮޅު ހަދަން ނޫޅެ މައިތިރި ވެގެން ހުރިއްޔާ ރަނގަޅުވާނީ..."...... ސާޔާ ދާން އުޅުމުން އަސަދުގެ މޫނަށް ވެރިވި ނުރުހުންތެރިކަމާއެކު ބުނެލީ ހަރުކަށިކަމާއި އެކުގައެވެ. ނަމަވެސް އޭނާ އަށް ހިމޭންވާ މަޖުބޫރު ކުރުވީ ރައުލްގެ ނުރައްކާތެރި ނަޒަރެވެ. ރައުލްގެ އިޝާރަތަކާއެކު އަސަދު ބާރު ހިނގުމެއްގައި ގެއިން ނުކުމެއްޖެއެވެ.

" އަހަރެން މި ކައިވެނި ކުރަން ބޭނުމެއް ނޫން..."..... ސާޔާގެ އަޑުގައިވީ ނުރުހުންވުމެވެ. ފަހަރެއްގައި އޭނާގެ ނިންމުން ރައުލް ޤަބޫލުކޮށްފާނެ ކަމުގައި ސާޔާ އުއްމީދު ކުރިއެވެ.

" އަހަރެން ނާހަން ސާޔާ ކައިވެނި ކުރަން ބޭނުންތޯ.. މިއީ އަހަރެން ބޭނުންވާ ގޮތް... އަހަންނަށް ރަނގަޅީ އިތުރު ސުވާލެއް ނުކުރިއްޔާ.. ޓްރަސްޓް މީ.. މިއީ ސާޔާއަށް އެންމެ ރަނގަޅު ނިންމުން...".......... ރައުލްގެ އަޑުގައިވީ ފިނިކަމެވެ. އޭނާއަށް އިތުރު ގޮތެއް ނެތްކަން އެނގުމުން ސާޔާ މާޔޫސްކަމާއެކު އިސްޖަހާލިއެވެ. ނަމަވެސް ރައުލް އާއިމެދު ހިތުގައި އުފެދިފައިވީ ފޫހިކަން އިތުރުވިއެވެ. އޭނާއަށް އެންމެ ރަނގަޅު ގޮތް ބުނެދެން ރައުލް އެއީ ކާކު ހެއްޔެވެ؟

" ފުރުން ލަސްކުރެވިދާނެތަ؟... ".... ސާޔާ އާދޭސް ކުރާފަދަ ގޮތަކަށް ބުނެލީ ރައުލް އެކަމަށް އެއްބަސް ވޭތޯ ހިތާއި ހިތުން ދުޢާ ކުރަމުންނެވެ. ނަމަވެސް ރައުލް ދެފަރާތަށް ބޯ ހުރުވާލުމުން އެ ހިތުގައި ވީ އުންމީދުގެ ހުޅުކޮޅު ކަނިވިއެވެ.

*****

އަވަސް ފިޔަވަޅުތަކެއްގައި ނޯޔާއާއި ސެހެރާން ހިނގަމުން ދިޔައީ ލޮނުޒިޔާރަތް ޕާރކަށް ދިޔުމަށެވެ. ނަވާރް ގުޅާފައި އެ ކުދިންނާއި ބައްދަލުކަރަން ބޭނުންވާ ވާހަކަ ބުނުމުންނެވެ. ނަވާރް އެހާ ކުއްލިގޮތަކަށް ބައްދަލުވާން އެދުމުން ނޯޔާ އާއި ސެހްރާންގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ.

ޕާރކްގެ ދޮރުމަތީގައި އެކުދިންގެ އިންތިޒާރުގައި ދެފަރާތަށް ހިނގާލަ ހިނގާލާ ހުރި ނަވާރް ލޮލުގައި އަޅައިގަތުމުން ނޯޔާ އާއި ސެހްރާން ހިނގުން ބާރުކޮށްލިއެވެ. ތިން ކުދިން އެކުގައި ޕާރކަށް ވަދެ އިށީނދެލީ އުނދޯއްޔެއްގައެވެ.

" ސޯ.. ދޮންތި ކީއްވެ އާރޖެންޓް މީޓިންގ އެކޭ ބުނީ؟..."...... ސެހެރާން މަޑު މަޑުން އުނދޯލި ހެއްލަން ފެށިއެވެ.

ނަވާރްގެ މޫނުން ފެންނަން ހުރި ނުތަނަވަސްކަން ނޯޔާއަށް ފާހަނގަކުރެވުނެވެ. އެކަމުން އޭނާގެ ހިތްވެސް ބާރުމިނެއްގައި ތެޅެން ފެށިއެވެ.

" ނޯޔާ.. ސެހެރް.. ދެކުދިން ވެސް ދޮންތި މި ދައްކާ ވާހަކަ އަޑުއަހާތި..... ލާރާ އާއި ވައްތަރު ކުއްޖެއް ރައުލްއަށް ފެނިއްޖެ.. ހީ އިޒް ބްރިންގިންގް ހަރ ހޯމް ޓުޑޭ... އެއީ ލާރާ ނޫން.. އެކަން ހަނދާނުގަ ބަހައްޓާތި.. ލާރާ އާއި ގުޅޭ އެއްވެސް ވާހަކައެއް އެ ކުއްޖާ ކައިރީގަ ދެއްކުން ރައުލް އޮތީ މަނާކޮށްފަ.. މަޑު މަޑުން އެ ކުއްޖާއަށް ލާރާގެ އުޅުން ދަސްކޮށްދޭންވީ... ސެހެރްއާއި ނޯ އަށް ލާރާ ވަރަށް ރަނގަޅަށް އެނގޭނެ.. ރައުލް މަންމަ އާއި ދެންތިބި މީހުން ކޮންވިންސް ކުރާނެ.. ބަޓް ދިސް ޝުޑް ބީ އެ ސީކްރެޓް މެލެކް އާންޓީއަށް.. ކުއްލިއަކަށް އެ ކުއްޖާ ފެނިއްޖެ ނަމަ މެލެކް އާންޓީ ސަކަރާތް ވާން... ދޮންތި އަށް ވެސް ނޭނގެ މާބޮޑަށް އެކުއްޖާގެ ވާހަކައެއް.. ރައުލް ކިޔައި ނުދޭ... "..... ނޯޔާ އަދި ސެހްރާންއާއި އެވާހަކަ ހިއްސާކުރަން ނަވާރް ބޭނުންވީ އޭނާއަށް ރައުލް ބުނި ކަންތައް ނުކުރެވިދާނެހެން ހީވުމުންނެވެ. ރައުލް އެބުނާ ވަރަށް އެކުއްޖާ އާއި އަލާރާ ވައްތަރު ނަމަ ނަވާރް އަށް އެކަމުން ނުހަނު އުނދަގޫ ވާނެކަން އޭނާއަށް އެނގެއެވެ.

" ކީއްވެ ރައުލް އެކުއްޖާ ގެންނަނީ؟...."...... ސެހެރާން އަހާލީ ނޯޔާގެ ހިތުގައި ވެސް އުފެދިފައިވާ ސުވާލެވެ. އެ ސުވާލުން ކޮންމެވެސް ވަރަކަށް ނަވާރް ޖެހިލުންވިއެވެ. ރައުލް ބޭނުންވާ ގޮތާއި ނޯޔާ ދެބަސްވެދާނެތީއެވެ.

" ލިއަމް ކޮންމެ ގަޑިއެއްގަ ވެސް ހޭއަރާފާނެ.. އެކަމަކު ލިއަމް ހޭލާއިރު ލާރާ ނެތްކަން އެނގިއްޖެނަމަ އަނެއްކާ ވެސް ލިއަމް ގެއްލިދާނެ.. އެގޮތް އާއިލާގެ އެއްވެސް މީހަކު ބޭނުން ނުވާނެ.. ލިއަމް ކޯމާއެއްގަ އޮންނަތާ މިހާރު ހަ މަސް މިވީ.. ދޮންތިއަށް އެނގޭ ތިކުދިންވެސް ދޮންބެ އެނބުރި އަންނަން ބޭނުންވާ ވަރު.. ފަހުން ލިއަމް އަށް ހުރިހާ ވާހަކައެއްވެސް ކިޔައިދޭނީ... އެހާ ދުވަހަށް އެ ކުއްޖާ ގެންނަން ރައުލް އުޅެނީ... "....... ނަވާރް އެވާހަކަތައް ކިޔައިދިނީ ޖެހިލުންވުމާއި އެކުގައެވެ. އޭނާ ހީކުރިގޮތާއި ޚިލާފަށް ނޯޔާ އަދި ސެހްރާންގެ މޫނުން ވެސް ވަކި ތަފާތު ކުލައެއް ނުފެނުނެވެ.

" އޯކޭ.. އަހަރެން އެހީ ވާނަން..."..... ސެހެރާން ބުނެލީ ނޯޔާ އަށް ނަޒަރު ހުއްޓާލަމުންނެވެ. ހީވާ ގޮތުން ނޯޔާގެ ޖަވާބަކަށް އޭނާ އިންތިޒާރު ކުރަނީއެވެ. އެއްޗެކޭ ނުބުނެ އިރުކޮޅަކު އިނުމަށްފަހު ނޯޔާ ވެސް ނަވާރްގެ އެދުމަށް އާނ އެކީ ބުނެލީ ލިއަމް ނެތުމުގެ ފަޅުކަން ފޫބައްދަން ބޭނުންވާތީއެވެ.

*****

ފުރާ ވަގުތު ކައިރިވަމުންދާ ވަރަކަށް ސާޔާގެ މޫނުގައިވީ ކުލަ ދިޔައީ ފަނޑުވަމުންނެވެ. އެއްވެސް ވަރަކަށް އޭނާ ދާން ބޭނުމެއް ނޫނެވެ. އަސަދުގެ ފަރާތުން ސަލާމަތްވާނޭ ނަމަވެސް ދެން ކުރިމަތިވާނީ ކިހާ ވަރުގަދަ އިމްތިހާނަކާއި ކަމެއް އޭނާއަށް ވިސްނާލަންވެސް ދައްށެވެ. ކައިރީގައި ރައުލް އިން ނަމަވެސް އޭނާ އެއްވެސް ވާހަކައެއް ނުދައްކައެވެ. ސާޔާ ހެދުންތަކާއި ގެންގުޅޭ ސާމާނު ގެންދަން އުޅުމުން ރައުލް އެކަމަށް ވެސް ހުއްދަ ނުދިނެވެ. އައިރާ އާއި ބައްދަލުކުރަން ވެސް ސާޔާ ނުހަނު ބޭނުމެވެ. މިހާ ކުއްލި ގޮތަކަށް ހުރިހާ ކަމެއް ހަމަޖެހުނު ނަމަވެސް ކުޑައިރުއްސުރެ އެންމެ ގާތުގައިވި އެކުވެރިޔާ އާއި މިވާހަކަތައް ހިއްސާ ކުރަން ސާޔާ ބޭނުމެވެ.

" ހިނގާ ދާން.. ".... އަތުގައި އަޅާފައި އޮތް ގަޑިއަށް ބަލާލަމުން ރައުލް ބުނެލިއެވެ. އޭނާގެ ނަޒަރު ހިނދުކޮޅަކަށް ވެސް ސާޔާއާއި އަމާޒު ނުވެއެވެ. އަވިއައިނަކުން އެ ޖާދުވީ ލޯ ފޮރުވައިގެން އިން އިރު މޮޑެލް އަކަށް ދޫނުކުރެއެވެ. ނަމަވެސް ލައިގެން ހުރި މަޑު ފެހި ކުލައިގެ ޓީޝާޓާއި އެދެލޯ ނުހަނު ގުޅޭނެކަން ޔަޤީނެވެ.

މަޑު މަޑުން ތެދުވެ ސާޔާ ރައުލްގެ ފަހަތުން ހިނގައިގަތެވެ. ގެއިން ނިކުންނަމުން ފަހު ފަހަރަށް އޭނާ އެ ހިޔަލަށް ބަލާލިއެވެ. އޭރު އެ ލޮލުގައި ކަރުނައިގެ މުތީތައް ވިދަ ވިދާ ހުއްޓެވެ. އެ ހިތުގައި އުފެދިފައިވަނީ ވޭނީ ރިހުމެކެވެ. ދުވަހަކުވެސް އޭނާގެ ދިރިއުޅުމުގައި ހެޔޮ ގޮތެއް މެދުވެރިވާނެ ހެއްޔެވެ؟

ގެއިން ނިކުތް އިރު އެއްފަރާތުގައި ޕާރކް ކޮށްފައި އޮތް ކާރު ސާޔާގެ ލޮލުގައި އަޅައިގަތެވެ. އެ ރަށުގައި ކާރު ދުއްވަނީ މަދު މީހެކެވެ. އެހެންކަމުން އެއީ ކާކުގެ ކާރެއްތޯ ސާޔާގެ ހިތަށް އެރިއެވެ.

" އެއީ އަސަދުގެ.. އަހަރެންގެ ކުޑަ ހަދިޔާ އެއް.....".... ރައުލްއަށް ސާޔާގެ ސިކުނޑީގައިވީ ކީކޭ ކަން އެނގުމުން ބުނެލިއެވެ. އޭނާގެ މަޤްސަދަކަށްވީ ސާޔާއަށް އެކަމުން ވެސް އެއްޗެއް ފަހުމް ކޮށްދިނުމެވެ. ނަމަވެސް އެއަށްވުރެ ސާޔާގެ ވިސްނުން ކޮށިކަން ރައުލް ދަނެއެވެ.

ރައުލްގެ ޖަވާބު އަޑު އިވިފައި ސާޔާ އަނގަޔަށް ގޮތެއް ހަދާލިއެވެ. އެވަގުތު އެ ކޯތާފަތަށް އެޅުނު އަޑިކޮޅު ރައުލްގެ ލޮލުގައި އަޅައިގަތުމުން އެ މޫނަށް ވެރިވީ ހިތާމަ ވެރި ކުލަވަރެކެވެ. ނަމަވެސް އެކަން އޭނާ ފޮރުވާލީ ނުހަނު އަވަހަށެވެ. އެ އަޑިކޮޅު ފެނުމުން އެހެން ކުއްޖެއް ރައުލްއަށް ސިފަވީ އެވެ. އެ ސޫރަ ސިފަވުމުން އެ ހިތުގެ ހަމަޖެހުން ގެއްލުނު ކަހަލައެވެ.

ޓެކްސީ އެއްގައި ރައުލް އާއި ސާޔާއަށް އެއަރޕޯޓަށް ދެވުނު އިރު ތިން ގަޑި ބައި ވެއްޖެއެވެ. ފަސްގަޑި ބައިގައި ފްލައިޓް ފުރަން ޖެހިފައި އޮތް ނަމަވެސް ރައުލް އެހާ ކުރިން އައުމުން ސާޔާ ހިތްހަމަނުޖެހުނެވެ.

" ކީއް ކުރަން މިހާ ކުރިން މިއައީ؟... ބުނީމެންނު ފަސް ގަޑި ބައިގައޭ ފްލައިޓް ފުރަނީ... ފަސްގަޑި ފަނަރައަށް އައި ނަމަވެސް ދެވުނީހެއްނު..."...... ސާޔާ މާބޮޑު ވިސްނުމަކާއި ނުލާ ބުނެލީ އެއަރޕޯޓުތަކުގައި ކަންކަން އިންތިޒާމު ވެފައި އޮންނަ ގޮތްތައް ނޭނގޭތީއެވެ. އެއާއެކު ރައުލްގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ސާޔާގެ މޮޔަކަށް ހިތަށް އަރާފައި ރައުލް ދެފަރާތަށް ބޯ ހޫރާލިއެވެ.

" މޮޔަ ކުއްޖާ... ފުރަތަމަ ޗެކް-އިން ވާން ޖެހޭނެ.. އޭގެ ފަހުގައި ޑިޕާރޗާ ވެސް އޮންނާނެ.. އެހެންވީމަ ކުރިން މިއައީ.. ސާޔާ ވަރަށް ބައިވަރު ކަންކަން ދަސްކުރަން އެބަން ޖެހޭ...".... ރައުލް މަޑުމަޑުން ސާޔާގެ ބޮލުގައި ޖަހާލިއެވެ.

ރައުލްގެ ޖަވާބު އިވުމުން ސާޔާގެ މޫނަށް ވެރިވީ އިންތިހާ ދަރަޖައިގެ ލަދުވެތިކަމެވެ. އިސްޖަހާލި ގޮތަށް އޭނާ ލޯ މަރާލިއެވެ. ހުރިތަނުން ގެއްލޭނެ ނަމައޭ ހިތަށް އެރިއެވެ. ރައުލް ބުނިގޮތަށް ވަރަށް ގިނަ ކަންކަން ދަސްކުރަން ޖެހޭކަން ސާޔާ ޤަބޫލުކުރިއެވެ.

އަމިއްލަ ރަށުގައި އެއަރޕޯޓެއް އޮތް ނަމަވެސް މިނޫނީ ސާޔާ ރަށުން ބޭރަށް ނުދެއެވެ. އެހެންކަމުން ހުރިހާ ކަމަކީ ވެސް އޭނާއަށް އާ ކަންތައްތަކެވެ. ފެންނަ ކޮންމެ މީހަކާއި ދިމާލަށް ވެސް އޭނާއަށް ބެލުނީ ޝައުޤުވެރިކަމާއެކުގައެވެ.

ސާޔާއަށް ނޭނގުނު ނަމަވެސް ރައުލް ދިޔައީ އޭނާގެ ފަރާތުން ފެންނަ ކަންކަން ފާހަނގަ ކުރަމުންނެވެ. ޚާއްސަކޮށް ސާޔާގެ ފެހި ކުލައިގެ ކަޅި ރައުލްގެ ހިތުގައި ބިންވަޅު ނެގުނެވެ. އަލާރާއާއި ސާޔާގެ ހުރި ހަމައެކަނި ތަފާތަކީ އެއީއެވެ. ސިފައިގައި މާބޮޑު ތަފާތެއް ނެތް ނަމަވެސް އުޅުމުގައި އެ ދެ ޒުވާނުން އުޑާއި ބިމާހާ ތަފާތެވެ.

އަލާރާ އަކީ މީހުންނާއި ގުޅޭ ސަކަ މިޒާޖެއްގެ ޒުވާނެއް ނަމަވެސް ސާޔާ އަކީ އޭގެ އިނދިކޮޅެވެ. އަބަދުވެސް ފެންނަނީ ކޮންމެވެސް ކަމަކާއި ވިސްނާ ތަނެވެ. މީހަކު ކުޑަކޮށް ކައިރިވިޔަސް ސިއްސައިގެން ދެއެވެ. ރައުލްއަށް އެކަމުގެ ސަބަބު ވެސް އެނގެއެވެ. އަސަދުގެ ފަރާތުން ލިބުނު ހިތްދަތިކަން އެ ހިތުން ފޮހެވޭ ވަރަށް ސާޔާ އުފާކޮށްދޭން ރައުލް ބޭނުމެވެ. އެއީ އޭނާގެ އަމާނާތެކެވެ. ކޮންމެފަދަ ހާލަތެއްގައި ވެސް ސާޔާ ރައްކާތެރި ކުރުމަށް ރައުލް އަމިއްލަ ނަފްސަށް ވައުދުވިއެވެ.

އަސަދުގެ ފަރާތުން ލިބުނު އަނިޔާތަކަށް މާފު ނުކުރި ނަމަވެސް އެންމެ ފަހު ފަހަރަށް އަސަދު ދެކިލަން ސާޔާ ބޭނުންވިއެވެ. އޭނާގެ މައްޗަށް އަސަދު އަނިޔާވެރި ވިޔަސް އެއީ ސާޔާގެ ބައްޕައެވެ. އެ މަޤާމު ދޭން ބޭނުން ނުވި ނަމަވެސް އެހިތުގައި ކުލުނު ވެއެވެ. އަސަދު ފަދައިން އަނިޔާވެރިއަކަށް ވާން ސާޔާ ބޭނުމެއް ނޫނެވެ. ޑިޕަރޗަރ އަށް ވަންނަމުން ވެސް އޭނާ ވަށައިގެން ހޯދިއެވެ. ނަމަވެސް އަސަދުގެ ނިޝާނެއްވެސް އެ ސަރަހައްދުން ފެންނާކަށް ނެތެވެ.

ރަންވޭގައި ދެތިން ބުރި ޖަހާލުމަށްފަހު ފްލައިޓް މައްޗަށް އެރުމުން ސާޔާ ދެލޯ މަރައި ބާރުކޮށްލީ ހިތަށް ވެރިވި ބިރުވެރިކަމުންނެވެ. ކައިރީގައި ރައުލް އިން ނަމަވެސް އޭނާގެ އެހީއަށް އެދެން ސާޔާ ބޭނުމެއް ނޫނެވެ. އިރުކޮޅެއްފަހުން ގެންފައިވާ ބިރު ފިލުމުން ސާޔާ ބިއްލޫރިގަނޑުން ބޭރު ބަލައިލިއެވެ. ލޮލުކޮޅަށް ގެއްލެންދިޔަ އުފަން ފަސްގަނަޑު ފެނުމުން އެ ދެލޯ ފުރާލީ ތާޒާ ކަރުނުންނެވެ. ބާވީސް އަހަރު އުޅެވިފައިވީ އެ ވަޒަނުގައެވެ. ދިރިއުޅުމުގައި ދިމާވި ހުރިހާ ކަމެއް ތަޖުރިބާ ކުރީ އެ ތަނުގައެވެ. މިއަދު އޭނާ އެދަނީ އެތަށް ހަނދާންތަކެއް ދޫކޮށްލުމަށްފަހު އެވެ. ލޯބިވާ މަންމަ އާއި އައިރާއެވެ. އެއީ ދުވަހަކުވެސް އެބައެއްގެ މަތިން ސާޔާ ހަނދާން ނުނެތޭނެ މީހުންނެވެ.

ބިއްލޫރިގަނޑުގައި މޫނު ޖައްސައިގެން އިނދެ ސާޔާ ހިމޭންކަމާއެކު ކަރުނަ އޮއްސަމުން ދިޔައިރު ރައުލް އިނީ އެހީވާން ބޭނުންވެފައެވެ. ނަމަވެސް ސާޔާއަށް އޮޅުވާލަން އޭނާ އިތުރަށް ބޭނުމެއް ނޫނެވެ.

އަމާން ދަތުރަކަށްފަހު ވެލާނާރ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފްލައިޓް ޖެއްސިއިރު ސާޔާ އިނީ ހަމައަކަށް އެޅިފައެވެ. ނަމަވެސް ދެން ކަންތައް ވާނީ ކިހިނެތްކަން ނޭނގޭތީ އެ ހިތް ނުތަނަވަސްވިއެވެ. ދެން ކުރެވޭނީ ރައުލް އާއި ސާޔާގެ ކައިވެނި ހެއްޔެވެ؟... އޭނާ ވާނީ މީހެއްގެ އަތްނބަކަށް ހެއްޔެވެ؟...

" ބަލައިގެން އިނގޭ އަންނާނީ... ވަރަށް ގިނަ މީހުން އުޅޭނެ.. އަހަރެން ކައިރިން ދުރަށް ނުދާތި...".... ރައުލް ހީވީ ކުޑަކުއްޖަކަށް ނަސޭހަތްދޭ ހެންނެވެ.

*****

ރައުލްގެ އިންތިޒާރުގައި ހުރި ނަވާރް އިރުއިރުކޮޅާ ދެފަރާތަށް ހިނގާލައެވެ. އެ ހިތުގެ ހިނގުން އިންތިހާއަށް އަވަސްވެފައިވަނީ ރައުލް އާއެކީ އަންނަ ކުއްޖާ ދެކިލުމަށް ބޭނުންވެފައި ހުރި ވަރުންނެވެ. އޭނާގެ އިންތިޒާރު ނިމުމަކަށް އައީ ފިރިހެންވަންތަ ހިނގުމެއްގައި ރައުލް އަންނަތަން ފެނުމުންނެވެ. ނަމަވެސް ރައުލް އާއެކީ އެބުނާ ކުއްޖަކު ފެންނަން ނެތުމުން ނަވާރްގެ ބުމަ ކައިރިވިއެވެ. ރައުލް އޭނާއަށް އޮޅުވާލީ ހެއްޔެވެ؟

" ކޮބާ އެ ކުއްޖާ؟.....".. ނަވާރް ހިތްހަމަނުޖެހިފައި ހުރެ ރައުލްއާއި ސުވާލުކޮށްލިއެވެ. އެހާ ދިގު އިންތިޒާރެއް ރައުލް އޭނާ ލައްވާ ކުރުވައިފިއެވެ.

" ހޭއި... ވެއިޓް........"......... ރައުލްއަށް އެއްޗެކޭ ބުނެވުމުގެ ކުރިން ފަހަތުން އިވުނީ ސާޔާ ގޮވާލި އަޑެވެ. އެއާއެކު ރައުލްއަށް ވުރެ ކުރިން ފަސްއެނބުރި ބަލާލީ ނަވާރްއެވެ. ކުރިމަތިން ހިނގާފައި އަންނަ އަންހެން ކުއްޖާ ފެނުމުން ނަވާރް ހުއްޓުން އެރިއެވެ. ނޭވާ ލާންވެސް ހަނދާންނެތިފައި އޭނާ ހުރީ އެސްފިޔަ ޖަހާލަންވެސް ނުކެރިފައެވެ. ވަށައިގެންވީ ހުރިހާ މަންޒަރެއް ހުއްޓިފައިވާ ކަހަލައެވެ.

" އަލާރާ....".... މަޑުމަޑުން ނަވާރްގެ ދުލުން ބޭރުވީ އަލާރާގެ ނަމެވެ.

=ނުނިމޭ=

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!