ޚަބަރު އިޖުތިމާޢީ

ހިޔާ ފުލެޓް ސަރަހައްދުގައި ޕޮލިސް ޕޯސްޓެއް ހުޅުވަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ހިޔާ މަޝްރޫއުގެ ފްލެޓްތައް.. ދެން އިމޭޖްސް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފުލެޓްތަކަށް މީހުން ބަދަލުވާން ފެށުމާ ގުޅިގެން އެސަރަހައްދުގެ އަމަން އަމާންކަން ބެލެހެއްޓުމަށް ޓަކައި ފުލުހުންގެ ޕޯސްޓެއް ވަރަށް އަވަހަށް ހުޅުވާނެކަމަށް ފުލުހުން ބުނެފިއެވެ.

Ads by STELCO

ފުލުހުން ބުނީ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ޕޮލިސް ޕޯސްޓެއް ހެދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފުލުހުންނަށް ޖާގަ ހަަމަޖައްސައިދީފައިވާ ކަމަށާއި މާގިނަ ދުވަސްތަކެއް ނުވެ އެސަރަހައްދުގައި ޕޮލިސް ޕޯސްޓް ހުޅުވައި ހިދުމަތް ދޭން ފެށޭވަރު ވާނެ ކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފުލެޓްތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހިން އަދި ޒަރޫރީ ބޭނުންތައް ފުއްދޭނެ ގޮތްތައް ނެތް ކަމުގެ ޝަކުވާތައް ދަނީ ކުރެވެމުންނެވެ. އަދި މިކަންކަން ހައްލުކޮށް ދިނުމަށް އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެސަރަހައްދުގައި މިހާރު ވަނީ މިސްކިތެއް ވެސް ހުޅުވައިފައެވެ. އަދި މި ސަރައްދުގައި ދެ ސުކޫލެއް އަޅައިދޭނެ ބައެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޮޑު އާބާދީއެއް ވަޒަންވެރިވާނެތީ އެ ފަރާތްތަކަށް ހާއްސަކޮށްގެން ހިޔާ ފުލެޓްގެ ޓަވަރު އެޗް 5އާއި ޓަވަރު އެޗް 15އާ ދެމެދު ޕާކެއް ތަރައްގީ ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވަނީ ނިންމައި ޕާކު ހަދާ ސަރަހައްދުގައި ގަސް އިންދައިފައެވެ.

Ads by HDC
  1. ޢަލީ

    ތީ ރައީސް ޔާމީން ގެ މައްސަލަ ފުލުހުންގެ ޕޯސްޓެއް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައި ނެތުމާ މީހުން ދިރިއުޅެން ފަށާ އިރު ހުޅުމާލޭ ދެވަނަ ފިޔަވަހިން ޒަރޫރީ ބޭނުންތައް ފުއްދޭނެ ގޮތްތައް ނެތުމާ މިސްކިތެއް ވެސް ހަދާފައިނެތުމާ މި ސަރައްދުގައި ސުކޫލެއް އަޅާފައި ނެތުމަކީ ޝަކުވާކުރާނެ ކަމެއްކަން ޔާމީނަށް ނޭނގުމަކީ ޔާމީންގެ މައްސަލަ….