Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރުމުން ޖަމީލް ރަތަށް!

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރުމުން ޖަމީލް ރަތަށް!

ހޯމް މިނިސްޓްްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރުމަކީ ކަނޑައެޅިގެން ބޮޑު އޮޅުވައިލުމެއްކަ މަށާއި މިއީ ވާނުވާ ނޭނގޭ ސަރުކާރެއްކަމަށް ކުރީގެ ނައިބު ރަައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރި ހަބަރާ އެކު ޑރ. ޖަމީލް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުސްތޫރީ ހަމަތައް ކަފުންކޮށް ޗާޓުން ބޭރުން ސަރުކާރުން ކުޅެން ފަށައިފި ކަމަށެވެ.

"ކަނޑައެޅިގެން ބޮޑު އޮޅުވާލުމެއް. ދުސްތޫރީ ހަމަތައް ކަފުންކޮށް ޗާޓުން ބޭރުން ސަރުކާރުން ކުޅެން ފެށީ. ޖަވާބުދާރީވާން ދެން ވަޑައިގަންނަވާނީ ރައީސްތޯ؟ ޤާނޫނުގައި އޮތް ވަޒީރުންގެ މަސްއޫލިއްޔަތު ދެން އަދާކުރައްވާނީ ރައީސް އޮފީހުގެ ވަޒީރުންތޯ؟ ވާނުވާ ނޭނގޭ ސަރުކާރެއް." ޑރ. ޖަމީލްގެ ޓްވީޓްގައި ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

https://twitter.com/MJameelAhmed/status/1450150685580808195

ފުލުހުންގެ ހިދުމަތުގެ އައު ގާނޫނަށް އަމަލު ކުރަން ފެށުމުން ހޯމް މިނިސްޓްރީގެ ދަށުން އެ މުއައްސަސާ ވަނީ ވަކިކޮށްފައެވެ.

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކި ކޮށްފައިވާކަން އަންގައި، ރައީސް އޮފީހުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲއަށް މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފައްދައިފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" އަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާނެ އިދާރާއެއް ކަމަށް ކަނޑައަޅައިފައި ނުވާތީ، ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ފުލުހުންގެ އިދާރާ ހިނގަމުން ދާ ގޮތަށް އޮތް އޮތުން ބަދަލުކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް