ޚަބަރު ސަރުކާރު

މިނިމަމް ވޭޖް ކަނޑައަޅަން ވަޒީފާ އަދާ ކުރާ މީހުންނާއި ވަޒީފާ ދޭ މީހުންގެ ޚިޔާލު ވެސް މުހިންމު: ރައީސް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ރައީސް އިބްރާހިމް މުޙަައްމަދު ޞާލިޙް އއ. ތޮއްޑޫއަށް ކުރެއްވި ދަތުރުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް

އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅަން ވަޒީފާ އަދާ ކުރާ މީހުންނާއި ވަޒީފާ ދޭ މީހުންގެ ޚިޔާލު ވެސް މުހިންމު ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by STELCO

އެންމެ ކުޑަ އުޖޫރައާ ގުޅޭގޮތުން މިނިމަމް ވޭޖް ބޯޑުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ލަފާ އެރުވީ މި މަހުގެ ފަހެއްގައެވެ. އެގޮތުން މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅައިފައި ވަނީ 5،000 ރުފިޔާއާއި 8،900 ރުފިޔާއާ ދެމެދުގެ އަދަދުތަކެކެވެ. މައިގަނޑު ހަތަރު ދާއިރާއަކަށް ވަކިވަކިން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައެޅަން ބޯޑުން ލަފާ ދިން އަދަދުތައް އިކޮނޮމިކް މިނިސްޓްރީން އަންނަނީ ދިރާސާކުރަމުންނެވެ.

އއ. އަތޮޅަށް ރައީސް ޞާލިޙް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި އެ އަތޮޅު ތޮއްޑުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ކުރެއްވި ބައްދަލުވުން ނިންމަވައިލައްވަމުން ވަނީ މިނިމަމް ވޭޖާ ގުޅޭ ގޮތުން އެ އަތޮޅު ތޮއްޑޫގެ ވިޔަފާރިވެރިންނާއި ވަޒީފާ ދޭ ފަރާތްތަކުގެ ހިޔާލު ހިއްސާކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

"ވިޔަފާރިވެރިން މުސާރަ ދޭނީ. މަސައްކަތް ކުރާ މީހުން އަނެއް ފަޅީގައި މިތިބީ. މީގައި ދެ ފަޅީގެ އަޑުއަހަން ބޭނުންވޭ. އެއަށް ފަހުގައި އަޅުގަނޑު ގޮތެއް ނިންމާނީ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިހާރު މިނިމަމް ވޭޖް ބޯޑުން ލަފާދީފައިވާ އަދަދުތައް ފައިނަލްކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ޑިސެމްބަރުގެ ކުރިން މިނިމަމް ވޭޖު ކަނޑައަޅަން ޖެހޭނެކަން ވެސް ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ.

Ads by Allied Insurance
  1. ޥޭޖުކޮމިށަން

    ޟުމުސާރަ ބޮޑުކުރާނެ ކަމެއްނެތް ވޯޓް ލިބޭނެތާ ދޯ