ޚަބަރު އިޖުތިމާޢީ

ބައްޕަ ހޮސްޕިޓަލަށް ގެންދަން ޖެހުނީ ބަރޯގައި، ކައުންސިލުން ވިދާޅުވީ މިއީ އާއްމުކޮށް ހާލަތު ކަމަށް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ: ޝޯޝަލް މީޑޔާ

ހދ. މަކުނުދޫ ސިއްހީ މަރުކަޒަށް ބަރޯގައި މީހުން އުފުލުމަކީ އާއްމުކޮށް ވެސް ހިނގާކަމެއްކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

Ads by MWSC

މަކުނުދޫ ކައުންސިލުން މިހެން ވިދާޅުވެފައި މި ވަނީ ބަލިމީހުން އުފުލާނެ އެމްބިއުލާންސެއް ނެތުމުން ބަލިމީހަކު ބަރޯގައި ސިއްހީ މަރުކަޒަށް ގެންދާ ފޮޓޯތަކެއް ސޯޝަލް މީޑިޔާގައި ދައުރު ވާން ފަށައިފައިވާ ދަނޑިވަޅެއްގައެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް ވިދާޅުވީ އެރަށުގައި އޮންނަ އެމްބިއުލާންސްއަކީ ވަރަށް ގިނަދުވަސްވެފައިވާ އެއްޗެއް ކަމަށާއި އެހެންކަމުން ވަރަށް ގިނައިން މައްސަލަ ޖެހޭކަމަށެވެ.

"ޓެކްނިކަލް މައްސަލައެއް ދިމާވެގެން އެމްބިއުލާންސް ބޭނުން ނުކުރެވޭތާ 2 ހަފްތާ މިވީ. ދެން ގިނަ ދުވަސްވެފަ އޮތް އެމްބިއުލާންސެއް ވީމަ ވަރަށް ގިނައިން މައްސަލަ ޖެހޭ މިހާރު. އޭގެ މައްސަލަ ޖެހި ބޭނުން ނުކުރެވުނީމައި މިގޮތަށް ބަލިމީހުން އުފުލުން އެއީ އާއްމުކަމެއް. އެހެން ނަމަވެސް ބަޔަކު އެކަމާ އުޅުނީމަ ނޫނީ މިގޮތަށް ފޮޓޯއެއް ލީމަ އެންމެންނަށް ވެސް މިފެންނަނީ" އައުޒަމް ވިދާޅުވިއެވެ.

އައުޒަމް ވިދާޅުވީ މަކުނުދޫ ދާއިރާގެ މެމްބަރު ރާއީއާ އިއްޔެ ބައްދަލުކޮށްފައިވާ ކަމަށާއި މިހާރު ރާއްޖެ ގެނެސްފައިވާ އެމްބިއުލޭންސްތަކުން އެމްބިއުލޭންސެއް މަކުނުދޫއަށް ފޮނުވާނެ ކަމަށް މެމްބަރު ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން ގިނަ ދުވަސްތަކެއް ނުވެ އެމްބިއުލާންސްގެ މައްސަލަ ހައްލުވާނެކަމަށް އުއްމީދު ކުރައްވާކަމަށް އައުޒަމް ވިދާޅުވިއެވެ.

ރާއްޖޭގައި ބައެއް ރަށްރަށުގައި އެންބިއުލެންސް ނެތް މައްސަލައާއި އެންބިއުލެންސް ހަލާކުވުމުން ނުހެދި ގިނަ ދުވަސްވާ މައްސަލަ ދޭތެރެ ދޭތެރިން ފެންމަތިވެއެވެ. މިފަހުން މަޖިލީހަށް ވެސް ވަނީ އެންބިއުލެންސް މައްސަލައިގައި ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ.

Ads by Allied Insurance
  1. ޢަވަހަށްބުނެކުރީސަރުކާރުގެކަމެކޭ

  2. ރެއްކަބޭ

    ރަށްރަށުގެ އެންބިއުލާންސް އާއި ލޯންޗްތައް ހަލާކުވުމަކީ އާއްމު ކަމެއް. މިކަންކަމަކީ ޒަމާނުއްސުރެން ހިންގަމުންދާ ކޮރަޕްޝަން. އެންބިއުލެންސް ގަސްތުގައި ހަލާކުކޮށްލުމާއި ލޯންޗް ފަރަށްއަރުވާލައި ހެދުމަކީ މިކަންކަން ކުރަންތިބޭމީހުން ނާޖާއިޒް ފައިދާ ހޯދުމަށް ހަމަގަސްތުގައި ހިންގާ ޖަރީމާތަކެއް.