ދިޔަމިގިލީ ޕްރީސްކޫލު ހުޅުވައިފި

ތ. ދިޔަމިގިލީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބެލުމުގެ ދަށުން އެ ރަށު ޕްރީސުކޫލު ހިންގަން ފަށައިފިއެވެ.
ދިިޔަމިގިލީ ކައުންސިލްގެ ރައީސް އަހުމަދު މޫސާ "ދެން"އަށް ވިދާޅުވީ ޕްރީ ސުކޫލު ހުޅުވައި އިއްޔެ ކިޔަވައިދޭން ފަށައިފައިވާ ކަމަށާއި މި ޕްރީ ސުކޫލުގައި ނާސަރީ އަދި ބޭބީ ނާސަރީގެ ކުދިންނަށް ކިޔަވައި ދޭނެކަމަށެވެ.
"ދިޔަމިގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ހަވާލުކުރެވިގެން ކައުންސިލްގެ ބެލުމުގެ ދަށުން އިއްޔެ މި ވަނީ ޕްރީސްކޫލް ހިންގަންފެށި ނާސަރީ އަދި ބޭބީ ނާސަރީ ކިޔަވައިދޭން ފެށިފައި. ޕްރީ ސްކޫލް ދަރިވަރުންނަށް އެންމެ ފުރިހަމައަށް ތަޢުލީމް ފޯރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކައުންސިލުން ކުރާނެކަމުގެ ޔަޤީންކަން މި ސުކޫލުގައި ކިޔަވާ ދަރިވަރުންގެ ބެލެނިވެރިންނަށް އަޅުގަނޑުމެން ދެން" އަހުމަދު ވިދާޅުވިއެވެ.

ފޮޓޯ: ކައުންސިލް
އޭނާ ވިދާޅުވީ މި ޕްރީސުކޫލުގެ މަސައްކަތް މިހާ ފުރިހަމަށް ނިންމައިލައި ކިޔަވައިދޭން މިފެށުނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަމާއެކުގައި ކަމަށާއި މިއީ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ. އަދި މި ޕްރީސުކޫލުގެ ސަބަބުން ކުޑަކުދިންގެ ތައުލީމީ ފެންވަރު ރަނގަޅުވާނެކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރައްވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކައުންސިލްގެ މިމަސައްކަތްތަކުގައި އެހީތެރިކަމާއި އެއްބާރުލުން ދެއްވެވި އެންމެހާ ފަރާތްތަކަށް ކައުންސިލްގެ ނަމުގައި އިހްލާސްތެރިކަމާ އެކު ޝުކުރު ދަންނަވާކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ީި ކީއްވެހޭ އެލްކޭޖީ ޔޫކޭޖީ ކުދިން ނައް ކިޔެވޭފަދައިން ކުޑަ ކުދިން ނައް ސަރުކާރުން ކިޔެވޭނެ ގޮތެއްނެތީ. މިކުދިން ބާކީ ކޮއްފަ މި ތިބެނީ. އަމިއްލަ ބަޔަކު ނުކޮށްފިއްޔާ ނުވެފަ