ވާހަކަ

ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

" އަދީމް ޕްލިޒް..." އާދޭހުގެ ރާގެއްގައި ޝަހާ ބުންޏެވެ. ޝަހާގެ އަތުގައި ހިފައިގެން ހުރެ އަދީމް ފުރަގަހުން ޝަހާއާ ގާތްވެލިއެވެ. މަޑުމަޑުން ޝަހާގެ ކަންފަތާ އޭނާގެ މޫނު ކައިރިކޮށްލިއެވެ. އަދީމްގެ ހޫނު ނޭވާ ޝަހާގެ ކަނދުރާއަށް އެޅުނު ހިނދު ޝަހާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ދެލޯ މަރާ ތަގުޅި ކޮށްލެވުނީ ބޭއިޙްތިޔާރުގައެވެ.

Ads by Hajj Corporation

" މެރީ މީ ޝަހާ...." ވަރަށް ސިއްރުން އަދީމް ބުނެލި ވާހަކައިން ޝަހާގެ ހަށިގަނޑުގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. ވަށް ދެލޯ ބޮޑުވެގެން ދިޔަ ހިނދު އަނގަވެސް ހުޅުވުނީ ލިބުނު ސިހުމުންނެވެ. ފެންނަމުން މިދަނީ ހުވަފަނެއް ބާއޭ ޝަހާގެ ހިތަށް އަރަމުން ދިޔައެވެ. ހުވަފެންނަކަށް ވާނަމަ އެދެވެމުން ދިޔައީ ނިދިން ނުހޭލެވުމަށެވެ. ބޭނުންވީ އިހުސާސް ކުރެވެމުން ދިޔަ ފޮނިމީރުކަން ތާއަބަދަށް ދެމިހުރުމަށެވެ. ދެވަނަ ހިނދުގައި ތުންފަތްމައްޗަށް ވެރިވި ހިނިތުންވުމާއެކު އެނބުރި އަދީމާ ދިމާލަށް ބަލައިލެވުނެވެ. ހިތް ހީވަނީ ދެންމެ ދެންމެ މޭ ފަޅައިލާފައި ނިކުމެދާނެހެންނެވެ. ނަމަވެސް ދެން އައި ހިނދުގައި އަދީމް ސަމާސާއެއް ކުރަނީ ބާއޭ ހިތަށް އެރިއެވެ. އެވަގުތު ޝަހާގެ ތުންފަތްމަތިން ހިނިތުންވުން ގެއްލި މޫނަށް ސީރިއަސްކަން ވެރިިވިއެވެ.

" އަދީމް އަހަރެންނާ ސަމާސަ ކުރަނީތަ؟" ޤަބޫލުކުރަން ދަތިވެ ޝަހާ އަހައިލިއެވެ. ޝަހާގެ އެސުވާލުން އަދީމް ކައިރިއަށް ހިނިއަންނަ ގޮތްވެ ލުއި ގޮތަކަށް ހީނލިއެވެ.

" ނޫން ޝަހާ... މިއަށްވުރެ ސީރިއަސް ވާހަކައެއް މިހާތަނަށް ދެއްކިފައި ނެތް ކަންނޭނގެ.. އަސްލު މާކުރިންވެސް އަހަރެންނަށް ޝަހާގެ ހިތް އޮތް ގޮތް އެނގޭ.. އަހަރެން ހަމައެކަނި ބޭނުންވީ ޔަގީންކުރަން.. މިރޭ ޝަހާ އެކަން ޔަގީން ކޮށްދީފި.. ޝަހާ ތި ލޯބި ވާވަރަށް އަހަރެން ދެކެ ލޯބިވާނެ އެހެން ކުއްޖެއް ހުރިހެނެއް ހިޔެއްނުވޭ.. އަހަރެންގެ އަނތްބެއްގެ މަގާމަށް ޝަހާއަށްވުރެ އެކަށީގެންވާ ކުއްޖެއް ނެތް... ހުރިހާ ގޮތަކުން ބެލިޔަސް ޝަހާ ތީ އެންމެ ޕަރފެކްޓް ކުއްޖެކޭ ބުނެވޭނީ.." މޫނުމައްޗަށް ސީރިއަސްކަން ގެންނަމުން އަދީމް ބުންޏެވެ. އަދީމްގެ ބަސްތަކުން ޝަހާއަށް ލިބެމުން ދިޔަ އުފާވެރިކަން ބަޔާންކުރަން ދައްޗެވެ.

" ސޯ މިސް ޝަހާ... ވިލް ޔޫ މެރީ މީ.. " ޝަހާއަށް ޔަގީންކަން ދިނުމުގެ ގޮތުން އަދިވެސް އެއްފަހަރު އަދީމް އަހައިލިއެވެ. ޝަހާއަށް ހުރިހާ ދަތްތަކެއް ފެންނަވަރަށް ހިނިތުންވެވުނު އިރު ދެލޯ ފުރިގެން އައީ އުފާވެރިކަމުގެ ކަރުނައިންނެވެ. މިހުރިހާ ދުވަހު ކުރި އިންތިޒާރުގެ މޭވާ އެހާ ފޮނިވުމުން ޝަހާއަށް ލިބިފައިވަނީ ބަޔާންކުރަން ދަތި އުފަލެކެވެ. އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލި ހިނދު ޝަހާގެ ކޯތާފަތް ހުރަސް ކަރުނައިގެ ރޮނގެއް ފޭބިއެވެ.

" ތައުސަންޑް ޓައިމްސް ޔެސް..." ތުރުތުރުއަޅާ އަޑުން ޝަހާ ބުންޏެވެ. އަދީމްވެސް ހޭންފެށީ ލިބުނު އުފަލަކުންނެވެ. ޝަހާގެ ދެލޯ ފޮހެލަދިނުމަށް އެވަގުތު އަދީމްގެ ހިތްއެދުނެވެ. އެހެންނަމަވެސް ޝަހާ ހިތްހަމަނުޖެހިދާނެތީ އޭނާ ފަސްޖެހުނެވެ.

" އަހަރެން ބޭނުން މިހާރު މިވަގުތު ޝަހާ ގޮވައިގެން ގޮސް މަންމަމެންނާ ވާހަކަ ދައްކަން.." އަދީމް ބުންޏެވެ.

" ނޫން މަޑުކުރޭ އަދީމް.. އޭގެ ކުރިން އަހަރެން ބޭނުން އަހަރެންގެ އެންމެ ގާތް މީހުންނާ މިވާހަކަ ހިއްސާކުރަން.. އަހަރެންނަށް ރަނގަޅީ އަދީމްވެސް އަހަރެން ނެތްތަނުގައި އަދީމްގެ މަންމަމެންނާ ވާހަކަ ދައްކަން.. އޭގެ ފަހުން ދެއާއިލާ އެއްކޮށް ބައްދަލު ކުރަން.." ޝަހާ އޭނާ އެދޭ ގޮތް ހާމަ ކުރަމުން ބުންޏެވެ.

" އެންމެ ރަނގަޅު.." އަދީމް ހިނިތުންވެލަމުން ބުންޏެވެ.

" ދޮންތާ... ދޮން...." ޝަހާ ހޯދަމުން އައި މަލާކް ގޮވައިލި އަޑަށް އަދީމާއި ޝަހާ ތަންކޮޅެއް ދުރަށް ޖެހުނެވެ. އެއަށްފަހު ޝަހާ ދެލޯ ފޮހެލުމަށްފަހު މަލާކްއާއި ދިމާލަށް ބަލައިލިއެވެ.

" ދޮންތަ މިތާނގަ ކީއްކުރަނީ.. ؟" މަލާކް އެމީހުންނާ ދިމާލަށް ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ.

" މި ދެން ހަމަ ވާހަކަ ދައްކައިލަން ތިބީ.. އެންމެން ދިޔައީތަ މިހާރު؟" މަލާކް  ކައިރިއަށް އަންނަމުން ޝަހާ އަހައިލިއެވެ.

" މި ހީލްސްއަށް އަރައިގެން ހުރެ ފައިގަ ރިއްސާ ވަރުން ގެއަށް ދާން ބޭނުން.." ޝަހާއަށް ފައި ދައްކައިލަމުން މަލާކް ބުންޏެވެ.

" ކޮބާ ނީމާ ދައްތަ؟" ޝަހާ އަހައިލިއެވެ.

" ނީމާ ދައްތަ ހިނގައްޖެ ދޮންތަގެ ޙަބަރެއް ނުވީމަ.." މަލާކް ބުންޏެވެ.

" އޯކޭ ހިނގާދާން އެހެންވީއިރު... " ހިތާދެކޮޅަށް ޝަހާ ބުންޏެވެ. އޭނާ ބޭނުންވީ އިރުކޮޅަކު އަދީމް ކައިރީގައި ވާހަކަ ދައްކައިލަން މަޑުކޮށްލުމަށެވެ. ޝަހާ އެނބުރި އަދީމަށް ބަލައިލިއެވެ. އަދީމް ހިނިތުންވެލަމުން ބޯޖަހައިލިއެވެ. ޝަހާވެސް ހީނލުމަށްފަހު މަލާކްއާ އެކީ ތިރިއަށް ފޭބިއެވެ.

**********************************

މާމުއި ހަނދުގެ ދަތުރަށް ތައްޔާރުވަމުން ދިޔަ މައިރާއަށް ޝަހާގެ ފޯނު ކޯލެއް ލިބުނީ އެދުވަހުގެ މެންދުރެއް ހާއިރުއެވެ. މައިރާ ހެދުންތައް ފޮއްޓަށް އަޅަމުން ދިޔައިރު ކައިރީގައި އިށީނދެ އިން ފާތިކް އޭނާއަށް އެހީތެރިވަމުން ދިޔައެވެ.

" ޝަހާ ބުނީ ވަރަށް އަވަހަށް އެގެއަށް އައިސް ދީބަލާށޭ.. " ފޯނު ކޯލު ނިންމައިލުމަށްފަހު މައިރާ ބުންޏެވެ.

" ތިވަރުން ދަންޏާ ހަނީމޫނަށް ގޮސް ޖެހޭނީ ފޯނު ނިއްވާލައިގެން އުޅެން ކަންނޭނގެ.... ނޫނީ އެތާ ހުއްޓައިވެސް ގުޅާފައި ބުނެދާނެ އައިސްދީބަލާށޭ.." ސަމާސާ އެކުލެވިފައިވާ ރާގެއްގައި ފާތިކް ބުންޏެވެ. ފާތިކާ އެއްބައިވުމުގެ ގޮތުން މައިރާވެސް ހޭންފެށިއެވެ.

" އެބަ އަންނަން އެނގޭ އެގެއަށް ގޮސްލާފައި..." އެނދުމަތިން ތެދުވަމުން މައިރާ ބުންޏެވެ. އެހިނދު ފާތިކް މައިރާގެ އަތުގައި ހިފާ އޭނާއާ ގާތަށް ދަމައިލިއެވެ. ހަށިގަނޑު ކޮންޓްރޯލް ނުކުރެވި މައިރާ ވެއްޓުނީ ފާތިކްގެ އަތުތެރެއަށެވެ.

" ސާބަސް ފާތީ.." ލަދުރަކި ހިނިތުންވުމެއް ދެމުން މައިރާ ބުންޏެވެ.

" މިރޭ ފުރަންވާއިރަށް އަންނާތި އަނެއްކާ؟" މައިރާގެ އޮމާން ދޮން މޫނުގައި ފިރުމައިލަމުން ފާތިކް ބުންޏެވެ.

" ނޫން.. މިރޭ ޝަހާ ކައިރީގައި އެގޭގަ ނިދާނީވެސް.." ފާތިކަށް ޖެއްސުމަށް މައިރާ ބުނެލިއެވެ.

" އެހެންވީއިރު ދުލެއް ނުކުރާނަން..." ކުރިއަށްވުރެ ބާރަށް މައިރާ ގައިގައި ހިފަހައްޓައިލަމުން ފާތިކް ބުންޏެވެ.

" ދެން ފާތި..ޕްލީޒް... އެގެ މިހިރީ ކުރިމަތީގައެއް ނޫންތަ؟ އަހަރެން ވަރަށް އަވަހަށް އަންނާނަން ޕްލީޒް ދޫކޮށްލަބަ.."  މައިރާ އެދުނެވެ.

" ޕްރޮމިސް؟" ފާތިކް އަހައިލިއެވެ.

" ޕްރޮމިސް.. މިދިޔައީ.. މިއަންނަނީ..." މައިރާ ޔަގީންކަން ދޭފަދަ ގޮތަކަށް ބުންޏެވެ. އެއާއެކު ފާތިކް މައިރާގެ ހަށިގަނޑުން ދޫކޮށްލިއެވެ.

" އަންނަންވާއިރަށް އަހަރެން ހުރިހާ ހެދުންތަކެއް ޕެކް ކޮށްލަފާނަން... " މައިރާ ތެދުވުމުން ފާތިކް ބުންޏެވެ. މައިރާ އެންމެރަނގަޅޭ ބުނަމުން ހިނިތުންވެލުމަށްފަހު ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

************************

ޝަހާގެ ގެއަށް މައިރާއަށް ދެވުނުއިރު ކާމޭޒުކައިރީގައި ތިބި މީހުން ފެނި އޭނާއަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. އެއްފަރާތުގައި ނީމާ އާއި މަލާކް ތިބިއިރު އަނެއްފަރާތުގައި އަލީފް އިނެވެ. މެދަށް ވާގޮތަށް ޝަހާ އިން އިރު މައިރާ ފެނުމުން އޭނާ ހިނިތުންވެލިއެވެ.

" މީ ކޮންކަމެއް.. ކެއުމެއް ދޭންތަ ތިއުޅެނީ...؟" އެންމެންގެ މޫނަށް ބަލައިލަމުން މައިރާ އަހައިލިއެވެ.

" ތިހެން އަހަރެންވެސް މިއަހަނީ.. ވާހަކައެއް ބުނަންވެގެންނޯ.. މައިރާ އަންނަންދެން މަޑުމިކުރަނީ.." ނީމާ ބުންޏެވެ. މައިރާ ޝަހާއަށް ބަލައިލަމުން ނިތްއަރުވައިލިއެވެ.

" މައި ވެސް އިށީނދެބަލަ.. އޭރުންނެއްނު ވާހަކަ ފެށޭނީ.." މައިރާގެ އަތުގައި ހިފައިލަމުން ޝަހާ އެދުނެވެ. މައިރާ ގޮސް އަލީފް ކައިރީގައި ހުރި ގޮނޑި ދަމާލާފައި އިށީނެވެ.

" މިވަގުތު އަހަރެން ހަޔާތުގައި ތިބި އެންމެ މުހިންމު މީހުން މިހާރު މިތާ މިތިބީ.. " ވާހަކަ ފެށުމުގެ ގޮތުން ޝަހާ ބުންޏެވެ.

" ދޮންތާ ޕްލީޒް ޑައިރެކްޓް ވާހަކައަށް ގޮސްދާނަންތަ؟" ކެތްމަދުވެފައި އިން މަލާކް ބުންޏެވެ.

" އޯކޭ.. އަހަރެން މިއުޅެނީ.. މެރީ ކުރަންވެގެން..." ޝަހާ ބުންޏެވެ. އެއަށްފަހު ވަކިވަކިން ކޮންމެ މީހެއްގެ މޫނަށް ބަލައިލިއެވެ.

" ކޮންގްރެޓްސް ދޮންތާ.. ވަރަށް އުފާވެއްޖެ.." އެންމެ ކުރިން އަލީފް ބުންޏެވެ.

" އަސްލުތަ ޝަހާ.. މަރުހަބާ.. އަހަރެންވެސް ވަރަށް އުފާވެއްޖެ.. އެއީ ކޮންކުއްޖެއްތަ؟" ފުޅާ ހިނިތުންވުމެއް ދެމުން ނީމާ އަހައިލިއެވެ.

" އައި ނިއު އިޓް... ރޭގަވެސް އަހަރެންނަށް ޝައްކުވި... ދޮންތަ މެރީ ކުރަން އުޅެނީ އަދީމްބެ އާ.. ނޫންތަ ދޮންތާ؟ " މަލާކް ހިނިތުންވެލަމުން އަހައިލިއެވެ. މަލާކްއަށް އެހާ ފަސޭހައިން އެނގުމުން ޝަހާ އިނީ ހައިރާންވެފައެވެ. ދެން ޝަހާ ބަލައިލީ މައިރާ އަށެވެ. މައިރާ ޝަހާއަށް ބަލަހައްޓައިގެން އިންގޮތުން ޝަހާގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. މައިރާ ވަކި އެއްޗެއް ނުބުނެ ގޮނޑިން ތެދުވުމުން ޝަހާ ހީކުރީ މައިރާ ނިކުމެގެން ދާން އުޅެނީ ކަމަށެވެ. ނަމަވެސް މައިރާ އައިސް ޝަހާގެ އަތުގައި ހިފައިގެން ގޮސް ވަނީ ޝަހާގެ ކޮޓަރިއަށެވެ.

" މައި.. އައި ނޯވް ކުރިން މައި ކައިރީ ނުބުނެވުނީ ޖެހިލުންވި ވަރުން..." މައިރާ ވާހަކަ ދައްކަން ފެށުމުގެ ކުރިން ޝަހާ ބުންޏެވެ.

" ކޮންކަމަކާ އަހަރެން ދެކެ ޖެހިލުންވާން ޖެހޭނީ.. މަލާކްއަށް ފަހު މައިރާ އާ އެންމެ ކްލޯޒް ވާނީ އަހަރެން.. ތެދަށް ބުނަންޏާ އަހަރެން ވަރަށް ދެރަވެއްޖެ އެވަރުގެ ބޮޑުކަމެއް ހިނގައިދިޔައިރު ޝަހާ އަހަރެން ކައިރީގައި ބުނެވެސް ނުލީމަ.. އެންޑް ބައި ދަ ވޭ.. ކިހާ ދުވަހެއް ވެދާނެ ތިދެމީހުން ރައްޓެހިވެގެން އުޅޭތާ؟" މައިރާ ހިތްހަމަނުޖެހިފައި ފަތިވަރަކަށް އަމުނައިލިއެވެ.

" ނޫން މައި އަދި ތިވިސްނަނީ މުޅިން ގޯސްކޮށް.. އަހަރެން އަދީމާ ރައްޓެއްސެއް ނުވަން.. ރޭގަ އަހަރެން ކައިރީގައި އަދީމް އިންނަން އެހީ..." ޝަހާ ބުންޏެވެ.

" އޯވްހް ޕްލީޒް ޝަހާ.. ހަމަހުރެލާފަ އިންނާކަށް ނާހާނެ ދޯ.. ކޮންމެވެސް އެކަކު ނޫނީ ދެފަރާތުން ކޮންމެވެސް ކަހަލަ އިޝާރާތެއް ވެގެން ދޯ އިންނަން އަހާނީ..." ޝަހާގެ ވާހަކަ ޤަބޫލުކުރަން ދެކޮޅު ހަދަމުން މައިރާ ބުންޏެވެ.

" ހަމައަސްލުވެސް އަހަރުމެން ރައްޓެއްސެއް ނުވަން.. އަސްލު ވަރަށް ކުރިންސުރެން ވެސް އަހަރެން އަދީމްދެކެ ވަރަށް ލޯބިވޭ.. މައި ފާތިކް އާ ރައްޓެހިވުމުގެ ވެސް ކުރިން އެއީ... މިހުރިހާ ދުވަހު އަހަރެން މިހުންނަނީ އަދީމް އަންނާނެ ދުވަހެއްގެ އިންތިޒާރުގައި..." ޝަހާ ހަޤީގަތް ހާމަކުރިއެވެ. މައިރާ ހުރީ ހައިރާންވެ އަންތަރީސްވާ ވަރުވެފައެވެ.

" އެކަމަކު އަހަރެން މީ އެންމެ ގާތް އެކުވެރިޔާ.. މިހުރިހާ ދުވަސްވީއިރު ޝަހާ އަހަރެންނާ އެވާހަކަ ހިއްސާ ނުކުރީ ކީއްވެ؟ ތެދަށް ބުނަންޏާ މިވަގުތު އަހަރެން މިހިރީ ވަރަށް ދެރަވެފަ.. މިއަދު އިހުސާސް ވެއްޖެ އަހަރެންނަކީ ޝަހާއަށް އެހާ މުހިންމު މީހެއް ނޫންކަން.." ދެރަވެފައި މައިރާ ބުންޏެވެ.

" އަޅެ މައި އެހެނެއް ނޫނޭ.. އަހަރެން އެވާހަކަ ބުނާނީވެސް ކިހިނެއް.. މައި ފާތިކް އާ ރައްޓެހިވީމަ ބުނަން ޖެހިލުންވީ.. އަސްލު ތެދަށް ބުނަންޏާ އޭރު އަދީމް ލިބޭނެ ކަމުގެ އުއްމީދެއްވެސް ނެތީ.. ވަރަށް ބޮޑަށް މައާފު ކުރޭ މައި.. " މައިރާގެ އަތުގައި ހިފައިލަމުން ޝަހާ ބުންޏެވެ.

" ފަހުންވެސް ބުނެވުނީހެއްނު.. " އަނެއްކާވެސް މައިރާ ޝަކުވާ ކޮށްލިއެވެ.

" އޯކޭ އަހަރެންނަށް މިސްޓޭކެއް ހެދުނީ.. ދެން ޕްލީޒް މާފުކޮށްބަލަ.." މައިރާ ގައިގައި ބައްދައިގަންނަމުން ޝަހާ ބުންޏެވެ.

" ޝަހާ.. ދޫކޮށްލަބަލަ.." ޝަހާ ދުރުކުރަން މަސައްކަތް ކުރަމުން މައިރާ ބުންޏެވެ.

" ނޫން.. މައި އަހަރެންނަށް މާފު ނުކުރާހާ ހިނދަކު ދުލެއް ނުކުރާނަން.. " ގަދަ ހަދައިލަމުން ޝަހާ ބުންޏެވެ. މައިރާ ކައިރިއަށް ހިނިއަންނަ ގޮތްވިޔަސް އެހާ އަވަހަށް މައާފު ކުރާކަށް މައިރާ ބޭނުމެއްނުވިއެވެ.

"ދޫކުރޭ ޝަހާ.. ފާތި މިހާރު އިންނާނެ އަހަރެންގެ އިންތިޒާރުގައި..." މައިރާ ބުންޏެވެ.

" ނޫން.. ހަމަ ހިލާ ދިޔަކަ ނުދޭނަން.. ހެޔޮ ހަނީމޫން ކެންސަލް ވިޔަސް.. " ޝަހާވެސް ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.

" އޯކޭ އޯކޭ... އަހަރެން މައާފުކޮށްފިން.. އެކަމަކު ޝަރުތުތަކެއްގެ މަތިން.." ހަތިޔާރު ބަހައްޓަމުން މައިރާ ބުންޏެވެ. ޝަހާ މައިރާ ގައިން ދޫކޮށްލުމަށްފަހު ހިނިތުންވެލިއެވެ.

" އޯކޭ ކޮބާ ޝަރުތަކީ..؟" ޝަހާ އަވަސް އަވަހަށް އަހައިލިއެވެ.

" މީގެ ފަހުން ދުވަހަކުވެސް އެއްވެސް ކަމެއް އަހަރެންނަށް ސިއްރުކޮށްގެން ނުވާނެ.. ކައިވެނީގެ ތައްޔާރީތައް ފަށަން ޖެހޭނީ އަހަރެން އެނބުރި އައި ދުވަހަކުން.. ޝަހާގެ ކައިވެނީގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާނީ އަހަރެން.." މައިރާ ކިޔައިލިއެވެ.

" އޯކޭ ހަމަ އެއްބަސް.. " ޝަހާ ބުންޏެވެ.

" ދެން ދަނީ... އެނބުރި އައިސް އަދި ވަރަށް ބައިވަރު ވާހަކަ ދައްކަން އެބަހުރި.. ފާތި ހުންނާނީ ލަސްވެފަ މިހާރު.. ދަނީ.. " ޝަހާ ގައިގައި ބައްދައިލަމުން މައިރާ ބުންޏެވެ.

************************

ދެކަކުލުގައި އަތް ވިދެލައިގެން އެނދުގައި އިށީނދެލައިގެން އަދީމް އިނެވެ. އޭނާ ވިސްނަމުން ދިޔައީ ކައިވެންޏާ މެދުގައެވެ. ހަޔާތުގައި ކުރިއަށްދާން އެޅުނު މިބޮޑު ފިޔަވަޅަކީ ރަނގަޅު ފިޔަވަޅެއްތޯ އޭނާގެ ހިތް ސުވާލު ކުރަމުން ދިޔައެވެ. ޝަހާއަކީ އޭނާގެ އަނތްބަކަށް އެންމެ އެކަށީގެންވާ ކުއްޖާ ކަމާ މެދު އޭނާގެ ހިތުގައި އެއްވެސް ޝައްކެތް ނެތެވެ. ޝައްކު އުފެދެނީ އޭނާގެ އަމިއްލަ އިހުސާސްތަކާ މެދުގައެވެ. ޝަހާ އޭނާދެކެ ލޯބިވާވަރު އެނގި ހާމަވެގެން ހިނގައްޖެއެވެ. ނަމަވެސް އެފަދަ މަތިވެރި ލޯތްބެއް އޭނާއަށް ޝަހާ ދެކެ ވެވިދާނެ ހެއްޔެވެ؟ ކައިވެނީގެ ގުޅުމަކީ ކިހާ މާތް ގުޅުމެއްކަން އޭނާއަށް ރަނގަޅަށް އެނގެއެވެ. ކޮންމެ ގޮތެއްވިޔަސް އެކައިވެނީގައި ވަފާތެރިކަން މަތީގައި ދެމިހުރުމަކީ އޭނާގެ އަޒުމެވެ. ކައިވެނީގެ ބިންގާ އެޅުމަށްފަހު އެބިންގާ އިތުރަށް ވަރުގަދަ ކުރެވޭތޯ އޭނާއަށް ކުރެވުނުހާ މަސައްކަތެއް ކުރާނެއެވެ. ފުން ނޭވައެއް ދޫކޮށްލުމަށްފަހު އަދީމް އިންތަނުން ތެދުވިއެވެ. ފޮށިގަނޑެއް ހިފައިގެން އައިސް އަލަމާރިން އެއްޗެހި ތަކެއް ނަގާ އެފޮށިގަނޑަށް އަޅަން ފެށިއެވެ. އެންމެ ފަހު ކަމަކަށް އަލަމާރީގެ ދަމާ ވަތްގަނޑުގައި އޮތް ރިހިފަށެއް ނެގުމަށްފަހު ފޮށިގަނޑު ހިފައިގެން ގޯތި ތެރެއަށް ނިކުތެވެ. އެއްކަނެއްގައި ބެހެއްޓިފައި ހުރި ބާބަކިއު ގްރިލް ކައިރިއަށް ގޮސް ފޮށިގަނޑު ބެހެއްޓުމަށްފަހު ގްރިލްގައި އަލިފާން ގަނޑެއް ރޯކުރިއެވެ. އެއަށްފަހު ފޮށިގަނޑުން ފަހަރަކު އެއްޗެއް ނެގުމަށްފަހު އެއަލިފާންގަނޑަށް އެއްލަމުން ދިޔައެވެ. ގިނައީ ކާޑު ތަކަކާއި ފޮޓޯ ތަކެކެވެ. އެންމެ ފަހު ކަމަކަށް އަދީމް އަތުގައި އޮތް ރިހިފަށައް ބަލައިލިއެވެ. އެފަށުގައި ލިޔެފައިވާ ނަމުގައި ފިރުމައިލެވުނު ހިނދު ހިތަށްކުރި ފުންއަސަރާއެކު އަދީމް ހިންދިރުވައިލިއެވެ.

" ގުޑްބައި ޝެރީ..............." އެފަށް އަލިފާނޑު ތެރެއަށް އެއްލުމަށްފަހު އަދީމް ބުނެލިއެވެ.

-ނުނިމޭ-

Ads by HDC
  1. ގަމާރު

    ކޮބާ؟ ދިހައެއް؟