ވާހަކަ

ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

އެންމެ ފަހު ކަމަކަށް އަދީމް އަތުގައި އޮތް ރިހިފަށައް ބަލައިލިއެވެ. އެފަށުގައި ލިޔެފައިވާ ނަމުގައި ފިރުމައިލެވުނު ހިނދު ހިތަށްކުރި ފުންއަސަރާއެކު އަދީމް ހިންދިރުވައިލިއެވެ.

Ads by MWSC

" ގުޑްބައި ޝެރީ..............." އެފަށް އަލިފާނޑު ތެރެއަށް އެއްލުމަށްފަހު އަދީމް ބުނެލިއެވެ. ލޮލަށް ޖަމާވި ކަރުނަތައް ހިންދައިލަމުން އަދީމް ފުންނޭވައެއް ދޫކޮށްލިއެވެ. އަބަދުގެ އަބަދަށް ޝެރީންއަށް އަލްވަދާޢު ކިޔުމަށްފަހު އަދީމް އެނބުރިދާން ހިނގައިގަތެވެ. ހިތުގައި ޝެރީންއަށްޓަކައި އޮތް ލޯބި ހިތުގެ އެންމެ ފުނުގައި ފޮރުވައިލުމަށްފަހު ޝަހާއަށްޓަކައި އެ ހިތް ހުޅުވައިލަމުންނެވެ. ޝަހާ އޭނާ ދެކެ ވަނީ ސާފު ތެދުވެރި ލޯތްބެއްކަން އެނގި ސާފުވެއްޖެއެވެ. އުއްމީދު ކުރަނީ ކޮންމެވެސް ދުވަހަކުން އެފަދަ ލޯތްބެއް އޭނާއަށް ޝަހާދެކެ ވެވޭނެ ކަމަށެވެ. އޭނާގެ ހިތުގައި ޝަހާއަށް އޮތް ޔަގީންކަން ވަރަށް ބޮޑެވެ. ޝަހާގެ ލޯބިން އޭނާގެ ހިތުގައި ޝެރީންއަށްޓަކައި އޮތް ލޯބި ފޮހެލާނެ ކަމުގެ ޔަގީންކަމެވެ. ޝަހާ އޭނާގެ ހިތް ފަތަހަ ކުރާނެ ކަމުގެ ޔަގީންކަމެވެ.

***********

އަދީމް ހެނދުނު ހޭލައިގެން އައިއިރު ކައުސަރު ބަދިގޭގައި މެންދުރުގެ ކެއުން ތައްޔާރު ކުރަން އުޅުނެވެ. ކައުސަރު ކައިރީގައި އޭނާއަށް އަތް ގާތް ކޮށްދޭން ރާފިގު އުޅެއެވެ. އެމަންޒަރު ފެނި އަދީމަށް ހީނލެވުނެވެ. އޭނާވެސް ބޭނުންވަނީ ރާފިގު ފަދަ ހިތްހެޔޮ ، ވަފާތެރި އަދި އޯގާތެރި ފިރިއަކަށް ވުމަށެވެ.

" ދަރިފުޅު މިއަދު ހާދަ ލަހުން ހޭލީ.. ރޭގަ ފަތިސް ނަމާދަށްވެސް އެވަރަށް ގޮވީމަވެސް ޙަބަރެއް ނުވި.." ކައުސަރު ބުންޏެވެ.

" ނޭނގެ މަންމަ ގޮވިކަމެއް.. އެކަމަކު އިރުއަރަން ވަރަށް ގާތްވެފައި ހުއްޓައި ހޭލެވުނު.. ނިންޖާހެދި ނަމާދުކުރެވުނީވެސް ކިރިޔާ.. " ކާމޭޒު ކައިރީގައި އިށީނދެ ތައްޓަށް ކުޅިމަސް އަޅަމުން އަދީމް ވާހަކަ ދެއްކިއެވެ. އަދީމް ސައި ބޮއެ ނިންމާލުމަށްފަހު ޒިންކު ކައިރިއަށް ގޮސް އަތްދޮވުމަށްފަހު އުނދުން ކައިރީގައި ހުރި ކައުސަރު ކައިރީގައި ގޮސް ހުއްޓުނެވެ. އޭނާ ވިސްނަމުން ދިޔައީ ކައުސަރު ކައިރީގައި ޝަހާގެ ވާހަކަ ދައްކާނެ ގޮތަކާ މެދުގައެވެ.

" ދޮންބެގެ ޙަބަރެއް ނުވޭތަ؟" އަދީމް އަހައިލިއެވެ.

" ނޫން.. ފަތިހު ގުޅި.. އެކޮޅުގައި ތިބީ މިހާރު.. ދެހަފްތާ ފަހުން ކަންނޭނގެ އަންނާނީ.." ކައުސަރު ޖަވާބު ދިނެވެ.

" މަންމާ......" ފަހު އަކުރަށް ދަމައިލަމުން އަދީމް ގޮވައިލިއެވެ. ކައުސަރު ހުމް އަޅުވައިލަމުން ހަޑިވެފައި ހުރި ތަށިތައް ހިފައިގެން ޒިންކު ކައިރިއަށް ޖެހިލިއެވެ. ކައުސަރުގެ ފަހަތުން އަދީމްވެސް ގޮސް ޒިންކު ކައިރީގައި ހުއްޓުނެވެ.

" އަދީމް ބޭބެއަށް ހާދަ ހީވެޔޭ ދަރިފުޅު އެއްޗެކޭ ބުނަން ބޭނުންވެގެން އުޅޭހެން.. ބަދިގޭގެ އަށިގަނޑު މަތި ސާފުކުރަން އުޅުނު ރާފިގު ބުންޏެވެ.

" އާނ... އަސްލު.... ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން..." އަދީމް ލަސްލަހުން ބުންޏެވެ.

" ބުނެބަލަ އަދީމް... މަންމަމެން މިތިބީ އަޑުއަހާށޭ... ކިހިނެއްވީތަ އަނެއްކާ؟" ތަށިތައް ދޮވެ ނިންމައިލުމަށްފަހު ތުވާލިކޮޅުން އަތްފޮހެމުން ކައުސަރު އަހައިލިއެވެ. އަދީމް ފުންނޭވައެއް ދޫކޮށްލިއެވެ.

" މަންމާ.. އަހަރެން އެބަވިސްނަން މީހަކާ އިންނަން..." އަދީމް އެހެން ބުނިއިރު އޭނާގެ މޫނު ރަތްވެއްޖެއެވެ. ފިރިހެނެއް ނަމަވެސް މަންމަމެން ކައިރީގައި އެފަދަ ވާހަކައެއް ދައްކަން ޖެހުމުން އަދީމް ހުރީ ކޮންމެވެސް ވަރަށް ލަދުގަނެފައެވެ. ކައުސަރު ބަލައިލީ ރާފިގަށެވެ. އެދެމީހުން ލޮލުން ކޮންމެވެސް ވާހަކައެއް ދައްކައިލިފަދައެވެ.

" އަސްލުވެސްތަ؟... އެއީ ކޮންކުއްޖަކާ އަނެއްކާ؟" އަދީމްގެ އަތުގައި ހިފައިލަމުން ކައުސަރު އަހައިލިއެވެ.

" ޝަހާ..." އަދީމް ބޯކަހައިލަމުން ބުންޏެވެ. ކައުސަރާއި ރާފިގު އެކަކު އަނެކަކަށް ބަލާލާފައި ހޭންފެށިއެވެ. އެކަންވީ އަދީމް މާބޮޑަށް ރަކިވި ކަމަކަށެވެ.

" ބޭބެމެންނަށް މާކުރިންވެސް އެނގޭ އަދީމް އެކަހަލަ ވިސްނުމެއް ގެންގުޅޭކަން..." ރާފިގުވެސް އަދީމް ކައިރިއަށް އަންނަމުން ބުންޏެވެ.

" މަންމަ ވަރަށް އުފާވެއްޖެ.. މަންމަމެންނަށްވެސް ޝަހާ ވަރަށް ކަމުދޭ... ކޮންއިރަކުން އިންނަން ތިވިސްނަނީ..." ކައުސަރު އަހައިލިއެވެ.

" އަދި ވަކި ދުވަހެއް ނޭނގޭ..  ދޮންބެމެން އައިމަ މަންމަމެން އެންމެންނާ ވާހަކަ ދައްކާފަ ދުވަހެއް ނިންމަންވެގެން .." އަދީމް ބުންޏެވެ. އެވަގުތުވީ ކަމީލާވެސް ފެންވަރާލައިގެން ކޮޓަރިން ނިކުތްވަގުތަށެވެ.

" ކައްމި!! ތިއްތި މެރީ ކުރަންވީޔޯ.." ރާފިގު ހެވިލާފައި ބުންޏެވެ.

" އަސްލުތަ..؟.. ކާކާ؟" ކަމީލާ ފުޅާ ހިނިތުންވުމެއް ދެމުން ބުންޏެވެ.
" ކައްމިގެ ޕްރިޓީ ލޭޑީއާ...." އަދީމް ހެވިލާފައި ބުންޏެވެ. ކަމީލާ ތަންމިނަށް އަނގަހުޅުވައިލީ ޤަބޫލުނުކުރެވިގެންނެވެ.

" ނޯ..ވޭ... ޝަހާއްތަ... ރިއަލީ ތިއްތީ..؟" އަދީމް އާ ދިމާލަށް އަންނަމުން ކަމީލާ އަހައިލިއެވެ. ކަމީލާ ހުރިގޮތުން ކައުސަރާއި ރާފިގަށްވެސް ހެވުނެވެ. އަދީމް ހިނިތުންވަމުން ބޯޖަހައިލީ ކަމީލާއަށް ޔަގީންކަން ދިނުމުގެ ގޮތުންނެވެ.

" އޯވްހް ސޯ ހެޕީ ފޯރ ޔޫ ތިއްތީ..." އަދީމް ގައިގައި ބައްދައިލަމުން ކަމީލާ ބުންޏެވެ.

" ކޮންއިރަކު ކައިވެނި އޮތީ.. އައިމް ސޯ އެކްސައިޓެޑް..." އަދީމާއި ދުރުވެލަމުން ކަމީލާ ބުންޏެވެ.

" އަދި ދޮންބެމެން އައިމަ ގޮތެއް ނިންމާނީ.. " އަދީމް ބުންޏެވެ.

************************

އޮފީހުން ޝަހާ ގެއަށް އައިއިރު މަލާކް ކާމޭޒުކައިރީގައި އޭނާގެ ފޮތްތައް ނަގައިގެން ފިލާވަޅު ހަދަން އިނެވެ. ނީމާ ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔައިރު މުޅިތަން އެއްވަސް ވެފައިވަނީ ތެލަށް އަޅާފައި ހުރި ބަޖިޔާގެ ވަހުންނެވެ.

" ނީމާ އަޅެ އަވަހަށް ކޮފީތައްޓެއް ހަދައިދީބަލަ.. ހޫނު ބަޖިޔާ ކާހިތުން ހުރެވެނީއެއް ނޫން.. " ކޮޓަރިއަށް ވަނުމުގެ ކުރިން ޝަހާ ބުންޏެވެ.

" ނީމާ ދައްތާ އަހަރެންނަށްވެސް... " މަލާކްވެސް އިނދެލާފައި ބުންޏެވެ. އެވަގުތު މޭޒުމަތީގައި އޮތް ޝަހާގެ ފޯނަށް މެސެޖެއް އައުމުން މަލާކް ބޯދިއްކޮށްލާފައި ބަލައިލިއެވެ. އަދީމްގެ ނަމުގައި އޮތް އެމެސެޖް ފެނުމުން މަލާކް ކައިރިއަށް ލާނެތް ހިންޏެއް އައެވެ. އިރުކޮޅަކުން ނީމާ އައިސް މޭޒު މަތީގައި ހޫނު ބަޖިޔާ ތައްޓަކާއި ދެތަށި ކޮފީ ގެނެސް ބެހެއްޓިއެވެ. އެއަށްފަހު އިތުރު ކަޅުސައިތައްޓެއް ގެނެސް މޭޒުމަތީގައި ބެހެއްޓިއެވެ. ތެތް ތުވާލި ހިފައިގެން ނިކުތް ޝަހާ ލޯންޑްރީ ބަޔަށް ގޮސް ތުވާލި ދޮންނަން ލުމަށްފަހު އައިސް މޭޒު ކައިރީގައި އިށީނެވެ. ތެތްވެފައިވާ އޭނާގެ އިސްތަށިގަނޑު އެއްކޮށްލުމަށްފަހު ވާތް ފަރާތު ކޮނޑުމަތިން ގެނެސް ކުރިމައްޗަށް ދޫކޮށްލިއެވެ. އެއަށްފަހު ތަށިން ހޫނު ބަޖިޔާއެއް ނެގިއެވެ.

" ދޮންތާ.. ދޮންތަބެގެ މެސެޖެއް އައި.." މަލާކް ޖެއްސެވުމުގެ ގޮތުން ބުންޏެވެ. އެވަގުތު ނިމާ ހީނލި އަޑިއިވުނެވެ. ޝަހާ މަލާކާއި ދިމާލަށް ކަޅިއަޅައިލުމަށްފަހު ފޯނު ނަގާފައި ބަލައިލިއެވެ.

" ހަތަރު ގަޑި ބަޔަށް ތައްޔާރު ވާތި.. އަހަރެން ދޮރުމަތީގައި އިންތިޒާރުގައި ހުންނާނަން " އަދީމްގެ މެސެޖްގައި އޮތީ އެހެންނެވެ. ޝަހާ ފޯނުން ގަޑި ބަލައިލިއެވެ. ހަތަރެއް ޖަހާ ބޮޑުވެއްޖެއެވެ. ޝަހާ އަވަސް އަވަހަށް ބަޖިޔާއެއް ކައިލުމަށްފަހު ކޮފީތަށި ހުސްކޮށްލިއެވެ.

" ބަލަ ބަލަ.. އެއޮއް ހޫނު ބަޖިޔާ އާއި ކޮފީތަށި ހުސްކޮށްލީ ދެސިކުންތުން.. ދޫ ނުފިހޭތަ.. ކޮންތާކަށް ދާން ތިހާ އަވަސް އަރުވައިލަނީ.." ޝަހާގެ ހަރަކާތްތަކަށް ބަލަން އިން ނީމާ ބުންޏެވެ. މަލާކްވެސް ހައިރާންވެފައި ބަލަން އިނީ އެއީ ކުރިން ދުވަހަކުވެސް ޝަހާ އުޅުނުގޮތެއް ނޫންވީމައެވެ.

" ވަރަށް އަވަހަށް ދާންޖެހިއްޖެ.. " ކޮޓަރިއަށް ވަންނަމުން ޝަހާ ބުންޏެވެ.

" އޯވްހް އަދީމްބެ އާ ބައްދަލުކުރަން ދޯ.." ޝަހާއަށް އިވޭވަރަށް ތަންކޮޅެއް ބާރަށް މަލާކް ބުންޏެވެ.

" އަދީމްބެއާ ޖެހުނީމަ ދޮންތައަށް ނޭނގޭ އުޅެވޭ ނޫޅެވޭ ގޮތެއް ދޯ..." މަލާކް ހީނލަމުން ކުރިމަތީގައި އިން ނިމާއަށް ދޯ ދިނެވެ.

" ލޯތްބަކީ މީހާ މުޅިން ބަދާލުކޮށްލާ އެއްޗެއް މަލާ.. މަލާއަށް ވެސް ލޯބި ވެވުނީމަ އެނގޭނީ.. " ހިތި ހިނިތުންވުމެއް ދެމުން ނީމާ ބުންޏެވެ. އެވަގުތު އޭނާ ހަނދާންވަމުން ދިޔައީ އޭނާގެ ލޯބިވާ ފިރިމީހާ މަތިންނެވެ. މުޅި އާއިލާ ދޫކޮށްލާފައި ފިރިމީހާއާއެކު އޭނާގެ ރަށައް އައީ ފިރިމީހާދެކެ ވެވުނު މަތިވެރި ލޯތްބެއްގެ ސަބަބުންނެވެ.

*************************

އަދީމާ ބައްދަލުކުރަން ދިއުމަށް ޝަހާ ތައްޔާރުވިއެވެ. ރީނދޫކުލައިގެ ކުދި މާތަކެއް ޖަހާފައި ހުރި މަޑު ނޫކުލައިގެ ހެދުމަކާ އެއްކޮށް އަޅާފައި ހުރި މަޑު ރީނދޫކުލައިގެ ޝޯލްއެކެވެ. އަތަށް ކޮލޯން ކޮޅެއް އަޅައިލުމަށްފަހު ދެއަތާ ހެދުމުގައި ހާކައިލުމަށްފަހު ޑްރެސިންގް ޓޭބަލް މަތީގައި އޮތް ފޯނު ހިފައިގެން ނިކުންނަން ޝަހާ ތައްޔާރުވެލިއެވެ. ނިކުތުމުގެ ކުރިން އަދިވެސް އެއްފަހަރު ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލިއެވެ.

ޝަހާއަށް ދޮރުން ނިކުމެވުނުއިރު އަދީމް ބުނި ފަދައިން ދޮރުމަތީގައި އޭނާގެ އިންތިޒާރުގައި އަދީމް ހުއްޓެވެ. ކަޅުކުލައިގެ އަތްދިގު ގަމީހެއްގައި ހުރި އަދީމް ފެނުމުން ޝަހާއަށް ހިތާހިތުން ތަޢުރީފުކޮށްލެވުނެވެ. އަދީމް ހިނިތުންވެލުމުން ޝަހާ ވެސް ހިނިތުންވެލިއެވެ. އަދީމްގެ އެހިނިތުންވުމުންވެސް ޝަހާގެ ހިތް މޮޔަވެދާނެ ކަހަލައެވެ. އަދީމް އައިސް ހުއްޓުނީ ޝަހާ އާ ދާދި ގާތުގައެވެ.

" ޔޫ ލުކް ބިއުޓިފުލް..." އަދީމް ޝަހާއަށް ތަޢުރީފުކޮށްލިއެވެ. ޝަހާގެ ދެކޯތާފަތަށް ޖަންބުކުލަ އަރައިގެން ދިޔަ ހިނދު އޭނާއަށް އިސްޖަހައިލެވުނެވެ. ޝަހާ ލަދުގަތުމުން ކުރިއަށްވުރެ މާބޮޑަށް ރީތި ކަމަށް އަދީމަށް ފާހަގަވިއެވެ.

" ކީއްކުރަން މިގަޑިއަށް ތައްޔާރުވާން ބުނީ.." މޫނުމަތީގެ ކުލަވަރު ފޮރުވަން މަސައްކަތް ކުރަމުން ޝަހާ ބުންޏެވެ.

" ހިނގާލަން ދާން ވެގެން.. ދާނަންތަ؟" އަދީމް އަހައިލިއެވެ. ޝަހާ ހިނިތުންވެލަމުން ބޯޖަހައިލިއެވެ.

*****************

ޝަހާއާއި އަދީމް ވާހަކަ ދައްކަން ތިބީ އެގެއާ ދިމާލުގައި އޮންނަ ހިތްގައިމު ތުނޑީގައެވެ. ދޮންވެލިގަނޑުމަތީގައި ތިބިއިރު ދެމީހުންގެ ވެސް ނަޒަރު ހުއްޓިފައިވަނީ ކުރިމަތިން ފެންނަމުން ދިޔަ ހިތްގައިމު މޫދަށެވެ.

" ބައްޕަ މަންމަ ވަރިކޮށްފަ ދިޔުމުން މަންމަ ވަރަށް ހިތާމަ ކުރި.. އަސްލު އެކަމާ ބައްޕަދެކެ ވަރަށް ރުޅި އައި.. ހިތަށް އެރި ދުވަހަކުވެސް ބައްޕައަށް މައާފެއް ނުކުރާނަމޭ.. އެކަމަކު މަންމަ އަބަދުވެސް ބުނާނެ ކޮންމެ ގޮތެއްވިޔަސް ބައްޕައޭ.. މަންމަ މަރުވިތާ އަހަރުތަކެއް ފަހުން ބައްޕަވެސް ނިޔާވި ހަބަރު ލިބުނީ.. އެއީ ވަރަށް އެކަނިވެރި ދުވަސްތަކެއް.. ބޮޑުދައިތަގެ ފަރާތުންވެސް ލޯތްބާއި އަޅައިލުމެއް ނުލިބުނު.. ބަދަލުގައި ލިބުނީ އިހާނެތި ބަސްތަކާއި ޖެއްސުންތަކެއް... ބޮޑުދައިތަ ފަރާތުން ލިބުނު ކުޑަކުޑަ އެހީވެސް ހުއްޓުމަކަށް އައީ ބޮޑުދައިތަ ފުރައިގެން ދިއުމުން.. ހުރިހާ އެންމެން އެއްފަހަރާ އަހަރެން ދޫކޮށްލާފައި ދިޔައިމަ ވަރަށް އެކަނިވެރިވެ ހިތާމަކުރިން.. މަންމަވެސް ބައްޕަވެސް.. ބޮޑުދައިތަވެސް އަދި...." ޝަހާ އެހިސާބަށް ބުނުމަށްފަހު ހުއްޓުނެވެ. ޝަހާ ކުއްލިއަކަށް ވާހަކަ ހުއްޓައިލިމުން އަދީމް ޝަހާ އާ ދިމާލަށް ބަލައިލިއެވެ.

" އަދި....؟ ދެން ކާކު؟ " އަދީމް ސުވާލުކޮށްލިއެވެ. ޝަހާ ވަކިއެއްޗެއް ނުބުނެ އަދީމަށް ބަލައިލަމުން ހިނިތުންވެލިއެވެ.

" ދެން ކާކު ޝަހާ ދޫކޮށްލާފައި ދިޔައީ..؟" އަނެއްކާވެސް އަދީމް އަހައިލިއެވެ.

" ތި ސުވާލު ކުރާ މީހާ..." ޝަހާ ދުރު ބަލައިލަމުން ބުންޏެވެ. އަދީމްގެ ތުންފަތްމައްޗަށް ވެރިވީ މައުނަވި ހިނިތުންވުމެކެވެ. އަދީމްގެ ނަޒަރު ހުއްޓިފައިވަނީ ސީދާ ޝަހާ މޫނަށެވެ. އެކަން ފާހަގަވެ ޝަހާ އިނީ އަދީމާ ދިމާލަށް ބަލައިލަން ނުކެރިފައެވެ.

" އެހެންވީމަ ނޭނގި ނަމަވެސް އަހަރެންނަށް ޝަހާ ހިތުގައި ޖެއްސުނީ ދޯ.. ވަރަށް ބޮޑަށް މައާފަށް އެދެން އެކަމާ.. އެކަމަކު ދެން އިރާދަކުރެއްވިއްޔާ ކޮންމެ ފަދަ ހާލަތެއްގައިވެސް އަހަރެން ޝަހާ އާ އެކުގައި ވާނަން.. އަހަރެން ފަރާތުން ޝަހާ ހިތުގައި ޖެހޭނެ ފަދަ އެއްވެސް ކަމެއް ވިޔަ ނުދޭނަން ކަމަށް ވަޢުދުވަން.. ޝަހާއަށް ވަފާތެރި އޯގާތެރި ފިރިޔަކަށް ވުމަށް އަހަރެން މަސައްކަތް ކުރާނަން.." ޝަހާގެ މޫނަށް ބަލަހައްޓައިގެން އިނދެ އަދީމް ބުންޏެވެ. ޝަހާއަށް އަދީމާ ދިމާލަށް ބަލައިލެވުނީ ބޭއިޙްތިޔާރުގައެވެ. އެހިނދު ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. ޝަހާގެ ރިތި ދެލޮލުން އަދީމަށް ބަލަހައްޓައިގެން އިން ގޮތުން އަދީމަށް ކުރުވަމުން ދިޔައީ ތަފާތު އަސަރުތަކެކެވެ. ބޭނުންވީ އެދެލޮލުގެ ފުންކަމުގެ ތެރެއަށް ގެނބިގެން ދިއުމަށެވެ. ޝަހާ އާ ކައިރީގައި ހުންނައިރު ތަފާތު އިހުސާސެއް ކުރެވޭކަން އަދީމަށް ފާހަގަކުރެވުނެވެ. ނޭނގެނީ ކީއްވެގެން ކަމެވެ.

އަދީމްގެ ދެލޮލުގެ ޖާދޫގައި ޖެހިފައި ޝަހާއަށް އިނދެވުނި ހަރަކާތެއްވެސް ކޮށްލަން ނޭނގިފައެވެ. އެދެލޮލުން ބުނެދެނީ ކޮންވާހަކައެއްކަން ދެނެގަންނާކަށް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ ކައިރީގައި އިން އިންސާނާއަކީ މިހާރު މިދުނިޔެމަތިން އޭނާ އެންމެ އެދޭ އިންސާނާ ކަމެވެ. އޭނާގެ ހިތުގެ ހަމައެކަނި އުއްމީދަކީ ކޮންމެވެސް ދުވަހަކުން އެއިންސާނާ އޭނާގެ ހައްޤަކަށްވުމެވެ. އެގޮތަށް ތިބެވުނީ ކިހާއިރަކު ކަމެއް ނޭނގުނެވެ. ދެމީހުންނަށްވެސް ހޭވެރިކަންވީ މަޣްރިބް ނަމާދުގެ ބަންގީގެ އަޑުއިވިފައެވެ.

" ބަންގި ގޮވީ ދޯ.." ކަރުކެހިލަމުން އަދީމް ބުންޏެވެ. ޝަހާވެސް އަދީމްގެ މޫނުން ނަޒަރު ވަކިކޮށްލަމުން ދުރު ބަލައިލިއެވެ.

" ހިނގާ ދާން.... "

އަދީމް ތެދުވުމަށްފަހު ޝަހާއަށް އަތްދިއްކޮށްލިއެވެ. ޝަހާ ހިނިތުންވެލުމަށްފަހު އަދީމްގެ އަތުގައި ހިފައިގެން ތެދުވިއެވެ.

" ތެންކެސް.." އަދީމްގެ އަތުން ދޫކޮށްލަމުން ޝަހާ ބުންޏެވެ. ކީއްވެގެން ކަމެއް ނޭނގުނެވެ. ޝަހާގެ އެއަމަލުން އަދީމަށް އުނދަގޫ ގޮތްތަކެއްވިއެވެ. އޭނާގެ ހިތްއެދި ގޮވަމުން ދިޔައީ ޝަހާގެ އެއަތުގައި ހިފައިލައިގެން ހުރެ ކުރިއަށް ދިއުމަށެވެ. ނަމަވެސް ޝަހާ އަކީ ކޮންކަހަލަ ކުއްޖެއްކަން އެނގޭތީ އޭނާ އަމިއްލަ އިހުސާސްތައް ކޮންޓްރޯލް ކުރިއެވެ. ދެއަތް ޖީބަށް ޖަހައިލަމުން އޭނާ ޝަހާ އާ އެއްވަރަށް ހިނގަމުން ދިޔައެވެ.

" މަންމަ ބުނި ޝަހާ ގޮވައިގެން ގެއަށް އަންނަން.. އެކަމަކު އަހަރެން މިހުންނަނީ ދޮންބެމެން އައިމަ ކައިވެނީގެ ދުވަސް ކަނޑައަޅަންވެގެން..." އަދީމް ބުންޏެވެ.

" އަހަރެންވެސް މިހުންނަނީ ތިވާހަކަ ދައްކަންވެގެން.. ކުރިން މައި ކައިރީގައި އަދީމްގެ ވާހަކަ ކިޔައިނުދިނީމަ ހުރީ ހިތްހަމަނުޖެހިފަ.. މައާފުކުރާށޭ ބުނީމަ ޝަރުތަކަށް ބުނީ މައި އައިމަޔޯ ކައިވެނީގެ ކަންތަކާ އުޅޭނީ.. " ޝަހާ ކިޔައިދިނެވެ.

" މިހުރިހާ ދުވަހު ކީއްވެ އެއްވެސް މީހެއް ކައިރީގައި ނުބުނެ ހުރީ.. " އަދީމް ސުވާލުކޮށްލިއެވެ.

" އަހަރެން ހުރީ އަދީމް އެނބުރި އަންނާނެ ދުވަހެއްގެ އިންތިޒާރުގައި.. " ޝަހާ އިސްޖަހައިލަމުން ބުންޏެވެ.

" ވަރަށް ދުވަހު އިންތިޒާރު ކޮށްފިން ދޯ.. ހަމަ އެހާވަރަށް އަހަރެން ދެކެ ލޯބިވޭތަ؟" ޝަހާ ލަދުގަންނަވައިލުމުގެ މަޤްސަދުގައި އަދީމް އަހައިލިއެވެ. އަދީމް ބޭނުންވި ގޮތަށް ޝަހާގެ މޫނު ރަތްވެގެން ދިޔަ މަންޒަރު ފެނި އަދީމަށް ހީނލެވުނެވެ. ޝަހާ ވަކި އެއްޗެއް ނުބުނެ ބޯޖަހައިލިއެވެ.

" ކޮންކަމަކަށް ތި ބޯޖަހައިލީ؟" އަނެއްކާވެސް އަދީމް އަހައިލިއެވެ.

" ދެންމެ ކުރީމެއްނު ސުވާލެއް..." ރަކިވެފައި ހުރެ ޝަހާ ބުންޏެވެ.

" ކޮން ސުވާލެއް..." ލާނެތް ގޮތަކަށް އަދީމް އަހައިލިއެވެ. އަދީމްގެ މަޤްސަދަކީ އޭނާ ލަދުގެންނެވުންކަން އެނގުނު ހިނދު ޝަހާ ހުރި ހިސާބުން ހުއްޓުނެވެ. ޝަހާ ހުއްޓުމުން އަދީމަށްވެސް ހުއްޓެން މަޖުބޫރުވިއެވެ.

" ތިއުޅެނީ އަހަރެން އަނގައިން ބުނުއްވަންތަ؟" ލަދުވެތިކަން އެއްފަރާތްކޮށްލުމަށްފަހު އަދީމްގެ މޫނަށް ބަލަހައްޓައިގެން ހުރެ ޝަހާ އަހައިލިއެވެ.

" އެހެންވީއިރު އަޑުއަހާ.. އަހަރެން އަދީމް ދެކެ ވަރަށް ލޯބިވޭ.. ވަރަށް ވަރަށް ބޮޑަށް ލޯބިވޭ.. އައި ލަވް ޔޫ ވެރީ މަޗް.. އަހަރެން މިދުނިޔެ މަތިން އެދޭ ހަމައެކަނި އިންސާނަކީ ތީ.." ޝަހާ އެއްވެސް ޖެހިލުމެއް ނެތި ބުނެލިއެވެ.

-ނުނިމޭ-

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!