Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ކޮވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 360،161އަށް

ކޮވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 360،161އަށް
ކޮވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 360،161އަށް އަރައިފިއެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ394,930އަށް އަރައިފައެވެ. 

އެންމެ ފަހުން ވެކްސިން ދިން އަދަދުތަކަށް ބަލާއިރު ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް އަތޮޅުތަކުން 20 މީހުން ޖަހައިފައި ވެއެވެ. ދެވަނަ ޑޯޒް އަތޮޅުތަކުން 211 މީހުން ފުރިހަމަކޮށްފައި ވެއެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.

Advertisement
Allied Insurance — Square (box)

އޭގެ ތެރެއިން އިންޑިއާއިން ހަދިޔާ ކުރި ވެކްސިންގެ ސްޓޮކް ހުސްވުމާ އެކު، އެ ވެކްސިން އާންމުކޮށް މިހާރު ޖެހުން ވަނީ މެދުކަނޑައިލައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް