ރައްޔިތުންގެ މަޖިލިސް

ދިވެހިންނަށް ރިހެބް ހިންގާކަށް ނޭނގޭ، ބޭރުގެ ބަޔަކާ އެކަން ހަވާލު ކުރޭ: ހަސަން ލަތީފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ހެންވޭރު ހުޅަނގު ދާއިރާގެ މަޖްލިސް މެންބަރު ހަސަން ލަތީފް

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ސަލާމަތް ކުރަން، ޑީޓޮކްސް ސެންޓަރުތަކާއި ރިހެބްލިޓޭޝަން ސެންޓަރުތައް ހިންގަން ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ފުރުސަތު ދޭން ޖެހޭ ކަަމަށް އެމްޑީޕީގެ ޗެއަރޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

Ads by MWSC

2022ވަނަ އަހަރު ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ހިންގަން 129 މިލިޔަން ބަޖެޓްކޮށްފައިވެއެވެ. އޭގެ ތެރެއިން 117 މިލިޔަން ރުފިޔާއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ފަރުވާގެ ކަންކަމަށް ކަނޑައަޅައިފައިވާ ބަޖެޓެވެ.

މިއަދު މަޖިލީހުގައި ކުރިޔަށް ދިޔަ ބަޖެޓް ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، އިންސާނީ ވަސީލަތްތައް ރާއްޖޭގައި ހުރި ގޮތުން ޑިޓޮކްސް ޕްރޮގްރާމްތަކަކީ ދިވެހިންނަށް ކުރެވިދާނެ ކަމެއް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި މަސްތުވާތަކެތި ސަލާމަތް ކުރަން ސަރުކާރުން ގެންގުޅެމުން އަންނަ ސިޔާސަތު ބަދަލު ކުރަން ޖެހޭ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

"ކުރަން ދަތި، އަދި ކުރަން ނޭނގޭ ކަންތައްތައް އަޅުގަނޑުމެން އަބަދުވެސް ކުރަނީ ބޭރުގެ ފަރާތްތަކުގެ އެހީގައި." ރިހެބް ސެންޓަރުތައް ހިންގަން ދިވެހިންނަށް ނޭނގޭ ކަމަށް ވިދާޅުވަމުން ހަސަން ވިދާޅުވިއެވެ. "އަޅުގަނޑު އެދެނީ ބޭރުގެ ފަރާތްތަކަށް އެކަން ދޫކޮށްލައިގެން އެއީ ބޭރުގެ ފަރާތްތަކުން ކުރާ ކަމެއްގެ ގޮތުގައި އެކަން ސިޔާސަތަށް ގެންނަ ބަދަލެއްގެ ތެރެއިން ގެނައުން"

ހަސަންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މިގޮތަށް މިކަން ކުރަން ބޭރުގެ ބަޔަކާ ވަރަށް އަވަސް މުސްތަޤްބަލެއްގައި ހަވާލު ކުރަން ޖެހޭ ކަމަށާއި ނޫން ނަމަ ކުރިޔަށް އޮތް ޖީލު ވެސް ހަލާކުވެގެން ގޮސްފާނެ ކަމަށެވެ. އަދި އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަށް ބަދަލު ކުރަން، އެކަން އަންނަ އަހަރު ކުރުމަށް ހަސަން ގޮވައިލެއްވިއެވެ.

ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ޑިޓޮކްސް ސެންޓަރުތައް މިހާރު ވަނީ ޤާއިމްކޮށްފައެވެ. އެހެން ނަމަވެސް އެންޑީއޭއިން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާތީ، ދާދިފަހުން މީސްމީޑިއާގައި އެ އިދާރާއާ ދެކޮޅަށް ބޮޑު ކެންޕެއިނެއް ވެސް ވަނީ ހިންގައިފައެވެ.

Ads by Ooredoo
  1. ޢަވާމެނދުރު

    ދިވެހިންނަނ ްމަޖިލީސްހިންގާކަނވެސްނޭގޭނު ތިގޮޑިތަކުންފައިބާގެންދޭބަލައިސްތިއުފާދެެފަ ދެންތިގޮޑިތަކަންބޭރުންމީހުންގެންނަންވޭނު މަޖިލީސހިންގަން