ރައީސް ޞާލިޙަށް ފާޑު ކިޔުމުން ޖުޑިޝަރީގެ އިދާރީ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށާއި ސަރުކާރަށް ފާޑު ކިޔައި ޓްވީޓް ކުރުމުން ޖުޑިޝަރީގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.
މީސް މީޑިއާގައި ޕޮކްމަންގެ ނަމުގައި ހަރަކާތްތެރިވާ އެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައި ވަނީ މިއަދުއެވެ. އޭނާ ޖުޑީޝަރީގައި ވަޒީފާ އަދާކުރާތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.
ހުޅުމާލޭ ކޯޓުގެ ކޯޓު އޮފިސަރެއްގެ މަޤާމުގައި މަސައްކަތްކުރި އެ މުވައްޒަފު ވަޒީފާއިން ވަކި ކުރުމާ ގުޅިގެން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ސަރުކާރަށް 3 އަހަރު ފުރުން މިއަދު ފާހަގަކުރާ އިރު އެކި ސަރުކާރުތަކުގައި ހިނގާ ކަންކަމާ މެދު ޚިޔާލުފާޅުކޮށް ވާހަކަދެއްކުމާ ގުޅިގެން އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މީގެ ކުރިން ވަނީ ޕޮކްމެން ނަމުގައި ފޭސްބުކާއި ޓުވިޓާގައި ހުޅުވައިފައިވާ އެކައުންޓުތައް ބަލައި ދިރާސާކޮށްފައެވެ. އެގޮތުން އޭނާ ކޮށްފައިވާ ޕޯސްޓުތަކަކީ ޝަރުޢީ ދާއިރާގެ ޤަވާޢިދާ ޚިލާފު އަމަލެއް ކަމަށް ކަނޑައަޅައި 14 ސެޕްޓެންބަރު 2020ވަނަ ދުވަހު އޭނާއަށް ފިޔަވަޅުއަޅަން ނިންމައިފައިވެއެވެ.





ކޮމެންޓް