ވާހަކަ

(ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

"ވަޓް؟" ލިބުނު ހަބަރާއެކު އާޒިފަށް އިންތަނުން ކޮޅަށް ތެދުވެވުނެވެ. ދުރުގައި ހުރި އަސްމާ މޭޒު ވަށާލާފައި އައިސް އާޒިފްގެ ކައިރީގައި ހުއްޓިއްޖެއެވެ. އާޒިފް ސިހުނުވަރު ފެނިފައި އަސްމާގެ މޭގަނޑު ރޯމަހެއް ތެޅޭ އުސޫލުން ތެޅެމުން ދިޔައެވެ. ހާސްކަމާ ކަންބޮޑުވުމާއެކު އޭނާ އާޒިފްގެ މޫނަށް ބަލަމުންދިޔައީ އަވަސް ޖަވާބެއް ބޭނުންވާ ފަދައިންނެވެ. އާޒިފް އަތުން ފޯނު ދޫވެގެން ވެއްޓުނީ އަސްމާ ބަލަބަލާ ހުއްޓައެވެ. ގައިން ވަރުދޫވެ އާޒިފަށް ގޮނޑީގައި އިށީނދެވުނެވެ.

Ads by Sosun Fihaara

" ކިހިނެއްވީތަ އާޒިފް؟.. " އާޒިފްގެ ކޮނޑުގައި ހިފައި ތަޅުވައިލަމުން އަސްމާ އަހައިލިއެވެ.

" އަސްމާ!!..." އާޒިފްގެ އަޑުގައި ތުރުތުރެއްވިއެވެ. އިސާހިތަކު އޭނާދެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. އެމަންޒަރު ފެނި ވަރަށް ބޮޑު ގޯހެއް ވެއްޖެކަމުގައި އަސްމާއަށް ޔަގީން ކުރެވުނެވެ.

" ކިހިނެއްވީހޭ..." ލިބުނު ނުތަނަވަސް ކަމުގައި އަސްމާއަށް އަހައިލެވުނެވެ.

" އަހަރެން މުޅިން ބަރުބާދުވެއްޖެ.. އަހަރެންގެ.. އަހަރެންގެ ފިހާރަ އަނދާ އަޅިއަށްވެއްޖެ.." އެންމެ ފަހު ޖުމްލަ ބުނެލިއިރު އާޒިފަށް ރޮއެގަނެވިއްޖެއެވެ. އަސްމާ އަނގަމަތީގައި އަތް އަޅައިލީ ލިބުނު ސިހުމުންނެވެ. ކިރިޔާވެސް ލާރިކޮޅެއް ލިބެނީ އެފިހާރައިން ލިބޭ މަދު ފައިދާއިންނެވެ. މިއަދު އެފިހާރަވެސް ނެތި ދިޔައީއެވެ. ހަދާނެ ގޮތް ހުސްވެފައި ގޮނޑީގައި ރޯންއިން އާޒިފަށް ބަލަހައްޓައިގެން އަސްމާއަށްވެސް އިނދެވުނީއެވެ.

*************************

ރާފިގުގެ ފިހާރަ ހުޅުވުނީ ހީވެސް ނުކުރާހާ އަވަހަށެވެ. މަސައްކަތުގައި އެންމެ ބޮޑު އެއްބާރުލުމެއް ދިނީ އަދީމާއި ފާތިކެވެ. ރަށުގެ ރައްޔިތުންވެސް ތިބީ ފިހާރަ ހުޅުވޭނެ ދުވަހެއްގައި އިންތިޒާރުގައި ފަދައެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. އެރަށުގައި ހުޅުވުނު ފުރަތަމަ ބޮޑު ފޮތި ފިހާރައެވެ. ތަފާތު ފޮތިތަކުން ދެބުރިއަށް ހުރި އެފިހާރަ ވަނީ ފުރިފައެވެ. ފިހާރަ ހުޅުވުނު ފުރަތަމަ ދުވަހުވެސް އެތައް ގުނައެއް ފައިދާވިއެވެ. ކޯހުގެ ކަންތައްތަކުގައި އުޅެމުން ރާފިގުގެ ފަރާތުން ކަމީލާ އައީ ވިޔަފާރީގެވެސް ކަންތައްތައް ދަސްކުރަމުންނެވެ.

ފާތިކް އެނބުރި ވަޒީފާއަށް ނިކުތީ އޭނާގެ ކައިވެންޏަށް ދެމަސް ދުވަސް ފާއިތުވެގެން ދިޔަ ފަހުންނެވެ. ނުނިމި ހުރި މަސައްކަތްތައް ގިނަ ކަމުން ފާތިކަށް ރަށައް ނިދަން އާދެވެނީވެސް މަދު ރެއަކުއެވެ. ނަމަވެސް މައިރާ އެކަމާ މާބޮޑު ޝަކުވާއެއް ނުކުރެއެވެ. އޭނާއަކީ އެކަހަލަ ކަންތައްތަކާ ޝަކުވާކުރާ މީހެއް ނޫނެވެ. ބަދަލުގައި ފާތިކް ކުރާ ހުރިހާ ކަމެއްގައިވެސް މައިރާ އެއްބާރުލުން ދެއެވެ. އެއީ ފާތިކް މައިރާދެކެ ލޯބިވާ އެންމެ ބޮޑު އެއްސަބެބެވެ.

*******

ކައިވެންޏަށް މަހެއްވާން އުޅެނިކޮށް އަދީމްވެސް ވަޒީފާއަށް ނިކުންނަން ފެށިއެވެ. ހޮސްޕިޓަލާ ގުޅުނު ފުރަތަމަ ދިވެހި ޑޮކްޓަރަށްވުމާއެކު ގިނަ ބަޔަކު އަދީމް ކައިރިން ފަރުވާ ހޯދަމުން ދިޔައެވެ. އަދީމްވީ މީހުންގެ ފުރިހަމަ ލޯތްބާއި ޤަދަރު ލިބުނު ޑޮކްޓަރަކަށެވެ. ބަލިމީހުންގެ ނަޒަރުގައި ހިތްވަރުގަދަ މޮޅު ޑޮކްޓަރަކަށެވެ. ނަތީޖާއެއްގެ ގޮތުން ކައިރި ރަށްތަކުންވެސް ބަލިމީހުން އަދީމް ކައިރިއަށް ފަރުވާ ހޯދަން އަންނަން ފެށިއެވެ. އެކަންވީ އަދީމް އިތުރަށް ބިޒީވެގެން ދިޔަ ކަމަކަށެވެ. އަދީމްގެ ސަބަބުން އެންމެ ބޮޑު ފަޙުރެއް އިހުސާސްވަމުން ދިޔައި އޭނާގެ މަންމަ ކައުސަރަށެވެ. އޭނާގެ ދަރިފުޅަށް މީހުންގެ ފަރާތުން ލިބެމުންދިޔަ އިއްޒަތާއި ޤަދަރު ފެނި ކައުސަރަށް އުފަލުން ރޮވޭހާ ވެއެވެ. ރަށުމީހުން މިހާރު އޭނާ ދަންނަނީވެސް ޑޮކްޓަރ އަދީމްގެ މަންމަގެ ނަމުންނެވެ. ކައުސަރެކޭ އެއްގޮތަށް ޝަހާވެސް އަދީމާއި މެދު ފަހުރުވެރިވެއެވެ. އަދީމްގެ އަނތްބަކަށްވީތީ އެކަމާ ޝަހާ އިންތިހާއަށް އުފާކުރެއެވެ. ފިރިއެއްގެ ވާޖިބުވެސް އަދީމް އަދާކުރަމުން ދިޔައީ އޭގެ އެންމެ ފުރިހަމައަށެވެ. ކިރިޔާވެސް ޝަކުވާއެއް ކޮށްލާނެ ފުރުސަތެއް ޝަހާއަކަށް ނުދެއެވެ. އަދީމްގެ ފަރާތުން އޮހެމުން ދިޔަ އިންތިހާއީ ލޯތްބާއި އަޅައިލުމުގެ ސަބަބުން ޝަހާއަށް ލިބެމުން ދިޔައީ ބަޔާންކުރަން ދަތި އުފަލަކާ ހިތްހަމަޖެހުމެކެވެ. އޭނާއަށް އިހުސާސްވަމުން ދިޔައީ އޭނާއަކީ މިވަގުތު ދުނިޔޭގައި އެންމެ އުފަލުގައި ހުރި އެންމެ ނަސީބުގަދަ އަންހެންކުއްޖާ ފަދައިންނެވެ.

އެންމެން އަދީމާ މެދު ފަޙުރުވެރިވަމުން ދިޔައިރު އޭނާއާ މެދު ހަސަދަވެރިވަމުން ދިޔައީ އަދީމް ހީވެސް ނުކުރާ ފަރާތެކެވެ. އެމަގާމް އަދީމަށް ހޯދައިދިނުމުގައި އެންމެ އިސްކޮށް އުޅުނު ފަރާތްވެސްމެއެވެ. އަދީމް ދެކޭ ގޮތުން އޭނާގެ ގާތް އެކުވެރިއެކެވެ. ނަމަވެސް ހުސެންގެ ހިތްއޮތީ އަދީމް ހީކުރިގޮތާ މުޅިން ޙިލާފަށެވެ. ހުސެންގެ ކަންތައްތައް ވެލިގަނޑެއްހެން އޮތަސް އޭނާގެ ހިތްއޮތީ ކަޅުދެލިގަނޑެއް ފަދައިންނެވެ. ޝަހާގެ ކައިވެންޏަށް ފަހު އަދީމާ މެދު ރަނގަޅަށް ދެކެން ހުސެން މަސައްކަތް ކުރިނަމަވެސް އެކަންނުވިއެވެ. ބަދަލުގައި އަދީމަށްޓަކައި އޭނާގެ ހިތުގައި އޮތް ހަސަދަވެރިކަން ދުވަހެއް ދުވަހަކަށް ދިޔައީ ބޮޑުވަމުންނެވެ. ހަސަދަވެރިކަން އުފެދުނީ ޝަހާގެ ސަބަބުން ނަމަވެސް މިހާރު އަދީމްއަށް ލިބޭ ކޮންމެ މޮޅަކަށް ހުސެން ހަސަދަވެރިވާން ފަށައިފިއެވެ. އެކަމުގައި އޭނާގެ އެއްވެސް އިޙްތިޔާރެއް ނެތް ފަދައެވެ.

****************

އާޒިފަށް ސްޓްރޯކެއް ޖެހި ހޮސްޕިޓަލުގައި އެނދުމަތި ކުރެވުނެވެ. ވިޔަފާރި މުޅިން ބަނގުރޫޓުވެ އަތުން ހުރިހާ އެއްޗެއް ގެއްލުނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައެވެ. ހިތްދަތިކަމުގެ މައްޗަށް އިތުރު ހިތްދަތިކަމެއް ލިބުނީ ޝެރީން ގެއިން ނިކުމެގެން ދިއުމުންނެވެ. ހުރިހާ ކަމަކާ މާބޮޑަށް ވިސްނާ ފިކުރުކުރުމުގެ ނަތީޖާއަކަށްވީ ލޭގެ ޕްރެޝަރު ކޮންޓްރޯލްނުވެ މީހާއަށް ސްޓްރޯކެއް ޖެހުމެވެ. އާޒިފް ހޮސްޕިޓަލަށް ގެނެވުނު ހިނދުން ފެށިގެން އަސްމާ މަސައްކަތް ކުރަމުން ދިޔައީ ޝެރީންއަށް ގުޅުމަށެވެ. ހިތުގައި ޝެރީންއަށްޓަކައި އިންތިހާއަށް ނަފްރަތު އޮތް ނަމަވެސް އެއީ އާޒިފްގެ ހުރި ހަމައެކަނި ދަރިކަން އަސްމާ ހަނދާން ނައްތައެއް ނުލައެވެ.

*****************

ޝެރީންއާއި އިއުފާ ފިނި ބުއިމަކަށް އިންސާފުކުރަމުން ދިޔައީ ކެފޭއެއްގައެވެ. މޭޒުމަތީގައި އޮތް ޝެރީންގެ ފޯނު އެތައް ފަހަރެއްގެ މަތިން ރިންގުވަމުން ދިޔައިރުވެސް ޝެރީން އެކަމަކާ މާބޮޑު އަޅައިލުމެއް ނުބަހައްޓައެވެ.

" ނަގާބަލަ ފޯނު.. ކޮންމެވެސް ކަމެއްވީމައެއްނު އެވަރަށް ގުޅާނީ.." އެންމެފަހުން ނީނދެވިގެން އިއުފާ ބުންޏެވެ.

" ނޫޅެން... އެއަސްމާގަނޑު އެގުޅަނީ.. ކޮންމެވެސް މޮޅު އެއްޗެކޭ ކިޔަންވެގެން ކަންނޭނގެ.." މޫނަށް ވައްތަރެއް ޖައްސައިލަމުން ޝެރީން ބުންޏެވެ.

" ލުކް ޝެރީ އަހަރެންނަށް އެނގޭ ޝެރީ އަސްމާދެކެ ރުޅި އަންނަވަރު.. އެކަމަކު އެގޭގަ އުޅެނީ އެކަނި އަސްމާއެއް ނޫނެއްނު.. ކޮންމެގޮތެއް ވިޔަސް އާޒިފްބެ އެއީ ޝެރީގެ ބައްޕަ.. އަހަރެންނަށް އެނގޭ ޝެރީ ކޮންމެ އެއްޗެއް ކިޔަސް ޝެރީ ބައްޕަދެކެ ލޯބިވާވަރު.. " އިއުފާ ބުންޏެވެ.

" ރަނގަޅަށް ތިބުނީ... ބައްޕަދެކެ އަހަރެން ވަރަށް ލޯބިވޭ.. އެކަމަކު އެގޭގަ އަސްމާއާ އެއްކޮށް އުޅެން އަހަރެން ދެން ނުދާނަން.. ބައްޕަގެ ފިހާރަ އަނދައިގެން ދިޔަފަހުން ކޮންމެ ދުވަހަކުހެން އޭނާ އެހުންނަނީ އަހަރެންނަށް ބަހެއް އެއްލަ އެއްލާ.. އެހެންވެ އަހަރެން އެގެއިން ނިކުތީ.. " ޝެރީ ދެބުމަ ގޮށްޖަހައިލައިގެން އިނދެ ބުންޏެވެ. އެވަގުތު އަނެއްކާވެސް ޝެރީގެ ފޯނު ރިންގުވާން ފެށިއެވެ.  މިފަހަރު އިއުފާގެ ބަސް ޤަބޫލުކޮށް ޝެރީ ފޯނު ނެގިއެވެ. ޝެރީއަށް ވަކި އެއްޗެއް ބުނެވުމުގެ ކުރިން އެކޮޅުން އަސްމާ ދިން ޙަބަރުން ޝެރީގެ މޫނު ޙުދު ކަފަކޮޅަކަށް ވެގެން ދިޔައެވެ. ހުއްޓުން އަރާފައި ހުރި ޝެރީ މަޑުމަޑުން ފޯނު ތިރިކޮށްލިއެވެ. ކަރުނުން ފުރިގެން އައި ދެލޮލާއި ތުރުތުރުއަޅަމުން ދިޔަ ޝެރީގެ ދެތުންފަތް ފެނި ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަން އިއުފާއަށް އެނގުނެވެ. ދެން އައި ހިނދުގައި އިއިފާހުރީ ޝެރީގެ އަތުގައި ހިފަހައްޓާލައިގެންނެވެ.

" ޝެރީ.. ބޭބް އިޒް އެވްރިތިންގް އޯކޭ؟" ހިތްހެޔޮކަމާއެކު ޝެރީގެ ބުރަކަށީގައި ފިރުމައިލަމުން އަހައިލިއެވެ.

" އިޓްސް ބައްޕަ.. ހީ އިޒް އިން އައި ސީ ޔޫ..." ތުރުތުރުއަޅާ އަޑަކުން ޝެރީއަށް ބުނެވުނެވެ.

***********************

ޑިއުޓީ ނިންމާފައި އަދީމަށް ގެއަށް އާދެވުނުއިރު ރޭގަނޑު ދިހައެއް ޖަހަން ކައިރިވެއްޖެއެވެ. ދޮރު ހުޅުވާލާފައި އެތެރެއަށް ވަންއިރު ކާމޭޒު ކައިރީގައި މަލާކް ފޮތްތައް ހުޅުވާލައިގެން އިނެވެ. އަދީމް ފެނުމުން މަލާކް ހަދިޔާކޮށްލީ ހިނިތުންވުމެކެވެ.

" ދޮންތަ ގެއަށް އައިސްފިތަ؟" ހިނިތުންވެލަމުން އަދީމްވެސް އަހައިލިއެވެ. މަލާކް ބޯޖަހައިލަމުން އިރުކޮޅެއް ކުރިން ޝަހާއަށް ގެއަށް އައި ވާހަކަ ބުނެލިއެވެ. އަދީމް ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވައިލިއެވެ. އެންމެ ފުރަތަމަވެސް ނޭފަތުގައި ޖެހުނީ ޝަވަރ ޖެލްގެ މީރުވަހެވެ. ދޮރުލައްޕައިލިވަގުތު ކުޑަދޮރު ކައިރީގައި ބޭރު ބަލަން ހުރި ޝަހާ އަދީމްގެ ލޮލުގައި އަޅައިގަތެވެ. ޝަހާއަށް ހިލަމެއް ނުވާނެހެން މަޑު ދިޔަވަޅުތަކެއް އަޅަމުން އަދީމް ގޮސް ޝަހާގެ ފަހަތުގައި ހުއްޓުނެވެ. އެހިނދު ޝަހާ ގައިން ދުވި ހިތްގައިމު ވަހުން އަދީމަށް ހަށިފުރާ ނޭވައެއް ދޫކޮށްލެވުނެވެ. މީހެއްގެ ހިލަމެއްވެ އެނބުރި ބަލައިލަން ޝަހާ އުޅުނު ހިނދު އަދީމް ފުރަގަހުން ޝަހާގެ ގައިގައި ބައްދައިލިއެވެ. އެވަގުތު ޝަހާގެ ފަނޑު ހީނލުމުގެ އަޑުއިވިގެން ދިޔައެވެ.

" މްމް.. ހާދަ މީރުވަސް ދުވައޭ..." ޝަހާގެ އިސްތަށިގަނޑުގެ ވަސް ބަލައިލަމުން އަދީމް ބުންޏެވެ. އެއަށްފަހު ޝަހާގެ މަޑު ކަފަކޮޅެއް ކަހަލަ ކޮލުގައި ބޮސްދިނެވެ.

" އައި މިސްޑް ޔޫ..." ވަރަށް ސިއްރުން ޝަހާގެ ކަންފަތް ކައިރީގައި އަދީމް ބުނެލިއެވެ. އެހިނދު އަނެއްކާވެސް އިވިގެން ދިޔައީ ޝަހާގެ ލުއި ހީނލުމުގެ އަޑެވެ.

" އައި މިސްޑް ޔޫ މޯރ..." އޭނާގެ ކޮނޑުމަތީގައި އަޅުވައިލެވިފައިވާ އަދީމްގެ މޫނުގައި ފިރުމައިލަމުން ޝަހާވެސް ބުންޏެވެ. އެހިނދު އަދީމް ކުއްލި ހަރަކާތަކާއެކު ޝަހާގެ އަތުގައި ހިފާފައި އޭނާއާ ވީ ކޮޅަށް އަނބުރުވާލިއެވެ. އެއަށްފަހު އަދީމްގެ ބާރުގަދަ ދެއަތުގެ ތެރޭގައި ޝަހާގެ ހިމަހަށިގަނޑު ހައްޔަރުކޮށްލިއެވެ. އެހިނދު ޝަހާ އޭނާގެ ދެއަތް އަދީމްގެ ކަރުގައި އަޅުވައިލިއެވެ.

" ނޭނގެ ކީއްވެ ކަމެއް މިހާރު އެންމެ ހިނދުކޮޅަކުވެސް ޝަހާއާ ދުރުގައި ހުންނަން އަހަރެންނަށް ވަރަށް އުނދަގު.. ފަސްމިނެޓް ނުފެނި ދިޔަސް ހަނދާންވާވަރުން ހުރެވެނީއެއް ނޫން.. ބުނެބަލަ ޝަހާ.. ކޮން ކަހަލަ ޖާދޫއެއްތަ އަހަރެންނަށް ތިޖެއްސީ..؟" ޝަހާގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ އަދީމް އަހައިލިއެވެ. އެހިނިދު ޝަހާގެ ތުންފަތްމަތިން ލަދުރަކި ހިނިތުންވުމެއް ފެނިގެން ދިޔައެވެ.

" ކައިފިންތަ؟..." ޝަހާގެ މޫނުގައި ފިރުމައިލަމުން އަދީމް އަހައިލިއެވެ.

" ނޫން.. އެނގެއެއްނު އަދީމް ނާންނަނިސް އަހަރެން ނުކާނެކަން... " އެއްއަތުން އަދީމްގެ ފުށްކިބައިގެ ފިރުމައިލަމުން ޝަހާ ބުންޏެވެ.

" އަނހަ.. އަހަރެން ބުނީމެއްނު އަހަރެން އަންނަންދެން ނުކައި ނުހުންނާށޭ... މިހާރު ތިވީ ގޮތުން އަހަރެން ދެގުނައަށް ބަނޑުހައިވެއްޖެ.. ކޯންޗެއްތަ ކާން ހުރީ..؟" މޫނުމައްޗަށް ވެއްޓިފައި ހުރި ޝަހާގެ ބައެއް އިސްތަށިތައް ކަންފަތް ދަށައް ލައިވައިލަމުން އަދީމް އަހައިލިއެވެ.

" ކިރުގަރުދިޔާ ބަތާ..." ޝަހާ ބުންޏެވެ. އެވަގުތު އަދީމް އަނގަޔަށް ގޮތެއް ހަދައިލިއެވެ. "މިރޭ ކިރުގަރުދިޔަ ބަތް ކާހިތެއް ނެތް.."

" ކީއްކުރާނީ.. މިއަދު ނީމާ ކުޑަކޮށް ބަލިވެ އުޅޭތީ ވަކި އެއްޗެއް ހަދަން އަހަރެން ނުބުނީ.. އަހަރެންވެސް މިއަދު ވަރަށް ބިޒީކޮށް އުޅެން ހަދައިގެން ގެއަށް އައިސް ރަނގަޅު އެއްޗެއް ހަދައިލާނެ ވަގުތެއް ނުލިބުނު.." ޝަހާ ބުންޏެވެ.

" އިޓްސް އޯކޭ.. ހިނގާ ދޯ ރަނގަޅު އެއްޗެއް ކައްކައިލަން.." އަދީމް ހިޔާލެއް ދިނެވެ.

" އޭރުން ބަތް އިސްރާފުވެދާނެ..." ޝަހާ ބުންޏެވެ.

" ބަތުންނޭ ކޮންމެވެސް އެއްޗެއް ހަދާނީ.. ޑޯންޓް ވޮރީ.. މިރޭ ކައްކާނީ އަހަރެން.. ލެޓްސް ގޯ.." ޝަހާގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން އަދީމް ބުންޏެވެ. އެމީހުން ކޮޓަރިން ނިކުތްއިރުވެސް މަލާކް ފޮތްތައް ހިފައިގެން މޭޒުކައިރީގައި އިނެވެ. އަދީމް ޝަހާ ގޮވައިގެން ބަދިގެއަށް ވަންނަމުން ކާނަންތޯ މަލާކް ކައިރީގައިވެސް އެހިއެވެ. އަދީމް ކައްކަން އުޅޭތީ މަލާކްވެސް އިނީ ފާޑަކަށް މަޖާވެފައެވެ. ޝަހާއާ ކުދި ކުދި ސަމާސާ ކުރަމުން ބަދިގޭގައި އަދީމް އުޅުނެވެ. އެމަންޒަރަށް އިރުއިރުކޮޅާ މަލާކަށް ބަލައިލެވެނީ ހިނިތުންވެ އިނދެއެވެ. މަލާކް ހިތުން ދުޢާ ކުރަމުން ދިޔައީ އެދެމީހުންގެ ގުޅުމަށް އެއްވެސް މީހެއްގެ އެސްފީނާ ނުޖެހުމަށް އެދިއެވެ.

******************

އާޒިފްގެ ހާލު ރަނގަޅުވެ ގެއަށް ދޫކޮށްލީ ހޮސްޕިޓަލަށް ގެނެވުނުތާ މަހެއްވާން ކައިރިވެފައި ވަނިކޮށެވެ. އެބަލިން އަރައިގަތުމަށް އެންމެ ބޮޑު އެއްބާރުލުމެއް ލިބުނީ އަސްމާއާއި ޝެރީންގެ ފަރާތުންނެވެ. ޑޮކްޓަރުގެ ނަސޭހަތަކަށްވީ ކުރިއަށް މިއޮތް ދުވަސްތަކުގައި އާޒިފް ވީހާވެސް ހިތްހަމަޖައްސައިގެން ގެންގުޅުމެވެ. އަސްމާ އާއި ޝެރީންގެ ހިތުގައި އެކަކު އަނެކަކަށްޓަކައި އިންތިހާއަށް ނަފްރަތު އޮތްކަމުގައި ވިޔަސް އާޒިފްގެ ހައްޤުގައި ގުޅިގެން އުޅެވޭތޯ އެދެމީހުންވެސް މަސައްކަތް ކުރަމުން ދިޔައެވެ. ޝެރީންވެސް ބޭރަށް ދިއުން މަދުކުރުމަށްފަހު ގިނަ ވަގުތު އާޒިފާ އެއްކޮށް ހޭދަކުރަން ފެށިއެވެ.

******************

ހުކުރު ދުވަސްކަމުން ޝަހާއާއި މަލާކް ގޭގައި އުޅޭ ދުވަހެކެވެ. ކެއުން އޮތީ އަދީމްމެންގެ ގޭގައި ކަމުން ކުރާނެ މާބޮޑު މަސައްކަތެއް ނެތެވެ. އަދީމްވެސް ދަންވަރު ޑިއުޓީއަށް ދިޔަގޮތަށް އުޅެނީ އަދި ގެއަށް ނާދެވިގެންނެވެ. މަލާކް ފެންވަރައިގެން އަންނަންދެން ޝަހާ ސޯފާގައި އިންތިޒާރުގައި އިނީ މަލާކް ގޮވައިގެން އަދީމްމެންގެ ގެއަށް ދިއުމަށެވެ. ކޮފީމޭޒުމަތީގައި އޮތް ޝަހާގެ ފޯނު ރިންގުވާން ފެށުމުން ފޯނު ނަގާފައި ޝަހާ ބަލައިލިއެވެ. ނުދަންނަ ނަމްބަރެއް ކަމަށްވުމުން ފޯނު ނަގާކަށް ޝަހާ ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް ތިންވަނަ ފަހަރަށް ގުޅަން ފެށުމުން ޝަހާ ފޯނު ނެގުމަށްފަހު ކަންފަތާއި ކައިރިކޮށްލިއެވެ.

" ދަރިފުޅާ ޝަހާ..." އެކޮޅުން އިވުނު އަޑާއެކު ޝަހާގެ ނިތަށް ރޫގިނަވެގެން ދިޔައެވެ. ހިނދުކޮޅަކަށް ފޯނު ބާއްވަންވެސް ހިތަށް އެރިއެވެ. ނަމަވެސް އިސްރާ މަތިން ހިތަށް އަރާފައި ޝަހާ ފޯނު ނުބާއްވަން ނިންމިއެވެ.

-ނުނިމޭ-

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!