ޚަބަރު ރައްޔިތުންގެ މަޖިލިސް

މިނީ ބަސް ފިޔަވައި ޓްރާންސްޕޯޓުން 100 ދުވަސް ތެރޭ ފުއްދަން ޖެހޭ ހުރިހާ ރިޔާސީ ވައުދެއް ފުއްދިއްޖެ: މިނިސްޓަރ ނަހުލާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރެއިން 100 ދުވަސް ތެރޭ ފުއްދުމަށް ޓްރާންސްޕޯޓު މިނިސްޓްރީއާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން މާލެ ސަރަހައްދުގައި މިނީ ބަހުގެ ޚިދުމަތް ދިނުން ފިޔަވައި ހުރިހާ ވައުދެއް ފުއްދިފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރ ހާޒިރުކުރުމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުތަކުގެ ތެރެއިން ހަމައެކަނި ނުވެ އޮތް މަސައްކަތަކީ ބަހުގެ ޚިދުމަތް ދިނުން ކަމަށެވެ.

ބަހުގެ ޚިދުމަތް ދިނުން ލަސް ވަނީ ބަޖެޓް ހަމަ ނުޖެހިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެން ނަމަވެސް ބަހުގެ ޚިދުމަތް އަވަހަށް ފެށުމަށް ކުރަން ޖެހޭ ކަންތައްތައް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބޭރުގެ ޖަމިއްޔާތަކުން ހިލޭ އެހީ ލިބޭތޯ ފޮރިން މިނިސްޓްރީގައި މިހާރު ދަންނަވައިފައިވާނެ ކަމަށެވެ. އަދި އެ އެހީ މިހައިތަނަށް ލިބިފައިނުވާ ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅައިފައި ވަނީ 16.9 މިލިއަން ރުފިޔާ ކަމަށާއި އެ ފައިސާއިން ޕްރޮޖެކްޓް ނުހިންގޭނެ ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!