ވާހަކަ

ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

" ދަރިފުޅާ ޝަހާ..." އެކޮޅުން އިވުނު އަޑާއެކު ޝަހާގެ ނިތަށް ރޫގިނަވެގެން ދިޔައެވެ. ހިނދުކޮޅަކަށް ފޯނު ބާއްވަންވެސް ހިތަށް އެރިއެވެ. ނަމަވެސް އިސްރާ މަތިން ހިތަށް އަރާފައި ޝަހާ ފޯނު ނުބާއްވަން ނިންމިއެވެ. ކޮންމެ ގޮތެއް ވިޔަސް އަސްމާ އަކީ އިސްރާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. އޭނާގެ ބޮޑުދައިތައެވެ. މަންމަ ނެތް ދުނިޔެއެއްގައި މަންމަ ފަރާތު ބޮޑުދައިތައަށް ކަމޭހިތުމަށް މާތް ރަސޫލާ ﷺ ހަދީޘް ކުރައްވާފައިވެއެވެ.

Ads by Hajj Corporation

" ބޮޑުއްތާ.." ހިނިތުންވާން މަސައްކަތް ކުރަމުން ޝަހާ ގޮވައިލިއެވެ.

" އެނގިއްޖެ ދޯ.... ކިހިނެއްތަ ދަރިފުޅުމެންގެ ހާލު؟" އަސްމާ އަހައިލިއެވެ. އަސްމާ ގުޅީ ކޮންމެވެސް ބޭނުމެއްގައިކަން ޝަހާއަށް ފަހުމްވާން މާގިނައިރެއް ނުނެގިއެވެ. މާލެ ދިޔަ ފަހުން ދުވަހަކުވެސް ގުޅާނުލި މީހެއް މިއަދު ގުޅާނީ ކޮންމެވެސް ކަމެއްވީމައެވެ.

" ރަނގަޅު އަލްޙަމްދުލﷲ.. ބޮޑުއްތަ ކިހިނެއް؟"

" ބޮޑުއްތަ ރަނގަޅެއްނޫން ދަރިފުޅާ... ކުރިން ބޮޑުއްތައަށް ދަރިފުޅުމެންނާ ދޭތެރޭގައި ކަންތައްކުރެވިފައި ހުރީ ރަނގަޅަކަށް ނޫން.. އެކަމަށް ބޮޑުއްތަ ދަރިފުޅުމެން ކައިރީގައި ނިހާޔަތަށް މައާފަށް އެދެން... މިވަގުތު ބޮޑުއްތަމެން އުޅެމުން މިދަނީ ވަރަށް ހާލުގައި.. ބޮޑުއްތަގެ ފިރިމީހާގެ ފިހާރަ އަނދައިގެން ދިއުމުގެ ސަބަބުން މިވަގުތު ލާރި ލިބޭނެ އެއްވެސް ކޮޅެއް ނެތް.. ތަންތަނަށް ދަރަނި އަދާކޮށްފައި މިއަދު އެންމެފަހުން ގެއިންވެސް ނިކުންނަން ޖެހިއްޖެ.. މިވަގުތު ބޮޑުއްތަގެ ނުކުޅެދޭ ފިރިމީހާ ގޮވައިގެން ދާނެ އެއްވެސް ތަނެއް ނެތް.. ތިރަށުގައިވެސް ހުރި ބޮޑުއްތަގެ ގެ އެހުރީ ތަޅާލާފައި ފަޅަށް.. ބޮޑުއްތަ މިގުޅީ ޝަހާ ކައިރީގައި އެހީއަކަށް އާދޭސް ކުރަން..." އަސްމާ ރޮމުން ކިޔައިދިނެވެ. ޝަހާގެ މަޑުހިތް ކަފަކޮޅަކަށްވެ އަސްމާގެ ޙާލަތާމެދުގައި ޙަމްދަރުދީ އުފެދުނެވެ.

" ތީ އަހަރެންގެ މަންމަގެ ހުރި ހަމައެކަނި އާއިލާ މީހަކީ.. ބޮޑުއްތަ ބޭނުން ދުވަހެއްވަންދެން އަހަރެން އުޅޭތަނެއްގައި އުޅެވޭނެ.." ޝަހާ ވަގުތުން ބުންޏެވެ.

" އެކަމަކު ބޮޑުއްތަ އަލީފަށް ގުޅާފައި ތިހުރިހާ ވާހަކައެއް ކިޔައިދީފިންތަ؟ "

" އަލީފަށް ގުޅާނީ ވަކި ކޮންމޫނަކައިގެން.. ބޮޑުއްތައަށް އެކުއްޖާއާ މެދުގައިވެސް ކަންތައް ކުރެވިފައި ހުރީ ރަނގަޅަކަށް ނޫން.. އެހެންނޫނަސް އަލީފްވެސް އުޅެމުން އެއަންނަނީ އޭނާގެ ބައްޕަގެ ގޭގައި. އަލިފަށް ބޮޑުއްތައަށް ކޮން އެހީއެއް ދެވޭނީ.." އަސްމާ ދެރަވެފައި ބުންޏެވެ. ޝަހާއަށްވެސް އެވާހަކަ ޤަބޫލުކުރެވުނެވެ. އެވަގުތު ތައްޔާރުވެގެން ކޮޓަރިން ނިކުތް މަލާކް ޝަހާއަށް ބަލާލާފައި ނިތްއަރުވައިލިއެވެ. ޝަހާ އަތުގެ އިޝާރާތުން މަޑުކޮށްލުމަށް މަލާކް ކައިރިން އެދުނެވެ.

" ބޮޑުއްތައަށް އަބަދުވެސް މިގެއިން ޖާގަ އޮންނާނެ.. އަންނަ ދުވަހެއް ބުނެލާފައި ބާއްވާ.. އޭރުން އަންނަންވާއިރަށް ކޮޓަރިއެއް ތައްޔާރު ކުރެވޭނީ.." އެންމެ ފަހު ޖުމްލަ ބުނެލުމަށްފަހު ޝަހާ ފޯނު ބޭއްވިއެވެ. އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ ކައިރީގައި ޝަހާގެ ވާހަކަތައް އަޑުއަހަން ހުރި މަލާކަށެވެ. ޝަހާ ދެއްކި ވާހަކައިން ގުޅި ކާކު ކަމާއި ވެގެން އުޅޭގޮތް ކޮންމެވެސް ވަރަކަށް މަލާކްއަށް އެނގިގެން ދިޔައެވެ.

" ބޮޑުއްތަ އަންނަން އުޅެނީތަ؟ ދޮންތަ ހައު ކޭން ޔޫ ސޭ ދެޓް..؟" ޝަހާގެ ވާހަކަތައް އަޑުއަހަން ހުރުމަށްފަހު މަލާކް ބުންޏެވެ. އަސްމާ ކަންތައް ކުރިގޮތް މަލާކްވެސް ރަނގަޅަށް ހަނދާން ހުންނާތީ މަލާކްވެސް އަސްމާދެކެ އިންތިހާއަށް ފޫހިވެއެވެ.

" އައި ނޯވް މަލާ... ބޮޑުއްތަ އަހަރުމެންނާ ދޭތެރޭގައި ކަންތައް ކުރީ ރަނގަޅަކަށް ނޫން.. އެކަމަކު ބޮޑުއްތައަށް މިހާރު އަމިއްލަ ކުށް އިހުސާސް ވެއްޖެ ކަންނޭނގެ.. އެގުޅު ވަރަށް ބޮޑަށް ހާލުގައި ޖެހިގެން.. ކޮންމެ ގޮތެއްވިޔަސް އެއީ އަހަރެމެންގެ ބޮޑުދައިތަ.. އަހަރެމެންގެ މަންމަގެ އެއްބަނޑު އެއްބަފާ ކޮއްކޮ.. ވީކަމެއް ހަނދާން ނައްތާލާފައި ބޮޑުއްތައަށް އެހީތެރިވާން ދޮންތައަށް ފެންނަނީ.. " މަލާކް ކޮނޑުގައި ފިރުމައިލަމުން ޝަހާ ބުންޏެވެ. މަލާކް ހިތްހަމަނުޖެހުނު ނަމަވެސް އެކަން ޝަހާގެ ކުރިމަތީގައި ފާޅެއް ނުކުރެއެވެ. ޝަހާ ނިންމާ ނިންމުތަކަށް ޢިހްތިރާމްކުރާތީއެވެ. ގޯސް ނިންމުމެއް ޝަހާ ނުނިންމާނެކަން އެނގޭތީއެވެ.

އަދީމް އައިސް ގެއަށް ވަނީ ޝަހާ އާއި މަލާކް ގެއިން ނިކުންނާން އުޅެނިކޮށެވެ.

" މިއަދު ހާދަ ލަހުންނޭ ތިއައީ..؟ އައިސް މައިލޯ ތައްޓެއް ހަދައިދެންތަ؟" އަދީމް ކައިރިއަށް ޖެހިލަމުން ޝަހާ އަހައިލިއެވެ.

" ހުސެން އާ އެކި ވަރަށް ގަދަޔަށް ސައިބޯލައިގެން މިއައީ... މިގަޑީގައި ބޭނުމީ ނިދާލަން.." ކަރުގައި އަޅާފައި ހުރި ޓައީ އަށް ދޫކުރަމުން އަދީމް ވާހަކަ ދެއްކިއެވެ.

" އޯކޭ.. އަދީމް ނިދައިލާ.. ހުކުރަށް ދާ ގަމީސް އިންނާނެ އަލަމާރި ދޮރުގައި އަޅުވާލާފައި.. އަހަރެން މިދަނީ މަންމަމެން ގެއަށް.. " މިހެން ބުނުމަށްފަހު ޝަހާ ދާން އުޅުނެވެ. ނަމަވެސް އަދީމް ޝަހާގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓުމުން ހުއްޓެން ޖެހުނެވެ.

" ވަރަށް މިރުކޮށް އެޕަލް ޕައި އެއް އަޅައިދެއްޗެ..." ވަރަށް ލޯބިން ޝަހާގެ މޫނަށް ބަލައިލަމުން އަދީމް ބުންޏެވެ. ޝަހާ ހިނިތުންވެލަމުން ބޯޖަހައިލިއެވެ.

*****************

ފޯނު ބޭއްވުމަށްފަހު އެނދުމަތީގައި އިން އާޒިފާ ދިމާލަށް އަސްމާ ބަލައިލިއެވެ. އާޒިފްގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ މޮޅިވެރިކަމެވެ. މިއަދު އޭނާ އެއިނީ ލިބުނު ކޮންމެ އެހީއަކަށް ބޭނުންވެފައެވެ. އިރުކޮޅަކުން ސޫޕުތައްޓެއް ހިފައިގެން ޝެރީން އައިސް އެކޮޓަރިއަށް ވަނެވެ.

" އާޒިފްމެންނަށް ހީވަނީ އަހަރެން ތިދެމައިންނަށް ނަފްރަތު ކުރާހެން... މިއަދު އަހަރެންނަށް ގޮތެއް ހުސްނުވޭ.. އަހަރެން ބޭނުމިއްޔާ އާޒިފް ދޫކޮށްލާފައި އަހަރެންގެ އަމިއްލަ ވަޒަނަށް އަހަރެންނަށް ދެވިދާނެ.. އެކަމަކު އާޒިފް ޤަބޫލުކުރިޔަސް ނުކުރިޔަސް އަހަރެން އާޒިފްއާއި އާޒިފްގެ ދަރިފުޅުދެކެ ވެސް ލޯބިވޭ.. ޖެހިގެން އަންނަ ހަފްތާގައި ރަށައް ދާ ބޯޓުގަ އަހަރެން ތިންމައިންގެ ނަން ނޯޓު ކުރާނަން.." އާޒިފް ކައިރީގައި އިށީނދެ އަތުގައި ފިރުމައިލަމުން އަސްމާ ބުންޏެވެ. އާޒިފްގެ ލޮލުން ކަރުނައެއް ވެއްޓިގެން ދިޔަ ހިނދު އަސްމާގެ އަތްމަތީގައި އޭނާގެ އަތްބާއްވައިލެވުނެވެ. އެވަގުތު ޝެރީންގެ ހިތަށް އެތައް ވާހަކައެއް އަރައި ފައިބަމުން ދިޔަ ނަމަވެސް އާޒިފަށްޓަކައި ކެތްތެރިވިއެވެ. އަސްމާ އަކީ ކިހާވަރެއްގެ ކާކުކަން އޭނާ ހިނދުކޮޅަކަށްވެސް ހަނދާން ނައްތައެއް ނުލައެވެ. މިވަގުތުވެސް އަސްމާގެ ކިބައިން ފެންނަނީ ދެއްކުތެރިކަން ނޫން އެއްޗެއް ނޫންކަން ޝެރީންއަށް ޔަގީންވެއެވެ. މިފަދަ ވިސްނުމެއްގައި އިނދެ ޝެރީން އާޒިފަށް ސޫޕް ސަމްސަލެއް ދިއްކޮށްލިއެވެ. އަސްމާ ދެކެ ކިތަންމެ ނަފްރަތެއް ކުރިނަމަވެސް އާޒިފްދެކެ އިންތިހާއަށް ޝެރީން ލޯބިވެއެވެ. ބައެއް ފަހަރު އާޒިފާ ދިމާލަށްވެސް އެއްޗެހި ބުނެވެނީ އަސްމާދެކެ އަންނަ ރުޅީގައެވެ. މިވަގުތު އާޒިފަށް އޭނާގެ ލޯތްބާއި އަޅައިލުން އިންތިހާއަށް ބޭނުންވެއެވެ. އާޒިފަށްޓަކައި ކޮންމެ ކަމަކާ ކުރިމަތިލާންވެސް ޝެރީން ތައްޔާރެވެ. ދޮންމަންމަގެ ރަށައް ދިރިއުޅުން ބަދަލުކުރަން ޖެހުނު ކަމުގައިވިޔަސްމެއެވެ. ޝެރީންގެ އަމަލުތަކުން އާޒިފްގެ ހިތަށް ލިބިގެން ދިޔައީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެކެވެ. އޭނާގެ ދަރިފުޅު އަނބުރާ ލިބުނުތީއެވެ.

ކޮޓަރިން ނިކުންނަމުން އަސދިވެސް އެއްފަހަރު އާޒިފާ ދިމާލަށް އަސްމާ ބަލައިލިއެވެ. އޭނާ ދެއްކީ މުޅިއަކުން ދޮގުވާހަކައެއް ނޫނެވެ. ފިރިމީހާއަށްވިތީ އާޒިފްދެކެ އޭނާ ލޯބިވެއެވެ. އެހެންނަމަވެސް ޝެރީންއަށް އޭނާ އިންތިހާއަށް ނަފްރަތު ކުރެއެވެ. އެމީހުންނާއެކު ޝެރީންވެސް ގެންދަން މަޖުބޫރުވަނީ އާޒިފަށްޓަކައެވެ. އާޒިފްގެ އުފަލަކީ ޝެރީންކަން އެނގޭތީއެވެ.

***********************

އެންމެން ކައިރީގައި އަސްމާ އަންނަ ވާހަކަ ޝަހާ ބުނީ މެންދުރުގެ ކެއުމަށް އިންސާފުކުރަމުން ދިޔަ ވަގުތުއެވެ. އެވަގުތުވެސް މަލާކްގެ މޫނުމަތިން ފެނިގެން ދިޔައީ ހިތްހަމަނުޖެހުމެވެ. އެމަންޒަރު ފެނި މައިރާ މަލާކްގެ ބުރަކަށީގައި ފިރުމައިލިއެވެ.

" ޝަހާ ތިކަންތައް ކުރީ ރަނގަޅަށް.. މަންމަ ނަމަވެސް ތިހެން ހަމަ ކަންތައްކުރާނީ.. އެމީހަކު ކުރިކަމެއް އެމީހަކަށް.. ވެދާނެއްނު އަސްމާއަށް ހެޔޮ ވިސްނުން ލިބުނީ ކަމަށްވެސް..." ކައުސަރު ބުންޏެވެ. އަދީމް ޝަހާގެ އަތުގައި ހިފައިލަމުން ހިނިތުންވެލީ ޝަހާއާ ދޭތެރޭގައި ފަޙރުރވެރިވަމޭ ބުނާ ފަދައަކުންނެވެ.

" ކާކުތަ އަސްމާ އަކީ؟" ސުވާލުމާކެއްގައި އިން ކަމީލާ އަހައިލިއެވެ.

" އެއީ އަލީފްބެ މަންމަ..." ޖަވާބު ދިނީ ހިތްހަމަނުޖެހިފައި އިން މަލާކެވެ. ކަމީލާ ކޮށިނޭރީ ކިރިޔާއެވެ. އަވަހަށް ކައިރީގައި ހުރި ފެންތަށި ދަމައިލެވުނެވެ. ދެކެވެމުން ދަނީ ވާން އުޅޭ މައިދައިތަގެ ވާހަކަކަން ރޭކާލީ އަދިކިރިޔާއެވެ. ތަނުގައި ދެކެވެމުން ދިޔަ ވާހަކަތަކުން އަސްމާއަކީ ކިހާވަރެއްގެ މީހެއްކަން ކަމީލާއަށްވެސް އެނގިއްޖެއެވެ. ހިތަށް ނުތަނަވަސްކަމެއް ވެރިވިޔަސް މައިދައިތަ ދެކިލުމުގެ ޝަޢުޤު ކަމީލާގެ ހިތުގައި އުފެދިގެން ދިޔައެވެ.

**************

ކައި ނިމިގެން އައިސް އަދީމާއި ޝަހާ ކޮޓަރިއަށްވަނީ އެކުއެކީގައެވެ. ޝަހާގެ މޫޑު އޮފްވެފައި ހުރިކަން އޭނާގެ މޫނުމަތިން ވަރަށް ރަނގަޅަށް ސާފުވާން ހުއްޓެވެ. ޑްރެސިންގް ޓޭބަލް މަތީގައި ހުރި ޓިޝޫ ފޮށިން ދެތިން ޓިޝޫ ނަގައިގެން ޝަހާ ފާހާނާއާ ދިމާލަށް މިސްރާބުޖެހިއެވެ. ނަމަވެސް އޭގެކުރިން އަދީމް ޝަހާގެ އަތުގައި ހިފައި ކައިރިއަށް ގެނެސް ދެއަތުގެ ތެރޭގައި ހައްޔަރުކޮށްލިއެވެ. އެވަގުތު ޝަހާ ލުއިކޮށް ހިނިތުންވެލި އަޑި އިވިގެން ދިޔައެވެ.

" ކިލަރ ސްމައިލް..." ޝަހާގެ ތުންފަތަށް ނަޒަރު ހުއްޓައިލަމުން އަދީމް ބުނެލިއެވެ. އެހިނދު ގަތް ލަދުން ޝަހާއަށް އިސްޖަހައިލެވުނެވެ.

" އަދީމް ކީއްވެތަ އަބަދުވެސް އަހަރެން ލަދު ގަންނަވަނީ.." އަދީމްގެ ގަމީހުގެ ގޮށްތަކާ ކުލެމުން ޝަހާ އަހައިލިއެވެ.

" އެއީ ޝަހާ ލަދުގަތީމަ ޝަހާގެ ރީތިކަން އެތައް ގުނައަކަށް އިތުރުވާތީ.. ޑޭމް އިޓް ޝަހާ... ތީ މިހާތަނަށް އަހަރެންނަށް ފެނުނު އެންމެ ރިތި އެންމެ ފުރިހަމަ ކުއްޖާ.. ދުވަހަކަށް ވުރެ ދުވަހެއް އަހަރެންގެ ހިތުގައި ޝަހާއާ މެދު އޮންނަ އިހުސާސް.. ޝަހާގެ ތޫނު ނަޒަރު.. އަހް... ހިނދުކޮޅަކަށް ނޭވާ ހުއްޓޭކަހަލަ.. ތިހިނިތުންވުން ހިތްމޮޔަކުރުވާ.. ފަރި ހަރަކާތްތައް.. އަހަރެންގެ ހޭހުއްޓޭ ވަރުވޭ..." ޝަހާގެ ލޮލަށް ނަޒަރު ހުއްޓައިލައިގެން ހުރެ އިޝްޤީ ރާގެއްގައި އަދީމް ބުންޏެވެ.

" އަދީމް ޕްލީޒް..." ގަތް ލަދާއެކު އަދީމްގެ މޭތެރޭގައި މޫނު ފޮރުވައިލަމުން ޝަހާއަށް ބުނެވުނެވެ. އެހިނދު އަދީމް ބާރަށް ހީގަނެލައިފިއެވެ. ކުރިއަށްވުރެވެސް ބާރަށް އޭނާގެ އަތު ތެރޭގައި ޝަހާ ބޮނޑިކޮށްލީ ދުވަހަކުވެސް ދޫކޮށްލާން ބޭނުންނުވާ ފަދައަކުންނެވެ. ޝަހާ ފެންނަ ކޮންމެ ފަހަރަކު އާދަޔާ ޙިލާފު ގޮތްތަކެއް ވާކަން އަދީމަށް ޤަބޫލުކުރެވެން ފަށައިފިއެވެ. ޝަހާގެ ހުންނަ ނުފެންނަ ދަމާބާރެއް ކަހަލައެވެ. ޝަހާއާ ދުރުގައި ހުންނަން އުނދަގޫކަމަކަށް ވެއްޖެއެވެ. ނުފެނި ގިނައިރު ވެއްޖެނަމަ ހަނދާންވެސް ވަނީއެވެ. އެއަޑުއަހާލަންވެސް އަދީމް ހުންނަނީ ކެތްމަދުވެފައެވެ. އެއިހްސާސްތަކަށް ދޭނެ ނަމެއް އަދީމަށް އަދި ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ މިހާރު ޝަހާ އެއީ އޭނާގެ ދިރިއުޅުމުގެ އެއްބައިކަމެވެ.

*****************

އެހެން ދުވަސް ދުވަހަށް ވުރެ އަވަހަށް އަދީމް ގެއަށް އައުމުން ޝަހާ ހައިރާންވިއެވެ.

" އަދީމް ބަލީތަ؟" އެނދުގައި އިށީން އަދީމް ކައިރީގައި އިށީންނަމުން ޝަހާ އަހައިލިއެވެ. އެހިނދު އަދީމް ޝަހާގެ އަތުގައި ހިފައިގެން ގެނެސް އޭނާގެ އުނގުމަތީގައި ބޭންދިއެވެ.

" ބޮލުގަ ރިއްސަނީތަ؟" އަދީމްގެ އިސްތަށިގަނޑުގައި ފިރުމައިލަމުން ޝަހާ އަހައިލިއެވެ. އަދީމް ވަކި އެއްޗެއް ނުބުނެ އިރުކޮޅަކު ޝަހާގެ ހަށިގަނޑުގައި ބައްދާލައިގެން އިނެވެ.

" ދެން އަދީމް.. ޕްލީޒް ބުނެބަލަ ކިހިނެއްތަވީ؟" އަދީމްގެ މޫނުގެ ދެފަރާތުގައި ހިފަހައްޓައިލަމުން ޝަހާ އަހައިލިއެވެ.

" ދެރަވެފަ މިއިނީ..." އަދީމް ބުނެލިއެވެ.

"އެއީ..؟" ޝަހާ ކަންބޮޑުވެފައި އަހައިލިއެވެ.

" ޝަހާ ދޫކޮށްލާފައި ދާންޖެހޭތީ..." ޝަހާގެ އަތްތިލައިގައި ބޮސް ދިނުމަށްފަހު އަދީމް ބުނެލިއެވެ. އެހިނދު ޝަހާ އަދީމްގެ އަނގަމަތީގައި އަތް އަޅައިލިއެވެ.

" ޕްލީޒް ދެން ދުވަހަކުވެސް ތިކަހަލަ ވާހަކަ ނުދައްކާތި.. އަދީމް އަހަރެން ދޫކޮށްލާފަ ދިޔައިއްޔާ އަހަރެން ރޮއެ ރޮއެ މަރުވެދާނެ..." ޝަހާ ދެރަވެފައި ބުންޏެވެ. އެހނިދު ޝަހާގެ މޫނުމަތިން ފެނިގެން ދިޔަ މައުސޫމުކަމުން އަދީމަށް ޝަހާގެ މޫނުގައި ފިރުމައިލެވުނެވެ. އެއަށްފަހު ނިތުގައި ބޮސްދިނެވެ.

" މިބުނީ އެއްގޮތަށް ދޫކޮށްފައި ދާ ވާހައެއް ނޫނޭ ސިލީ.." ޝަހާގެ ނޭފަތުގައި ހިފައި ކުޑަކޮށް ތަޅުވައިލަމުން އަދީމް ބުންޏެވެ.

" މިނިސްޓްރީ އޮފް ހެލްތް އިން ހިންގާ ޓްރެއިނިންގް ޕްރޮގްރާމްއަކަށް ހަފްތާއަކަށް މާލެ ދާން އެބަޖެހޭ.. އެކަމަކު އަހަރެން އެއްގޮތަކަށްވެސް ދާހިތެއް ނުވޭ.." ފުސްމޫނު ހަދައިލަމުން އަދީމް ބުންޏެވެ.

" އެކަމަކު ވަޒީފާ މުހިމެއްނު.. އެހެންނޫނަސް އެންމެ ހަފްތާއެއް ވަންދެން އަހަރެންނަށް ކެތްކޮށްލެވޭނެ.." ޝަހާ ހީނލަމުން ބުންޏެވެ.

" އެކަމަކު އަހަރެންކަށް ކެތެއް ނުވާނެ.. " ޝަހާގެ ކޮނޑުގައި ނިތްކުރި ޖައްސައިލަމުން އަދީމް ބުންޏެވެ.

" ސާބަސް..." ލުއި ގޮތަކަށް ހީނލަމުން ޝަހާ ބުނެލިއެވެ. އެވަގުތު ކުއްލި ހަރަކާތަކާއެކު އަދީމް ޝަހާގެ ބަނޑު ކޮއްޓަން ފެށިއެވެ. ޝަހާ ހެމުން ހެމުން އެނދުމައްޗަށް ތިރިވިއިރުވެސް އަދީމް ހުއްޓައެއް ނުލިއެވެ. އެގޮތުގައި އެތައް އިރެއް ވަންދެން ލޯބީގެ ސަމާސާތައް ކުރުމުގައި އެދެމަފިރިން ހޭދަކުރިއެވެ.

Ads by Allied Insurance
  1. ހަސަނު

    ވަރަށް ސަޅި