ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

ދޮރު ހުޅުވުމުގެ ކުރިން ބޭރުގައި ހުރީ ކާކުތޯ ލިއަމް ކެމެރާ އިން ޗެކް ކޮށްލިއެވެ. ނަމަވެސް ކެމެރާ ހުރީ ހަލާކުވެފައި ކަމުގައި މަލިކާ ބުނި ހަނދާން އޭނާ ވިއެވެ. އެކަން ނުކުރެވި ހުރުމުން އަނެއްކާވެސް އަވަހަށް އެ މަސައްކަތް ނިންމާލަން ލިއަމް އަމިއްލަ ނަފްސަށް ހަނދާން ކޮށްދެމުން ދޮރު ހުޅުވާލިއެވެ.

Ads by STELCO

އެވަގުތު އޭނާގެ ހަރަކާތްތަށް ލަސްވިއެވެ. ކުޑަކޮށް ހުޅުވިފައި ހުުރި ދޮރު ހުޅުވާލަމުން އެތެރެއަށް ވަތް މީހާ ފެނި ނަވާރް އަށް ވެސް ކޮޅަށް ތެދުވެވުނެވެ.

***********************

"ހެލޯ....".. އެއް އަތް ހިތްލާލަމުން އެތެރެއަށް ވަތް މެލެކް ބުނެލިއެވެ. އޭނާގެ ފަހަތުގައި ބީކާލް ވެސް ހުރީ ހިނިތުންވެލައިގެންނެވެ. މެލެކް ފެނުމުން މަލިކާ އާއި މަލާންއަށް އެކަކު އަނެކަކަށް ބަލާލެވުނީ ދެލޯ ބޮޑުވެފައެވެ. ނަމަވެސް އެހާމެ އުފާވެފައެވެ.

"މެލެކް؟..".. މަލިކާ އަށް ގޮވާލެވުނީ ހައިރާންވެފައި ހުރެއެވެ. އެ އަޑާއި މޫނުގެ ކުލަވަރުން އޭނާ އުފާވެފައި ހުރިވަރު ހާމަވެއެވެ. ނަމަވެސް މެލެކް އަށް މަލިކާގެ އަޑު އިވުނުހެން ހިއެއް ނުވެއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ކުރިމަތީގައި ހުރި ލިއަމްއަށެވެ. އިސާހިތަކު އޭނާގެ ދެލޯ ފެންކަޅިވިއެވެ. މަޑުމަޑުން ހިތްލާލި ކަނާއަތް ގެންގޮސް ލިއަމްގެ ކޮލުގައި ޖައްސާލިއެވެ. ދެފަރާތަށް ދެމިގެން ދިޔަ ތުންފަތް ދޭތެރެއިން ދަރިފުޅާއޭ ކިޔައި ގޮވާލިއެވެ. މެލެކްގެ އެ ގާތް ކަމުން ލިއަމްއަށް އިސްޖަހާލެވުނެވެ. ފުރަތަމަ ފަހަރަށް މެލެކްގެ ކުރިމަތީގައި ހުންނަން އޭނާއަށް އުނދަގޫވިއެވެ. މެލެކް ގެ އަތުގައި ހިފަހައްޓާލުމަށްފަހު ލިއަމް އެ އަތްތިލައިގައި ބޮސްދިނެވެ. ދަރިއަކު މަޔަކު ދެކެވާފަދަ ލޯތްބެއް ލިއަމްގެ ހިތުގައި މެލެކްއަށް ވެއެވެ.

ލިއަމް އާއި ދުރުވެލުމަށްފަހު ދެން މެލެކްގެ ނަޒަރު އަމާޒުވީ ކޮޅަށް ހުރި ނަވާރްއަށެވެ. ނަވާރްގެ މޫނުގައިވީ ޖެހިލުންވުމާއި އެލޮލަށް ޖަމާވެފައިވީ ކަރުނަތަކުން މެލެކްއަށް އޭނާގެ ނަފްސު ކުށްވެރި ކުރެވުނެވެ. ނަވާރްއާ ދިމާލަށް ބުނެވުނު ރުންކުރު ބަސްތަށް ހަނދާން ވިއެވެ. ނަވާރް ކައިރިއަށް ދިޔުމަށްފަހު މެލެކް އެ ހަށިގަނޑު ގެނެސް ލޯބިން ބައްދާލިއެވެ. އަލާރާގެ ހަނދާންތަށް އާވެގެން ދިޔަ ނަަމަވެސް މިފަހަރު މެލެކްގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. ނަވާރްގެ ކަރުނަތަށް އިހްސާސް ކުރެވުމުން މެލެކް އޭނާގެ ކޮނޑުގައި ހިފައި ކުޑަކޮށް ދުރުކޮށްލިއެވެ. އަދި އިސްޖެހިފައިވާ އެ މޫނުގައި ހިފައި އުފުލާލީ އޭނާއާއި ނަޒަރު އަމާޒުވާނޭ ހެންނެވެ.

" ސޮރީ ނަވާ.. އިޓް ވޯޒް ނޮޓް ޔޯރ ފޯލްޓް ސްވީޓީ... އައި މިސްޑް ޔޫ.."..".. ނަވާރްގެ ލޮލުގައި ވީ ކަރުނަތަށް ފޮހެދެމުން މެލެކް ބުނެލިއެވެ. އެ ހަރަކާތުން ނަވާރްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި ހިނދު އޭނާ ވެސް ނުހަނު ހަނދާންވި ކަމުގައި ބުނެލިއެވެ.

އިރުކޮޅަކުން ސިޓިންގްރޫމު ތެރޭގައި އަޑު ގަދަވިއެވެ. މެލެކްގެ އެނބުރި އައުންވީ މަލިކާއަށް ލިބުނު ބޮޑު އުފާވެރިކަމަކަށެވެ. އެ ތުންފަތުުން އެންމެ ހިނދުކޮޅަކަށް ވެސް ހިނިތުންވުން ފިލައިގެން ނުދެއެވެ. ރައުލް އާއި ރާސިލް ވެސް ހުރީ ހިނިތުންވެލައިގެންނެވެ. ނަމަވެސް ރާސިލްގެ ހިތުގައި ނުތަވަސްކަމެއް ވިއެވެ. އެ ބިރު ރައުލް އާއި ލިއަމްގެ ހިތުގައި ވެސް ވިއެވެ. އެ ތިން ޒުވާނުންގެ މެދުގައި ލޮލުގެ އިޝާރާތުން ވާހަކަތަކެއް ދެކެވެމުން ދިޔައެވެ.

*****************

ހަފްތާއެއް ފާއިތުވެގެން ދިޔައިރު ވެސް ސާޔާ އަށް ފާހަނގަވީ ނަވާރް އޭނާ މާވަރަކަށް އެޕަރޓްމެންޓްގައި ހިފަހައްޓަން އުޅޭ ކަމެވެ. ލިއަމް ވެސް ކުރިއަށްވުރެ އެގެއަށް އަންނަލެއް ގިނައެވެ. އެ ޒުވާނުންގެ މެދުގައި ދެކެވޭ ވާހަކަތަކުން ރައުލްގެ މަންމަ އައިސްގެން އުޅޭކަން ސާޔާއަށް އެނގެއެވެ. ނަމަވެސް ސާޔާ އެކަމާއި ގުޅޭ ގޮތުން ސުވާލެއް ނުކުރީ އެއްވެސް މީހަކު އޭނާ ކައިރީގައި އެވާހަކަ ނުބުނީތީއެވެ. ރައުލް އާއި ރާސިލްގެ އެ ހުންނަ ރީތިކަމުން އޭނާ ވެސް މެލެކް އާއި ބީކާލް ދެކިލާ ހިތްވެއެވެ. ހާއްސަކޮށް ބީކާލް އަކީ ސްވިޒް ރައްޔިތެއްކަން އެނގޭތީ ސާޔާ ބީކާލް ހުންނަ ގޮތް ބަލާލަން ނުހަނު ބޭނުމެވެ. އެހެން ނަމަވެސް ހިތުގެ އެދުން ފޮރުވުމުގައި އޭނާ ނުހަނު ކުޅަދާނައެވެ.

*****************

ހެނދުނުގެ ނާސްތާ ކުރުމަށް ކާމޭޒު ދޮށުގައި ސާޔާ އިންއިރު ކާތަށީގެ އިތުރުން އޭނާގެ ކައިރީ ފޮތެއް ހުޅުވާފައި އޮތެވެ. އެއްއަތުގައި ފޯނު އޮތެވެ. ބަލަން އިނީ ކުރިއަށް އޮތް އިމްތިހާނު ތަކުގެ ޓައިމްޓޭބަލަށެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ލިޔަން އުޅުނު ފަންުސުރު ކަންފަތް ކައިރިއަށް ޖަހާލިއެވެ. އެވަގުތު ފޯނަށް އައި ނޮޓިފިކޭޝަން ސާޔާ ހުޅުވާލިއެވެ. ލިއަމްގެ ފަރާތުން ހެނދުނުގެ ސަލާމް ކިޔުމަށްފަހު ފޮނުވާފައިވާ އެ މެސްޖް ކިޔާލުމަށްފަހު އެ މޫނަށް ވެރިވީ އުޖާލާ ހިނިތުންވުމެކެވެ. މެސެޖަށް ރިޕްލައި ފޮނުވާލުމަށްފަހު އަނެއްކާވެސް އޭނާ ނަޒަރު ހުއްޓާލީ ހުޅުވާފައި އޮތް ފޮތަށެވެ. ނަމަވެސް ފޮތުގައި ލިޔެފައިވާ ތަކެއްޗަށް ވުރެ ބޮޑަށް ސާޔާއަށް ވިސްނެމުންދިޔައީ ލިއަމްއާ މެދުގައެވެ.

* * * * *

އަލަމާރީގެ ދޮރުފަތް ހުޅުވާލި ނަވާރްގެ ލޮލުގައި އަޅައިގަތީ އިންޓަރވިއު އަށް ދިޔަ ދުވަހު އޭނާ ލައިގެން ހުރި ހުދު ކުލައިގެ ގަމީހެވެ. އެ ދުވަހު ރައުލްގެ ފަރާތުން ލިބުނު ތަޢުރީފުގެ ބަސްތަށް ސިކުނޑިން ނެރެއެއް ނުލެވުނެވެ.  ކުރިން އޭނާއަށް ރައުލްއާ މެދު ނުދެކެވޭ ނަޒަރަކުން ދެކެވެން ފަށައިފިހެން ނަވާރް އަށް ހީވިއެވެ. އެގެއަށް ރައުލް އަޔަސް ނަވާރް ބަލަނީ ރައުލް ކުރިމައްޗަށް ނާރާ ވެވޭތޯއެވެ. ހިތުގައި ރައުލްއަށް ޓަކައި ޚާއްޞަކަމެއް ދެވިފައިވާކަން ޚުދު ނަވާރްއަށް އެނގޭއިރު ވެސް މެއެވެ. ނަމަވެސް އެ ހުރިހާ ކަމަކަށް ހުރަސް އަޅާ ޚިޔާލެއް އޭނާގެ ސިކުނޑީގައި ވިއެވެ. އަލާރާގެ ވަކިވުމަށްފަހު ނަވާރްގެ ހިތުގައި ރައުލްއާ މެދު އުފެދިފައިވާ އިހްސާސްތަށް ރައުލް ބަލައިގަންނާނެ ކަމާއި މެދު އޭނާއަށް ޝައްކެވެ. ޚާއްސަކޮށް އާއިލާގެ އެހެން މެމްބަރުން އެކަމާއި މެދު ދެކޭނެ ގޮތެއް އަންދާޒާ ކޮށްލަން ވެސް ނަވާރް އަށް ދައްޗެވެ. ނޯޔާ ކައިރީގައި ވެސް ރައުލްއާ ގުޅޭގޮތުން އުފަދަ ވާހަކައެއް ދައްކަން ނަވާރް ފަސްޖެއެވެ. ސާޔާ ކައިރީގައި ބުނަން ބޭނުންވިޔަސް އޭނާއަށް އުނދަގޫ ކުރާ ހިޔާލުތަކާއި އަލާރާއާއި ގުޅުން ވާތީ ބުނެވެން ނެތީއެވެ. އެކުވެރިކަމަށް ބޭނުންވާ ކޮންމެ ފަހަރަކު އޭނާއަށް ދެވެނީ ގިނަ ފަހަރު ރައުލް ގާތަށެވެ.

***************************

ލެވެންޑާރ ރެސްޓޯރެންޓުގައި އިން ލިއަމްގެ ނަޒަރު ހުއްޓިފައިވީ މޫދަށެވެ. ޖެހެމުން ދިޔަ ފިނި ރޯޅިތަކުން އޭނާގެ އިސްތަށިގަނޑަށް ކުދި ގޯނާތަށް ކުރަމުން ދިޔަ ނަމަވެސް ލިއަމް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އިރުކޮޅަކުން ރައުލް އާއި ރާސިލް ވެސް އައިސް އެ މޭޒުގައި ހުސްކޮށް ހުރި ގޮނޑިތަކުގައި އިށީނެވެ.

" ކޮބާ ޖޯން؟..".. ރައުލް އަހާލިއެވެ. އެވަގުތު ލިއަމް އެ ސުވާލަށް ޖަވާބުދިނެވެ. ޖާވިން (ޖޯން) އަދި އިރުކޮޅެއް ވާނޭ ކަމުގައި ބުނެލިއެވެ.

ލިއަމްގެ ޖަވާބު އިވިފައި ރައުލް ބަލާލީ ރާސިލް އަށެވެ. އެ ބެލުމުގައިވީ ކީކޭކަން އެނގުނު ހިނދު ރާސިލް މަޑުމަޑުން ބޯ ހޫރާލިއެވެ. ލިއަމް ކައިރީގައި އަދި އެ ސިއްރު ހާމަކުރަން ރާސިލް ބޭނުމެއް ނޫނެވެ. ފަހަރެއްގައި ޖާވިންގެ މަސައްކަތުން ލިއަމް އަށް އެކަން އެނގިދާނެކަމުގައި ރާސިލް ޤަބޫލުކުރިއެވެ.

ސިޑިން މައްޗަށް އެރި ޖާވިން ފެނުމާއެކު އޭނާއަށް ފެންނާނެހެން ލިއަމް ކަނާއަތް ހިތްލާލިއެވެ. ޖާވިން އައިސް އިށީނުމުން ހަތަރު ޒުވާނުން ވެސް އޯޑަރު ކުރީ ކޮފީއަކަށެވެ.

" ދިސް މައިޓް ނޮޓް ބީ އެ ގުޑް ނިއުސް.. ކީއްވެކަމެއް ނޭނގެ.. އެ މައްސަލަ ކުރިއަށް ނުގެންގޮސް ހުއްޓާފަ އޮތީ.. ކޭސް އެބައިން ފައިލް ކޮށްފަ އެކަމަކު.. އެ މައްސަލައާއި ހަވާލުވީ ޒާހިރު ސަރ... އޭގެ އެއް މަސް ވެސް ނުވަނީސް ޒާހިރް ސަރ ބަދަލުވެއްޖެ ސްވިޒްލޭންޑަށް އަށް.. އެކޮޅުގަ އިންޓެލްއާ ގުޅިގެން ވޯރކް ކުރަން ފޮނުވާފަ ކަމަށް ބުނީ އަހާލީމަ.. އެކަމަކު އެއީ އެހާ ޤަބޫލު ކުރެވޭ ވާހަކައެއް ނޫން... ޒާހިރް ސަރ އަކީ ބޮޑަށް އެކްސިޑެންޓް ކަހަލަ ކޭސްތަކާއި ހަވާލުވެ ހުރި މީހަކަށް ވެފަ ކުއްލިއަކަށް ސްވިޒްލޭންޑަށް ދާންވީ ސަބަބެއް ނުވިސްނުނު.. އަހަންނަށް އެނގިގެން ސްވިޒްގަ މިކޮޅުގެ ޓީމެއް ނޫޅޭ.. ހީ ގޮޓް އެ ސަޑެން ޕްރޮމޯޝަން... ސޯ އިޓްސް އަންބިލީވެބަލް... ".. ލިއަމް ސުވާލުކުރުމުގެ ކުރިން ޖާވިން އޭނާ ދައްކަން އައި ވާހަކަ ފެށިއެވެ.

ޖާވިން އަކީ ރައުލް އާއި ލިއަމްގެ ދުވަސްވީ އެކުވެރިއެކެވެ. އޭނާގެ ދުރު ވިސްނުމާއި ވިސްނުންތޫނު ކަމަކީ ލިއަމް އާއި ރައުލް ޝައްކު ކުރާނޭ ކަމެއް ނޫނެވެ. އެހެންކަމުން ޖާވިންގެ ހުރި ކަންބޮޑުވުންތަށް އިވުމުން ލިއަމްގެ ބޮލުގައި ރިއްސާލިއެވެ.

" ދެން ވިޝާލްގެ ބެކްރައުންޑް ކިހިނެތް ވަނީ؟..".. ލިއަމް އަހާލީ ކެތްތެރިކަން ކުޑަވެފައިވާ މީހެއް ފަދައިންނެވެ.

" ވިޝާލް  ދޯ.. އިޓްސް އެ ބިޓް ކޮމްޕްލިކޭޓިންގް.. އަދި އެކަން އެހާ ރަނގަޅަށް ނުއެއް ބެލޭ.. އެކަމަކު ވަރަށް ހީވޭ ވިޝާލް އާއި އެރޭގެ ހާދިސާއާއި ގުޅުންވާހެން.. މިހާރު ކުރިއަށް ގެންދާ މައްސަލައެއް ނޫންވީމަ އެކްސިޑެންްޓް ސީންގެ ފުޓޭޖްއެއް ނުލިބުނު... ބަޓް ހީ ކޭމް ފްރޮމް ސްވިޒްލޭނޑް... ސްވިޒް މާފިއާ އަކަށް ބިލޯންގް ވާ މީހެއް ވިޝާލް އަކީ.. ސްވިޒްގަ އޭނާގެ ނަމަކަށް ބޭނުން ކުރަނީ އެލެކްސް.... ޒާހިރް ސަރ އެއީ ވިޝާލް ބައްޕަ.. ވިޝާލްގެ މަންމައަށް ކިޔަނީ ސާރާ.. ޝީ ވޯޒް މަރޑަރޑް... އެއީ ސްވިޒްލޭންޑްގަ ހިނގި ހާދިސާއެއް..  މީގެ ކުރިން ވެސް އެމީހުން ރާއްޖޭގަ އުޅެފަ ބަދަލުވި އެބްރޯޑަށް.. އޭރު ވިޝާލް ވަރަށް ކުޑަ ވާނެ.. ބޭންކުން އެ ދުވަސްކޮޅު އެގެ ނަގާފަ ހުރީ... ފަހުން ބިން ނީލަން ކީމަ ބިޑް ކާމިޔާބު ކުރި މީހާއަށް ބިން ލިބުނީ.. އެކަމުގަ ވެސް ކޮންމެވެސް ވަރަކަށް ކޮރަޕްޝަން ހިމެނޭހެން ހީވޭ.. ސީދާ ރީޒަންސް ތަކެއް ނޭނގެ އަދި.. މިއީ އެހާ ކުޑަ ކަމެއްހެން ހިއެއް ނުވޭ.. މިއިން ކޮންމެ ކަމެއްވެސް ގުޅިފައިވާނީ އެންމެ ފަރާތަކާހެން ހީވަނީ.. އެންޑް ދެޓް ޕަރސަން މަސްޓް ބީ ވެރީ އިންޓެލިޖެންޓް.. ލާރާ އެކްސިޑެންޓް ކޮށްލީ ވެސް އެމީހަކު ކަންނޭނގެ.. އެންޑް ޔޫ ޓޯލްޑް މީ އެބައުޓް ސާޔާ ރައިޓް.. ދެޓް ކަނެކްޓް ދި ޑޮޓްސް.. ލާރާ އެންޑް ސާޔާ... އެދެމީހުން އެހާ ވައްތަރުވީމަ އޮބްވިޔަސްލީ ސާޔާގެ ބެކްރައުންޑް ހޯދަން އެމީހަކު ބޭނުންވާނެ... ދެޓް މަސްޓް ބީ ވިޝާލްސް މިޝަން ނައު.. ސޯ ވިޝާލް އިޒް އެ ޕަޕެޓް.. ".. ޖާވިން ވަރަށް ވިސްނުން ތެރިކަމާއެކު ދައްކަމުން ދިޔަ ވާހަކަތަކުން ލިއަމް އިނީ ހައިރާންވެފައެވެ.

" ވެއިޓް.. ވެއިޓް.. ސާރާ؟.... ވިޝާލްގެ މަންމަ އަކީ ސާރާތަ؟...".. ލިއަމް އަށް އެއްޗެއް އެނގުނު ފަދައަކުން ދެލޯ ބޮޑުކޮށްލަމުން ހަށިގަނޑު ސީދާ ކޮށްލިއެވެ. އެއާއެކު ރައުލްއާއި ރާސިލްގެ ނިތަށް ވެސް ކުދި ރޫތަކެއް ޖަމާވިއެވެ.

= ނުނިމޭ=

Ads by Allied Insurance
  1. ޯޮޮތޮޮޮހަ

    ޙަަދަކުރުކޮން

  2. އާމިނަތު

    ވަރަށްކުރު

  3. ރަނގަޅަ

  4. ޙަސަނު

    ޥަރަށް ރީތި މާކުރީ

  5. ނުސްކިޔާމީހާ

    ވާހަކަ އަޕްލޯޑު ވީ ހަފުތާއެއް ވަނިކޮށް އެހާމެ ކުރު ތަންކޮޅެއް އަވަސް ކޮށް އަޕް ކޮށްދޭނަމަ

  6. ަްއައިސް..

    ވާހަކަ ރީތި އެކަމަކު މާބޮޑައް ކުރީ

  7. ާއައިޝް

    ހާދަ ލަހޭ އަޕްކުރާލެއް މިހާރު ☹