ވާހަކަ

ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

" މަލާ... ޕްލީޒް ރުޅިއައިސްފައި ހުރިކަން ބޮޑުއްތަ އަށް ނުދައްކާތި.. މިހާރު އެމީހުން މިގެއަށް އައުމުގެ މަގުމަތީގައި ތިބީ..." މަލާކް ކައިރިއަށް ޖެހިލަމުން ޝަހާ ބުންޏެވެ. މަލާކްގެ އަރުން އެންމެ އެތިކޮޅެއްވެސް ދިރޭ ގޮތެއް ނުވިއެވެ. އަތުގައި އޮތް ރޮށިކޮޅު ތައްޓެތެރެއަށް ވައްޓައިލުމަށްފަހު މަލާކް ތެދުވެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ޝަހާ ނީމާއަށް ބަލައިލަމުން ކަރުއެލުވައިލީ ހަދާނެ ގޮތް ހުސްވެފައިވާ މީހަކު ފަދައިންނެވެ.

Ads by Hajj Corporation

" އަޅާނުލާ ފަހުން އޯކޭ ވާނެ.." ނީމާ ބުނެލިއެވެ. ގޭގެ ބެލް އަޅައިލި އަޑެއިވިފައި ޝަހާ ހަށިގަނޑު ސީދާކޮށްލިއެވެ.

" އެއައީ ކަންނޭނގެ.." ޝަހާ ބުނެލިއެވެ. ނީމާ އަވަހަށް ކޭ ތަށި ހިފައިގެން ބަދިގެ ތެރެއަށް ވަނެވެ. އަސްމާ އަންނަ ވާހަކަ ބުނީއްސުރެ އޭނާވެސް އެހުންނަނީ ހިތްނުތަނަވަސް ވެފައެވެ. ޝަހާ އާއި މަލާކްގެ ވާހަކަތަކުން އަސްމާ އަކީ ކޮންކަހަލަ މީހެއްކަން ނީމާއަށް އެނގިއްޖެއެވެ. ޝަހާމެން ނީމާއަކީ އާއިލާ މީހެއްގެ ގޮތުގައި ދެކުނު ނަމަވެސް އަސްމާ އޭނާ އެގޮތަށް ބަލައިގަންނާނެ ކަމާމެދު ޝައްކެވެ. ތަށިދޮވެ ނިންމައިލުމަށްފަހު އެނބުރި ބަލައިލިއިރު އެތެރެއަށް ވަދެގެން އައި އަލީފެވެ.

" އަލީފް.. " ޝަހާއަށް ލިބުނީ ހައިރާންކަމެކެވެ. މަގުމަތިން ދިމާވެގެން އަސްމާ އަންނަ ވާހަކަ އަލީފް ކައިރީގައި ބުނެވުނުއިރު އަލީފަށް އެކަން ނޭނގޭ ކަމެއް ޝަހާއަކަށް ނޭނގެއެވެ. އެވަގުތު އަލީފްގެ މޫނު މިލައިގެން ދިޔަ ގޮތް ޝަހާއަށް ރަނގަޅަށް ފެނުނެވެ. ޝަހާ ހީކޮށްގެން ހުރީ އަލީފް މިހާރު ހުންނާނީ ހިތްހަމަނުޖެހިފައި ކަމުގައެވެ. ނަމަވެސް އަލީފް އެ ގަޑީގައި އައުމުން އޭނާ އެއައީ އަސްމާއަށް މަރުހަބާ ކިޔުމުގެ ގޮތުންކަން އެނގުނެވެ. އަސްމާ ކޮންމެގޮތަކަށް އަލީފާ ދޭތެރޭގައި ކަންތައް ކުރި ނަމަވެސް އަލީފްގެ ހިތުގައި އޭނާގެ މައިމީހާއަށް އޮތް ލޯތްބާއި އިހުތިރާމް ފެނި ޝަހާގެ ހިތުގައި އަލީފް އަށް ގަދަރު އުފުލިގެން  ދިޔައެވެ.

" ދޮންތަ ހީނުކުރަން އަލީފް އަންނާނެ ކަމަކަށް.." ސޯފާއަށް ވެއްޓިގަތް އަލީފް ކައިރިއަށް ޖެހިލަމުން ޝަހާ ބުންޏެވެ.

" ކޮންމެ ގޮތެއްވިޔަސް މަންމައެއްނު.. މަންމަ އަހަރެން ކައިރީގައި އަންނަ ވާހަކަ ނުބުނި ނަމަވެސް އަހަރެން މިތަނުގައި ހުރީމަ ކޮންމެވެސް ވަރެއްގެ ބަދަލެއް މަންމައަށް އައިސްދާނެ ކަމަށް އުއްމީދު ކުރަނީ.." އަލީފް ބުންޏެވެ. ހިނިތުންވެލަމުން ޝަހާ ބޯޖަހައިލިއެވެ. މަލާކަށް ވިސްނައިދެވޭނެ ގޮތެއް ޝަހާގެ ސިކުނޑިއަށް އައީ އެވަގުތުއެވެ. އެބައަންނަމޭ ބުނުމަށްފަހު ޝަހާ ގޮސް މަލާކްގެ ކޮޓަރީގެ ދޮރުހުޅުވައިލިއެވެ. އެނދުމަތީގައި ބަންޑުން އޮތް މަލާކް ކައިރީގައި ޝަހާ އިށީނެވެ.

" މަލާ ދޮންތަ ބުނީމެއްނު ބަންޑުން އޮންނާނީ ނަރަކަވަންތަ ވެރިންނޭ.. އެނބުރިބަލަ މިކޮޅަށް.." މަލާކްގެ އަތުގައި ހިފައި ކުޑަކޮށް ތަޅުވައިލަމުން ޝަހާ ބުންޏެވެ. އެވަގުތު ޝަހާއަށް މަލާކްގެ ގިސްލުމުގެ އަޑިއިވުނެވެ. ޝަހާ މަލާކް އޭނާ އާ ވީކޮޅަށް އަނބުރުވައިލީ ގަދަކަމުންނެވެ. އެހިނދު މަލާކް އޭނާގެ ދެލޯ ކައިރި ފޮހެލިއެވެ. ނޭފަތް އެތެރެއަށް ދަމައިލުމަށްފަހު ތެދުވެ އެނދުގައި ލެގިލިއެވެ.

" ދެން ތީ ކޮންކަމެއް މަލާ.. ވީކަމެއް ހަނދާން ނައްތާލަބަލަ.. " ޝަހާ މަލާކްގެ ލޯކައިރި ރީތިކޮށް ފޮހެލައި ދެމުން ޝަހާ ބުންޏެވެ.

" އެހާ ފަސޭހައެއް ނޫނޭ ދޮންތާ.. އަސްމާ ދެކެ އަހަރެން ބިރުގަނޭ... އެއީ ވަރަށް ގޯސް އަންހެނެއް.." އަނެއްކާވެސް މަލާކަށް ގިސްލެވެން ފެށުނެވެ.

" ކީއްވެ ފަސޭހަ ނުވާންވީ.. ދޮންތައަށްވެސް އެނގޭ ބޮޑުއްތަ އަހަރުމެންނާ ދޭތެރޭގައި ކަންތައްތައް ކޮށްފައި ހުރީ ރަނގަޅަކަށް ނޫންކަން.. އެކަމަކު އަހަރެމެން ދެމީހުންނަށްވުރެވެސް އިހާނެތިކޮށް ބޮޑުއްތަ ކަންތައް ކުރީ އަލީފަށް.. އޭރު އަލީފަށްވެސް ބޮޑުއްތަ ކިހާ އަނިޔާއެއް ކުރި.. މާލެ ދިޔަފަހުން އަލީފަށް ގުޅާނުލާ.. އެންމެ ކުޑަމިނުން މިކޮޅަށް އަންނަ ވާހަކަވެސް އެކުއްޖާ ކައިރީ ބުނެނުލާ... އެކަމަކު މިއަދު އަލީފް އޭނދީ އޭނާގެ މަންމައަށް މަރުޙަބާ ކިޔަން މިގެއަށް އައިސް.. އަހަރުމެން އެންމެންނަށްވުރެ މިއަދު ބޮޑުއްތަ ދެކެ ރުޅި އައުން ހައްޤުވާ ފަރާތަކީ އަލީފް.. އެކަމަކު ބަލައިބަލަ އެކުއްޖާގެ ހިތްތިރިކަން.. ﷲއަށްޓަކައި ބުނަން މަލާ.. އުނދަގޫވިޔަސް ރަހިމުގެ މާތް ގުޅުން ދެމެހެއްޓޭތޯ މަސައްކަތް ކުރަންވާނެ.. ދޮންތަ ބުނީތީވެސް ދޭބަލަ ގޮސް ފްރެޝްވެލައިގެން އަންނަން... މިހާރު ބޮޑުއްތަމެން އަންނަން އުޅޭނެ. ދޮންތަ މިދަނީ ގޭތެރެއަށް.. މަލާވެސް އަންނާނެ ކަމަށް ދޮންތަ އުއްމީދު ކުރަނީ.." ޝަހާ ދެއްކި ވާހަކަތައް ވަރަށް ރަނގަޅަށް މަލާކް އަޑުއަހަން އިނެވެ. އެހެންނަމަވެސް އޭނާ އިންތަނުން ގުޑިވެސް ނުލިއެވެ. ޝަހާ ކޮޓަރިން ނިކުމެގެން ދިޔައިރުވެސް މަލާކް އެއިން ގޮތަށް އިނެވެ.

***********

ގޭތެރެއަށް ނިކުތްއިރު ނީމާ ވަރަށް ފުރިހަމައަށް މޭޒުމައްޗަށް ކާންއަރުވާފައި ހުއްޓެވެ. އަލީފް ފޯނާއި ކުޅެން އިންއިރު އިރުއިރުކޮޅާ ދޮރާ ދިމާލަށް ބަލައިލައެވެ. މާގިނައިރެއްނުވެ ބެލް އަޅައިލި އަޑުއިވުނެވެ. ދޮރުހުޅުވީ ނީމާއެވެ. ދޮރުމަތީގައި ހުރި އަސްމާ ފެނި ޝަހާ ހަދިޔާކޮށްލީ ފުޅާ ހިނިތުންވުމެކެވެ. އަސްމާ ކައިރީގައި ހުރި އޭނާގެ ފިރިމީހާ އާޒިފަށްވެސް ޝަހާ ހިނިތުންވެލިއެވެ. ހަމައެވަގުތު އެދެމަފިރިންގެ ފަހަތުން ބޯދިއްކޮށްލި އަންހެންކުއްޖާވެސް ޝަހާއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެއަންހެންކުއްޖާ ފެނުމުން ހައިރާންވިއެއް ކަމަކު ޝަހާވެސް ހިނިތުންވެލިއެވެ.

" ވަދޭ އެތެރެއަށް.. ކޮބާ ފިރާގު.." ޝަހާ އަހައިލީ އަސްމާމެން ބަލައި އެއަރޕޯޓަށް ފޮނުވި އޭނާގެ އޮފީސް މަސައްކަތު މީހާގެ ވާހަކައެވެ.

" ނޭނގޭ.. އަހަރުމެން މިގެއަށް ލާފަ އެސޮރު ހިނގައްޖެ.." އާޒިފްގެ އަތުގައި ހިފައިގެން އެތެރެއަށް ވަންނަމުން އަސްމާ ބުންޏެވެ. އަސްމާގެ ފަހަތުން ޝެރީންވެސް އޭނާގެ ދަބަސް ހިފައިގެން ވަނެވެ. މުޅިގެއަށް ނަޒަރު ހިންގައިލި ހިނދު ޝެރީން ހައިރާންވެ އަންތަރީސް ވާވަރުވިއެވެ. ރާއްޖެތެރޭ ރަށެއްގައި މިހާ ފުރިހަމަ ގެއެއް ހުރެދާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. އަސްމާވެސް މުޅި ގެއަށް ނަޒަރު ހިންގައިލިއެވެ.

" ވަރަށް ފުރިހަމައަށް ގެ ހަދާލާފަ ދޯ..." އަސްމާ ބުނެލިއެވެ. އެހިނދު ޝަހާގެ ފަހަތުގައި ހުރި ފިރިހެންކުއްޖާ އަސްމާގެ ލޮލުގައި އަޅައިގަތެވެ. އެއީ ކާކުކަން ދެނެގެންނާން ހިނދުކޮޅެއް ނެގިއެވެ. މާބޮޑު ކަމަކަށް ނުހަދާ އަސްމާ އާޒިފްގެ އަތުގައި ހިފައިގެން ގެންގޮސް ސޯފާގައި ބޭންދިއެވެ.

އެތަކެއް އަހަރެއް ފަހުން އުފަން މައިމީހާ ލޮލަށް ފެނުމުން އަލީފް ފެންކަޅިވިއެވެ. އަސްމާ އާޒިފް ގޮނޑީގައި ބޭންދި ވަގުތު އަލީފަށް ގޮސް އަސްމާ ގައިގައި ބައްދައިގަނެވުނެވެ. އެހިނދު މަޑު ގިސްލުމެއްގެ އަޑު އިވެން ފެށިއެވެ. އަލީފް ރޮނީކަން އެނގުމުން ޝަހާ ހިތަށް އިންތިހާއަށް އަސަރު ކުރިއެވެ. ފެންނަމުން ދިޔަ މަންޒަރުން ނީމާވެސް ހުރީ ފެންކަޅިވެފައެވެ.

" އޯވްހް.. ސްޓެޕް ބްރަދަރ ކަންނޭނގެ.." އެމަންޒަރު ބަލަން ހުރި ޝެރީންގެ ހިތަށް އެރިއެވެ.

ކުރިއެކޭ އެއްގޮތަށް އަސްމާ ބޭނުންވީ އަލީފް ދުރަށްލުމަށެވެ. އަލީފް އޭނާ އާ ކައިރިވުމުން އެވާ އުނދަގުލެއް އޭނާއަށް ބުނެދޭކަށް ނޭނގެއެވެ. ހިތްގޮވަމުން ދިޔައީ އަލީފް ދުރަށް ކޮއްޕައިލުމަށެވެ. ނަމަވެސް އެންމެން ބަލަން ތިބުމުން އެގޮތަށް ކަންތައްކުރާކަށް އޭނާއަކަށް ނުކެރުނެވެ. ޙާއްސަކޮށް އާޒިފްގެ ދެލޯ އެދިމާލަށް އަމާޒުވެފައި ހުރިގޮތުންނެވެ. ހިތާދެކޮޅަށް ނަމަވެސް އަލީފްގެ ބުރަކަށީގައި ފިރުމައިލިއެވެ. އެވަގުތު އަލީފަށް ލިބިގެން ދިޔައީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެކެވެ. މަންމަގެ އެންމެ ފިރުމާލުމަކަށް ހިތްއެދި ގޮވާތާ ކިހާ ދުވަހެއް ވެއްޖެހެއްޔެވެ؟

" މަންމަ ރަނގަޅުތަ؟" އަސްމާއާ ދުރުވެލުމަށްފަހު ދެލޯ ފޮހެލަމުން އަލީފް އަހައިލިއެވެ. އަސްމާ ވަކި އެއްޗެއް ނުބުނެ ބޯޖަހައިލިއެވެ.

" މީ ދަރިފުޅުގެ ދޮންބައްޕަ.. ދެން މިހުރީ ދައްތަ ޝެރީން.." އަސްމާ އަލީފަށް ކިޔައިދިނެވެ. އަލީފް އާޒިފަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. ޝެރީން ބަލައިލި ހިނދު ޝެރީންވެސް އަލީފަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

" ޝަހާ ބޮޑުއްތަ ހަނދާން ނެތުނީ ޝެރީގެ ވާހަކަ ބުނަން.. މީބޮޑުއްތަގެ ދޮށީދަރި ޝެރީން.. ޝެރީންވެސް އަހަރުމެންނާ އެކު މިކޮޅަށް ބަދަލުވީ.." ވަރަށް ގާތް ގޮތަކަށް ޝެރީން ގައިގައި ފިރުމައިލަމުން އަސްމާ ބުންޏެވެ. އެވަގުތު ޝެރީން ކައިރިއަށް އައީ ނުލަފާ ހިންޏެކެވެ. އެކްޓް ކުރަން އަސްމާ ވަރެއް ނެތޭ ހިތަށް އެރިއެވެ.

" އެއީ އެވަރުކަމެއް ނޫން ބޮޑުއްތާ.. އެކަމަކު މިގޭގަ ބާކީ ހުރީ އެންމެ ކޮޓަރިއެއް އަހަރެން ތައްޔާރު ކުރީ.. " ނުކެރި ހުރެފައި ޝަހާ ބުންޏެވެ. ޝެރީން އަންނަކަން ކުރިން އެނގުނުނަމަ ކޮންމެވެސް ގޮތެއް އޭނާ ހަމަޖެއްސީހެވެ.

" އެއީ މައްސަލައެއް ނޫން.. އަހަރުމެން ތިންމައިންނަށް އެއްކޮޓަރީގައި އުޅެވިދާނެ.." އާޒިފް އުނދަގުލާއެކު ބުންޏެވެ. ސްޓްރޯކް ޖެހުނު ފަހުން އޭނާއަށް ވާހަކަ ދެއްކުމުގައި އުނދަގޫތަކެއް ހުރެއެވެ.

" ކޮބާތަ މަލާކް..؟ " ދެކޮޅު ހޯދާ ބަލައިލަމުން އަސްމާ އަހައިލިއެވެ.

" މީ ކޮން ކުއްޖެއް؟" ޝަހާ އަށް ޖަވާބު ނުދެވިގެން އުޅެނިކޮށް އަނެއްކާވެސް އަސްމާ އަހައިލިއެވެ.

" މީ ނީމާ.. " އިތުރު ތައާރަފަކަށް ނުގޮސް ޝަހާ ބުންޏެވެ. އެވަގުތު މަލާކް ޝަހާއަށް ގޮވައިލި އަޑުއިވި އެންމެންނަށް އެދިމާލަށް ބަލައިލެވުނެވެ. މަލާކް ހިނިތުންވާން މަސައްކަތް ކުރަމުން އައިސް ޝަހާ ކައިރިއަށް ހުއްޓުނެވެ.

" މީ ހަމަ މަލާކް ތަ؟ ޝަހާ އާ ތަފާތެއްވެސް ނެތް.. ޝަހާވެސް މިއުމުރުގައި ހުރީ ހަމަމިގޮތަށް.. ތިދެކުދިންވެސް ތީ އަހަރެންގެ ދައްތަގެ ކޮޕީއެއް..." މަލާކްގެ އަތުގައި ފިރުމައިލަމުން އަސްމާ ބުންޏެވެ. މަލާކްއަށް އުނދަގޫގޮތެއް އިހުސާސްވެގެން ދިޔަ ހިނދު ކުޑަކޮށް ދުރަށް ޖެހިލެވުނެވެ.

" ޝެރީ މަލާކް އާ ކޮޓަރި ޝެއަރ ކުރެވިދާނެ...." ހިޔާލެއް އައުމާއެކު ޝަހާ ބުނެލިއެވެ. ޝެރީން ހިނިތުންވެލަމުން މަލާކްއަށް ބަލައިލި ހިނދު މަލާކް ހިނިތުންވެލަމުން ބޯޖަހައިލިއެވެ.

******************

 

ފްލައިޓް ނައްޓާލިތާ އަދި މާގިނަ އިރެއް ނުވެއެވެ. އަދީމް ޝީޓް ބެލްޓަށް ދުލެއް ދިންގޮތަށް ވިންޑޯ އިން ޖައްވަށް ނަޒަރެއް ދިނެވެ. ހުދު ވިލާތަކުގެ ތެރެއަށް ގެއްލިފައި އިނދެފައި ކުއްލިއަކަށް ހިނިތުންވެލާފައި ދެފަރާތަށް ބޯހޫރާލާފައި ގޮނޑިގައި ހަމަޖެހިލިއެވެ. ދެންވެސް އޭނާއަށް ހިނިތުންވުން ތުންފަތްމަތިން ފިލުވައިނުލެވުނެވެ. ވާނީވެސް އެހެންތާއެވެ. ވިލާތަކަށް ބަލައިލި ވަގުތު އެތަނުންވެސް އޭނާއަށް ސިފަވީ ޝަހާގެ ރީތި ސޫރައެވެ. ޖެހިގެން އިން ޝީޓުގައި އިންހެން ހީވަނީ ޝަހާއެވެ. ފްލައިޓްގެ ދެކޮޅަށް ހިދުމަތްދެމުން ގެންދިޔަ ދެ އަންހެންކުދިން ފެންނަނީ ޝަހާގެ ސިފައިގައެވެ. ބަލައިލި ކޮންމެ ދިމާލަކުން އޭނާއަށް ޝަހާ ފެންނަންމުން ދިޔައެވެ. ޝަހާއަށް އަދީމަށް މިޖައްސަނީ ކޮންފަދަ ޖާދޫއެއް ބާވައެވެ. ކުރިމަތީގައި ހުރެގެން ޝަހާ ހީލާހެން ހީވެދާނެއެވެ. ހިނާގާލާފައި ކައިރިއަށް އަންނަހެން ހީވެދާނެއެވެ. އެނބުރިލާފައި ކޮނޑުމަތިން އަތް ހިންގާލާނެހެން ހީވެދާނެއެވެ. ދެލޯ މަރާލާއިރަށް ހިމަ އިނގިލިތަކަކުން މޫނުގައި ފިރުމާލާހެން ހީވެ މުޅި ހަށިގަނޑަށް ކަރަންޓްގެ އޮއިވަރެއް ހިނގާލާހެން ހީވެ ތަކުރާރުކޮށް ގޮނޑިގައި ހަމަޖެހިލައިފާނެއެވެ. އެއްވެސް މީހަކަށް ނުއިވުނެއް ކަމަކު މިފަހަރު އަދީމްގެ ހީލިއަޑު ބޭރަށް ފާޅުވެލިއެވެ. މާގިނަ އިރެއްނުވެ ޝަހާ ކައިރިއަށް ދެވިދާނެއެވެ. އެ އަންހެންކުއްޖާ އަދީމަށް މި ޖެއްސީ ކޮންފަދަ ސިހުރެއް ހެއްޔެވެ؟ އަދީމްގެ ހަމަޖެހުން ގެއްލުވާލައިފިއެވެ. ޝަހާ އާ އިންނަން ކިއި ދުވަހުން ފެށިގެން ކައިވެނި ކުރެވި ކައިވެންޏަށް މިހާ ދުވަސް ވިއިރުވެސް މިނޫނީ ޝަހާގެ ހިޔާލުތަކުން އަދީމަށް ހިތްހަމަޖެހުމެއް ލިބިފައެއް ނެތެވެ. އެ އިހުސާސްތަކަށް އަދީމަށް ކުރެވުނީވެސް އަލަށްހެން އަދީމަށް ހީވިއެވެ. އެހުރިހާ އިހުސާސްތައް ކުރެވެމުންދާއިރު އޭނާ ގޮނޑީގައި އިން އިރު އުޅެވުނު ގޮތް ކައިރީގައި ތިބި މީހުން ބަލަން ތިބިހެން ހީވެ ބޯޓު ތެރެއަށް އަވަސް ނަޒަރެއްދިނެވެ.

-ނުނިމޭ-

  1. ގާލް

    ހާދަ ކުރޭ މިރޭގެ ބައި …