ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

" ވެއިޓް.. ވެއިޓް.. ސާރާ؟.... ވިޝާލްގެ މަންމަ އަކީ ސާރާތަ؟...".. ލިއަމް އަށް އެއްޗެއް އެނގުނު ފަދައަކުން ދެލޯ ބޮޑުކޮށްލަމުން ހަށިގަނޑު ސީދާ ކޮށްލިއެވެ. އެއާއެކު ރައުލްއާއި ރާސިލްގެ ނިތަށް ވެސް ކުދި ރޫތަކެއް ޖަމާވިއެވެ.

Ads by STELCO

************

ތިން ޒުވާނުންނަށް އެކަކު އަނެކަކާ ދިމާލަށް ބަލައިލެވުނީ ހައިރާންވެފައެވެ.

" ސާރާ އާންޓީގެ ވިޝާލް؟..". ލިއަމް އާއި ރާސިލްއަށް ނަޒަރެއް ދެމުން ރައުލް އަހާލިއެވެ. އޭރު އޭނާގެ މޫނުގެ ކުލަވަރު ވެސް ބަދަލުވެއްޖެއެވެ. އެހެންނަމަވެސް އެކަން ފާޅުނުކޮށްވޭތޯ ރައުލް މަސައްކަތް ކުރިއެވެ. ލިއަމް ބޯ ޖަހާލުމުން ރައުލް އަށް ވިސްނާލެވުނީ ނަވާރްއާއި މެދުގައެވެ.

" ވިޝާލް އަކީ ކާކުކަން އެނގޭ ދޯ؟..... އަހަރެން ގާތުގައި ވެސް ބުނެބަލަ" މޭޒުގައި އިނގިލިން ޖަހާލަމުން ޖާވިން ބުނެލިއިރު އޭނާގެ ނަޒަރު ހުއްޓިފައިވީ ރައުލްއަށެވެ. ކަމެއްވެއްޖެކަން ޖާވިންއަށް ޔަގީންވީ ރައުލްއަށް ވީގޮތް ފެނިފައެވެ.

" ހީ ވޯޒް އެ ކްލޯޒް ފްރެންޑް... ".. ރައުލް ބުނެދިނީ ހަމައެކަނި އެވަރަށެވެ. އެ މޫނުގެ ކުލަަވަރު ހުރީ އެއްކޮށް އޮއްސިފައިކަން އެންމެނަށްވެސް އެނގުނެވެ. އެކަން ގުޅިފައިވީ ވިޝާލްއާއިކަން ވެސް އެ ޒުވާނުންނަށް އެނގެއެވެ. ނަމަވެސް ރައުލްގެ މިޒާޖަށް އެ އައި ބޮޑު ބަދަލުގެ ފަހަތުގައި އިތުރު ކަމެއް ވެދާނެއޭ ރާސިލްއާ ލިއަމްގެ ހިތަށް އެރީ އެހެންޏާ ރައުލްގެ މޫނުން ނުފެންނަފަަދަ ނުތަނަވަސްކަމެއް ފެންނަން ހުރުމުންނެވެ. ޖާވިން އިނުމުން އެ ސުވާލު ފަހުން ކުރުމަށް ލިއަމް ނިންމިއެވެ.

ގަޑިން ދިހަގަޑި ބައި ވާން ކައިރިވުމުން ބިލް ދައްކާފައި ހަތަރު ޒުވާނުން މޭޒުދޮށުން ތެދުވިއެވެ. ޖާވިން މުހިއްމު ކަމަކު ސްޓޭޝަނަށް ދާން ޖެހޭ ކަމުގައި ބުނުމުން ދުއްވާލަން ދިޔުމުގެ ހިޔާލު ދޫކޮށްލުމަށްފަހު ލިއަމްމެން މިސްރާބުޖެހީ ގެއަށް ދިޔުމަށެވެ.

***************************

ކާ ކޮޓަރިން ނުކުމެގެން ގޮސް މަލިކާގެ ކޮޓަރީގެ ދޮރުގައި މެލެކް ދެތިންފަހަރު ޓަކި ޖަހާލިއެވެ. އިރުއޮއްސުނު އިރު ކޮޓަރިއަށް ވަތް ގޮތަށް އަދިވެސް މަލިކާގެ ހަބަރެއް ނުވުމުން މެލެކް ހުރީ ފުދޭވަރަކަށް ކަންބޮޑު ވެފައެވެ.

" ސާބަސް... ނިދަނީތަ؟..".. މަލިކާ ދޮރު ހުޅުވާލުމާއެކު މެލެކް ސުވާލުކޮށްލީ މަލިކާގެ ރަތްވެފައިވާ މޫނާއި ދުޅަވެފައިވާ ލޯ ފެނުމުންނެވެ.

" މިދެން ކުޑަކޮށް ނިދާލީ... ހެނދުނުއްސުރެ ކުޑަކޮށް ހުންވައްތަރު ވެފަ ހުރީ.. އެނގެ އެންނު ބޭސް ނުކައި ވޭތޯ ފަހު ވަގުތަށްވެސް ހުންނާނެކަން... މިހާރު އަނެއްކާ ހުން ގަދަވެއްޖެ އެކަމަކު.. އެހެންވެ ބޭސް  ގުޅައެއް ކައިގެން ޖައްސާލީ..."... ހުޅުވާފައި ހުރި ދޮރުގައި މަލިކާ ލެނގިލައިގެން ހުއްޓެވެ. ފާހާނާއަށް ވަދެފައި އެބަ އަންނަމޭ ބުނެ މަލިކާ ކޮޓަރިއަށް ވަނުމުން މެލެކް ގޮސް އިށީނީ ސޯފާގައެވެ.

އޭނާ އިސްއުފުލާ ބަލާލީ ގޭގެ ދޮރު ހުޅުވާލުމަށްފަހު މީހަކު އެތެރެއަށް ވަނުމުންނެވެ. ދޮރު މަތީގައި ހުރި އަފްރާހު އާއި ނަޒަރު ބައްދަލުވުމުން މެލެކްގެ މޫނަށް ވެރިވީ ފޫހިކަމެވެ. އަވަހަށް އޭނާ އިސްޖަހާލީ އަފްރާހުގެ ސޫރަވެސް ދުށުމަށް އެ ހިތް ނޭދޭތީއެވެ. މެލްކެގް ހިތުގައި މަލިކާއާއި މެދު ހަމްދަރުވީ އުފެދިފައިވެއެވެ. ނަަމަވެސް އަފަރާހުގެ " ސިއްރު " މަލިކާއަށް ކިޔައިދޭނެހާ ހިތްވަރެއް އޭނާގެ ނެތެވެ.

" މިހާ ދުވަސްކޮށްފަ ދިމާވީމަ ހާލު އޮޅުން ފިލުވާ ހިތް ނުވޭތަ؟.. ".. އަފްރާހު ފަރާތް ފަރާތަށް ނަޒަރު ހިންގާލަމުން އައިސް ސޯފާގައި އިށީނދެ ކަނާތުފައި ވައަތު ފައިގެ މައްޗަށް އަރުވާލިއެވެ. އަފްރާހުގެ އަޑު އިވިފައި މެލެކްގެ މޫނަށް ރަތްކަމެއް ވެރިވިއެވެ. ދަތްކުނޑި ވިކާލުމަށްފަހު އޭނާ އަފްރާހުއަށް ބަލާލީ އަލިފާނުގެ ބެލުމަކުންނެވެ. އެއާއެކު އަފްރާހު ހޭން ފެށިއެވެ.

" ސޭމް އޭޒް ބިފޯ.. އައި ލައިކް އައިޓް މެލެކް.. ".. އަފްރާހުގެ ފަރާތުން މިސިފަ ފެނިދާނެއޭ މެލެކް އުންމީދެއް ނުކުރެއެވެ. ނަމަވެސް އަފްރާހުގެ އެ ގޮތް ދުވަހަކުވެސް ބަދަލު ނުވާނެތާއޭ އޭނާގެ ހިތަށް އެރިއެވެ.

" އަފްރާހު... ކޮން އިރަކު އައީ.. ކާން ހަދަން ވީތަ..".. ކުއްލިއަކަށް މަލިކާގެ އަޑު އިވުމުން އަފްރާހުގެ މޫނަށް ސީރިޔަސްކަން ވެރިވިއެވެ. މެލްކެ އެއީ އިން މީހެއް ކަމަށް ވެސް އޭނާ ހަދާ ނުލިއެވެ. މަލިކާ އައިސް ކައިރީގައި އިށީނުމުން އުނަގަނޑުގައި އަތް އަޅުވާލަމުން ކައިރިކޮށްލި ގޮތުން މެލެކްގެ މޭބޮޑުވި ކަހަލަ އިހްސާސެއް ކުރެވުނެވެ. އެންމެ ހިނދުކޮޅަކަށް ވެސް އަފްރާހުގެ އެ ދެއްކުންތެރި ސިފަ ބަލަން ބޭނުން ނުވާތީ އޭނާ ތެދުވީ މަލާން ކައިރިއަށް ގޮސްލަނީ ކަމުގައި ބުނަމުންނެވެ.

***********************

ގެއާއި ދިމާލަށް ކާރުގެ މިސްރާބު ހުރިއިރު ކާރު ދުއްވަން އިނީ ރާސިލްއެވެ. އޭނާއާ ޖެހިގެން ލިއަމް އިންއިރު ފަހަތުގައި އިނީ ރައުލްއެވެ. ޖާވިންގެ ވާހަކަތަށް ރާސިލް އާއި ލިއަމް ދައްކަމުންދިޔައިރު އެދެޒުވާނުންގެ ވާހަކަތަކަށް ނިމުމެއްނައެވެ. ރައުލް އިނީ ބަސްމަދުވެފައި ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނާއަށް ވިސްނެމުންދިޔައީ ވިޝާލްގެ ހަޤީޤަތް އެނގުމުން ނަވާރްއަށް ވާނެ ގޮތަކާއިމެދުގައެވެ. ހަމައެއާއެކު ނަވާރް އާއި ވިޝާލްގެ އޮތް ވަރުގަދަ ގުޅުން ވެސް އެ ހިތުގައި ވިއެވެ. ވިޝާލްގެ ފަރާތުން އެފަދަ ކަމެއް ވެދާނެކަން ނަވާރް ދުވަހަކުވެސް ޤަބޫލު ނުކުރާނެއޭ ރައުލްއަށް ހީވަނީއެވެ. ނަަމަވެސް ވިޝާލްގެ އަނދިރިފަރާތަކީ ނަވާރްއަށް ވެސް އެނގެން ޖެހޭނެ އެއްޗެއް ކަމުގައި ރައުލް އަށް ޤަބޫލުކުރެވުނެވެ.

"ރައުލް!..." ރައުލްގެ ކޮނޑުގައި އަތް އަޅާ ފަހަތަށް ކޮށްޕާލަމުން ލިއަމް ގޮވާލިއެވެ. ދުއްވަމުން އައި ކާރު ހުއްޓުމަކަށް އައިސްފިކަން ރައުލްއަށް އެނގުނީ ދެނެވެ. އޭނާ ކާރުތެރެއަށް ބަލާލިއިރު ރާސިލް ވެސް އިނީ ފަހަތަށް އެނބުރިލައިގެން އޭނާއަށް ބަލާށެވެ.

"ކޮން ދުނިޔެއެއްގައި" ލިއަމް އަހާލިއެވެ. މަޑުމަޑުން ދެފަރާތަށް ބޯހޫރާލަމުން ރައުލް ހިނިތުންވެލިއެވެ. އަދި ކާރުން ފެބުމަށްފަހު ލައިގެން ހުރި ޖިންސުގެ ޖީބަށް އަތް ޖަހާލަމުން ގެއަށް ވަންނަން ހިނގައިގަތެވެ. ލިފްޓަށް އެރީ ތިން ޒުވާނުން އެކީގައެވެ. ސާޔާމެންގެ އެޕަރޓްމެންޓަށް ދާން ހިޔާލު ފާޅުކުރީ ލިއަމް އެވެ. އެ ހިޔާލަށް ރައުލް އަށް އެއްޗެކޭ ބުނެވުމުގެ ކުރިން ރާސިލް އެއްބަސްވީ ޔަލާވީ އެ އެޕަރޓްމެންޓްގައިކަން އެނގޭތީއެވެ.

އެޕާޓްމެންޓްގެ ދޮރު ލިއަމް ހުޅުވާލުމުން އޭނާގެ ފަހަތުން ތިން ދެ ޒުވާނުން އެތެރެއަށް ވަނެވެ. އަނދިރިކޮށް އޮތް އެޕާޓްމެންޓުން ފެންނަން ހުރީ ހަމައެކަނި ޓީވީގެ އަލި ކަމެވެ. ސޯފާގައި ހަތަރު އަންހެންކުދިން ޖެހިފިތިގެން ތިބިއިރު އެތަނަށް ބަޔަކު އަައިކަމެއް ވެސް ނޭނގޭ ކަހަލައެވެ.

"މި ދޮރު ތަޅުލާށޭ ކިތަށް ފަހަރުތަ ބުނަންވީ.." އެޕަރޓްމެންޓުގެ ބޮކި ދިއްލަމުން ލިއަމް ތަންކޮޅެއް ބާރަށް ބުނެލިއެވެ. އަލިވެގެން ދިޔުމާއެކު ދެލޯ ބޮޑުކޮށްގެން ތިބެ ސާޔާމެން ބަލަން ފެށުމުން ރާސިލް އާއި ލިއަމް ހޭން ފެށިއެވެ. މިފަހަރު ރައުލްގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ.

" އައްދެ... ޒުލޭހާ ބަލާފަތަ ތި ރޮނީ..."...ނޯޔާ އާއި ސާޔާ ލޯ ފޮހެލިތަން ފެނުމުން ލިއަމްގެ ހުނުން ބާރުވިއެވެ. އެއާއެކު ތެދުވެގެން އައި ގޮތަށް ނަވާރް ޓީވީ ނިއްވާލަމުން ލިއަމްއާއި ދިމާލަށް ލޯ އަޅާލިއެވެ.

" ކިރާޒް ނިންދަވާފަ މިރޭ ޔަލް ވެސް އެންޖޯއި ކުރަނީތަ؟.. " ރާސިލް އައިސް އިށީނީ ޔަލާއާއި ޖެހިގެންނެވެ. އެހެން މީހުންނަށް ނުފެންނަ ގޮތަށް ސިއްރުން އޭނާ ޔަލާގެ އުނގަނޑުގައި ފަހަތުން ހިފަހައްޓާލިއެވެ. އެ ހަރަކާތުން ޔަލާގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެެވެ.

" ނޫނޭ.. ދެން ފިލްމްވެސް މި ނިމުނީ.. ދާންވީ ގެއަށް... އިރުކޮޅަކުން ކިރާޒް ހޭލާނެ ބުއްފުޅި ބޯން.. " ޔަލާ ފޯނުން ގަޑި ބަލާލަމުން ތެދުވިއެވެ. އޭނާގެ ފަހަތުން ތެދުވަމުން ރާސިލްވެސް ދަނީ ކަމުގައި ބުނެލިއެވެ.

އިރުކޮޅަކު އަނގަތަޅަން އިނުމަށްފަހު ނޯޔާ ވެސް އެންމެ ފަހުން ދިޔައީ މާބޮޑަށް ނިދި އަންނަން ފެށުމުންނެވެ.

" އަހަރެމެންވެސް ނިދަންވެއްޖެ ދޯ ސާޔާ..".. ނަވާރް ސޯފާއަށް ހަށިގަނޑު ދޫކޮށްލަމުން ބުނެލީ އޭނާ އެތަނުން ރައުލް ފޮނުވަން ބޭނުންވެފައި އިން ވަރުންނެވެ. ނަވާރްގެ ސުވާލަށް ޖަވާބުދެމުން ސާޔާ ބޯ ޖަހާލީ ހިނިއައިސްފައި ހުުރެއެވެ. ނަވާރްގެ ހިތުގައި ރައުލްއަށް ހާއްސަކަމެއް ދެވިފައިވެއޭ އޭނާގެ ހިތް ހާސްފަހަރު މިހާރު ބުނެފިއެވެ. އެކަމާއި ފުންކޮށް ވިސްނާލުމުން ސާޔާއަށް ފާހަނގަކުރެވުނީ ނަވާރްއާއި ދިމާލަށް ބަލާއިރު ރައުލްގެ ނަޒަރު ވެސް ތަފާތު ކަމެވެެ. ސިއްރު ސިއްރުން ސާޔާ ހީލީ އެ ދެޒުވާނުންނަކީ ނުހަނު ގުޅޭނޭ ޖޯޑަކަށް ވާނެއޭ ހިތަށް އެރުމުންނެވެ.

" އަދި ނިންޖެއް ނާންނާނެ.. ކިތަންމެ ފޮނުވާލަން އުޅުނަސް ހަމަ ދާންވީމަ ދާނީ..".. ސޯފާގައި އިށީނދެ އިން ލިއަމް އޭނާގެ ފައި ކޮފީ ޓޭބަލް މައްޗަށް އަރުވައި ހަމަޖެހިލިއެވެ. ދެން ފަސޭހައިން އެ ޒުވާނުން ނުދާނެކަން ނަވާރްއަށް ޔަޤީންވުމުން ތުންކޮޅު އަނބުރާލީ ނުރުހުންވެފައި އިންކަން ދެއްކުމުގެ ގޮތުންނެވެ. ނަވާރްގެ އެ ލޯބިވެތި ހަރަކާތުން ރައުލްއަށް ހިނިތުންވެވުނެވެ. ކުރިން ނަވާރްއާއި ދިމާލަށް ކޮންމެ އެއްޗެކޭ ބުނަން ކެރޭ ނަމަވެސް މިފަހަރު އޭނާ ޖެހިލުންވިއެވެ.

ސޯފާއިން ތެދުވެގެން ގޮސް ނަވާރް ހުއްޓިލީ ހުޅުވާފައި ހުރި ބެލްކަނީގައެވެ. ރެއިލިންގައި އަތް އަޅުވާލަމުން އޭނާ ވަށައިގެން ވީ އިމާރާތްތަކަށް ބަލާލިއެވެ. އުޑުގައި ރަނިކަން ކުރަމުންދިޔަ ހަނދަން ނަޒަރު ހުއްޓާލަމުން އޭނާ ފުން ނޭވާއެއް ދޫކޮށްލީ ހަލަބޮލިވެފައިވާ ހިތް ހަމައަކަށް އެޅުވުމަށެވެ.

" ފުލް މޫން އެއް ދޯ.. ލުކްސް ޕްރިޓީ...".. ކުއްލިއަކަށް ރައުލްގެ އަޑު އިވުމުން ނަވާރް ސިހުނެވެ. އަވަހަށް ފަސްއެނބުރި ބަލާލަމުން ނަވާރް ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. ރައުލް އައިސް ހުއްޓިލީ ނަވާރްއާއި ޖެހިގެންނެވެ. ރެއިލިންގައި ލެނގިލަމުން ރައުލްގެ ނަޒަރު ނަވާރްއާއި އަމާޒުކޮށްލިއެވެ. އެމޫނުން ކަމެއް ދެނެގަންނަން ބޭނުންވެފައި ހުރި ފަދައަކުންނެވެ.

" ލިއަމް ދިޔައީތަ؟..".. ދައްކާނެ އިތުރު ވާހައެއް ނޭނގުމުން ނަވާރް އަހާލިއެވެ. އެވަގުތު ލިއަމްގެ ހުނުމުގެ އަޑާއި ސާޔާ ރުޅިގަދަވެގެން އެއްޗެކޭ ބުނެލި އަޑު އިވުމުން ނަވާރްއަށް އޭނާ ކުރި ސުވާލުގެ ޖަވާބު ލިބުނެވެ. އެއާއެކު އިހްތިޔާރަކާ ނުލައި ދެޒުވާނުންނަށްވެސް ހެވުނެވެ.

" ވަރަށް ހީވޭ ލިއަމް ސާޔޫ ދެކެ ލައިކް ވާހެން.. އޯރ މޭބީ ލަވް.. ސާޔޫ ވެސް ލިއަމް އާމެދު ދެކެނީ ފްރެންޑެއް ގޮތަށް ނޫންކަން ޔަޤީން..".. ސިޓިންގްރޫމުގައި ތިބިި ލިއަމްއާއި ސާޔާގެ ހަރަކާތްތަކަށް ނަޒަރެއް ދެމުން ނަވާރް ބުނެލިއެވެ.

" އަހަންނަށް ވެސް އެނގޭ ލިއަމް ގަޔާވާކަން ސާޔާއާ...  ސާޔާގެ ގޮތެއް ސީދާ ބުނާކަށް ނޭނގެ.. އެކަމަކު އެޒް ޔޫ ސެއިޑް.. ހަމަ ވެދާނެ.. " ހިނިއައިސްފައި ހުރެ ރައުލް ބުނެލިއެވެ.

"އެކަމަކު ހާދަ އެހެންކަހަލަ ގޮތެކޭ ވާނީ.. އައި މީން ލާރާ.. ދެން ސާޔާ.." ނަވާރް ބުނެލުމުން ރައުލް ދޫކޮށްލީ ފުން ނޭވާއެކެވެ. ހިނދުކޮޅަކަށް ސާޔާގެ ހަޤީޤަތް ނަވާރްއަށް ބުނެދިނުމަށް ރައުލްގެ ހިތް އެދުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ހިޔާލު ބަދަލުވެއްޖެއެވެ.

" އެއީ މައްސަލައެއް ކަމުގަ އަހަރެން ނުދެކެން.. ހާއްސަކޮށް ލިއަމްއަށް އެކަން ބޮޑުކަމަކަށް ނުވާއިރު އެހެން މީހަކު އެކަމަށް ގޮތް ކިޔުމަކީ ލިއަމް ރުހޭނެ ގޮތެއް ނޫން.." ރައުލް ބުންޏެވެ.

" ތިކަން ޤަބޫލުކުރަން... ކުރިން ސާޔޫ އާމެދު ގޯސްކޮށް ކަންތައް ކުރިޔަސް މިހާރު ހީވޭ އެކަން ބަދަލުވެއްޖެހެން... ލިއަމް ފެނުމުން އޭރު ސާޔޫގެ މޫނުން ފެންނަ ޖެހިލުންވުން ނޫން މިހާރު ފެންނަނީ... އެކަމަކު ސާޔާއަށް ކިހިނެތްވާނީ ލާރާގެ ހަޤީޤަތް އަސްލުކޮށް އެނގުނީމަ...." ނަވާރްގެ ހިތުގައި އުފެދިފައިވީ ނުތަނަވަސްކަން ރައުލްއާ ހިއްސާ ކުރިއެވެ.  ނަމަވެސް އެކަމާ ގުޅިގެން އެއްޗެކޭ ބުނަން ރައުލް ބޭނުމެއް ނުވިއެވެ.

" ލިއަމް އެގޮތަށް އުޅެން އަހަރެން ބޭނުމެއް ނޫން.. މިބުނީ ލިއަމް ދިރިއުޅުމެއް ފަށާތަން ދެކެން ބޭނުން...".. ދެންވެސް ވާހަކަ ދެއްކީ ނަވާރްއެވެ. ރައުލް އެއްޗެކޭ ނުބުނުމުން ނަވާރް އޭނާއަށް ބަލާލިއެވެ. އޭރު ރައުލްގެ ނަޒަރު ހުއްޓިފައި ހުރީ ބޭރަށެވެ. ނަވާރް ދައްކަމުން ދިޔަ ވާހަކަތަކަށް އޭނާ މާބޮޑު ސަމާލުކަމެއް ދޭހެން ހިއެއް ނުވިއެވެ. އެހެންކަމުން ނަވާރް ރައުލްއަށް ގޮވާލީ އޭނާގެ ސަމާލުކަން ހޯދުމުގެ ނިޔަތުގައެވެ.

" ނަވާއަށް އެނގޭތަ؟.. ދިރިއުޅުމެއް ފަށަން އަހަރެންވެސް ބޭނުން... " އެ ހުރިގޮތަށް ހުރެ ރައުލް ބުނެލިއެވެ. އޭނާ ހުރީ ފުން ވިސްނުމެއްގައިކަން ނަވާރް ދެނެގަތެވެ. އެހެންނަމަވެސް ރައުލްގެ ވާހަކައިން ނަވާރްއަށް ލިބުނު ހައިރާންކަންވެސް ވަކި ކުޑައެއް ނޫނެވެ. އެފަދަ ކަމަކާ އޭނާ ވިސްނާކަން ނަވާރްއަށް އެނގިފައި ނެތެވެ.

" ދިރިއުޅުމެއް ފަށަން ފުރަތަމަ ރައުލް ކުއްޖަކު ހޯދަންވެއްޖެއެންނު... އިޓްސް ވިއަރޑް ޓު ހިއަރ ޔޫ ޓޯކިންގް އެބައުޓް މެރިއޭޖް... އަހަރެން ހީކުރީ އެންމެން މެރީ ކުރާއިރުވެސް ރައުލް ހުންނާނީ ތިހެން ކަމަށް.. އަނެއްކާ ކުއްޖަކު ދެކެ ލައިކް ވެވުނީތަ؟.. ".. ނަވާރް އަހާލީ ލުއި ހުނުމަކާއެކުގައެވެ. ނަމަވެސް އޭނާގެ ހިތް އާދަޔާހިލާފަށް އަވަސްވިއެވެ. ފަހު ސުވާލަށް ރައުލް ދޭނޭ ޖަވާބަކަށް ނަވާރްއަށް އިންތިޒާރު ކުރެވުނެވެ.

" ކިހިނެތް ނަވާ އަށް ހީވަނީ؟...".. ރައުލް އަހާލީ ބުމަ އަރުވާލަމުންނެވެ. އޭނާ ހީލި ގޮތުން ކޯތާފަތަށް އެޅުނު އަޑިކޮޅު ނަވާރްގެ ލޮލުގައި އަޅައިގަތެވެ. ނަމަވެސް ރައުލްގެ ސުވާލުން އޭނާ ކޮންމެވެސް ވަރަކަށް ނުތަނަވަސްވިއެވެ. އެސުވާލަށް ދޭންވީ ޖަވާބަކާމެދު ވިސްނާލެވުނެވެ.

" ރައުލް ގަޔާވާ ކުއްޖަކު ހުރި ނަމަ އަހަންނަށް ނޭނގި ނޯންނާނެ އެންނު... ".. ނަވާރް ބުނެލިއެވެ. އެ ޖަވާބު އިވިފައި ރައުލްގެ ތުންފަތަށް ވެރިވީ މާނަފުން ހިނިތުންވުމެކެވެ.

" ދެން ބުނެބަލަ.. ނަވާ ކީއްވެ ތިހުންނަނީ؟.. ".. ރައުލް އަހާލީ ޖަވާބު އެނގިހުރެއެވެ. ނަމަވެސް ހާލަތު ވަނީ ބަދަލުވެފައެވެ. ފަހަރެއްގައި ނަވާރްގެ ހިތް ބަދަލުވުމަކީވެސް އެކަށީގެންވާ ކަމެއް ކަމުގައި ރައުލް ޤަބޫލުކުރިއެވެ.

އެ ސުވާލުގެ ޖަވާބު ނުދީ ނަވާރް ދޫކޮށްލީ ފުން ނޭވާއެކެވެ. އެކަމުން އެކަނިވެސް އެ ނަފްސުގެ ހަމަޖެހުން ގެއްލިފައިވާ ވަރު ރައުލް ދެނެގަތެވެ. ނަވާރްއާ ސުވާލުކުރެވުނު ކަމުގެ މޮޔަ އޭނާއަށް ހީވިއެވެ. ނަމަވެސް ރައުލް އެއްޗެކޭ ބުނަންވާއިރަށް ނަވާރް ވާހަކަ ދައްކަން ފެށިއެވެ.

އަހަރެން... ހަޤީޤަތަށް ބުނަންޏާ މިހާރު ލޫކް އެއީ އަހަރެންގެ މާޒީ.. މޭބީ ހީ ޑިޑިންޓް ލަވް މީ.. އަހަރެން ލޯބިވި ވަރަށް ލޫކް އަށް ލޯބި ނުވެވުނީ ކަންނޭނގެ.. ލޫކް ނުވެސް ބުނޭ މެރީ ކުރާ ވާހަކައެއް.. ޔަލް މެލޭގެ ހުރި އިރުވެސް ލޫކް އާއި ނަވާ އުޅުނީ ރައްޓެހިވެގެން... އެކަމަކު ސީމްސް ލައިކް ދޭ ވަރ މެރިޑް ބެކް ދެން.. މިކަމުގަ ޔަލްގެ ކުށެއް ނެތް.. ޔަލްއަށް ނޭނގެ ނަވާއާ ލޫކްގެ އޮތް ގުޅުމެއް... ނަވާއަށް އެނގުނީ ވެސް ވަރަށް ފަހުން.. އޭރު ޔަލް ޕްރެގް.. އެހުރިހާ ކަމެއް އެނގުނީ އެކްސިޑެންޓް ވެގެން މާގިނަ ދުވަސް ނުވަނީސް.... ބަޓް ލޫކް އެ ހުރިހާ ދުވަސް ވަންދެން ވާހަކަ ދެއްކި.. ހުރިހާ ކަމެއް ނަވާއަށް އެނގުމުން ލޫކް އެއްކޮށް ގުޅުން ކަނޑާލީ.. އޭގެ ފަހުން ލޫކް އާއި ދިމާވީ މިކޮޅަށް އައި ދުވަހު.. އޭރު ވަރަށް ދެރަވޭ.. އެކަމަކު ވަގުތާއި އެކީ އެ ހަނދާންތަކުން މިހާރު ދެރައެއް ނުވޭ.. އެކަމަކު އަދިވެސް ޔަލް އެހާ ސިއްރުން މެރީ ކުރީ ކީއްވެ ކަމެއް ނޭނގެ.. އެ ސުވާލު ކުރާ ހިތްވިޔަސް ޔަލް ހިތްހަމަ ނުޖެހިދާނެތީ ނުކެރެނީ.. އެނީވޭސް.. ނަވާ މާބޮޑަށް މެރިއޭޖްއަކާ މެދު އަދި ނުވިސްނަން...."...  ނަވާރް ބުނެލީ ފަރުވާކުޑަ ރާގަކަށެވެ. އެވަގުތު ނަވާރް އަށް ހަޤީޤަތް ބުނެދޭން ރައުލް ބޭނުންވިއެވެ. ނަމަވެސް އަދި އެކަމުގައި ރާސިލްގެ ހިޔާލު ހުރިގޮތެއް އޮޅުންފިލުވުމަށްފަހު ނޫނީ އެފަދަ ފިޔަވަޅެއް ނާޅަން ރައުލް ނިންމިއެވެ.

އިރުކޮޅަކުން ނަވާރް ނިދަން ދިޔުމުން ރައުލް ވެސް ސިޓިންގްރޫމަށް ނުކުތެވެ. ސޯފާގައި ތިބި ލިއަމްއާއި ސާޔާއަށް މާބޮޑު ސަމާލުކަމެއް ނުދީ އޭނާ ދިޔައީ ހިޔާލަކަށް ގެއްލިފައި ހުރެއެވެ.

**************************

އެކަކަށް އިށީނދެވޭ ސޯފާގައި ސާޔާ އިނީ ކޮފީ ޖޯޑެއް ހިފަހައްޓައިގެންނެވެ. ފާޑަކަށް ކޮފީ ތަށްޓަން ބަލަން އިނުމަށްފަހު ދެން އޭނާ ބަލާލީ ލިއަމްއަށެވެ. އޭނާ ހެވިފައި އިން ގޮތުން ސާޔާގެ ހިތުގައި އުފެދިފައިވީ ޝައްކުތައް އިތުރުވިއެވެ.

" އަރ ޔޫ ޝުއަރ؟... މިއަށް އެއްޗެއް ނާޅަންތަ؟..".. ސާޔާ އަހާލީ ޔަޤީންނުވެފައި އިނދެއެވެ. ލިއަމް ބޯ ޖަހާލަމުން އޭނާގެ އަތުގައި ހުރި ކޮފީތަށިން އެތިފޮދެއް ބޯލިއެވެ.

" ކިހިނެތް ލިއަމް ދައްކާ ވާހަކަ އަހަރެން ޤަބޫލު ކުރާނީ..".. ތަށްޓާއި ނޭފަތް ކައިރިކޮށްލުމަށްފަހު ސާޔާ އަހާލި ގޮތުން ލިއަމްއަށް ހެވިއްޖެއެވެ.

" ތިވަރަށް ޝައްކު ކުރާކަށް ނުވާނެ.. އަަހަރެން މީ އެހާ ގޯސް މީހެއް ނޫން.. ސާޔާއަށް ވެސް ފެންނާނެ އެންނު އެއްޗެއް އެޅިނަމަ... އަހަރެން ވެސް މިބޮނީ އެންނު...".. ލިއަމް ބުނެލިއެވެ. އެވަގުތު ސާޔާ މައްޗަށް ކަޅި ހިންގާލިއެވެ. އެހަރާކާތުން ލިއަމްގެ ހިތް އަވަސްވިއެވެ. ސާޔާގެ އެފަދަ ކުދި ކުދި އަދާތަށް އޭނާއަށް ނުހަނު ކަމުދެއެވެ.

އެވަގުތު ލިއަމް ކުއްލިއަކަށް ކަމެއް ހަނދާންވި ފަދައަކުން ޖީބުގައި އަތް ޖައްސާލިއެވެ. ނޯޔާގެ ފަރާތުން ސާޔާއަށް ފަށެއް ރީތިވިކަން އޭނާއަށް އޮތީ އެނގިފައެވެ. އެކަމަށް އޭނާގެ ޝައުޤުވެރިކަން ހުއްޓުނީ ކީއްވެކަން ލިއަމްއަށް ނޭނގުނެވެ. ނަމަވެސް ނޯޔާގެ ފަރާތުން އޮޅުން ފިލުވައިގެން އެ ފިހާރައިގެ ނަމާއި އެ ފަށް އޮންނާނޭ ގޮތް ލިއަމް ހޯދިއެވެ.

" ލިއަމްމްމްމް....".. ސާޔާ އަކުރުތަކަށް ދަމާލަމުން ގޮވާލީ ލިއަމް އޭނާއާ ދިމާލަށް އަމާޒުކޮށް އެއްޗެއް އެއްލުމުންނެވެ. ކޮފީ ތަށި ބޯން ތުނބުގައި ޖައްސާލިތަނުން އޭނާގެ އަތުގައި ލިއަމް ފޮނުވި އެތި ޖެހުމުން ކޮފީ ތަށިން ހެދުމަށް އެޅުނެވެ.

" މި ކޯއްޗެއް...".. ތިރިއަށް ވެއްޓިފައި އޮތް ކުޑަ ފޮށި ނަގަމުން ސާޔާ އަހާލިއެވެ. ޖަވާބުގައި ލިއަމް ނޭނގެއޭ ބުނެލީ ހެވިފައެވެ.

" ދެން ބަލާބަލަ..." ސާޔާ އެހުޅުވަން ނޫޅުމުން ލިއަމް އެދުނެވެ. ނަމަވެސް އެކަމާއި އޭނާ ދެކޮޅު ހެދުމުން އަނބުރާ ލިއަމް ފޮށި ނެގިިއެވެ.

" ގިވް މީ ޔޯރ ހޭންޑް އެންޑް ކްލޯޒް ޔޯރ އައިސް...".. ލިއަމް ރީތިކޮށް ބުނުމުން ދެކޮޅު ހަދާނޭ ހިތްވަރެއް ސާޔާއަށް ނުލިބުނެވެ. މަޑު މަޑުން ލިއަމް އޭނާގެ އަތުގައި އެ ފަށް އެޅުވިއެވެ. އޭނާ ހީކުރި ގޮތަށް ސާޔާއާ އެފަށް ނުހަނު ގުޅެއެވެ. ހިނިތުންވެފައި އިނދެ ލިއަމް ސާޔާ ގާތު ލޯ ހުޅުވަން އެދުނެވެ.

ސާޔާއަށް ބޭއިހްތިޔާރުގައި އެފަށުގައި އަތް ޖައްސާލެވުނެވެ. އެއީ ކޮން ފަށެއްކަން އޭނާ ހަނދާނުން ނުފިލައެވެ. ނަމަވެސް އޭގައި ވި ތަފާތަކީ އެލުވާފައި އޮތް "އެލް" އަކުރެވެ.

" ތެންކިޔު.. ސާޔާ ބުނެލީ ހަމައެކަނި އެހާވަރަށެވެ.

" އަހަރެން ދިން އެއްޗެއް ނޫން.. ނޯޔާ ބުނެގެން މި ދިނީ..".. ލިއަމް ވަގުތުން ބުނެލިއެވެ. އެވަގުތު ސާޔާއަށް ހެވުނެވެ. ނޯޔާ ނުބުނާނެކަން އޭނާއަށް ޔަޤީނެވެ.

" ނޯޔާ ދޯ ބުނީ އެލް އަކުރުގެ ވާހަކަ ވެސް..".. ސާޔާ ބުނެލީ ލިއަމްއާ ދިމާ ކުރާ ކަހަލަ ރާގެއްގައެވެ. އެއާއެކު އަނގަޔަަށް ގޮތެއް ހަދާލަމުން އަވަސް އަވަހަށް ލިއަމް އާނ އެކޭ ބުނެލިއެވެ.

އިރުކޮޅަކު ވާހަކަދައްކަން ތިބުމަށްފަހު ސާޔާ ނިދަން ބޭނުންވާކަން ހާމަކުރިއެވެ. އިތުރަށް ސާޔާ މަޑުކުރުވަން ނަހަދާ ލިއަމް ވެސް ނުކުތީއެވެ.

އެޕަރޓްމެންޓުން ނުކުމެފައި ލިއަމް މަޑުކޮށްލިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވުމާއެކު އޭނާ މަޑުމަޑުން މޭގައި ފިރުމާލިއެވެ.

 

=ނުނިމޭ=

Ads by Ooredoo
  1. ސިމާ

    ވ ވ ރީތި

  2. ވ. ރީތި

  3. Anonymous

    ވަރަށް ރީތި

  4. ަްއައިސް..

    ވަރައް ރީތި

  5. ފާތުން

    ވ.ވ.ރީތި ވ. ކިޔާ ހިތްވޭ

  6. ލާރާ

    ޥވވވވވވވވވވވ ރީތި