Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

މާފަރުގެ ހާލަތު ގޯސް، ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 50އަށް

މާފަރުގެ ހާލަތު ގޯސް، ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 50އަށް

ނ. މާފަރުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 50އަށް އަރައިފިއެވެ. 

މާފަރު ހެލްތް ސެންޓަރުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެ ރަށުން 20 މީހުން އަލަށް ފައްސިވެފައިވެއެވެ. މާފަރުން މިހާތަނަށް 134 ސުންކު ޓެސްޓު ކޮށްފައިވެއެވެ. 85 މީހުންގެ ނަތީޖާ ވަނީ ނައްސިވެފައެވެ. 

މާފަރުން ކޮވިޑަށް މީހަކު ފައްސިވުމާ ގުޅިގެން އެ ރަށް މޮނިޓްރިންއަށް ލައިފައި ވަނީ މި މަހުގެ 10ވަނަ ދުވަހުއެވެ. އެ ރަށުން އެންމެ ފުރަތަމަ ކޮވިޑަށް ފައްސި ވީ އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.  ރޯގާގެ އަލާމާތްތައް ފެނުމުން އޭނާ ވަނީ ކޮވިޑަށް ޓެސްޓު ކޮށްފައެވެ. އަދި ނަތީޖާ ލިބުނު އިރު އޭނާ ވަނީ ބައްޔަށް ފައްސި ވެފައެވެ.

Advertisement
Allied Insurance — Square (box)

މޮނިޓަރިންއަށް ލައިފައި މިހާރު އޮތީ 12 ރަށެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 93،064 މީހުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް