Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ޝަރުޢީ ދާއިރާ

ދަރަންޏަށް ހޯދައިފައިވާ ފައިސާތަކެއް ނަހުލާ އަނބުރާ ނުދެއްކި ކަމަށްބުނާ މައްސަލަ ޝަރީއަތަށް

ދަރަންޏަށް ހޯދައިފައިވާ ފައިސާތަކެއް ނަހުލާ އަނބުރާ ނުދެއްކި ކަމަށްބުނާ މައްސަލަ ޝަރީއަތަށް

އަމިއްލަ ކުންފުންޏަކުން ޕީޕީއެމްގެ ވިލިމާލޭ ދާއިރާގެ ކައުންސިލު މެންބަރު ނަހުލާ އަލީ ދަރަންޏަށް ނެންގެވި ކަމަށް ބުނާ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަނބުރާ ނުދެއްކެވުމުން، އެ މައްސަލަ ޝަރީއަތަށް ފޮނުވައިފިއެވެ.

އެނގިފައިވާ ގޮތުގައި ނަހުލާގެ މައްޗަށް ދައުވާ ކުރަނީ ޒެޑް އެމްސީ ޓްރޭޑާސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ.

މި މައްސަލަ މިހާރު ސިވިލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެ ކޯޓުން މިހާރު އަމަލުކުރާ އާންމު އުސޫލަކީ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލައިގައި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރުމެވެ. އެއީ ދައުވާ ކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތް، ގާޒީއެއްގެ ހާޒިރުގައި އެ މައްސަލައާ މެދު މަޝްވަރާކޮށް، ޝަރީއަތަށް އެ މައްސަލަ ނުގެންގޮސް ހައްލު ކުރުމަށެވެ.

Advertisement
HDC — Sidebar (box)

ނަމަވެސް ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި މި މައްސަލަ ބެލުމަށް ނަހުލާ އެއްބާރުލުން ދީފައި ނުވާތީ މި މައްސަލައިގައި ޝަރީޢަތުން ގޮތެއް ނިންމަން މިހާރު ވަނީ ފޮނުވައިފައެވެ. އެގޮތުން ސިވިލް ކޯޓަށް ހުށަހަޅައިފައިވާ ލިޔުންތަކުގައިވާ ގޮތުން 1.6 މިލިއަން ރުފިޔާ ނަހުލާ ނަންގަވައިފައި ވަނީ ކެފޭއެއް ހިންގުމަށާއި ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ހަރަދު ކުރުމަށެވެ.

އެ ލިޔުންތަކުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ޒެޑް އެމްސީ ޓްރޭޑާސްއިން ނަހްލާ އަތުން ފައިސާ ހޯދުމަށް ކޯޓަށް މައްސަލަ ހުށަަހަޅައިފައި ވަނީ އެ ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތްތަކުގައި ނަހްލާގެ ފަރާތުން އެއްބާރުލުން ނުލިބުމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް