ވާހަކަ

ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

އެހުރިހާ އިހުސާސްތައް ކުރެވެމުން ދާއިރު އޭނާ ގޮނޑީގައި އިންއިރު އުޅެވުނު ގޮތް ކައިރީގައި ތިބި މީހުން ބަލަން ތިބިހެން ހީވެ ބޯޓު ތެރެއަށް އަވަސް ނަޒަރެއް ދިނެވެ.

Ads by MWSC

***********

މެންދުރު ކައިގެން ކޮޓަރިއަށް ވަންގޮތަށް އަސްމާ އާއި އޭނާގެ ފިރިމީހާ ނުނިކުމެއެވެ. ހަވީރުވީއިރު ޝެރީންއަށް އޮތީ ނިދިފައެވެ. ނަމާދު ނުކޮށް އޮތުމުން މަލާކް ޝެރީންއަށް ދެފަހަރަކު ގޮވައިވެސްލިއެވެ. ނަމަވެސް ޝެރީންއަށް ހޭވެރިކަމެއް ނުވިއެވެ. އިތުރަށް ގޮވަން ނުހަދާ ދަސްކުރާނެ ފޮތެއް ހިފައިގެން މަލާކް ނިކުމެ ސޯފާގައި އިނެވެ. މޭޒުކައިރީގައި ލެޕްޓޮޕުން މަސައްކަތެއް ކުރަން ޝަހާ އިންއިރު އާވި އަރައަރާ ހުރި ކޮފީތައްޓެއް ކައިރީގައި ހުއްޓެވެ. އިރުއިރުކޮޅާ ފޯނުން ގަޑި ބަލައިލެވެނީ އެގަޑިއަށް އަދީމް އަންނަން ބުނެފައި އޮތީމައެވެ. އަދީމް ބުނި ގޮތުން ވިއްޔާ ހަވީރު ފަހެއް ޖެހުމުގެ ކުރިން ހުންނާނީ ގޭގައެވެ. މިހާރު ފަހެއް ޖަހަން ހުރީ އެންމެ ފަސްމިނެޓެވެ. ކޮންތާކުތޯ އަހައިލުމަށްފަހު އަދީމަށް މަސެޖެއް ކޮށްލީ އަދީމް ދެކޭހިތުން ކެތްމަދުވެފައިވާ ހާލުގައެވެ. ޖަވާބު އައި ގޮތުން ޝަހާގެ މޫނުމަތި މިލައިގެން ދިޔައެވެ. އާދެވޭނީ ހޮސްޕިޓަލުގައި އޮތް މީޓިންގްއަކަށް ފަހުގައި ކަމަށް ބުނެ އަދީމް ފޮނުވައިލި މެސެޖްގައި ވަރަށް އަވަހަށް ދާނެ ކަމުގައާއި އިންތިޒާރު ކުރުމަށް ބުނެފައި އޮތެވެ. ފޫހިކަމާއެކު ފޯނު އެއްކައިރިކޮށްލުމަށްފަހު ލެޕްޓޮޕުން ކުރަން އިން މަސައްކަތަށް ނަޒަރު ހުއްޓައިލިއެވެ. އަސްމާ ކޮޓަރިން ނިކުތީ އޭގެ އިރުކޮޅެއް ފަހުންނެވެ.

" ބޮޑުއްތަ ސައިބޯންވީނު.." މޭޒު ކައިރިއަށް އައިސް ހުއްޓުނު އަސްމާއަށް ޝަހާ ބުނެލިއެވެ. އަސްމާ ބޯޖަހައިލަމުން ބަދިގެއާ ދިމާލަށް ހިނގައިގަތެވެ. ސައި ހަދަން ބޭނުންވާ ތަކެތި ހުންނާނެ ތަންތަން ޝަހާ އަސްމާއަށް ކިޔައިދިނެވެ. ކޮފީތައްޓަކާއި ތައްޓެއްގެ ފުރައި ބިސްކޯދު ހިފައިގެން އަސްމާ އައިސް ޝަހާގެ ކުރިމަތީގައި އިން ގޮނޑި ދަމާލާފައި އިށީނެވެ. ސޯފާގައި އިން މަލާކްއަށް ލިބުނީ ފޫހިކަމެކެވެ. އަސްމާ ފެންނަ ހިސާބުގައި އިނުމަކީވެސް އޭނާއަށް އުނދަގޫ ކަމެކެވެ. ފޮތް ހިފައިގެން މަލާކް ކޮޓަރިއަށް ވަނީ ދެން ނިކުންނާނީ އިޝާ ނަމާދުކޮށްގެން ކަމަށް ޝަހާ ކައިރީގައި ބުނެފައެވެ.

" ބޮޑުއްތައަށް ކީއްވެ ހީވަނީ މަލާކް ރުޅިއައިސްފައި ހުންނަހެން... " ބިސްކޯދެއް ދެފަޅި ކޮށްލުމަށްފަހު ކޮފީތަށިތެރެއަށް ގަންބައިލަމުން އަސްމާ ބުންޏެވެ.

" ބޮޑުއްތައަށް ހީވާ ގޮތް ކަންނޭނގެ.. މަލާ އެހާ ވަރަށް ވާހަކައެއް ނުދައްކާނެ.. އުމުރަށް އަންނަ ބަދަލާ އެއްކޮށް ކުދިންނަށްވެސް ބަދަލު އަންނާނެއްނު.." ޝަހާ ބުނެލިއެވެ. އަސްމާ ވަކި އެއްޗެއް ނުބުނެ ބޯޖަހައިލިއެވެ. ދެން ދިޔައީ ހިމޭން ކަމުގެ ވަގުތު ކޮޅެކެވެ.

" ޝަހާ މީހަކާ އިން ވާހަކަ ބޮޑުއްތަ ކައިރީގައި ނުވެސް ބުނަމެއްނު.." އަސްމާ ބުނެލިއެވެ.

" އަލީފް ކައިރީގައި ބުނިން ބުނާށޭ... އަލީފް ވަރަށް ގުޅަންވެސް ގުޅި.. އެކަމަކު ބޮޑުއްތަ ފޯނު ނުނަގާ.." ޝަހާ ބުންޏެވެ.

" ގޭ މަސައްކަތްތަކުގަ ވަރަށް ބުރަކޮށް އުޅެން ޖެހެނީ.. ފޯނުގަ އަތްލަން ލިބެނީވެސް ނިދަން އަރާ ގަޑީގައި.. އެގަޑިގަ މީހަކަށް ގުޅައިގެން ވާހަކަ ދައްކާނެހާ ހިތްވަރެއް ނުހުރޭ.." އަސްމާ ދޮގެއް ހެދިއެވެ. އަލީފްގެ ކޯލުތައް އޭނާ ނުނަގަނީ ގަސްދުގައިކަން އަންގަން ބޭނުންނުވީއެވެ. ނަމަވެސް ޝަހާއަށް އެއްވެސް ކަމެއް ސިއްރެއް ނުވެއެވެ. އަސްމާ ގިނަ ވަގުތު ހޭދަކުރަނީ ބޭރުގައިކަން އޭނާ މީސްމީޑިއާ ގައި ހިއްސާކުރާ ފޮޓޯތަކުން އެނގެއެވެ. ވަކިއެއްޗެއް ނުބުނެ ޝަހާ އޭނާގެ މަސައްކަތް ކުރަމުން ދިޔައެވެ.

" އަލީފް ބުނި ކައުސަރުގެ އަދީމާއޭ ޝަހާ އިނީ.. ރަނގަޅު ކުއްޖެއް.. އަޑު އެހިން ޑޮކްޓަރެކޭ ބުނާތީ.." ދެންވެސް ވާހަކަ ދެއްކީ އަސްމާއެވެ. މިފަހަރުވެސް ޝަހާ އެއްޗެއް ނުބުނެ ހަދިޔާކޮށްލީ ހިނިތުންވުމެކެވެ.

" ބޭބެއަށް ސައި ނުދެންތަ؟" އިރުކޮޅެއްގެ ހިމޭންކަމަށްފަހު ޝަހާ އަހައިލިއެވެ. އޭރު އަސްމާ ތަށިތައް ހިފައިގެން އިންތަނުން ތެދުވަނީއެވެ.

" މިހާރު ސައިދޭން މިދަނީ.. ބޮޑުއްތަ ގައިގައި ވަރުހުރެގެނެއްނު ބޭބެ ކަންތައްތައް ބެލޭނީ.." ބަދިގެއަށް ވަންނަމުން އަސްމާ ބުންޏެވެ.

***********

ޝެރީންއަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާ އަޑަށެވެ. ބާލީސް ދަށުގައި އޮތް ފޯނު ނެގުމަށްފަހު އެއްލޯ ހުޅުވައިލަމުން ބަލައިލިއެވެ. ސްކްރީނަށް އަރާފައި އޮތީ އިއުފާގެ ނަމެވެ. ތެދުވެ އެނދުގައި ލެގިލުމަށްފަހު ފޯނު ނަގާ ހަލޯއޭ ބުނެލިއެވެ. އެނދުކައިރީގައި ނަމާދަށް ހުރި މަލާކް ޝެރީންއަށް ފެނުނީ އެވަގުތުއެވެ. ފަހުން ގުޅާނަން ކަމުގައި އިއުފާ ކައިރީގައި ބުނުމަށްފަހު ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ. މޫނު ދޮވެލައިގެން ނިކުތްއިރުވެސް މަލާކް ނަމާދުކޮށް ނުނިމެއެވެ. އެކޮޓަރިން ނިކުމެގެން ގޮސް ޝެރީން ވަނީ އަސްމާމެންގެ ކޮޓަރިއަށެވެ. އަސްމާ ފޯނާ ކުޅެން އެނދުގައި އިންއިރު ސޯފާގައި ޓީވީ ހުޅުވައިގެން އާޒިފް އިނެވެ.

" ބައްޕާ.. ސައި ބުއިންތަ؟" އާޒިފް ކައިރީގައި އިށީންނަމުން ޝެރީން އަހައިލިއެވެ.

" އާނ ބައްޕަ ސައި ބޮއެފިން.. ދަރިފުޅު އަދި ކިރިޔާ ދޯ ތިތެދުވީ.. ނަމާދުކޮށްފިންތަ؟" އާޒިފް އަހައިލިއެވެ. ޝެރީން ވަކިޖަވާބެއް ނުދިނުމުން ނަމާދު ނުކުރަނީކަން އާޒިފަށް އެނގުނެވެ.

" ބައްޕަ ބުނީމެއްނު އެއްވެސް ނަމާދެއް ވައްޓައިނުލައްޗޭ.. މާދަމާ ވާނެ ގޮތެއް އެއްވެސް މީހަކަށް ނޭނގޭނެ.. މިދުނިޔެ އަކީ ވަގުތީތަނެއް.. ދާއިމީ ގޮވައްޗަކީ އާޙިރުގެ ގޮވަތި.. އާޙީރަތުގައި ކާމިޔާބާއި ފަލާހު ލިބެން އޮތީ މިދުނިޔޭގައި އަހަރުމެން ވީހާވެސް ގިނައިން ހެޔޮ އަމަލުކޮށްގެން.. އެންމެ ނަމާދެއް އަޅައިފިމީހާއަށްވެސް އޮތީ ގެއްލުމާއި ހަލާކު.." އާޒިފް ޝެރީންއަށް ނަސޭހަތްތެރިވިއެވެ. ޝެރީން މަޑުމަޑުން އަޑުއަހަން އިން ކަމަކު ދައްކަމުން ދިޔަ ވާޙަކަތަކުން ބުނެދޭން ނޭނގޭ އުނދަގޫތަކެއް ވަމުން ދިޔައެވެ. މިހާރާލައި މާލޭގެ މިނިވަން ދިރިއުޅުން މަތިން ހަނދާންވާން ފަށައިފިއެވެ. މިގޭތެރޭގައި ބަންދުވެފައި މިހެން އިންނަން ވެއްޖެނަމަ އޭނާ މޮޔަވެދާނެ ހިތަށް އެރިއެވެ. ވަކިން ޙާއްސަކޮށް އިތުރު މީހަކާއެކު ކޮޓަރިއެއް ޙިއްސާ ކުރަން ޖެހުމުން ގޭތެރޭގައިވެސް އޭނާއަށް އޮތް މިނިވަންކަން ގެއްލިއްޖެއެވެ. އަސްމާ ދެއްކި ވާހަކަ ތަކުން އޭނާ ހީކޮށްގެން ހުރީ މިއީ ވަރަށް ބޮޑު ގޯއްޗެއް ކަމަށެވެ. މިގޭގައި ބައިވަރު ކޮޓަރި ހުންނާނެ ކަމަށެވެ. އެކަމަކު އެގޮތަށް ކަންތައް ނުވުމުން އޭނާ ވަރަށް ބޮޑު ފޫހިކަމެއް ލިބިއްޖެއެވެ. ކޮންމެގޮތެއްވިޔަސް ވަކި ދިރިއުޅުމެއް އުޅެން އޭނާ ބޭނުންވެއެވެ.

" ބައްޕާ.. އަހަރެން ބޭނުން ވާހަކައެއް ދައްކަން.." އިރުކޮޅެއްގެ ހިމޭންކަމަށްފަހު ޝެރީން ބުންޏެވެ. އެނދުގައި ފޯނާ ކުޅެން އޮތް އަސްމާވެސް އެއަޑަށް ސަމާލުވެލިއެވެ.

" މިގޮތަށް ބައެއްގެ ގޭގައި އެމީހުންނަށް އެއްވެސް އެއްޗެއް ނުދީ އުޅުމަކީ ރީތި ގޮތެއް ނޫންދޯ.. މިބުނީ އެމީހުން ދިނީމައި ކައިގެން.. އެމީހުންގެ ކަރަންޓު ބޭނުންކޮށްގެން.. ކޮންމެވެސް އެއްޗެއް ދޭންވާނެއްނު.." ޝެރީން ބުނެލިއެވެ.

" މިގޭ މީހަކު އެކަމާ ބެހޭގޮތުން ޝެރީއާ ދިމާލަށް އެއްޗެއް ބުނީތަ.. އަހަރެންގެ ޝަހާއަކީ ރަންގަނޑެއް.. މުޅި އަތޮޅުގަވެސް ހިޔެއްނުވޭ ޝަހާއަށް ވުރެ ވަކި މުއްސަނދި މީހަކު އުޅޭނެހެން.. ކިތަންމެ ދުވަހަކު އަހަރުމެން މިގޭގަ ތިއްބަސް އޭނާ ނުބުނާނެ އެއްވެސް އެއްޗެއް.." ކުރުއަތް މައްޗަށް އޮށޯންނަމުން އަސްމާ ބުންޏެވެ.

" އަހަރެން ނުބުނަމެއްނު ތިނޫން ވާހަކައެއް..." ޝެރީން ހިތްހަމަނުޖެހިފައި ބުނެލިއެވެ.

" ޝެރީން އެދެއްކީ ރަނގަޅު ވާޙަކައެއް އަސްމާ.. ޝަހާ ކިތަންމެ ރަނގަޅަސް އަހަރެމެންވެސް އުޅެންވާނީ ބަލައިގެން ދޯ.. އެކަމަކު މިވަގުތު ޝަހާއަށް ދޭނެ އެއްވެސް އެއްޗެއް އަހަރުމެންގެ އަތަކު ނެތް.." މާޔޫސީ ބެލުމަކުން ޝެރީންއަށް ބަލައިލަމުން އާޒިފް ބުންޏެވެ.

" އެހެންވެ އަހަރެން ގަސްދު އެބަކުރަން ވަޒީފާއަކަށް ދާން.. މިއޮށް ބޮޑު ރަށުން ކޮންމެވެސް ވަޒީފާއެއް ލިބޭނެ ކަން ޔަގީން.." ޝެރީން ބުނެލިއެވެ. ޝެރީންގެ ވާހަކައިން އާޒިފަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ވަޒީފާއަކަށް ދާކަހަލަ ހިޔާލެއް ޝެރީން އެކުރީ މުޅިން އަލަށެވެ. ޝެރީން ޒިންމާދާރު ވަނީކަމަށް އާޒިފަށް ހީކުރެވުނަސް ކަން އޮތީ އެހެނަކުން ނޫނެވެ. ޝެރީން ބޭނުންވަނީ ވަޒީފާއެއް ހޯދުމަށްފަހު ވަކިން އެހެން ގެއަކަށް ދިރިއުޅުން ބަދަލުކުރުމަށެވެ.

***************

އިންތިޒާރުގެ ގަޑިތައް ގުނަގުނާ ޝަހާ ވަރުބަލިވެއްޖެއެވެ. ގަޑިން ރޭގަނޑު އެގާރަ ޖަހަން ގާތްވެއްޖެއެވެ. އަދިވެސް އަދީމް ގެއަކަށް ނާދެއެވެ. ނިދިއައިސްގައިން ހަލާކުވާން ކައިރިވެއްޖެއެވެ. ސައިޑްކަބަޑް މަތީގައި ހުރި ގަޑިއަށް ބަލާލައިފައި ޝަހާ އެނދުން ތެދުވިއެވެ. ކަންބޮޑުވެފައިވީ ހާލު ޝަހާ މަޑުކޮށްލީ ބެލްކަންޏަށް ނިކުންނަ ދޮރު ކައިރީގައެވެ. ދެން ބެލްކަނީގެ ދޮރުފަތް ކަހާލާފައި ބޭރަށް ނިކުމެލިއެވެ. ރެއިލިންގްގައި ދެއަތް އަޅުވާލާފައި ޝަހާ ނަޒަރު ސީދާކޮށްލީ މަގުމައްޗަށެވެ. މަދު މީހަކު ނޫނީ އެވަގުތު މަގުމަތިން ނުފެނެއެވެ. ރޯފަންޏެއް ހިރިލާ އަޑުވެސް ނީވެއެވެ. އުޑުމައްޗަށް ނަޒަރު ހިންގާލުމުން ހިތަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. އެހެނީ ޖައްވުގެ ރާނީ މިރޭ ފެންނާކަށް ނެތެވެ. ޝަހާ އެތެރެއަށް ވަދެ ދޮރު ކުރިން ހުރި ގޮތަށް ބަންދުކޮށްލިއެވެ. އެނދުގައި އިށީނދެފައި ހެޑްބޯޑުގައި ލެގިލިއެވެ. ހުދުކުލައިގެ ކުއިލްޓުން ދެފައިން ފެށިގެން ބަނޑާ ހަމައަށް ފޮރުވާލާފައި ދެލޯ މަރާލިއެވެ.

އަދީމަށް ކޮޓަރިއަށް ވަންއިރު ވަރަށް ލަސްވެއްޖެއެވެ. ކޮޓަރި ތެރެއަށް ވެރިވެފައިވާ ރަތްކުލައިގެ ފަނޑު އަލިކަމުގެ ތެރެއިން އެނދުގައި އޮތް ޝަހާއަށް އަދީމުގެ ނަޒަރު ހުއްޓުނެވެ.. އަތުގައި އޮތް ދަބަސް ހުރިތަނަށް ދޫކޮށްލާފައި އޭނާއަށް ޝަހާ އާ ދިމާލަށް ފިޔަވަޅު އެޅެން ފެށިއެވެ. ދަމާ ބާރަކުން އަދީމްގެ ހަރާކާތް ކުރުވާ ކަހަލައެވެ. ލައިގެން ހުރި ގަމީސް ބޭލުމަށްފަހު އަދީމް އެނދަށް އެރިއެވެ. ޝަހާ އާ ގާތަށް ޖެހިލުމަށްފަހު ކައިރިން ޝަހާގެ މޫނަށް ބަލައިލިއެވެ. ފުން ނިދީގެ ތެރޭގައި އޮތް ޝަހާގެ މޫނަށް އަދީމަށް ބަލަން އިނދެވުނީ ކިހާ އިރެއް ވަންދެން ކަމެއްވެސް ނޭނގުނެވެ. ޝަހާ އާ ގިނައިރު ވާހަކަދައްކަން އިންނަން ހިތް އެދުނަސް ނިދީގެ ތެރެއިން ޝަހާ ނަގަން އަދީމްގެ ޒަމީރު އެއްބަހެއް ނުވިއެވެ. މަޑުމަޑުން ޝަހާގެ މޫނާ ދިމާލަށް ގުދުވެލުމަށްފަހު ޝަހާގެ ކޯތާފަތުގައި ބޮސްދިނެވެ. ދެން ޝަހާގެ ގައިމަތީގައި އޮތް ކުއިލްޓް ދަށަށް އަދީމް ވަނެވެ. ފުރަގަހުން ޝަހާގެ ގައިގައި ބައްދާލާފައި އަދީމް ދެލޯ މަރާލިއެވެ. އޭރު އަދީމްގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ.

މެންދަމުން އަނބުރާ ތިނެއް ޖަހަން އުޅެނިކޮށް އަދީމަށް ހޭލެވުނީ ކަރުހިއްކައިގަނެގެންނެވެ. އިންތިހާއަށް ނިދިއައިސްފައިވީނަމަވެސް އެވަގުތު އަދީމް ބޭނުންވީ ފިނިފެންފޮދެކެވެ. ކަންނެތްކަމާއި ކުއިލްޓް އެއްފަރާތް ކޮށްލުމަށްފަހު ތެދުވިއެވެ. ނިދީގައި ހުރެގެން ކަހަލަ ގޮތަކަށް ކޮޓަރީގެ ދޮރުހުޅުވާލާފައި ނިކުތެވެ. އެވަގުތު ގޭތެރެއަށް ވެރިވެފައިވަނީ ފަނޑު އައްޔެކެވެ. އަދީމްގެ ފިޔަވަޅުތައް މަޑުޖެހުނީ ފުރިޖުގެ ދޮރު ހުޅުވައިގެން ގުދަށް އޮތް އަންހެނެއް ފެނިފައެވެ. އެއީ މަލާކެއް ނޫންކަން އަދީމަށް ޔަގީނެވެ. ވީއިރު މިފަދަ ވަގުތެއްގައި އެގޭގެ ބަދިގޭގައި އަންހެނަކު އެއުޅެނީ ކީއްވެ ހެއްޔެވެ؟ އެއީ ކާކު ހެއްޔެވެ؟ އަދީމަށް ހުރި ފިޔަވަޅުމަތީގައި ބަލަހައްޓައިގެން ހުރެވުނީއެވެ.

Ads by Allied Insurance
  1. މި ޕޭޖުން ގެންނަށް ވާހަކަތަށް އަޕް ކުރުން ހާދަ ލަހޭ

    • ގާލް

      10000000 ގެ އެއްޗެއް ތިބުނީ … ޢަސްލުވެސް ވަރަށް ލަސް

  2. ފްލާވާ ކުއީން

    ވާހަކަ ވ ރީތި.. އެކަމަކު އަޕް ކުރާލެއް މާލަސްވީމަ ކުރިން ވީގޮތް ހަނދާންނެގިދާނެއެއްނު

    • ޏުބުނާ

      ޗަކޮއެ ތިޔާބުނީ ހަމަ ހެޔޮކޮށް

  3. އާމިނ

    މީ މި ސައިޓްގަ ގެނެސްދޭ އެންމެ އިންތިޒާރު ކުރެވޭ ވާހަކަ.. އެކަމަކު އަޕްކުރަލެއް ލަސް ވަރަށް. މިކަން ރަނގަޅު ކޮށްލާނެ ކަމަށްއުއްމީދު ކުރަނއ. ޥާހަކަ ވަރަށް ރީތި

  4. ޜަފާ

    ޥަރަށް ރީތި ️️️️️�����

  5. ޙހހހ

    ޥަރަށް ޜީތި ️️️