ވާހަކަ

ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

އެއީ މަލާކެއް ނޫންކަން އަދީމަށް ޔަގީނެވެ. ވީއިރު މިފަދަ ވަގުތެއްގައި އެގޭގެ ބަދިގޭގައި އަންހެނަކު އެއުޅެނީ ކީއްވެ ހެއްޔެވެ؟ އެއީ ކާކު ހެއްޔެވެ؟ އަދީމަށް ހުރި ފިޔަވަޅުމަތީގައި ބަލަހައްޓައިގެން ހުރެވުނީއެވެ.

Ads by MWSC

*****************

ދުވާލުގެ އަލިކަން މަޑުމަޑުން ކޮޓަރި ތެރެއަށް ފެތުރިއްޖެއެވެ. އެނދުގައި ފުން ނިދީގެ ފޮނި މީރުކަން އިހުސާސް ކުރެމުން ދިޔަ ޝަހާއަށް އެގޮތަށް އޮވެވުނީ ކުޑަ އިރުކޮޅަކުއެވެ. ބެލްކަނީގެ ދޮރުފޮތިގަނޑުން ކުޑަކޮށް ފޭވެފައި ހުރި ތަންކޮޅުން އިރުގެ އަލިކަން ކޮޓަރިތެރެއަށް ވަދެ ޝަހާގެ މޫނާ ހަމައަށް ފޯރައިފިއެވެ. މޫނުމަތީގައި އަތް ހުރަސްކޮށްލުމަށްފަހު ވަރަށް އުނދަގުލުން ޝަހާ ލޯހުޅުވައިލިއެވެ. ކައިރީގައި އަދީމް ފެންނަން ނެތުމުން އަދީމް ރޭގައި ގެއަށް ނާންނަނިއްޔޭ ހިތަށް އެރިއެވެ. ކުއިލްޓް އެއްފަރާތް ކޮށްލުމަށްފަހު ޝަހާ އެނދުން ފޭބިއެވެ. ކޮޓަރިން ނިކުންނަ ހިތްވީ ކީއްވެ ކަމެއް ނޭނގުނެވެ. ދޮރުހުޅުވާލަފައި ނިކުތް ވަގުތު ޝަހާއަށް ލިބުނީ ކުއްލި ސިހުމެކެވެ. މުޅި ހަށިގަނޑު ފިނިވެގެން ދިޔަ ހިނދު މޫނުމަތިވެސް ހުދު ކަފަކޮޅަކަށް ވެގެން ދިޔައެވެ.  ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަން ފެށީ ހިތަށް ކުރި ފުންއަސަރަކުންނެވެ. ތިމާގެ ފިރިމީހާގެ އަތުތެރޭގައި އެހެން އަންހެނަކު ވާތަން ދެކެން ކެތްވާނީ ކޮން އަންހެނަކަށް ހެއްޔެވެ.؟ އެހިމަތޮޅި އަންހެންކުއްޖާގެ ހަށިގަނޑުގައި އަދީމް ބައްދައިގެން ހުރިއިރު އަދީމްގެ ދެލޯވަނީ މެރިފައެވެ.

" އަދީމް...." ވައި އަޑަކުން ޝަހާއަށް ބުނެވުނެވެ. އެހިނދު އަދީމް ދެލޯ ހުޅުވާލައި ޝަހާ އާ ދިމާލަށް ބަލައިލިއެވެ. އެއަންހެންކުއްޖާ ދުރުކުރާކަށް އަދީމް ނޫޅުނެވެ. ނަމަވެސް އަދީމްގެ ދެލޮލުން ޝަހާއަށް ފެނުނީ ތަފާތު އަސަރެކެވެ. އަދީމްގެ ދެލޯ ފުރިގެން އައީ ޝަހާ ބަލަބަލާ ހުއްޓައެވެ.

" ސޮރީ ޝަހާ.... ތީ މިހާރު އަހަރެންގެ އަނތްބެއް ނޫން..." އަދީމް ބުނެލިއެވެ. ހީވީ އެއަޑު އެތައް ފަހަރަކު ތަކުރާރުވެލި ހެންނެވެ.

" ނޫން..." އެހެން ބުނެވުމާއެކު ޝަހާއަށް ފުންމައިގެން ތެދުވެވުނެވެ. ފުންނޭވައި ތަކެއް ލެވެމުން ދިޔައިރު މުޅި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. ފޯނުން ގަޑި ބަލައިލިއިރު މެންދަމު ތިނެއް ޖަހައިފިއެވެ. ފެނުނީ ހުވަފެނެއް ކަން އެނގޭއިރުވެސް ޝަހާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. އުމުރުގެ މިހާތަނަށް އެވަރުގެ ބިރުވެރި ހުވަފެނެއް ޝަހާއަށް ފެނިފައެއް ނުވެއެވެ. އަދީމް އޭނާއަށް ގެއްލުމަކީ ދުނިޔެމަތީގައި އޭނާއަށް ކުރިމަތިވާނެ އެންމެ ބޮޑު ބިރެވެ. އެނދުގެ އަނެއްފަރާތަށް ބަލައިލިއިރު އަދީމް ފެންނަން ނެތުމުން ހިތަށް ލިބިފައިވާ ނުތަނަވަސް ކަން ބޮޑުވިއެވެ. އެންމެ ފުރަތަމަވެސް ޝަހާއަށް ބަލައިލެވުނީ ކޮޓަރީގެ ދޮރާ ދިމާލަށެވެ. އަވަސް އަވަހަށް އެނދުން ތެދުވެ ކޮޓަރީގެ ދޮރުހުޅުވައިލިއެވެ. ބަދިގޭގައި ފުރަގަހަށް ހުރި އަދީމް ކޮންމެވެސް މީހަކާ ވާހަކަ ދައްކަނީކަން އެނގުނެވެ. ކުޑަކޮށް ބޯދިއްކޮށްލާފައި ކާކުތޯ ޝަހާ ބަލައިލިއެވެ. އަދީމް ކައިރީގައި ހުރި އަސްމާ ފެނުމުން ޝަހާއަށް ހިތްހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.

" އަދީމް... ބޮޑުއްތާ..." ބަދިގެއަށް ވަންނަމުން ޝަހާ ގޮވައިލިއެވެ.

" ހޭލެވުނީ ދޯ.. ފެންބޯންވެގެން ބަދިގެއަށް އައި ތަނުން ފުރިޖު ކައިރީގައި ހުރި މީހަކު ފެނުނީ.. ފުރަތަމަ ހީކުރީ ވަގެއްކަމަށް.. އަވަހަށް ގޮސް ލައިޓް ޖައްސާފައި ބަލައިލިއިރު ބޮޑުއްތަ.. ޝަހާ ނުވެސް ބުނަމެއްނު އައި ވާހަކަ.." ވީގޮތް ކިޔައިދެމުން އަދީމް ބުންޏެވެ.

" ބޮޑުއްތަ ބަނޑުހައިވެގެން ނިކުތީ... ފުރިޖުން އާފަލެއް ނަގައިގެން އެނބުރުނުއިރު ފެނުނީ ހިޔަންޏެއް.. ހަޅޭއްލަވައިގަންނަން އުޅެނިކޮށް އަދީމް ލައިޓް ޖެއްސީ... " އަސްމާވެސް ބުންޏެވެ. ޝަހާ ހިނިތުންވުމަކުން ފުއްދައިލިއެވެ.

" ކޮޓަރިއަށް މިދަނީ... ދެން މާދަން ވާހަކަ ދައްކާނީ ދޯ.." އެހެން ބުނުމަށްފަހު އަސްމާ އެތަނުން ދިޔައެވެ. އަދީމް ބަލައިލީ ކައިރީގައި ހުރި ޝަހާ އަށެވެ.

" ކިހިނެއްވީ ހޭލެވުނީ؟" މޫނުމައްޗަށް ވެއްޓިފައިވާ ބައެއް އިސްތަށިތައް ޝަހާގެ ކަންފަތް ދަށައް ލައްވާލައި ދެމުން އަދީމް އަހައިލިއެވެ. ޝަހާ ހިނިތުންވެލިއެވެ. އެވަގުތު އަދީމް ޝަހާގެ އުނަގަނޑުގައި ހިފާ އޭނާ އާ ކައިރިއަށް ދަމައިލިއެވެ.

" ވަރަށް އިންތިޒާރު ކުރިން.. ނިދުނު އިރެއްވެސް ނޭނގުނު.." އަދީމްގެ މޭގައި ފިރުމައިލަމުން ޝަހާ ބުންޏެވެ.

" ސޮރީ.. ހުސެން މެންނާ ހެދި ލަސްވީ.. " އަދީމް ބުންޏެވެ. ޝަހާ އަދީމަށް ބަލައިލީ ލޯބިން ފުރިގެންވާ ބެލުމަކުންނެވެ. އަދީމްގެ މޫނު ޝަހާގެ މޫނާ ކައިރިވަމުން ދިޔަ ހިނދު ޝަހާ އިސްޖަހައިލިއެވެ.

" ޑޯންޓް ފޮގެޓް މިގޭގަ މިހާރު ބައިވަރު މީހުން އުޅޭ.." ޝަހާ ބުނެލިއެވެ.

" އެހެންވީއިރު ހިނގާ ކޮޓަރިއަށް...." އަދީމް އެހެންބުނުމަށްފަހު ޝަހާ އޭނާގެ އަތްމައްޗަށް އުފުލައިލިއެވެ. އެހިނދު ޝަހާގެ ލުއި ހީނލުމުގެ އަޑު އިވިގެން ދިޔައެވެ.

**************************

ފަތިސް ނަމާދުކޮށްގެން ކައުސަރު ބަދިގެއަށް ނިކުތް އިރު ކާމޭޒު ކައިރީގައި ޖޫސްތައްޓެއް ހިފައިގެން އިން މައިރާ ފެނިފައި ހައިރާންވިއެވެ. މައިރާ ބޮލުގައި ހިފަހައްޓާލައިގެން އިންގޮތުން ކަމެއް ގޯސްވެއްޖެކަން ކައުސަރަށް އެނގުނެވެ.

" ދަރިފުޅާ ބަލީތަ؟" މައިރާގެ ބޮލުގައި ފިރުމައިލަމުން ކައުސަރު އަހައިލިއެވެ.

" މާބޮޑަށް ގޭހުގެ އުނދަގޫވަނީ.. ވަރަށް ގަދަޔަށް ހޮޑުލެވުނީމަ ޖޫސްތައްޓެއް ހަދައިގެން ބޯލަނީ މި.." މައިރާ ބުންޏެވެ. އެހިނދު ކައުސަރުގެ ތުންފަތްމަތިން ހިނިތުންވުމެއް ފާޅުވެލިއެވެ. ކުރެވެން ފެށީ ފޮނި އުއްމީދު ތަކެކެވެ.

" ދެން ޑޮކްޓަރަށް ދައްކާލަން ދާންވީނު.. މަންމަ ދާނަން ދަރިފުޅާއެކު..." އޯގާތެރިކަމާއެކު ކައުސަރު ބުންޏެވެ.

" މީ އެހާ ބޮޑުކަމެއް ނޫނޭ މަންމާ.. ފާތި އަންނާނެ މިއަދު ރިސޯޓުން.. އޭރުން ދައްކާލަން ދާނީ.." ކައުސަރުގެ އަތުގައި ހިފައިލަމުން މައިރާ ބުންޏެވެ.
" އެންމެ ރަނގަޅު.. ދޭ ކޮޓަރިއަށް އަރާމުކޮށްލަން.. މަންމަ ދަރިފުޅަށް ރަނގަޅު ކާއެއްޗެއް ތައްޔާރުކޮށްލާނަން.." ކައުސަރު ބުންޏެވެ. މައިރާ ހީނލުމަށްފަހު އިންތަނުން ތެދުވެގެން ކޮޓަރިއަށް ވަނެވެ. އެނދުގައި އޮށޯވެލުމަށްފަހު މައިރާ ދެލޯ މަރައިލިއެވެ. އޭނާއަށް އުނދަގޫ ތަކެއް ވަމުން ދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މާބޮޑަށް ވަރުބަލިވުމާ ބޯއެނބުރުމެވެ. ހޮޑުވެސް ލެވޭތާ ތިންދުވަހެއް ވަރު ވެދާނެއެވެ. ފާތިކް އެންމެ ފަހުން އައި ފަހަރު ފުރައިގެން ދިޔައީ އެދެމެދުގައި ހިނގައިދިޔަ ދެބަސްވުމެއްގައި އޭނާ ދެކެ ހިތްހަމަނުޖެހިފައި ހުރެއެވެ. އެހެންވެ މައިރާ ހުރީ އޭނާއަށް ވާ އުނދަގޫތަކުގެ ވާހަކަ ފާތިކް ކައިރީގައި ނުބުނާށެވެ. އެހެންނަމަވެސް މިހާރު މާބޮޑުވަރު ވާތީ އޭނާ ފާތިކަށް ގުޅީއެވެ.

********************

ފަތިސް ނަމާދުކޮށްގެން ޝަހާ އޮށޯވެލީ ކުޑަކޮށް ނިދާލުމުގެ މަޤްސަދުގައެވެ. ނަމަވެސް އަދީމަށް ނިދުނުއިރުވެސް ޝަހާއަކަށް ނުނިދުނެވެ. އަދިވެސް އޭނާ ވިސްނަމުން ދިޔައީ ފެނުނު ހުވަފެނާ ދޭތެރޭގައެވެ. ނިދާފައި އޮތް އަދީމްގެ މޫނަށް ޝަހާ ބަލަހައްޓައިގެން އޮތީ ލޯބިން ފުރިގެންވާ ބެލުމަކުންނެވެ. އަދީމްގެ ގެއްލުމުގެ އެންމެ ހިޔާލަކުންވެސް އޭނާގެ މުޅި ތަބީއަތު ގޯސްކުރުވައެވެ. ޝަހާއަށް ސިހުން ގެނުވީ ފޯނު އެލާމްވާން ފެށުމުންނެވެ. މަލާކްއަށް ސްކޫލަށް ދާން ގޮވާ ގަޑިޖެހުނީއެވެ. ޝަހާ އެއްވެސް ކަމެއް ކުރާހިތެއް މިއަދު ނެތެވެ. ހުރިހާ ހިތްވަރެއް އެލިފައިވާ ކަހަލައެވެ. ހަށިގަނޑަށް ވެރިވެފައިވަނީ ބުނަން ނޭނގޭ ފަދަ ލޮޑުކަމެކެވެ. ނަމަވެސް މަލާކަށްޓަކައި ޝަހާ ހިތްވަރުކޮށްފައި ތެދުވިއެވެ. އިސްތަށިގަނޑުގައި ހުޅިއެއް ޖަހައިލަމުން އެނދުން ތެދުވިއެވެ. ހަރުގައި އިން އަތްދިގު ޖެކެޓް ނެގުމަށްފަހު ގަޔަށް މަހައިލިއެވެ. އެނދުގެ ހެޑްބޯޑުގައި އަޅުވައިލެވިފައިވާ ބުރުގާ ކޮޅު އެޅުމަށްފަހު ކޮޓަރިން ނިކުތެވެ. މިހާރު ގޭގައި ހިލޭ ފިރިހެނަކު އުޅޭތީވެ ގޭތެރޭގައި ބުރުގާ އަޅައިގެން އުޅުމަށް ޝަހާ ނިންމިއެވެ. އަދި އެގޮތަށް ކަންތައް ކުރުމަށް މަލާކަށްވެސް ނަސޭހަތްތެރިވިއެވެ.

*************************

" ސާބަސް ޝަހާ.. ހުވަފެނަކާ ދޭތެރޭގައި ތިވަރަށް ވިސްނަން ވެދާނެތަ؟" މައިރާ ވާހަކަ ދެއްކީ އޭނާގެ އެނދުގައި އިން ޝަހާ އާއެވެ. މަލާކް ސްކޫލަށް ލުމަށްފަހު އޭނާ އެންމެ ގާތް އެކުވެރިޔާ ކައިރިއަށް ވަދެލީ ހިތުގައިވާ އިހުސާސްތައް ބަންޑުންކޮށްލުމަށްޓަކައެވެ.

" ދެން އެވަރަށް ނުވިސްނާ.. އަދީމް އެއީ ހަމައެކަނި ޝަހާގެ ހައްޤެއް..." ޝަހާގެ އަތުގައި ފިރުމައިލަމުން މައިރާ ބުންޏެވެ.

" މަންމަ ބުނި މައި ބަލިވެ އުޅޭ ވާހަކަ.. ކިހިނެއްވީ؟" ޝަހާ އަހައިލިއެވެ. މައިރާ އޭނާއަށް ވާ ގޮތްގޮތުގެ ވާހަކަ ޝަހާއަށް ކިޔައިދިނެވެ.

" މައި ޕްރެގްވީ ކަންނޭނގެއެއްނު.." ފުޅާ ހިނިތުންވުމަކާއެކު ޝަހާ ބުންޏެވެ. ނަމަވެސް މައިރާގެ މޫނުމަތިން ފެނުނީ ތަފާތު އަސަރެކެވެ.

" ވަޓްސް ރޯންގް މައި.. އަހަރެންނަށް ކަމެއް ސިއްރުކުރަނީތަ؟" ޝަހާ އަހައިލިއެވެ.

" ކީކޭ ބުނާނީ ޝަހާ.. ޕްރެގް ވާނީވެސް އެކަމަށް ފުރުސަތު އޮވެގެނެއްނު.. އަހަރެންނާ ފާތިކް އެއްގޮތަކަށްވެސް ކައިރިނުވާތާ ދެމަސްވެއްޖެ.. މިހާރުވެސް އަހަރެން މީނީ ނަމާދުކުރެވޭ ހާލަތެއްގައެއް ނޫން.. ދެން ޕްރެގް ވާނީ ކިހިނެއް.." ހިތިގޮތަކަށް މައިރާ ބުންޏެވެ.

" ވަޓް.. ދޮންބެ ގޯސްކޮށް ކަމެއް ކުރީތަ؟" ޝަހާ ހައިރާންވެފައި އަހައިލިއެވެ.

" ނޫން ޝަހާ ފާތި ވަރަށް ވަރަށް ރަނގަޅު.. ގޯހީ އަހަރެން.. އަހަރެންނަށް މިވާގޮތެއް ނޭނގެ ޝަހާ.. ފާތި ކައިރިވާން އުޅުނަސް އަހަރެންގެ މޫޑެއް ނުހުރޭ.. ފާތި އަހަރެން ގައިގައި ބީހިލިޔަސް އަހަރެންނަށް އޭނާ ދުރުކޮށްލެވެނީ.. އަހަރެންނަށް ބުނެދޭން ނޭނގޭ އުނދަގޫތަކެއް ވަނީ.." މައިރާ ކިޔައިދިނެވެ. ޝަހާ ނަސޭހަތްތެރިވީ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދެއްކުމަށެވެ.

" ފާތި އެބައާދޭ މިއަދު އަހަރެން ގޮވައިގެން ހޮސްޕިޓަލަށް ދާން.." މައިރާ ބުންޏެވެ.

" އޯކޭ މައި.. އަހަރެން ގޮސްލީ.. އަދީމް ތެދުވަން ވާއިރަށް ބްރޭކްފާސްޓް ރެޑީކުރަންޖެހޭނެ.." އިންތަނުން ތެދުވަމުން ޝަހާ ބުންޏެވެ.

*****************************

މެންދުރު ކެއުން ތައްޔާރު ކުރީ ނީމާ އާ ޝަހާ ދެމީހުންވެގެންނެވެ. އަދީމް އެހާ ދުވަސްކޮށްފައި އައުމުން އޮފީހަކަށް ޝަހާ ނުދެއެވެ. މޭޒުމައްޗަށް ކާންއެރުވުމަށްފަހު އެންމެންނަށް ކާން އައުމަށް ޝަހާ ގޮވިއެވެ. މަލާކް އާއި އަދީމް އިށީނީ އެކުއެކީގައެވެ. އަދީމް ފެނުމުން މަލާކް ގޮވައިލިއެވެ. މާލެއިން އޭނާއަށް ގެނައީ ކޯންޗެއް ތޯ އަހައިލިއެވެ. ހަދިޔާ ފްރިޖްގައި އޮންނާނެ ކަމަށް ބުނުމުން މަލާކްގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. ކޮޓަރިން ނިކުމެގެން އަސްމާ އާއި އާޒިފް އެދިމާލަށް އައެވެ. އާޒިފް ބޭންދުމުގައި އަސްމާއަށް އެހީވީ އަދީމެވެ.

" ކޮބާ އަނެއް މަންޖެ.. ކޮންނަމެއްތަ ކިޔަނީ..." ހަނދާންކޮށްލާ ކަހަލަ ގޮތަކަށް ޝަހާ އަހައިލިއެވެ.

" ނިދާފައި އޮތީ...ރޭގައި ފަތިސް ނަމާދަށް ތެދުވިއިރު ނުނިދާ އޮތީ.. އެހީމަ ބުނީ ތަންބަދަލުވީމަ ނިދަން އުނދަގުލިއްޔޯ.. " މަލާކް ބުންޏެވެ.

" އިތުރު މީހަކުވެސް އެބައުޅޭތަ؟ " ތައްޓަށް ރިހަ އަޅައިދޭން ހުރި ޝަހާއަށް އަދީމް ބުނެލިއެވެ.

" އާނ.. އާޒިފްބެގެ އަންހެން ދަރިވެސް އެމީހުންނާއެކު މިކޮޅަށް ބަދަލުވީ..." ޝަހާ ބުންޏެވެ. އަދީމްވެސް ބޯޖަހައިލުމަށްފަހު ކާންފެށިއެވެ.

***************

އަސުރު ނަމާދުކޮށްގެން ވަޒީފާއަށް ދާން އަދީމް ތައްޔާރުވަމުން ދިޔައެވެ. އެނދުގައި އިން ޝަހާގެ މޫނުމަތިން ފެންނަމުން ދިޔައީ ނުރުހުމެވެ.

" އަޅޭ ލޯބިކޮޅު ތިހެން އިނީމަ ހާދަ ލޯތްބޭ.. " ގަމީހުގެ ގޮށްތައް އަޅުވަމުން އަދީމް ބުނެލިއެވެ.

" ދެން އެކަމަކު އަދީމް ރޭގަ އައީވެސް އެހާ ލަހުން.. އަހަރެންވެސް މިއަދު އޮފީހަށް ނުނިކުތީ އަދީމް އާ އެކު ޓައިމް ސްޕެންޑްކުރަން ވެގެން.. " ޝަހާ ޝަކުވާކޮށްލިއެވެ.

" ދޫންޏާ ތީ ނުލާހިކު އަންޑަސްޓޭންޑިންގް ކުއްޖެއްނު.. އަހަރެންނަށް ދައްކަން ބޭނުންވެފައި ތިބި އެތައް ޕޭޝަންޓުންނެއް އެބަތިބި.." އަދީމް ބުންޏެވެ. ޝަހާ ބޯޖަހައިލަމުން އިސްޖަހައިލިއެވެ.

" އާދެބަލަ މިކޮޅަށް ވާހަކައެއް ބުނާނަން..." ޝަހާގެ އަތުގައި ހިފާ އިންތަނުން ނަގަމުން އަދީމް ބުންޏެވެ.

" މިރޭ އިންނާނެ ޝަހާ އަށް ސަޕްރައިޒެއް.. ރެޑީވެގެން ހުންނާތި.. ރެޑް ކުލައިގެ ހެދުމެއް ލާތި.." އަދީމް ބުނެލިއެވެ. ޝަހާ އަށް ހިނިތުންވެވުނެވެ. އެހިނދު އަދީމް ޝަހާގެ ހަށިގަނޑުގައި ބައްދައިލިއެވެ.

އަދީމް ތައްޔާރުވެގެން ނިކުތުމުން ޝަހާވެސް އަދީމްގެ ފަހަތުން ނިކުތެވެ. ބޮޑު ދޮރާ ހަމަވެފައި އަދީމް ހުއްޓުނެވެ. އެނބުރި ޝަހާއަށް ބަލައިލުމަށްފަހު ޝަހާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލަމުން ނިތުގައި ބޮސްދިނެވެ. މަލާކްގެ ކޮޓަރިން ޝެރީން ނިކުތީ އެވަގުތެއެވެ.

-ނުނިމޭ-

  1. ކަނބުލޮ

    މިސައިޓުގަ ވާހަކަ ކީއްވެ ނުފެންނަނީ؟

  2. އާމިނ

    ރީއްޗޭ!!!! ޙުވަފެނުގެ ސަބަބުން ކިރިޔާ ހިތްނުހުއްޓުނީ.. ދެން އޮތް ބައި އަވަހަށް ގެނެސްދޭނެކަމަށް އުއްމީދު ކރަން

  3. ފާތު

    ވ.ވ ރީތި ދެން އަންނަބައި އަވަސް ކުރާތި