ޚަބަރު ރައްޔިތުންގެ މަޖިލިސް

އޭސީސީގެ މެންބަރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މިހާރު ތިއްބެވި މެންބަރުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ފަށައިފިއެވެ.

Ads by Hajj Corporation

އޭސީސީގެ މެންބަރުން ވަކިކުރުމަށް ނިންމައިފައި މިވަނީ ކޮމިޝަންގެ މަސައްކަތްތަކާއި މެންބަރުންގެ މަސައްކަތްތައް އޮޑިޓް އޮފީސް މެދުވެރިކޮށް އޮޑިޓް ކުރުމަށް ފަހުއެވެ.

އޭސީސީގެ މެންބަރުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައި ވަނީ މި މަހުގެ 9ވަނަ ދުވަހުއެވެ.

އޭސީސީގެ ހުރިހާ މެންބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރީ އެ ކޮމިޝަންގެ މަސައްކަތް ބޭނުންވާ ސްޕީޑުގައި ކުރިއަށް ނުދާކަން ފާހަގަކޮށް، ކޮމިޓީއަށް ފެންނަ ނަމަ އޭސީސީގެ މެންބަރުން މަގާމުން ވަކިކުރުމުގެ މަރުހަލާތައް ފަށަން މިދިޔަ ނޮވެމްބަރު މަހު ނިންމި ފަހުންނެވެ.

އޭސީސީގެ މެންބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިމަހުގެ ނުވަވަނަ ދުވަހު ނިންމާފައިވާއިރު އެ ނިންމުމާ މެދު ގޮތެއް ނިންމުމަށް ދައުރުން ބޭރުން މިއަދު ވަނީ މަޖިލީހުގެ ޖަލްސާއެއް ބާއްވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!