ޤަވާއިދާ އެއްގޮތަށް އިންޑިއާގައި އެތައް ދިވެހި ސިފައިންނެއް އެބަތިބި: ސަލީމް

އިންޑިޔާގައި ގަވައިދާ އެއްގޮތަށް ދިވެހި ކިތަންމެ ސިފައިންނެއް މިވަގުތު ވެސް އެބަތިބިކަމަށް ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.
ސައްލެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިޔާގައި ގަވައިދާ އެއްގޮތަށް ދިވެހި ކިތަންމެ ސިފައިންނެއް މިވަގުތު ވެސް އެބަތިބި ކަމަށެވެ. އެކަމުން އިންޑިޔާގެ އިސްތިގްލާލަށް އެއްވެސް އުނިކަމެއް އަންނާނެތޯ ސައްލެ ސުވާލު ކުރެއްވިއެވެ. އަސްކަރީ ގުޅުމުގެ ތެރެއިން އެއް ގައުމެއްގެ ސިފައިން އަނެއް ގައުމެއްގައި ތިބުން އެއީ މިޒަމާނުގަައި އާންމު ކަމެއް ނޫންތޯ ވެސް ސައްލެ ވަނީ ސުވާލު ކުރައްވައިފައެވެ.
ސަލީމް މިފަދައިން ވިދާޅުވީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވައިލައި "އިންޑިއާ އައުޓް" ޝިއާރުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލެއާއި އަތޮޅުތެރޭގައި ހަރަކާތްތައް ހިންގަމުން ދިޔުމާ ގުޅިގެންނެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވައޮލާ އިންޑިއާ އައުޓް ހަރަކާތް ފުޅާވެ ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވަމުން ދިޔުމާ ގުޅިގެން ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން ގެންދަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.