ވާހަކަ

ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

އަދީމް ތައްޔާރުވެގެން ނިކުތުމުން ޝަހާވެސް އަދީމްގެ ފަހަތުން ނިކުތެވެ. ބޮޑު ދޮރާ ހަމަވެފައި އަދީމް ހުއްޓުނެވެ. އެނބުރި ޝަހާއަށް ބަލައިލުމަށްފަހު ޝަހާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލަމުން ނިތުގައި ބޮސްދިނެވެ. މަލާކްގެ ކޮޓަރިން ޝެރީން ނިކުތީ އެވަގުތެއެވެ. ފެނުނު މަންޒަރާއެކު ޝެރީން ފަހަތަށް ދެފިޔަވަޅު އަޅައިލިއެވެ. ދުލުކުރީގައި ދަތްއަޅައިލެވުނީ ލަދުވެތިކަމެއް އިހުސާސްވުމުންނެވެ. އަދީމް ޝަހާ އާ ދުރުވެލި ވަގުތު މަލާކްގެ ކޮޓަރީ ދޮރުތެރޭގައި މީހަކު ނިވައިވެގެން ހުރިތަން ފެނުނެވެ. ލޮލުގެ އިޝާރާތުން ޝަހާ އަށް އެމަންޒަރު ދައްކައިލިއެވެ. ޝަހާގެ ތުންފަތަށް ވެރިވީ ލަދުރަކި ހިނިތުންވުމެކެވެ.

Ads by MWSC

" މަލާ ތަ؟" އަދީމް ސިއްރުން އަހައިލިއެވެ.

" ނޫން.. އާޒިފްބެ ދަރި މަންޖެ ކަންނޭނގެ... އަދީމް ކަންތަކޭ.. " އަދީމްގެ ކޮނޑުގައި ޖަހައިލަމުން ޝަހާވެސް ބުނެލީ ސިއްރުންނެވެ. އެދެމީހުން ދައްކަމުން ދިޔައީ ވައި އަޑުން ނަމަވެސް ކޮންމެވެސް ވަރަކަށް ޝެރީން އަށް އިވެމުން ދިޔައެވެ. އޭނާގެ ތުންފަތަށް ވެރިވެފައިވަނީ ލާނެތް ހިނިތުންވުމެކެވެ.

" މިރޭ އަހަރެން ގުޅީމަ ރެޑީވާތި.. ހަނދާންކޮށް ވެއަރ ރެޑް.." ނިކުތުމުގެ ކުރިން އަދީމް ހަނދާންކޮށްލައި ދިނެވެ. ގެއިން ނިކުމެގެން ސައިކަލަށް އަރަން ދިޔައިރު އަދީމްގެ ތުންފަތުގައި މައުނަވީ ހިނިތުންވުމެއް ވިއެވެ. ސިކުނޑި ތެރޭގައި ރާވަމުން ދިޔައީ ޝަހާދެކެ ލޯބިވާވަރު ހާމަކޮށްދޭނެ ގޮތްތަކެވެ.

*************

ދޮރު ލައްޕައިލި އަޑިއިވުނުތާ އިރުކޮޅެއް ފަހުން ޝެރީން ބޯދިއްކޮށްލިއެވެ. ހެވިފައި އެދިމާލަށް ބަލަހައްޓައިގެން ހުރި ޝަހާ ފެނުމުން ޝެރީންއަށްވެސް ހެވޭގޮތްވިއެވެ.

" އައިމް ސޯ ސޮރީ.. އަހަރެންނަށް ނޭނގެ ޝަހާމެން މިތާ ތިބޭނެކަމެއް..." އެދިމާލަށް އަންނަމުން ޝެރީން ބުންޏެވެ. ޝަހާ ދެފަރާތަކަށް ބޯހުރައިލަމުން ހީނލިއެވެ.

" ނޫން އައިމް ސޮރީ... ގޭ މީހުން އުޅޭކަން އެނގޭއިރުވެސް.. އިޓްސް ޖަސްޓް މައި ހަޒްބަންޑް..." ލަދުރަކި ގޮތަކަށް ހީނލަމުން ޝަހާ ބުންޏެވެ. ޝަހާ އާއި ބައިވެރިވުމުގެ ގޮތުން ޝެރީން ވެސް ހީނލިއެވެ. ދެމީހުން ގޮސް އިށީނީ ސޯފާގައެވެެ.

" ޝަހާ ވަރަށް ލަކީ އަސްލު.. އެކަހަލަ ލޯބިވާ ޒިންމާދާރު ފިރިން ވަރަށް މަދުވާނެ.." ޝެރީން އެހެންބުނެލިއިރު ސިކުނޑީގައި ރޯލްވަމުން ދިޔައީ ޖައިލަމްގެ ހަނދާންތަކެވެ. " އެހެން މިބުނީ އައި ހަރޑް ދެޓް ޔޯ ހަޒްބަންޑް އިޒް އެ ޑޮކްޓަރ..." ޝެރީން އިތުރަށް ބުނެލިއެވެ. ޝަހާ ހީނލަމުން ބޯޖަހައިލިއެވެ.

" އިރާދަކުރެއްވިއްޔާ.. ސޮރީ ކޮންނަމެއްތަ ކިޔަނީ އަސްލު؟" ޝަހާ އަހައިލިއެވެ.

" ޝެރީން... ގާތްމީހުން ކިޔާނީ ޝެރީ..." ޝެރީން ބުނެލިއެވެ.

" އިރާދަކުރެއްވިއްޔާ ޝެރީންއަށްވެސް އެފަދަ ފިރިއެއް ލިބޭނެ.. " ޝަހާ ބުންޏެވެ. ޝެރީންގެ މޫނުމައްޗަށް ބަނަކަމެއް ވެރިވިޔަސް ހިނިތުންވެލިއެވެ. ނަމަވެސް އެބަނަކަން ޝަހާއަށް ސިއްރެއް ނުވިއެވެ.

" ސޮރީ.. ބުނަން ނުވާ ވަރުގެ އެއްޗެއްތަ މިބުނެވުނީ.." ޝެރީންގެ ކޮނޑުގައި ފިރުމައިލަމުން ޝަހާ އަހައިލިއެވެ.

" ނޫން ނޫން... ކައިވެނީގެ ފޮނިމީރުކަމެއް އަހަރެންނަކަށް ނުލިބުނު... އެހެން ކައިވެންޏެއް ކުރާކަށް އަހަރެން ބޭނުމެއް ނޫން ދެން..." ހިތި ގޮތަކަށް ޝަހާ ބުންޏެވެ. ޝަހާގެ ހިތުގައި ޝެރީން އާ މެދު ހަމްދަރުދީ އުފެދުނެވެ. ޝެރީންގެ ކައިވެންޏާ ބެހޭގޮތުން އަހައިލަން ބޭނުންވިނަމަވެސް އަހައިލާކަށ ނުކެރުންނެވެ.

އަސްމާ ކޮޓަރިން ނިކުތީ އެވަގުތުއެވެ. ސޯފާގައި ތިބި ޝަހާ އާއި ޝެރީން ފެނުމުން ހިނިތުންވެލިއެވެ. ޝަހާ އާއި ޝެރީން ހިނިތުންވެލީ އެކުއެކީގައެވެ. ތަފާތަކީ ޝެރީންގެ ތުންފަތަށް ވެރިވީ ދެއްކުންތެރިކަމުގެ ހިނިތުންވުމެއް ކަމެވެ.

" ދެކުދިން ކޮންވާހަކައެއް ތިދައްކަނީ...؟ ނިކަން އަހަރެންނާވެސް ޝެއަރ ކޮށްލަބަލަ... މިއުޅެނީ ކޮފީއެއް ބޯން.. ތިކުދިން ބޭނުންތަ ކޮފީ؟" ބަދިގެ އާ ދިމާލަށް ދަމުން އަސްމާ ބުންޏެވެ. ޝަހާ އެންމެ ރަނގަޅޭ ބުނުމުން ޝެރީންވެސް އޯކޭ ކަމަށް ބުނެލިއެވެ. އަސްމާގެ ފަރާތުން ފެންނަމުން ދިޔަ ދެއްކުންތެރިކަމުގެ ކުލަަވަރުން ޝެރީންއަށް އިނީ މަޖާވެފައެވެ. މީގެ ކުރިން ދުވަހަކުވެސް ޝެރީން ކައިރީ ފެންފޮދެއް ބޭނުންތޯވެސް އަސްމާ އަހާލާފައެއް ނުވެއެވެ.

ކަމީލާ އެގެއަށް އައީ ތިންމީހުން މޭޒުކައިރީގައި ކޮފީ ބޯން ތިއްބައެވެ.

" ކައްމި.. ރަނގަޅު ގަޑިއެއްގަ ތިއައީ.. އާދެ ކޮފީ ބޯން..." ޝަހާ ދައުވަތި ދިނެވެ. ކަމީލާގެ ނަޒަރު ދަތުރުކޮށްލީ މޭޒު ކައިރީގައި ކޮފީ ބޯން އިން އަސްމާއަށެވެ.

"މައިދައިތަ....." ކަމީލާ ހިތާހިތުން ކިޔައިލިއެވެ. އަސްމާ ކަމީލާއަށް ބަލާލާފައި ހިނިތުންވެލިއެވެ. ކަމީލާވެސް ހިނިތުންވަމުން ގޮސް އިށީނީ އަސްމާ އާ ޖެހިގެން އިން ގޮނޑީގައެވެ. އޭރުވެސް އޭނާގެ ނަޒަރު އަސްމާ އިން ވަކިނުވެއެވެ. ކަމީލާގެ އެބެލުމުގެ ސަބަބުން އަސްމާ އިނީ ހައިރާންވެފައެވެ. މޫނުގައި އެއްޗެއް ހުރީކަމަށް ދެތިން ފަހަރަކު މޫނާއި އަނގަ ކައިރިވެސް ފޮޅައިލިއެވެ. އެމަންޒަރު ފެނުމުން ޝެރީން އަށ ްއިނީ މަޖާވެފައެވެ. ޝަހާ ކޮފީއެއް ހަދައިގެން ގެނެސް ކަމީލާ ކައިރީގައި ބެހެއްޓިއެވެ. އެހިނދު ޝަހާއަށް ވެސް އެކަން ފާހަގަވިއެވެ.

" ކައްމީ ހާދަވަރަކަށް ބޮއްތަ އަށް ތިބަލަނީ.." ލުއި ހީނލުމަކާ އެކު ޝަހާ ބުނެލިއެވެ.

" އާނ އަހަރެންވެސް ތިހެން ބުނަް އުޅުނީ..." އަސްމާ ބުނެލިއެވެ.

" މީ ކައްމި.. ކަމީލާ.. އަދީމްގެ ކޮއްކޮ..." ޝަހާ ތައާރަފްކޮށްދިނެވެ. އަދީމްގެ ނަންއިވި ޝެރީންއަށް ދުރު ހަނދާނެއްވެގެން ދިޔައެވެ.

" އާނ ބެލޭނެއްނު.. އަހަރެންގެ. މަ...."ކަމީލާއަށް ބުނެވެން އުޅުނެވެ. އަސްމާގެ ދެބުމަ ގޮށްޖެހިގެން ދިޔައީ އެބުނީ ކީކޭކަން ނޭނގުމުންނެވެ.

" މިބުނީ.. ތިއްތިބެދައްތަގެ ބޮއްތަހެން ހީވެސް ނުވޭ.. ހީވަނީ ފްރެންޑެއްހެން.. ވަރަށް ޔަންގް ވައްތަރު ޖަހަނީ.. ވަރަށް ލޯބި ލޯބި ފޭސް އެއް..." މައިދައިތަގެ ހިތް ފަތަހަ ކުރެވޭތޯ ކަމީލާ ފުރަތަމަ ފިޔަވަޅު އަޅައިލިއެވެ. ކަމީލާގެ ދުލުން އިވުނު ތައުރީފާއެކު އަސްމާ ނިކަން ފޮނިވެއްޖެއެވެ. ނިކަން ފޮނިވެލާފައި މޫނުމައްޗަށް ވެރިފައިހުރި އިސްތަށިތައް އެއްކައިރިކޮށްލިއެވެ.

" ބޮއްތަގެ ފޭސް ހާދަ އޮމާނޭ.. އަނެއްކާ އެހާ ދޮން.. ކޮބާތަ ސިއްރަކީ..." ކަމީލާ އަހައިލިއެވެ.

" އަސްލުތަ؟ އާނ މަގުމަތިން ދާއިރު މިއުޅޭ ފިރިހެންވެރިން ތުނބުން ފުމޭވަރުންވެސް ރަނގަޅަށް ހިނގޭ ވަރެއް ނޫން.. ހިނގާ އަހަރެން ބޭނުންކުރާ ކްރީމް ދައްކާނަން..." ކަމީލާގެ އަތުގައި ހިފަމުން އަސްމާ ބުންޏެވެ. ކަމީލާއަށް ވަކި އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އަތުގައި ހިފައިގެން އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ޝަހާ ކައިރިއަށް އައީ ލާނެތް ހިންޏެކެވެ. އެވާހަކަ މައިރާއާ ކައިރީގައި ދައްކަން އެގެއަށް ގޮސްލަން ހިތަށް އެރިއެވެ.

" ޝަހާ ހަޒްބަންޑަށް ކިޔަނީ އަދީމްތަ؟" ޝެރީ އަހައިލިއެވެ.

" ހްމްމް.. ކިހިނެއްވީ؟" ޝަހާ އަހައިލިއެވެ.

" އަނެއްހެން ކަމެއް ނުވޭ.. އަހަރެންވެސް ދަންނަ އެނަން ކިޔާ މީހަކު އުޅޭތީ.. އެ އަދީމް އެއީ ސްކޫލް ދައުރުގަ އަހަރެންގެ ބެސްޓްފްރެންޑް..." ޝެރީ ކިޔައިދިނެވެ. އިތުރަށް އަހާކަށް ޝަހާ ނޫޅުނެވެ. އެވަގުތު މަޣްރިބް ނަމާދު ބަންގި ގޮވާ އަޑުއިވުމުން ވަނީ ކޮޓަރިއަށެވެ. ނަމާދުކޮށްލައިގެން ނިކުތްއިރުވެސް އަސްމާ ކޮޓަރީގައި ކަމީލާ އުޅޭ އަޑުއިވެއެވެ.

*****************

އަދީމްގެ ގެއަށް ޝަހާ ވަންއިރު ބަދިގޭގައި ފާތިކް ހަރަކާތްތެެރިވަމުން ދިޔައެވެ.

" ދޮންބެތަ މިރޭ ކައްކަނީ؟" ސަމާސާ ރާގެއްގައި ޝަހާ އަހައިލިއެވެ.

" އަނހަ.. ޝަހާ ދޯ.... މައި އަށް ސޭންޑްވިޗެއް ހާދަލަން ވެގެން މިއުޅެނީ.. ކޮބާ އަދީމް އައީތަ؟" ފާތިކް އަހައިލިއެވެ.

" އާނ ރޭގަ އައިއްސަ.. އަނެއްކާ މިއަދު ޑިއުޓީއަށް ގޮސް ވެއްޖެ.. މަންމަ ކޮޓަރީގަ ދޯ..." މައިރާގެ ކޮޓަރިއަށް ވަނުމުގެކުރިން ޝަހާ އަހައިލިއެވެ. ފާތިކް ހީނލަމުން ބޯޖަހައިލިއެވެ. ޝަހާ ކޮޓަރިއަށް ވަންއިރު މައިރާ މުސައްލަ ފަތްޖަހަނީއެވެ.

" ކޮބާ ޑޮކްޓަރަށް ދެއްކީމަ ކީކޭ ބުނީ؟" އެނދުގައި އިށީންނަމުން ޝަހާ އަހައިލިއެވެ.

" ޓެސްޓްތަކެއް ހަދަން ދިނީ.. މާދަން ނަތީޖާ ލިބޭނީ..." މައިރާވެސް އެނދުގައި އިށީންނަމުން ބުންޏެވެ.

" ދޮންބެއާ ދެމީހުން ސުލްހަވީ ދޯ.. ބަލާ ދޮންބެ މައި ކެއަރ ކުރާވަރު.. މިހާރުވެސް އެބައުޅޭ ބަދިގޭގަ ސޭންްޑްވިޗް ހަދާ.." ޝަހާ ބުނެލިއެވެ.

" އާނ ރަނގަޅަށް ތިބުނީ.. ވަރަށް ދެރަވެފައި ހުރީ.. ބޮޑަށް ދެރަވީ އަހަރެން ބަލިވީ ވާހަކަ ކުރިން ނުބުނީމަޔޯ.." އެނދުގައި ލެގިލަމުން މައިރާ ބުންޏެވެ. ޝަހާ މައިރާއަށް ކަމީލާ ކަންތައްކުރި ގޮތުގެ ވާހަކަ ކިޔައިދިނެވެ. އެވާހަކަ ދައްކާފައި ދެމީހުން އިނދެގެން ހެމުން ދިޔައެވެ. ފާތިކް އައުމުން ފާތިކަށްވެސް އެވާހަކަ މައިރާ ކިޔައިދިނެވެ. އެމީހުންނާ އެއްބައިވެގެން ފާތިކްވެސް ހުނެވެ. ކަމީލާ އައުމުން ދިމާކުރާނަން ކަމުގައިވެސް ބުންޏެވެ.

******************

އަދީމްގެ ފޯނު އައީ އެގާރަ ޖަހަން ގާތްވެފައި ހުއްޓައެވެ. ތައްޔާރުވަން ބުނުމުން ފަސްމިނިޓޭ ބުނުމަށްފަހު ޝަހާ ތައްޔާރުވާން ފެށިއެވެ. ޕްލެއިން ހުދު ކުލައިގެ ދިގު ހެދުމަކާ ރަތް ޝޯލެއްގައި ޝަހާ ފެންނަނީ ހޫރު ޕަރީއެއް ފަދައިންނެވެ. އެބޮޑު ދެލޯ ފެވިފައިވަނީ ކަޅުކުލައިގެންނެވެ. ތުންފަތުގައި މަޑު ރަތްކުލަ ޖައްސައިލުމުން އެރީތި ކަމެއް އިތުރު ފުރިހަމަކެމެއް ގެނުވިއެވެ. އަމިއްލަ ސިފަ ލޯގަނޑުން ފެނުނު ހިނދު ހުދު ޝަހާވެސް ލަދުގަތެވެ. ތައްޔާރުވެ ނިމިއްޖެ ކަމަށް ބުނުމަށްފަހު އަދީމަށް މެސެޖެއް ކޮށްލިއެވެ. އެއަށްފަހު އަދީމް ބަލައި އަންނަންދެން އެނދުގައި އިށީނދެލިއެވެ. އަދީމް އޭނާއަށް ދޭން އުޅޭ ސަޕްރައިޒާ މެދު ވިސްނައިލެވުނެވެ. ކޮންމެއަކަސް މިރެއަކީ ހާއްސަ ރެއަކަށް ވާނެ ކަމަށް އުއްމީދުކުރެވުނެވެ. އަދީމް ފަދަ ލޯބިވާ ފިރިއެއް ދެއްވީތީ ހިތާހިތުން ހަމްދު ކުރެވުނެވެ. އަދި އެލޯބި އެގޮތުގައި ދެމިއޮވޭތޯ ދުޢާކޮށްލެވުނެވެ. އަދީމްގެ މެސެޖެއް އައުމުން އަވަސް އަވަހަށް ޝަހާ ބަލައިލިއެވެ. ތިރިއަށް ފޭބުމަށް ބުނެފައި އޮތުމުން ފުންމައިގެން ތެދުވިއެވެ. ލޯގަނޑު ކައިރިއަށް ހުއްޓި އަދިވެސް އެއްފަހަރު އަމިއްލަ ސޫރައަށް ބަލައިލިއެވެ.

****************

ކޮޓަރީގެ ކުޑަދޮރުން ބޭރު ބަލަހައްޓައިގެން ހުރި ޝެރީންގެ ސިކުނޑީގައި ކުރެހެމުން ދިޔައީ މާޒީގެ ތަސްވީރުތަކެވެ. ޖެހެމުން ދިޔަ ވައިރޯޅިތައް އޭނާގެ އިސްތަށިގަނޑާ ސަމާސަކުރަމުން ދިޔަ ނަމަވެސް އެކަމާ މާބޮޑު އަޅައިލުމެއް ނެތެވެ. މިއަދު ޝަހާ އާއި އޭނާގެ ފިރިމީހާގެ ފަރާތުން ފެނުނު މަންޒަރުން، ހިތުގައި އަޑީގައި ފޮރުވާފައިވާ އިހުސާސްތައް ހޭލަން ފަށައިިފިއެވެ. އެފަދަ ލޯތްބެއް ޝެރީންއަށް ލިބުނީ ޖައިލަމްގެ ފަރާތުންނެވެ. އޭނާގެ ހަޔާތުން ޖައިލަމްއަށް ޖާގައެއް ނެތްނަމަވެސް އެފަދަ ލޯތްބަކަށް އޭނާގެ ހިތްއެދި ގޮވަން ފަށައިފިއެވެ. ޝަހާ ބުނިހެން އޭނާގެ ފިރިމީހާ ފަދަ އަޅައިލާ އޯގާތެރި ފިރިއަކަށް ބޭނުންވެވެން ފަށައިފިއެވެ. ޖައިލަމް އާ ވަރިވުމަށްފަހު އެތައް ފިރިހެންނުންނަކާ ގުޅުން ބޭނުންވިނަމަވެސް އޭނާ ހިތްއެދޭ ފަދަ ލޯތްބެއް އެއިން އެއްވެސް މީހެއްގެ ފަރާތަކުން ނުލިބުނެވެ. ހިނދުހިނދު ކޮޅުން އޭނާގެ ހިތަށް އަންނަމުން ދިޔައީ ޝަހާގެ ފިރިމީހާ ޝަހާގެ ނިތުގައި ބޮސްދީގެން ހުރި މަންޒަރެވެ. ޝެރީންގެ ހިތުގައި ޝަހާއަށްޓަކައި ހަސަދައިގެ އޮއެވަރެއް ހިނގައިލީ ބޭއިޙްތިޔާރުގައެވެ.

Ads by Allied Insurance
  1. ޢަނާ

    ޙޫ ކަންތަކާ ލައިގަންނަން އެއުޅެނީ. ޢަދީމްގެ މާޒީ އަކީ ޝެރިން ވިއްޔަ. ޝެރިންނަށް އަދީމް ރަގަޅަށް އަދި ނުފެންނައިރު މިހާރު ޝަހާއަށް ހަސަދަ ލާންފެށީ އޭ. ކިހާވަރަކުން ދާނެބާ މިކަން….