ވާހަކަ

ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

ޝަހާ ތިރީގައި ބެހެއްޓުމަށްފަހު އަދީމް ލައިޓް ދިއްލީ ކާކުތޯ ބަލައިލިއެވެ. އެހިނދު ލިބުނު ސިހުމާއެކު އަދީމްގެ މޫނު ހުދުކަފަކޮޅަކަށް ވެގެން ދިޔައެވެ. ކުރިމަތިން ފެންނަމުންދިޔައީ ހުވަފެނެއްބާއޭވެސް ހިނދުކޮޅަކަށް ހިތަށް އެރިއެވެ. އަދީމްގެ ފަހަތުން ޝަހާ ބޯދިއްކޮށްލުމަށްފަހު ބަލައިލިއެވެ. އެގަޑީގައި ޝެރީން އެތަނުން ފެނުމުން ހައިރާންވިއެވެ. ނުނިދާ ކީއްކުރަނީބާއޭ ހިތަށް އެރިއެވެ.

Ads by Sosun Fihaara

" ޝެރީ.. ނުނިދަނީތަ؟" ޝަހާ އަހައިލިއެވެ.

" އަދީމް.... " އެހެން ބުނެވުމާއެކު ޝެރީންއަށް ހެވުނެވެ. ޝަހާގެ މޫނުމަތިން ފައުޅުވެލީ ހައިރާންކަމެކެވެ. ބަހެއް ކިޔަން ނޭނގިފައި އަދީމަށް ޝެރީންއާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު އޭނާއަށް ޤަބޫލުކުރަން ދައްޗެވެ.

" މިއަދު އަހަރެން ޝަހާ ކައިރީގައި ފިރިމީހާއަށް ކިޔަނީ އަދީމް ހެއްޔޭ އެހިއިރު ހިޔެއްވެސް ނުކުރަން އެއީ މި އަދީމަށް ވާނެ ކަމަކަށް.." އެމީހުންނާ ދިމާލަށް އަންނަމުން ޝެރީން ބުންޏެވެ.

" މީތަ ޝެރީގެ ރަހުމަތްތެރި އަދީމަކީ؟" ޝައްކެއްގައި ހުރެ ޝަހާ އަހައިލިއެވެ.

" ހިޔެއްވެސް ނުކުރަން އަދީމްއާ މިކަހަލަ ގޮތަކަށް ބައްދަލުވެދާނެއެކޭ.. " އަނެއްކާވެސް ޝެރީން ބުނެލިއެވެ. އަދީމެކޭ ޖަހާފައި ހުރި ބުދެކޭ އެއްގޮތެވެ. ހޭވެރިކަންވީ ޝަހާ އަދީމްގެ ކޮނޑުގައި ޖަހައިލުމުންނެވެ.

" ކި.. ކީކޭ؟" ސިހިފައި އަދީމް ބުންޏެވެ.

" ޝެރީ ވާހަކަދައްކާއިރުވެސް ކިހިނެއްވެފަ ތިހުންނަނީ.. އަދީމްގެ އެކުވެރިއެއް ނޫންތަ ޝެރީ އެއީ.." ޝަހާ ބުނެލިއެވެ.

" ޝެެރީ.. ޝެރީން މިގޭގަ ކީއްކުރަނީ..." މޫނުމަތިން ހައިރާންކަން ފޮރުވަން މަސައްކަތް ކުރަމުން އަދީމް ބުނެލިއެވެ.

" މީ އާޒިފްބެ ގެ ދަރިއަކީ.. ބުނީމެއްނު... " ޝަހާ ހިނިތުންވެލަމުން ބުންޏެވެ.

" އަދީމް ކިހިނެއް؟" ޝެރީން ހިިނިތުންވެލަމުން އަހައިލިއެވެ. އެހިނދު އަދީމްގެ ހަނދާނަށް އައީ ޝެރީން އާ ބައްދަލުވި އެންމެ ފަހު ދުވަހު ކަން ހިނގައި ދިޔަ ގޮތެވެ. އަދީމް ޝެރީންއަށް ލޯބި ހުށައެޅުމުން ޝެރީން އޭނާއާ ދިމާލަށް ގޮވައިލި އެއްޗެއްސެވެ. އަދީމް ހިނިތުންވާން މަސައްކަތް ކުރަމުން ރަނގަޅޭ ބުނެލިއެވެ.

" އޯކޭ..ދިމާވިއްޔާ މާދަން ދެން ވާހަކަ ދައްކާނީ.. އަހަރެން މިހިރީ ވަރަށް ވަރުބަލިވެ ނިދި އައިސްފައި.. ސީ ޔޫ ޓުމޯރޯވ.. ގުޑްނައިޓް..." އަދީމް ބުނެލިއެވެ. އެއަށްފަހު ޝަހާގެ އަތުގައި ހިފައިގެން ހިނގައިގަންނަން އުޅުނެވެ.

" އަދީމް ދާންވީނު.. އަހަރެން އެބަދެން ފެންފުޅިއެއް ހިފައިގެން.." ޝަހާ ބުންޏެވެ. އަދީމް ހިނިތުންވެލަމުން ބޯޖަހައިލިއެވެ. އެއަށްފަހު އަވަހަށް އަންނައްޗޭ ބުނުމަށްފަހު ގޮސް ކޮޓަރިއަށްވަނެވެ.

" ޝެރީވެސް ދާންވީނު ނިދަން.. ވަރަށް ލަސްވެސް ވެއްޖެއްނު.." އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ޝަހާ ބުންޏެވެ.

" ސޮރީ ޝަހާ.. އަސްލު ނުނިދިގެން ސޯފާގައި އިންދަ ބަޔަކު ގެއަށް ވަންހެން ހީވީމަ.. ހީކުރީ އެގަޑީގައި ވަގެއް ކަމަށް.. އެހެންވެ އެހާ އަވަހަށް ލައިޓް ޖެއްސީ.. ސޮރީ ފޯރ ރުއިނިިންގް ދި މޮމެންޓް..." ޝެރީން ބުންޏެވެ. ޝަހާ ހީނލަމުން އެއީ ކަމެއް ނޫން ކަމުގައި ބުންޏެވެ. ބަދިގެއަށް ވަދެ ފުރިޖުން ފެންފުޅިއެއް ނަގައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ޝަހާ ކޮޓަރިއަށް ވަނުމުން ޝެރީން ސޯފާ އާ ދިމާލަށް ހިނގައިގަތެވެ. ސޯފާގައި ހަށިގަނޑު ދަމައިލުމަށްފަހު ބަނޑުމަތީގައި ދެއަތް ބާއްވައިލިއެވެ. ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. ދުވަސްތަކަކަށްފަހު އަދީމް ފެނުމުން ހަޤީގަތުގައިވެސް އޭނާ ވަރަށް އުފާވެއްޖެއެވެ. ނަމަވެސް އޭނާއަށް އަދީމް ފެނުނީ އިރުކޮޅެއް ކުރިންނެއް ނޫނެވެ. އޭރު ކުޑަދޮރުކައިރީގައި ހުރެފައި ދާން އުޅެނިކޮށް ތިރިން އޭނާ ފެނުނީ އަދީމެވެ. އަދީމާއި ޝަހާ ކާރަށް އަރަންދެން އެމީހުންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ޝެރީން ހުއްޓެވެ. އެމީހުން ގެއަށް އަންނާނެ އިރެއްގައި ސިޓިންގްރޫމުގައި އޭނާ އިންނަތާ ކިތަންމެ އިރެކެވެ. އެހާ ދުވަސްފަހުން އަދީމް ފެނުމުން އޭނާގެ ވާހަކަ ދައްކައިލަން ހިތުގައި އޮތް ޝައުޤުވެރިކަމެއްގެ ބޮޑުކަމުންނެވެ.

ނަމަވެސް އަދީމަށް އޭނާ ފެނުނު ވަގުތު އަދީމްގެ މޫނުމަތިން ޝައުޤުވެރިކަމެއްވެސް އުފާވެރިކަމެއްވެސް އޭނާއަކަށް ނުފެނުނެވެ. އަދީމާ އެންމެ ފަހުން ބައްދަލުވި ދުވަހު ކަންތައްވިގޮތް އޭނާވެސް ހަނދާން ހުއްޓެވެ. އަދީމާ ދިމާލަށް ކިޔުނު އެއްޗެހިވެސް ހަނދާން އެބަހުއްޓެވެ. ފަހުން އެކަމާ ދެރަވެ އަދީމް ކައިރިން މައާފަށް އެދެންވެސް ބޭނުންވިއެވެ. އެހެނަސް އަދީމް ވީތަނެއް ނޭނގޭތީ އެކަން އޮތީ ނުކުރެވިފައެވެ. ފަހަރެއްގައި އަދީމް އަދިވެސް އެހުރީ އޭނާ ދެކެ ހިތްހަމަނުޖެހިފައި ކަމަށް ވެދާނެއެވެ. އެހެން އޮވެ ޝެރީން ވިސްނަމުން ދިޔައީ އަދީމް ކައިރިން މައާފަށް އެދޭނެ ގޮތަކާ މެދުގައެވެ. އަދީމްގެ ރަޙުމަތްތެރިކަމަށް އެދި އޭނާގެ ހިތްގޮވަން ފަށައިފިއެވެ. ދަންނަ މީހަކު ނޫޅޭ އެރަށުގައި ކިރިޔާވެސް އޭނާގެ ގާތްމީހަކަށް ހުރީ އަދީމްކަމުގައި އިހުސާސް ކުރެވެން ފަށައިފިއެެވެ.

*************************

ޝަހާ ފެންވަރައިގެން ނިކުތްއިރު އަދީމް އެނދުގައި އުއްޑުން އޮށޯވެގެން އޮތެވެ. އެއްއަތް ނިތުގައި ބާއްވާލާފައި އޮތްއިރު އަނެއްއޮތީ ބަނޑުމަތީގައެވެ. ނަޒަރު ހުއްޓިފައިވަނީ ސީލިންގަށެވެ. ބަލާބެލުމަށް ހީވަނީ ފުންވިސްނުމަކަށް ގެއްލިފައި އޮތްހެންނެވެ. ޑްރެސިންގް ޓޭބަލް ކައިރީގައި ގައިގައި ލޯޝަން ލާން ހުރި ޝަހާ އިރުއިރުކޮޅާ އަދީމާ ދިމާލަށް ބަލައިލައެވެ. އަދީމަށް ކޮންމެވެސް ކަމެއްްވެއްޖެކަން އޭނާއަށް ޔަގީނެވެ. އިސްތށިގަނޑުގައި ހުޅިއެއް ޖަހައިލުމަށްފަހު ޝަހާ ގޮސް އެނދަށް އަރާ އޮށޯތެވެ. އަދީމް ކައިރިއަށް ޖެހިލަމުން ކުއިލްޓުން ބަނޑާ ހަމައަށް ހަށިގަނޑު ފޮރުވައިލިއެވެ. ޝަހާގެ މީރުވަސް ޖެހުމުން ބަލައިނުލާ އަދީމަކަށް ނޯވެވުނެވެ. ޝަހާއާ ވީ ފަރާތަށް އަތްދަމއިލުމުން އެބުނީ ކީކޭކަން ވަގުތުން ޝަހާއަށް ދެނެގަނެވިއްޖެއެވެ. ކުރިއަށްވުރެ ބޮޑަށް ކައިރިއަށް ޖެހިލަމުން އަދީމްގެ އަތްމަތީގައި އޮށޯވެލިއެވެ.

" ކިހިނެއްވީ ނުނިދިގެން ތިއުޅެނީ... " އަދީމްގެ މޭގައި ފިރުމައިލަމުން ޝަހާ އަހައިލިއެވެ.

" ކަމެއްނުވޭ..." މޭމަތީގައި އޮތް ޝަހާގެ އަތްތިލައިގައި ހިފައިލަމުން އަދީމް ބުންޏެވެ.

" ގައިމު އޭރު ބުނި ވަރަށް ނިދިއައިސްފައި ހުރިވާހަކަ.. ވާހަކައެއް އަހައިލަންތަ؟" ޝަހާ އަހައިލިއެވެ. ޝަހާއަށް ބަލައިލަމުން އަދީމް ބޯޖަހައިލިއެވެ.

" އަދީމް ފެނުނީމަ ޝެރީން ހުރީ ވަރަށް އުފާވެފަ... އެކަމަކު އެއުފާވެރިކަން އަހަރެންނަށް އަދީމްގެ މޫނުމަތިން ނުފެނުނު.. އަދީމް އުފަލެއް ނުވޭތަ އެހާ ގިނަދުވަސް ފަހުން އެކުވެރިއަކާ ދިމާވީމަ..؟" ޝަހާ އަހައިލިއެވެ.

" ނޫން... އެގަޑީގަ ވަރުބަލިފަ ހުރީމަ..." އަދީމް ބުންޏެވެ. ޝެރީންގެ ވާހަކަ ޝަހާއަށް ކިޔައިދޭންވީބާއޭ އަދީމްގެ ހިތަށް އެރިއެވެ. ނަމަވެސް ދެވަނަ ހިނދުގައި އެހިޔާލު ދޫކޮށްލައިފިއެވެ. ދެކެވޭ ވާހަކައަކުން ޝަހާގެ މޫޑު އޮފްވެދާނެތީއެވެ. ނޫނީ ދެރަވެދާނެތީއެވެ. ޝެރީން އެއީ އޭނާގެ މާޒީއެވެ. އޭނާގެ ހިތުން ޝެރީންގެ ނަން ފޮހެވުނުތާ ކިތަންމެ ދުވަހެކެވެ. އެހިތުގައި ރަނިކަން ކުރަމުން ދަނީ ޝަހާ ނޫން ދެވަނަ އެހެންމީހެއް ނޫނެވެ. ނަމަވެސް އޭނާގެ ހިތުގައި އެތަކެއް ސުވާލެއް އުފެދިފައިވިއެވެ. ޝެރީންގެ ފިރިއަކާއި ދަރިއެއް ހުންނަކަން ވަނި އެނގިފައެވެ. އެމީހުން މިހާރު ކޮބައި ހެއްޔެވެ؟ އެމީހުންނާ ވަކިން ޝެރީން މިރަށައް އަންނަންޖެހުނު ސަބަބަކީ ކޮބައި ހެއްޔެވެ.؟ އޭނާ އާ ޝެރީންއާ ދެމެދު ކޮންމެ ގޮތަކަށް ކަންތައްވެފައިވިނަމަވެސް ޝެރީން އެއީ އޭރުގައި އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. އެއެކުވެރިކަން ދަމަހައްޓަންވީތޯ އެއީ އޭނާގެ ހިތުގައި އުފެދިފައިވާ އެންމެ ބޮޑު ސުވާލެވެ. ހިޔާލުތަކުން ބޭރުވާން މަސައްކަތް ކުރަމުން އަދީމް ފުންނޭވައެއް ދޫކޮށްލިއެވެ. ޝަހާއަށް ބަލައިލި ހިނދު އޭނާގެ އަތްމަތީގައި ޝަހާއަށް ނިދިފައި އޮތެވެ. އަދީމްގެ ތުންފަތްމަތީގައި ކުޅެލީ ލޯބިވެތި ހިނިތުންވުމެކެވެ. ޝަހާގެ މޫނުމަތިން ފެންނަމުން ދިޔަ ރީތިކަމާއި މައުސޫމުކަމަށް އޭނާގެ ހިތް ތައުރީފު ކުރަމުން ދިޔައެވެ. ޝަހާގެ ނިތުގައި ބޮސްދިނުމަށްފަހު ޝަހާގެ ހަށިގަނޑުގައި ބައްދައިލަމުން ދެލޯ މަރައިލިއެވެ.

*******************

ނަމާދު ނުކުރެވޭ ދުވަސްކޮޅަށްވުމުން ޝަހާ ހޭލީ ހެނދުނު ހަތެއް ޖަހަން އުޅެނިކޮށެވެ. ބަނޑުމަތީގައި އޮތް އަދީމްގެ އަތް އެއްފަރާތްކޮށްލަމުން ތެދުވެ މޯޅިއަކަށް ދެމިލިއެވެ. އެނދުން ފައިބަން ގޮދަޑީގައި އަތްވިއްދައިލި ހިނދު ކުއްލިހަރަކާތަކާ އެކު އަދީމް ޝަހާގެ އަތުގައި ހިފައި ކައިރިއަށް ދަމައިލިއެވެ. އެހިނދު ޝަހާގޮސް ޖެހުނީ އަދީމްގެ މޭގައެވެ.

" އިހަށް ނުދޭބަލަ.. ކަޑްލިންގް ވިތް ޔޫ ވުޑް ބީ ޕަރފެކްޓް ރައިޓް ނައު..." އަތުތެރޭގައި ޝަހާ ހައްޔަރުކޮށްލަމުން އަދީމް ބުންޏެވެ.

" އަދީމް... މަލާ ސްކޫލަށް ދާން ބެރެކްފާސްޓް ހަދަން ޖެހޭނެ.. އަށްގަޑި ބައިގެ ކުރިން އަހަރެންވެސް އޮފީހަށް ދާން ޖެހޭނެ.. ޕްލީޒް ދޫކޮށްލަބަލަ.." ޝަހާ އެދުނެވެ. ނަމަވެސް އަދީމް އޮތީ ޝަހާ ގައިން ދޫކުރާ ކަހަލަ ހިޔާލެއްގައެއް ނޫނެވެ.

" މިއަދު އޮފީހަށް ދާނެކަމެއް ނެތް.. މުޅި ދުވަސް އަހަރެން ބޭނުންވަނީ އަހަރެންގެ ލޯބިވާ އާ އެކު ހޭދަކޮށްލަން..." އަދީމް ބުނެލިއެވެ. ޝަހާއަށް ހެވުނެވެ.

" އިއްޔަގަވެސް އޮފީހަށް ނުދަން..." އަދީމްގެ މޫނަށް ބަލަހައްޓައިގެން އޮވެ ޝަހާ ބުނެލިއެވެ.

" އޯވނަރުން އޮފީހަށް ނުދިޔަސް އޯކޭ ވާނޭ...." އަދީމް އޮތީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެެ.

" އޯކޭ އޮފީހަށް ނުދާނަން.. އެމަކަލު މަލާއަށް ސްކޫލަށް ދާން ގޮވަން ޖެހޭނެ.. އޭނައަށް ހެނދުނުގެ ނާސްތާވެސް ތައްޔާރު ކޮށްދެން ޖެހޭނެއްނު.. ޕްލީޒް ކުޑަ ވަގުތުކޮޅަކަށް ދޫކޮށްލަބަލަ.. އައި ޕްރޮމިސް އައި ވިލް ކަމް ބެކް..." ޝަހާ ޔަގީންކަން ދެމުން ބުންޏެވެ. އަދީމް ދޫކޮށްލީ ދެނެވެ. ޝަހާ ކޮތަރިން ނިކުންނަން ދިޔަ ހިނދު ހަންދާން ކޮށް އަންނައްޗޭ ބުނެލިއެވެ.

*********

މަލާކް ފޮނުވައިލުމަށްފަހު ޝަހާ އަދީމްއަށް ނާސްތާ ތައްޔާރު ކުރިއެވެ. އެއަށްފަހު އަދީމަށް ގޮވަން ދިޔައެވެ. އޭރުވެސް އަދީމް އެނދުން ހިއްލައެއް ނުލައެވެ. އޭރު ތެދުވިގޮތަށް އަދިވެސް އަދީމް އޮތީ ފޯނާ ކުޅޭށެވެ.

" ހާދަ ކަންނެތް ދުވަހެއްހެން ހީވެޔޭ... ދަތްވެސް ނޫގުޅާނަންތަ؟ " އެނދުގެ އަރިމަތީގައި އިށީނދެލަމުން ޝަހާ އަހައިލިއެވެ.

" ތެދުވާ ހިތެއް ނެތް...." އަދީމް ބުނެލިއެވެ.

" ކަމަކުނުދާނެ އަދީމް.. އަދި މާލެއިން އައި ފަހުން ތިއުޅެނީ މަންމަމެން ގެއަށް ވަދެ ނުލާ.. ހިނގާބަލަ ސައިބޮއެގެން އެގެއަށް ގޮސްލަން... މައި ވެސް އުޅެނީ ވަރަށް ބަލިކޮށް.. ހާލު ބަލައިލަން ދާންވާނެއްނު.." ޝަހާ ބުންޏެވެ. އަދީމް ވަކި ބަހެއް ނުބުނެއެވެ. ހަޤީގަތުގައި އަދީމް ކޮޓަރިން ނިކުންނަން ބޭނުންނުވާ ސަބަބަކީ ޝެރީންއެވެ. ޝެރީން ފެންނަ ހިސާބަށް ދިއުމަކީ އަދީމަށް އެހާ ފަސޭހަ ކަމަކަށް ނުވާތީއެވެ. ޝެރީންއާ ގުޅުން ބަދަހިކުރަން އޭނާގެ ހިތް ދެކޮޅު ހަދަމުން ދިޔައީ ކީއްވެގެން ކަމެއް ހުދުއޭނާއަކަށްވެސް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ޝެރީން ފެނުނު ފަހުން އޭނާގެ ހިތް ނުތަނަވަސް ވެފައި ހުންނަކަމެކެވެ.

ތައްޔާރުވެގެން އަދީމާއި ޝަހާ ކޮޓަރިން ނިކުތީ ޝެރީން ކޮފީ ބޯން އިންދައެވެ. އަދީމް ފެނުމާއެކު ޝެރީން ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އަދީމްވެސް ލުއި ހިނިތުންވުމެއް ދެމުން އިސްޖަހައިލިއެވެ.

" ކޮފީ އެކަނިތަ ބޮނީ.. ހުންނާނެ ރޮއްޓާއި ރިހަ ހަދާފައި.. " އަދީމްގެ އަތުގައި ހިފައިގެން ނިކުންނަން ދަމުން ޝަހާ ބުންޏެވެ. އެހިނދު ޝެރީންގެ ނަޒަރު ދަތުރުކޮށްލީ ގުޅުވައިލެވިފައި އަދީމާއި ޝަހާގެ އަތަށެވެ. އަދީމްގެ ފިނި ހިނިތުންވުމުގެ ސަބަބުން ނުތަނަވަސްކަން ލިބިފައިވާ ހިތް އިތުރަށް ނުތަނަވަސްވިކަމެއް ކަމުގައި އެކަންވިއެވެ. ނޭނގެނީ އެމަންޒަރުން އޭނާގެ ހިތްނުތަނަވަސްވާންވީ ސަބަބެވެ. ދޮރު ލެއްޕުނު އަޑާއެކު އެމީހުން ދިޔައީކަން ޝެރީންއަށް ޔަގީންވިއެވެ. ކޮފީތަށި ހުރިތާ ބެހެއްޓުމަށްފަހު އޭނާ ގޮސް ކޮޓަރިއަށް ވަނެވެ. އެނދުގައި އިށީންނަމުން ފޯނުން އިއުފާގެ ނަމްބަރު ހޯދައިލުމަށްފަހު ގުޅައިލިއެވެ.

 

  1. ސާބަސް

    ފެށުނީ ކަންތައް ވ ފޫހިވޭ ދެން ފަންޏެއް ޖައްސާ އަވަހަށް