ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

 

Ads by STELCO

އިރުކޮޅަކު ވާހަކަދައްކަން ތިބުމަށްފަހު ސާޔާ ނިދަން ބޭނުންވާކަން ހާމަކުރިއެވެ. އިތުރަށް ސާޔާ މަޑުކުރުވަން ނަހަދާ ލިއަމް ވެސް ނުކުތީއެވެ.

އެޕަރޓްމެންޓުން ނުކުމެފައި ލިއަމް މަޑުކޮށްލިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވުމާއެކު އޭނާ މަޑުމަޑުން މޭގައި ފިރުމާލިއެވެ.

 

**************************

ދަންވެފައި ހުރިނަމަވެސް ލިއަމް އެނދުގައި އޮށޯތީ އުދާސްވެފައި ހުރުމުން ފެންވަރައިގެންނެވެ. އެހެންނަމަވެސް އެތަށް އިރެއް ފާއިތުވެ ދިޔައިރުވެސް ނިދޭ ގޮތެއް ނުވުމުން އެންމެފަހުން ލިއަމް ބޭރަށް ނުކުތެވެ. ހުސް ސޯޓުކޮޅެއްގައި ހުރިއިރު އެއް އަތުގައި ފޯނު އޮތެވެ. ހުސް ފިރިހެނުން އުޅޭތީ ފަސޭހަވަނީ މިކަހަލަ ކަންކަމުގައެވެ. ކޮޓަރިން ނުކުތުމާއެކު ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ސިޓިންގްރޫމުގައި ހުރ ފަނޑު އަލިކަމެވެ. އޭރު ގޭތެރޭގައި ކާއެއްޗެއްގެ ވަސްވެސް ހިފާފައި ހުއްޓެވެ. ވަގުތުން އެއީ ރައުލްގެ ކަމެއްކަން ލިއަމްއަށް ވިސްނުނެވެ. ސިޓިންރޫމަށް ނުކުމެވުނު އިރު ސޯފާގައި ހަށިގަނޑު ދަމާލައިގެން ރައުލް އޮތްތަން ފެނުމުން ލިއަމްއަށް ލިބުނީ ހައިރާންކަމެވެ. އެއްވެސް ކަމަކާ ނުލައި ރައުލް ހޭލާ ނޫޅޭނެކަން ލިއަމްއަށް އެނގެއެވެ. ހާއްސަކޮށް އޮފީހުގެ މަސައްކަތްތައް ފެށިފަހުން ރައުލް އަވަހަށް ނިދައެވެ. އެހެންކަމުން ރައުލްއަށް ކަމެއް ވެއްޖެކަން ލިއަމްއަށް ޔަޤީންވިއެވެ.

"މިރޭ ކަމެއް އޮތީތަ.. ނުނިދާ ތިއުޅެނީ.. " ރައުލް ސުވާލުކޮށްލި އިރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ފޯނުން ބަލަމުން ދިޔަ ވީޑިޔޯއަށެވެ.

"ނޫން... ރައުލް ކުރަންޖެހޭ ވަކި ކަމެއް އޮތީތަ.." ރައުލްގެ ފަރާތުން ކަމެއް އޮޅުވަން ބޭނުންވެފައި ހުރި ފަދައަކުން ލިއަމް އަހާލިއެވެ. އެވަގުތު ރައުލް ތެދުވެ ސޯފާގައި ހަމަޖެހިލަމުން ލިއަމްއަށް ބަލާލިއެވެ.

" ޑޫޑް؟.. ހުރިހާ ކަމެއް އޯކޭތަ؟.. ޔޫ ލުކް ޑިޕްރެސްޑް...".. ރައުލްއަށް ވެފައި ހުރިގޮތުން ލިއަމް ހައިރާންވިއެވެ.

"ޑިޕްރެސް ވެސް ވާނެ މި އޭޖް ގަ.. " މަސްނޫއީ ހިނިތުންވުމަކާއެކު ރައުލް ބުނެލީ އެވަރަށެވެ. އޭނާގެ ސިކުނޑިއަށް އުނދަގޫކުރަމުންދާ ހިޔާލު ލިއަމްއާ ހިއްސާ ކުރަން ރައުލް ޖެހިލުންވިއެވެ.

" ޑިޕްރެސްވިޔަސް އެކަމަކަށް ހައްލެއް ހޯދާ ދެވޭނީ ވެސް ބުނީމައެންނު.. ރައުލް އަބަދުވެސް ބުނަމެންނު.. ނޯ ކޮމިއުނިކޭޝަން ބެރިއަރސް އޭ.. " ލިއަމް ބުންޏެވެ.

"އައިމް ފީލިންގް ސަމްތިންގް ވިއަރޑް.. މޭބީ އިޓްސް ނޮޓް ރައިޓް.. " ފުން ނޭވާއެއް ދޫކޮށްލަމުން ރައުލް ބުނެލިގޮތުން ލިއަމްއަށް ހެވިއްޖެއެވެ.

" ކުއްޖަކު ދެކެ ލޯބިވެވުނީތަ އަނެއްކާ؟" ލިއަމް ސުވާލުކުރިއެވެ. އެ އަޑުގައިވީ ލާނެތްކަމުން ރައުލް ލަދުގަތެވެ. މީގެ ކުރިން އެފަދަ ވާހަކައެއް އޭނާ ލިއަމްއާ ހިއްސާ ކޮށްފައި ނުވާތީއެވެ.

" އަހަންނަށް ނޭނގެ ލިއަމް ހީކުރާނީ ކީކޭ ކަމެއް.. އެކަމަކު އަސްލުވެސް އަހަންނަށް ލޯބި ވެވިއްޖެ.. ވަރަށް ބޮޑަށް.. އެކަމަކު މި އިހްސާސް ވަނީ އަހަރެން ހިތުގަ އެކަނި ކަންނޭނގެ.. " ރައުލްގެ މޫނުން ލިއަމްއަށް ފެނުނީ މާޔޫސްކަމެވެ.

" ބުނީމަ އެންނު އެނގޭނީ ކާކުކަން.. ރައުލްދެކެ ލޯބި ނުވާނީ ދެން މޮޔައެއް.. ކިރިޔާ އަހަރެން ރައުލްއަށް ހިތް ނުކިޔާ މިހުންނަނީ.. އެހާވެސް ޗަރމިންގް..".. ލިއަމް ދިމާކުރާ ޒާތަކަށް ވާހަކަދެއްކުމުން ރައުލް ކަޅި އަޅާލިއެވެ.

"އައި.. އ... އަމް.. ނަ.. ނަވާ ލަވް އައި.. " ބުނަން ނުބުނަން އުޅެފައި ވެސް ރައުލް ހާމަކުރިއިރު ހިތްއަވަސް ވެފައި ހުރުމުން އޭނާއަށް ޖުމްލަ އަތުރާލެވުނީ ނުބައިކޮށެވެ. އެއާއެކު ލިއަމްގެ ހުނުން އިތުރަށް ބާރުވިއެވެ. ބަނޑުގައި އަތް އަޅައިގެން ގުދަށް އޮވެ ލިއަމް ހެމުން ދިޔައީ ހުއްޓުމެއް ނެތިއެވެ. އެންމެ ފަހުން އޭނާ ހުނުން ހުއްޓާލީ ކެއްސަން ފެށުމުންނެވެ. ރައުލްއާ ދިމާލަށް ހިނިއައިސްފައިހުރެ ބަލަމުން ގޮސް ލިއަމް ފެންފުޅިއެއް ނަގައިގެން އައިސް އަނެއްކާ ވެސް އިށީނެވެ.

"ނަވާ.!... ހުރިހާ އަންހެންކުދިންގެ ތެރެއިން ކިހިނެތް ނަވާ... " ހުނުން ހުއްޓާލުމަށްފަހު ލިއަމް އަހާލީ ސީރިޔަސް ކަމާއެކުގައެވެ. ހީވަނީ ޤަބޫލުކުރަން އުނދަގޫވެގެން އުޅޭހެންނެެވެ.

" މީ ކުއްލިއަކަށް ހުރެފަ ވީ ކަމެއް ނޫން.. އަހަރުތަކެއް މިވަނީ.. ނަވާގެ ހަރަކާތްތަކުން ހީވޭ ބައެއްފަހަރު އަހަންނާ މެދު ދެކެނީ ހަމައެކަނި ފްރެންޑެއް ގޮތުގަ ނޫންހެން.. މި ފަހަކަށް އައިސް ދޮންތި ވެފަ އެއްވެސް ނޫޅޭ.... އައި ވޯންޓް ހަރ ސޯ ބޭޑްލީ.. އެކަމަކު ނަވާއާ އެގޮތަށް ވާހަކަ ދައްކަން ނުކެރޭ... މިބުނީ އެކަހަލަ ވާހަކައެއް... ނަވާ ވެސް ކޮންމެވެސް ވަރަކަށް އަހަންނާ ގަޔާވާކަން ބުނަން ޔަޤީން..... އެކަމަކު އެކްސިޑެންޓަށްފަހު މަންމަ ނަވާއަށް ކިޔާލި ހުރިހާ އެއްޗެހިން ގިލްޓީ ފީލްވެފަ ކަންނޭނގެ އެ ހުންނަނީ އަދިވެސް.. " ރައުލްގެ ސިކުނޑީގައި އުނދަގޫ ކުރަމުންދިޔަ ޚިޔާލުތައް ދުލާ ހަމައަށް އޭނާ ގެނައެވެ.

" ނަވާގެ ފަރާތުން ސައިންއެއް ފެނުނީތަ.." ލިއަމް އެހިއެވެ.

"ވަކި އެކަހަލަ ކަމެއް ނޫން.. އެކަމަކުވެސް އެއީ ކުރީގެ ނަވާ ނޫން.. އެކަން ޔަޤީނަށްވެސް ބުނަން އެނގޭ... ޝައި.. އައި ޑޯންޓް ނޯ.. ނޮޓް ސޯ ލައިކް ނަވާ.. ކުރިން ހުންނަ ކެރޭ ސިފަ ނުހުރޭ.. ޝީ އެކްޓްސް މޯ ލައިކް އެ ވިމެން ނައު.. ހެހެ.. " ހިޔާލަކަށް ގެއްލިފައި އިނދެ ރައުލް ބުނެލިއެވެ.

"ރައުލް! ތި ހުރީ ހަމަރަނގަޅަށް ވެސް ނަވާގެ ޖާދޫގައި ޖެހިފައި. އޭޒް ހަރ ބްރަދަރ.. ޔޫ އަރ ދި ބެސްޓް ޗޮއިސް ފޯރ ހަރ.. ނަވާއަށް ރައުލްގެ ފަރާތުން އެއްވެސް ދެރައެއް ނުލިބޭނެ ކަން ޔަޤީން.." ލިއަމް ބުނެލިއެވެ..

"ދެން ބުނެބަލަ.. ކޮން އިރަކު ނަވާއަށް ޕްރޮޕޯސް ކުރަނީ.. " ލިއަމް އިނީ ހެވިފައެވެ.

" އަދި މާ އަވަސް.. ނަވާގެ ހިތުގަ އޮތް އެއްޗެއް ޔަޤީން ވަންދެން މި މަޑު ކުރަނީ.. ފަހަރެއްގަ އަދިވެސް ނަވާ ލޯބިވަނީ ލޫކަސް ދެކެ.. ލޫކަސް ނަވާ ކައިރިއަށް އެނބުރި އަތުވެއްޖެނަމަ ނަވާ ދާނެ.. އަސްލު އެކަމާ ބޮޑަށް ވިސްނެނީ.. " ރައުލް ކަންބޮޑުވާ ކަންތައް ހާމަކުރިއެވެ. ލިއަމް ހަމައަކަށް އެޅުމުން ރާސިލް ވަނީ ޔަލާއާއި އޭނާގެ ސިއްރު ލިއަމްއާ ހިއްސާކޮށްފައެވެ. އެގުޅުން ސިއްރުކުރަން ލޫކަސް އެދެމެދަށް ގެނައުމުން އެކަމާއި ލިއަމް ހިތްހަމަނުޖެހުނަސް ފަހުން އެކަމާއި ގުޅިގެން ވަކި އެއްޗެކޭ ނުބުނީ ލޫކަސްގެ ހަޤީޤަތް އެނގުމުންނެވެ. އެއީ ނަވާރްއަށް އެކަށީގެންވާ ޒުވާނެއް ނޫންކަން ލިއަމްއަށް ޔަޤީންވުމުންނެވެ.
" ތިކަމަށް ވަކި އެއްޗެއް ބުނާކަށް ނޭނގެ.. ނަވާ ވަރަށް ލައިކްވި ދޯ ލޫކަސް ދެކެ.. އެކަމަކު ނަވާއަށް ވެސް ހަޤީޤަތް އެނގުމުން ލޫކަސްއާ ދިމާލަށް އެފަދަ ގޮތަކަށް ނުވެސް ބަލާނެ.. އަސްލު މިހާރު ލޫކަސްގެ ބޭނުމެއް ވެސް ނެތް.. ރާސިލް ކައިރީގަ ބުނަންވީ އެކަން ނިންމާށޭ... ލޫކަސްއަށް ރާސިލް ކޮށްދިން ހެޔޮކަމުގެ އަގުވެސް އަދާ ކުރެވިއްޖެ.. އަސްލު އޭނަ ކައިރީގަ ނުވެސް ބުނޭދޯ ބަދަލުދޭން.. މޭބީ ހީ ވޯޒް އެކްޗުއަލީ ލުކިންގް ފޯރ އެ ޗާންސް... ރާސިލް އާ ޔަލްގެ މެރިއޭޖް އެއީ ލޫކަސް އަށް ލިބުނު ފުރުސަތެއްކަމަށް އޭނާއަށް ހީވާނީ... ލޫކަސް މޮޔަ ކަމުން ކުރިކަމެއް އެއީ.. ހައު ކޭން ހީ އިވެން ތިންކް ދެޓް ރާސިލް ވުޑް ލީވް ޔަލް...  ލިއަމްގެ މޫނުން ކޮންމެވެސް ވަރެއްގެ ހިތްހަމަނުޖެހުމެއް ފާޅުވިއެވެ.

" ލޫކަސް ނެތް ނަމަ އަހަރެންގެ އެއްވެސް ބިރެއް ނެތް.. ނަވާގެ ހިތުގަ އޮތް އެއްޗެއް އަަހަރެން އެނގެން ބޭނުންވަނީ.. އަހަންނަށް ހަޤީޤަތުގައި ވެސް ނަވާދެކެ ވަރަށް ބޮޑަށް ލޯބި ވެވިއްޖެ.. ނަވާ ނޫން އެހެން ކުއްޖެއް ހަޔާތަށް ގެންނަން އަހަރެން ބޭނުމެއް ނޫން.. " ރައުލް ބުނެލީ މަޑުމަޑުންނެވެ.

"ރައުލް! އަހަރެން ވެސް ދިރިއުޅުމެއް ފަށަން ބޭނުން......" ފުންނޭވާއެއް ދޫކޮށްލަމުން ލިއަމް ބުނެލިއެވެ.

"ލިއަމް! އަހަރެން ކުރިންވެސް ބުނީމެންނު... ލިއަމްގެ ދިރިއުޅުން ހުއްޓާލަންވީ ވަގުތެއް ނޫން މިއީ.. ލާރާ އަހަރެމެންނާ ވަކިވެއްޖެ.... އެކަން ޤަބޫލުކުރަންޖެހޭ...  ލިއަމްގެ އުމުރުން އަދި ހަނގު... ދިރިއުޅުން ކުރިއަށް އޮތީ.. މިހިސާބުން ދިރިއުޅުމާއިގެން އުންމީދު ކަނޑައިގެން ނުވާނެ.. މިއީ ކުރިއަށް ދާންވީ ވަގުތު...  ." ރައުލް ދެއްކި ވާހަކަތަށް ލިއަމް ކަނުލާ އަޑުއެހިއެވެ.

" އެކަމަކު މެލެކް އާންޓީ ހީކުރާނީ ކީކޭ... ޝީ ލޮސްޓް ހަރ ޗައިލްޑް... އަހަރެން އާ ދިރިއުޅުމެއް ފެށީމަ ކީކޭ ހީކުރާނީ.. އެއީ މެލެކް އާންޓީއަސް ވެސް ދެރައެކޭ ހީވަނީ.. އެކަމަކު ރައުލް ތިބުނި ގޮތަށް ދިރިއުޅުމައިގެން ކުރިޔަށް ދާން ބޭނުން.. ލާރާ އެއީ މާޒީ ކަމުގައި ޤަބޫލުކުރަން.. " ރައުލްއާ ނަޒަރު ސީދާކޮށްލަމުން ލިއަމް ބުނެލިއެވެ.

"ލިއަމް... މަންމަ ތިއަށްވުރެ އަންޑަސްޓޭންޑިނ ވާނެ.. ހާއްސަކޮށް ލިއަމް ތި ބޭނުންވާ ކުއްޖާގެ ހަޤީޤަތް އެނގުނީމަ މަންމަ ކީއްވެ ތި ގުޅުމަށް ނޫނެކޭ ބުނަންވީ.. " ރައުލް މާނަފުން ގޮތަކަށް ބުނެލިއެވެ.

" ރައުލް... އައި ތިންކް ވީ ޝުޑް ޓެލް ހަރ.. " ލިއަމްއަށް ރައުލް އެބުނީ ކީކޭކަން ދޭހަވުމުން ބުނެލިއެވެ.

" ނޫން.. އަދި މާ އަވަސް... ފުރަތަމަ އެ އެކްސިޑެންތްގެ ހަޤީޤަތް ހޯދަންޖެހޭނެ.. އޭގެ ފަހުން މި ހަޤީޤަތް ހާމަކުރާނީ.."... ރައުލް ހާމަކުރީ އޭނާގެ ސިކުނޑިގައި ކަންކަން ރޭވިފައި އޮތް ގޮތެވެ.

" އައި ކާންޓް ވެއިޓް ޓު މޭކް ހަރ މައިން....." ލިއަމް ބުނެލިއެވެ. އެއަށްވުރެ އިތުރަށް ހިތުގައި އޮތް އެއްޗެއް ލިއަމް ހާމަނުކުރިއެވެ. ނަމަވެސް އެ ތުންފަތުގައިވީ ހިނިތުންވުން އިތުރަށް ފުޅާވިއެވެ.

****************************

މެންދުރުގެ ކެއުމަށްފަހު ކާމޭޒުމަތީ ހުރި ތަށިތައް ނަގާފައި ކާއެއްޗެހި ހޫނުކުރުމަށް އެތަނުގައި ހަރަކާތްތެރިވަމުންދިޔަ ނޯޔާ ގާތު މެލެކް ބުނެލިއެވެ. އޭނާ ސިޓިންގްރޫމަށް އައިސް ވަންއިރު ޓީވީއަށް ނަޒަރު ހުއްޓާލައިގެން ބީކާލް އިންތަން ފެނުނެވެ. ބަލަން އިނީ ޒުވާން ދެމަފިރިއެއްގެ އިންޓަރވިއުއެކެވެ. ސޯފާގައި ބީކާލްގެ ގާތުގައި އިށީން މެލެކް ފިރިމީހާގެ އަތުގައި ފިރުމާލިއެވެ. ލުއި ހިނިތުންވުމެއް މެލެކްއާ ބަދަލުކޮށްލާފައި ބީކާލް ވާހަކަދައްކަން ފެށީ ޓީވީގެ އަޑު މަޑުކޮށްލަމުންނެވެ.

"ކިހިނެއްވީ؟ ވާހަކައެއް ދައްކަން އުޅޭހެން ހާދަ ހީވޭ" ބީކާލް ބުނެލިއެވެ.

"ބީކާލް! ޔަލާގެ ދަރިފުޅު ފާހަގައެއްނުވޭތަ؟ އަހަރެމެންގެ ދަރިފުޅު ދޮގު ހަދާފާނޭ ހިތެއްނުބުނޭ... އެކަމަކު އެ ދަރިފުޅު އެއީ ރާސިލްގެ އޭ ހީވަނީ... ދުށިންތަ އެ ފެހި ކުލައިގެ ކަޅިއާއި މުށިކުލައިގެ އިސްތަށިގަނޑު... ޔަލާ ހުރުމުން ނުކެރުނު ކިރާޒްގެ ކަނދުރާ ބަލަން.. މި އާއިލާގެ ލޭ ހިނގާ ކުއްޖެއްނަމަ ކަނދުރާގަ ނިޝާން ހުންނާނެ... " މެލެކްއަށް މިފަހަކަށް އައިސް އުނދަގޫކުރާ ޚިޔާލެއް ބީކާލާއި ޙިއްޞާކުރިއެވެ.

"އަހަންނަށް ވެސް ތިކަން ފާހަގަކުރެވުނުތާ ދުވަސްކޮޅެއްވެއްޖެ. ދަރީން އުޅޭނޫޅޭގޮތް އަހަރެމެން އަދިވެސް ބަލަން ޖެހޭނެ. ޔަގީން ކުރެވޭނެ ގޮތަކީ ރާސިލްއާ ސުވާލުކުރުން.... " ބީކާލް ބުނެލިއެވެ. އަދި ކޮފީމޭޒުމަތީ އޮތް ފޯނު ނަގައި ރާސިލްގެ ނަންބަރު ހޯދާލާ ޑައިލްކޮށްލިއެވެ.

" ލައްބަ! ކީކޭ ބައްޕާ.. " ފޯނު ނެގުމާއެކު އެކޮޅުން ރާސިލްގެ އަޑު އިވުނެވެ.

" ދަރިފުޅު ކިހިނެތް؟.. އެއް ގެއެއްގަ އުޅޭ އިރުވެސް ފެނި ނުލާ.. އޮފީސް މާ ބުރައީތަ؟....." މެލެކްއަށް ނަޒަރެއް ދެމުން ބީކާލް އަހާލިއެވެ.

"އަޅުގަނޑު ރަނގަޅު.. އޮފީހުގަ ކުޑަކޮށް ބިޒީވީމަ ގެއަށް ނުދެވެނީ... ބައްޕައާ ބައްދަލުކުރަން ދާނަން އެކަމަކު ވަރަށް އަވަހަށް..؟" ރާސިލް ބުނެލިއެވެ.

"މާ ރަނގަޅު ގޮތެއް ތިއީ.. ބައްޕަ މި ގުޅާލީވެސް ތިވާހަކަ ބުނަން.. ދަރިފުޅާއި ދައްކަން ޖެހޭ ވާހަކައެއް އޮތީމަ ބައްދަލުކުރަން އަންނާށޭ ބުނަން...." ބީކާލްގެ ތުންފަތަށް ވެރިވެފައިވީ ހިނިތުންވުމެކެވެ.

"ލައްބަ! ހަވީރު މި އުޅެނީ ރެސްޓޯރެންޓްގް ކޮންސްޓްރަކްޝަން ސައިޓަށް ގޮސްލަން ލިއަމްއާ ދެމީހުން.. ރައުލް ވެސް ބުނި އެކޮޅަށް ދާނަމޭ ސެހެރް ދުބާއީގަ އުޅޭތީ... އެހެންވީމަ މިރޭގެ ވަގުތެއް ރަނގަޅުވާނެދޯ ބައްޕާ..؟" ރާސިލްގެ ވާހަކަ އިވުމާއެކު ބީކާލް ގާތުގައި އިން މެލެކްއަށް ބަލާލަމުން ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

ފޯނު ކަންފަތާއި ދުރުކޮށްލުމުގެ ކުރިން ބީކާލް ބުނެލިއެވެ. ދެން އޭނާ ބަލާލީ ކައިރީގައި އިން މެލެކްއަށެވެ. އެވަގުތު އޭނާގެ އަތް މަތީ މެލެކްގެ އަތް ބޭއްވިއެވެ.

"ބީކާލް! ރާސިލް އެގޮތަށް ކަންތައް ކުރި ނަމަވެސް އޭގެ ފަހަތުގަ ރަނގަޅު ސަބަބެއް އޮންނާނެ... އެކަމަކު ޔަލާއާއި ރާސިލްގެ ގުޅުމެެއް އޮތަސް އެކަން ސިއްރު ކުރުމުގެ ބޭނުމެއް ނެތް... ލާރާގެ މަރަށްފަހު ޔަލް ބޭނުންނުވާނެ އާއިލާގެ މައްސަލައެއް ޖެހެން.. އެބިރު އެކުދިންގެ ހިތުގައި އޮތީމަ ކަންނޭނގެ ސިއްރު ކުރަނީ.. އެ ދަރިފުޅު ފެނުނު ވަގުތު ވެސް އަަހަރެންގެ ހިތަށް އެރި އެއީ އަހަރެމެންގެ ދަރިއެކޭ... ރާސިލްއާއި ޔަލާއަށް ވެސް އެކުދިންގެ އުފާވެރި ހަޔާތް ހޯދަދޭން އަހަރެން ބޭނުން... އެ އެކްސިޑެންޓްގައި ނަވާ ކުށްވެރިކުރުން އެއީ އަަހަންނަށް ކުރެވުނު ބޮޑު ކުށެެއް.. ހުރިހާ ކުދިން ގުޅިގެން އުފާވެރި ޢާއިލާއެއްގައި އުޅޭތަން ދުށުމަށް އަހަރެން މިވަނީ ކެތްތެރިކަން ކުޑަވެފައި. ރާސިލްއެކޭ ލިއަމް އެކޭ ރައުލް އެކޭ ސެހެރްއެކޭ ތަފާތެއް ނެތް.... އެ ހުރިހާކުދިން ވެސް އެއީ އަހަރެންގެ ދަރިން ހަަމަ.. ލިއަމް ވެސް ދިރިއުޅުމާއިގެން ކުރިއަށް ދާން އަހަރެން ބޭނުން....... " މެލެކް މަޑުމަޑުން ވާހަކަދެއްކިއެވެ. އޭނާގެ ބޮލުގައި ބީކާލް ބޯޖައްސާލިއެވެ.

=ނުނިމޭ=

Ads by Allied Insurance
  1. މަރިޔަންދައިތަ

    ކޮބާ މިއަދުގެ ބައި

  2. ްަވަރަށް ރީތި ކޮބާ މިޔަދުގެ ބާ