ވާހަކަ

ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

ދޮރު ލެއްޕުނު އަޑާއެކު އެމީހުން ދިޔައީކަން ޝެރީންއަށް ޔަގީންވިއެވެ. ކޮފީތަށި ހުރިތާ ބެހެއްޓުމަށްފަހު އޭނާ ގޮސް ކޮޓަރިއަށް ވަނެވެ. އެނދުގައި އިށީންނަމުން ފޯނުން އިއުފާގެ ނަމްބަރު ހޯދައިލުމަށްފަހު ގުޅައިލިއެވެ. އިއުފާ ފޯނު ނުނެގުމުން ދެވަނަ ފަހަރަށްވެސް ގުޅިއެވެ. ތިން ހަތަރު ފަހަރު ގުޅުމުންވެސް ފޯނު ނުނެގުމުން ޝެރީން ކައިރިއަށް ރުޅިއައެވެ. ހިތްހަމަނުޖެހިފައި ފޯނު އެނދުމައްޗަށް ހޫރައިލިއެވެ. ނިދި ހަރާބުކޮށްފައި އެހާ އަވަހަށް ތެދުވީވެސް އަދީމާ ވާހަކަ ދައްކައިލުމުގެ މަޤްސަދުގައެވެ. ނަމަވެސް އަދީމްގެ ފަރާތުން އެފަދަ އެއްވެސް ޝައުޤެއް ނުފެނެއެވެ. ޝެރީން އެނދުމައްޗަށް ވެއްޓިގަތެވެ. ބާލީސް ނެގުމަށްފަހު މޫނުފޮރުވައިލިއެވެ. ހޭލާ ހުރުމުގެ އެއްވެސް ބޭނުމެއް ނެތުމުން ބޭނުންވީ ނިދައިލާށެވެ.

Ads by Hajj Corporation

************

ގެއަށް ވަދެގެން އައި އަދީމާއި ޝަހާ ފެނުމުން ކައުސަރުގެ މޫނުމަތިން ފުޅާ ހިނިތުންވުމެއް ފެނިގެން ދިޔައެވެ. މުރަނގަފަތް ތައްޓަކަށް ފިލުވަން ކައުސަރު އިނީ ކާމޭޒު ކައިރީގައެވެ.

" ދެކުދިން ހާދަ ހެނދުނަކާ ފެނިލީ... މަންމަގެ އަދީމް އައި ފަހުން އަދި ލޮލަށް ތިފެނުނީ..." ކައުސަރު ބުނެލިއެވެ. އަދީމާއި ޝަހާ އައިސް ގޮނޑި ދަމާލާފައި އިށީނީ އެކުއެކީގައެވެ.

" އައި ފަހުން ވަރަށް ބިޒީކޮށް އުޅެން ޖެހުނީ... އެހެންވެ އާދެވޭ ގޮތެއް ނުވީ.. " އަދީމް ބުނެލިއެވެ.

" ކޮބާ އެހެންމީހުން.." ގޭތެރެއަށް ނަޒަރު ހިންގައިލަމުން ޝަހާ އަހައިލިއެވެ.

" ބޭބެ ވެއްޖެ ކޮޓަރީގަ.. ފާތިކާއި މައިރާވީ ޑޮކްޓަރަށް ރިޕޯޓް ދައްކަން ގޮސް.. ކައްމި ދިޔައީ ފިހާރައަށް... ދެކުދިން ސައި ބޯންވީނު.. ފަތް މަސްހުނި ހުންނާނެ.." އެންމެން ވީ ތަންތަން ކިޔައިދެމުން ކައިސަރު ބުންޏެވެ. ބޯޖަހައިލުމަށްފަހު ޝަހާ ދެމީހުންނަށް ސައި ހަދަން ފެށިއެވެ.

" ކައްމި ގުޅާވެސް ނުލާ...." އަދީމް ޝަކުވާ ކޮށްލިއެވެ.

" ކައްމި އެއީ މާޝާﷲ.. މިހާރު މުޅިން އެހެން ކުއްޖެއް.. ކޫސަނި ޑުރާމާތައް މިހާރު އެއްގޮތަކަށްވެސް ނުބަލާ.. މަންމަ ނުބުންޏަސް ގަޑިންފަޑިއަށް ހުރިހާ ނަމާދުތަކެއް ކުރޭ.. ފަތިސް ނަމާދަށްވެސް ބައެއް ރޭރޭ މަންމައަށް ވުރެ ކުރިން ތެދުވޭ... ފިހާރައަށް ދާންފެށިފަހުން ވަރަށް ޒިންމާދާރު ވެއްޖެ..." ކައުސަރު ކިޔައިދިނެވެ.

ފަޒަލްގެ ފޯނެއް އައީ އަދީމް ސައިބޮއެ ނިމުނުތަނުންނެވެ. އެބައަންނަމޭ ބުނުމަށްފަހު އަދީމް ގޯތިތެރެއަށް ނިކުމެލިއެވެ. ހެނދުނު ހެނދުނާ ފަޒަލްއަށް ގުޅީ އަދީމެވެ. އެގަޑީގައި ފޯނު ނުނެގުމުން ހޭލެވުނުހާ އަވަހަކަށް ގުޅުމަށް ބުނެ މެސެޖެއް ފޮނުވައިލިއެވެ. ފަޒަލް އެގުޅަނީ އެހެންވެކަން އަދީމަށް އެނގުނެވެ. އަދީމް ފަޒަލްއަށް ޝެރީންގެ ވާހަކަ ކިޔައިދިނެވެ. ފަޒަލް ހުރީ ކިޔާނެ ބަހެއް ނޭނގިފައެވެ. ޝެރީންއާއި އަދީމް އެފަދަ ގޮތަކަށް ދިމާވެދާނެ ކަމަށް އޭނާއަށްވެސް ހީކުރެވިފައެއް ނެތެވެ.

" ފަޒަލް ބުނީމެއްނު އޭނަގެ ފިިރިއަކާ ދަރިއަކު ހުންނަ ވާހަކަ... ކޮބާ އެމީހުން...؟" އަދީމް އަހައިލިއެވެ.

" ސޮރީ.. ދީމް.. ދީމް މެރީ ކުރުމަށްފަހު ޝެރީގެ ވާހަކަ ދެއްކުމަކީ މުހިންމުކަމެއް ކަމަށް އަހަރެން ނުދެކުނީ.. އަހަރެންނަށްވެސް ވަރަށް ފަހުން އެނގުނީ ޝެރީން ޑިވޯސްވެގެންކަން އުޅެނީ.. ދެން އޭނާގެ ދަރިއާ މެދު އަހަރެންނަކަށް ނޭނގޭ އެއްޗެއް ބުނާކަން.." ފަޒަލް ކިޔައިދިނެވެ.

" އަހަރެންނަށް ވަރަށް އުނދަގު ޝެރީ އާ އެއް ގެއެއްގައި އުޅެން.... ޝެރީ ވަރަށް ވާހަކަ ދައްކަންވެގެން އުޅުނު.. އެކަމަކު ނޭނގޭ އަހަރެންނަށް ހުރެވެނީ ހިތްނުތަނަވަސް ވެފައި.. ބައެއް ފަހަރު ހިތަށް އަރާ ޝަހާއަށް ހުރިހާ ވާހަކައެއް ކިޔައިދޭންވީބާއޭވެސް.. " އަދީމް އޭނާގެ ކަންބޮޑުވުން ހާމަކުރިއެވެ.

" ދީމްގެ ރަޙުމަތްތެރިއެއްގެ ހައިސިއްޔަތުން ނަސޭހަތެއް ދޭނަން.. ކޮންމެ ގޮތެއްވިޔަސް އަދީމް މިހާރު ތީ މީހެއްގެ ފިރިއެއް.... ޝަހާ އަކީ އަދީމްގެ އަނބިމީހާ.. ޝެރީ އެއީ މާޒީ.. މާޒީއާއި މިހާރު އެކުވިޔަ ނުދޭތި.. ރަނގަޅުވާނީ މާޒީ މާޒީގެ ގޮތުގައި ބޭއްވުން.. " ފަޒަލް ބުންޏެވެ.

" ފަޒަލް ތިކަމާ ކަންބޮޑުވާކަށް ނުޖެހޭނެ.. ޝަހާގެ މަގާމު އެހެން އެއްވެސް މީހަކަށް ނުލިބޭނެ.. ހަޤީޤީ ލޯތްބަކީ ކޮބައިކަން އަހަރެންނަށް ދަސްކޮށްދިނީ ޝަހާ.. އެހަޤީޤީ ލޯބި އަހަރެން ވަނީވެސް ޝަހާ ދެކެ.. ޝެރީން ދެކެ އޭރު ވެވުނީ ލޯތްބެއް ނޫންކަން އިހުސާސްކޮށްދިނީވެސް ޝަހާ.. އަހަރެންގެ މިހިތުން ޝަހާ ފިޔަވައި އެހެން އެއްވެސް މީހަކަށް ޖާގައެއް ނެތް.. ޝަހާ އެއީ އަހަރެންގެ މުޅި ދިރިއުޅުން..." އަދީމް ބުނެލިއެވެ.

" އެހެންވީއިރު ޝެރީން ތިގޭ ހުއްޓޭ ކިޔާފަ އަދީމް ކަންބޮޑުވާކަށް ނުޖެހޭނެ... އަމިއްލަ ނަފްސަށް ތިހާ އިތުބާރު އޮތިއްޔާ ކޮބާ މައްސަލައަކީ " ފަޒަލްވެސް ބުނެލިއެވެ.

" ތިކަން އޮތީ ތިހެން.. އެކަމަކު ހިތަށް އަރަނީ ޝެރީންއާ ރަޙުމަތްތެރިކަމުގެ ގުޅުން ބާއްވަންވީ ބާއޭ.. ހަމަ ގައިމުންވެސް ޝެރީން އަހަރެންނާ ވާހަކަ ދައްކަން ބޭނުންވާކަން އަހަރެންނަށް އެނގޭ.." އަދީމް ބުންޏެވެ.

" ތިގޮތެއް ނިންމާނީ ޙުދު އަދީމް... އަމިއްލަ ނަފްސަށް އެހާ އިތުބާރު އޮތިއްޔާ އެއްވެސް ކަމެއް ގޯސްނުވާނެކަން އަހަރެންނަށް ޔަގީން... އޭރުގަވެސް ތިދެމީހުންނަކީ ގާތް ދެއެކުވެރިން.. އިހުސާސްތަކެއް އުފެދި ޝެރީންގެ ކުރިމަތީގައި އެކަން  ފާޅުކުރީވެސް އަދީމް.. އެކަމުގައި ޝެރީންގެ ކުށެއް ނެތްކަންނޭނގެ.. މިހާރު ދެން އިހަށް މިވަގުތު ބާއްވަނީ.. އަންހެނުން އޮފީހަށް ލާން ދާން ޖެހިއްޖެ.." އެހެން ބުނުމަށްފަހު ފަޒަލް ފޯނު ބޭއްވިއެވެ. ފޯނު ޖީބަށް ކޮއްޕައިލުމަށްފަހު އަދީމް ފުންނޭވައެއް ދޫކޮށްލިއެވެ.

*************

އަދީމް އެނބުރި ގޭތެރެއަށް ވަންއިރު ރާފިގުވެސް ނިކުމެ އިނެވެ. ޝަހާ އާއި ކައުސަރު އަދި ރާފިގު ތިބީ އޮލަ ވާހަކައެއްގައެވެ. އަދީމްވެސް އެމީހުން ކައިރީގައި އިށީނދެ ދައްކަމުން ދިޔަ ވާހަކައާ ބައިވެރިވިއެވެ. ފާތިކާއި މައިރާ ވަދެގެން އައީ އިރުކޮޅެއް ފަހުންނެވެ. ފާހާނާ ކޮށްލައިގެން އެބަ ނިކުންނަން ކަމަށް ބުނެ މައިރާ ކޮޓަރިއަށް ވަނެވެ.

" ދޮންބޭ... ކޮބާ ކިހިނެއް ރިސޯޓްގެ ކަންތައްތައް؟" މޭޒު ކައިރިއަށް އައިސް ހުއްޓުނު ފާތިކް ކައިރީގައި އަދީމް އަހައިލިއެވެ.

" ދަރިފުޅާ ކީކޭތަ ޑޮކްޓަރު ބުނީ..." އަދީމްގެ ސުވާލަށް ޖަވާބު ނުދެވިގެން އުޅެނިކޮށް ކައުސަރު އަހައިލިއެވެ.

" ޓެސްޓުތަކުގަ އެއްވެސް މައްސަލައެއް ނެތްކަމަށް ބުނީ.. ގޭސްޓްރިކް ހެންނޯ ހީވަނީ.. ރަނގަޅު ޑައިޓަކާއެކު ގަޑިން ގަޑިއަށް ކެއުމަށް ބުނީ.." ފާތިކް ކިޔައިދިނެވެ. ކައުސަރު އުއްމީދު ކުރި ގޮތަށް ނުވުމުން ހިނދުކޮޅަކަށް ދެރަވިނަމަވެސް ހިނިތުންވެލިއެވެ. އަދި ވަގުތު ނުޖެހެނީ ކަމާއި ވަގުތު ޖެހުމުން ލަހެއް ފަހެއްވެސް ނެތި ދަރިއަކުން ދެއްވާނެކަން ކައުސަރަށް ވިސްނުނެވެ. އެބަ އަންނަމޭ ބުނުމަށްފަހު ޝަހާ ގޮސް މައިރާގެ ކޮޓަރިއަށް ވަނެވެ. އެނދުގައި ރޯން އިން މައިރާ ފެނިފައި ޝަހާ ކަންބޮޑުވިއެވެ.

" މައި.. ކަމެއް ގޯސްވީތަ؟ ކީއްވެ ތި ރޮނީ.. ދޮންބެ ބުނި ޑޮކްޓަރު ބުންޏޭ އެއްވެސް މައްސަަލައެއް ނެތޭ.." މައިރާ ކައިރީގައި އިށީނދެ ޝަހާ ވާހަކަ ދެއްކިއެވެ.

" އެއްވެސް މައްސަލައެއް ނެތީ ކީއްވެ؟" މައިރާ ރޮމުން އަހައިލިއެވެ. އެސުވާލުން ޝަހާ ހައިރާންވިއެވެ.

" މައްސަލައެއް ނެތީމަ އުފަލެއްނު ކުރަންވީ..." ޝަހާ ބުންޏެވެ.

" ކިހިނެއް އުފާވާނީ ޝަހާ.. އެއްވެސް މައްސަލައެއް ނެތްއިރު ކީއްވެ މިހެންވަނީ.. އަހަރެން ވަރަށް ދެރަވޭ ފާތި އާ މެދު އެގޮތަށް ކަންތައް ކުރެވޭތީ.. އަހަރެން ފާތިދެކެ ވަރަށް ބޮޑަށް ލޯބިވޭ.. އެކަމަކު ދެން ކީއްވެ ފާތި ހަމަ ގާތް ވެލާއިރަށް އަހަރެންނަށް އުނދަގޫވަނީ.. އަހަރެންގެ ހުރިހާ އިހުސާސްތަކެއް މަރުވެފައި ވާ ކަހަލަ.. " މައިރާ ގިސްލަމުން ބުންޏެވެ.

" މައި.. ދެން ހުއްޓާލަބަލަ... ވެދާނެ ތިހެން ގޭތެރޭގައި އިންނާތީ ޑިޕްރެސް ވަނީ ކަމަށްވެސް.. އަހަރެން އާޓިކަލްއަކުން ކީން ޑިޕްރެސް ވަންޏާ އެކަހަލަ ކަންކަމަށް ހުރަސް އެޅޭނޭ... ދޮންބެއާ ދެމީހުން ދާންވީނު ކޮންމެވެސް ތާކަށް ޗުއްޓީ ހަދައިލަން..." ޝަހާ ހިޔާލެއް ދިނެވެ. މައިރާ ޓިޝޫއަކުން މޫނު ސާފުކޮށްލިއެވެ.

" ވެދާނެ... އަހަރެން ފާތި އާ ވާހަކަ ދައްކާނަން.. " މައިރާ ބުނެލިއެވެ. ޝަހާ ހިނިތުންވެލަމުން މައިރާގެ ބޮލުގައި ފިރުމައިލިއެވެ.

" ގުޑް.. އަދި ވާހަކައެއް ބުނަންވެގެންނޭ މިއައީ.. އެނގޭތަ އަހަރުމެންގޭގަ އުޅެއެއްނު ޝެރީ ދޯ.. އެއީ އަދީމްގެ ކުރީގެ ރަޙުމަތްތެރިއެކޯ.. އެމަންޖެ ވަރަށް އުފާވެފަ ހުރީ އެހާ ދުވަސްފަހުން އަދީމް ފެނުނީމަ.." ޝަހާ ކިޔައިދިނެވެ.

" ކެއަރފުލް ޝަހާ... ޝެރީން އިޒް ވެރީ ބިއުޓިފުލް... އަދީމަށް ޙާއްސަ ނަޒަރެއް ދީގެން އުޅޭތި.." ޝަހާއަށް ޖެއްސުމަށް މައިރާ ބުނެލިއެވެ. ޝަހާއަށް ހެވުނެވެ. މައިރާގެ ބޮލުގައި ކުޑަކޮށް ޖަހައިލިއެވެ.

" އަދީމް އެހެން ދިމާލަށް ނުދާނެކަން އަހަރެންނަށް ޔަގީން.. އެއީ ހަމައެކަނި އަހަރެންގެ ހައްޤެއް.." ޔަގީންކަން ދޭ ފަދަ ގޮތަކަށް ޝަހާ ބުނެލިއެވެ.

*************************

ފަހަކަށް އައިސް އަދީމް މާ ބުރަކޮށް އުޅެން ފެށިއެވެ. ހެނދުުނު ދާ މީހާ ގެއަށް އަންނަނީ ރޭގަނޑު އެންމެން ނިދާ ފަހުންނެވެ. ޝަހާ އެކަމާ ޝަކުވާ ކުރުމުން އަދީމް ބުނީ މާބޮޑަށް ބިޒީވާތީ ނާދެވެނީ ކަމަށެވެ. ފުރަތަމަ ފަހަރަށް ޝަހާ ކައިރީގައި ދޮގެއް ހެދޭތީ އަދީމް ދެރަވިއެވެ. ޝަހާއަށް ޝެރީންގެ ހަޤީގަތް ސިއްރުކުރެވޭތީ އެކަމާވެސް އަދީމް ކަންބޮޑުވެއެވެ. އޭނާއަށް މިވާގޮތެއް ޙުދު އޭނާއަށްވެސް ނޭނގޭފަދައެވެެ. ގައިމުންވެސް އެހިތުގައި ޝެރީންއަށް ލޯތްބެއް ނެތެވެ. ދެން އެހެންވީއިރު އަދީމްއަށް ޝެރީންއާ ކުރިމަތިލާން ނުކެރިގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟

އަދީމް ބޭކާރު ވަގުތު ހޮސްޕިޓަލުގައި ހޭދަކުރާކަން ހުސެންއަށް ފާހަގަވިއެވެ. ރަނގަޅު ވަގުތެއް ބަލާފައި އަދީމްގެ ރޫމަށް ހުސެން ވަނެވެ. މޭޒުގައި އަތްވިދެލައިގެން ބޮލުގައި ހިފަހައްޓާލައިގެން އިން އަދީމް ފެނުމުން ހުސެންއަށް ލިބުނީ ހިތްހަމަޖެހުމެކެވެ. ޝަހާއާ މައްސަލައެއް ޖެހުނީ ކަމުގައި އޭނާގެ ހިތްބުނަމުން ދާތީއެވެ.

" އަދީމް ކަލޭ ރަނގަޅުތަ؟" އަދީމްގެ ކުރިމަތީގައި ހުރި ގޮނޑި ދަމާލާފައި އިށީންނަމުން ހުސެން އަހައިލިއެވެ.

" ރަނގަޅު.. ކީއްވެ ތިހެން ތިއެހީ...؟" ގޮނޑީގައި ލެގިލަމުން އަދީމް އަހައިލިއެވެ.

" ޑިއުޓީ ނޫން ގަޑިތަކުގައިވެސް ހޮސްޕިޓަލުގައި ހޭދަކުރާތީ.. ޝަހާއާ މައްސަލައެއް ޖެހުނީތަ؟ " ތުނބުޅީގައި އަތްފުނާ އަޅަލައިމުން ވަރަށް ނޫންގޮތަކަށް ހުސެން އަހައިލިއެވެ.

" ނޫން... އަހަރެމެން ދެމީހުން ވަރަށް ހެޕީ ހަމަ... އަސްލު ރިސަރޗެއް ހަދާތީވެ މިތާ ވަގުތު ހޭދަކުރަނީ.." އަދީމް ބުނީ ހަޤީޤަތުގެ އެއްބައެވެ. އޭނާ ގެއަށް ނުދަނީ ޝެރީންއާ ހެދިއެވެ. ޝެރީން އޭނާއާ މަސައްކަތް ކުރާވަރު ވޭތުވެދިޔަ ދުވަސްތަކުގައި އަދީމަށް ވަނީ ފެނިފައެވެ. ޝެރީންއަށް އެފުރުސަތު ދޭން ބޭނުންނުވާތީ އޭނާ ގެއަށް ނުދަނީއެވެ. ކޮންމެވެސް ސަބަބަކާ ހުރެ ހުސެންއަށް އަދީމްގެ ވާހަކަ ޤަބޫލެއް ނުކުރެވުނެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން އޭނާގެ ހިތްބުނަމުން ދިޔައެވެ.

ހުސެންގެ ބޭކާރު ވާހަކަ ތަކުން ސަލާމަތްވާން ވެގެން އެދުވަހު އަދީމް ތަންކޮޅެއް އަވަހަށް ގެއަށް ދިޔައެވެ. ސިޓިންގްރޫމުގައި އެއްވެސް މީހަކު ފެންނަން ނެތުމުން ހިތްހަމަޖެހުމުގެ ނޭވައެއް ދޫކޮށްލިއެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ. ޝަވަރު ދޫކޮށްލާފައި ހުރި އަޑުއިވުމުން ޝަހާ އުޅެނީ ފާހާނައިގައި ކަން އެނގުނެވެ. ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ތިރީގައި ބެހެއްޓުމަށްފަހު އަޅާފައިވާ ޓައީއަށް ދޫކުރަމުން އަދީމް އެނދުގައި އިށީނެވެ. ގަމީހުގެ ދެތިން ގޮއް ނައްޓައިލުމަށްފަހު އެނދުގައި އުއްޑުން އޮށޯވެލިއެވެ. ޝަހާ ފާހާނައިން ނިކުތްއަޑު އިވުނީ ފުންނިންޖެއްގެ ތެރެއަށް ގެނބެން އުޅެނިކޮަށެވެ. މޫނުމަތިން ނިދީގެ އަސަރު ފިލުވައިލަމުން އަދީމް ތެދުވިއެވެ. ހިނިތުންވެލަމުން ފާހާނައިގެ ދޮރާ ދިމާލަށް ބަލައިލިހިނދު ފެނުނު މަންޒަރުން ތުންފަތްމަތިން ހިނިތުންވުން ފިލާ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވިއެވެ. ބާތްރޯބްގައި ހެވިފައި އަދީމާ ދިމާލަށް ބަލަހައްޓައިގެން ހުރީ ޝެރީންއެވެ.

Ads by Allied Insurance
  1. ލަކީ

    ކަންތަކާ ޖެހުނީ