ވާހަކަ

ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

މޫނުމަތިން ނިދީގެ އަސަރު ފިލުވައިލަމުން އަދީމް ތެދުވިއެވެ. ހިނިތުންވެލަމުން ފާހާނައިގެ ދޮރާ ދިމާލަށް ބަލައިލިހިނދު ފެނުނު މަންޒަރުން ތުންފަތްމަތިން ހިނިތުންވުން ފިލާ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވިއެވެ. ބާތްރޯބްގައި ހެވިފައި އަދީމާ ދިމާލަށް ބަލަހައްޓައިގެން ހުރީ ޝެރީންއެވެ.

Ads by Sosun Fihaara

" ޝެރީން..." އަދީމަށް ބުނެވުނެވެ. " ކޮބާ ޝަހާ..."

" ޝަހާ ވީ އަދީމްގެ ގެއަށް ގޮއްސަ.. އެގަޑީގަ މަލާ ފާހާނައިގަ އުޅޭތީ ޝަހާ ކައިރީގައި އަހާފައި މިތަނަށްވަނީ.. އަދީމް އެހާ އަވަހަށް ގެއަށް އަންނާނެ ކަމަށް ހިޔެއް ނުކުރަން..." ޝެރީން ބުންޏެވެ. އޭނާގެ ބެލުމުގައި ވަނީ މައުނަވީ ގޮތެކެވެ. ޝަހާ އައިސް ކޮޓަރިއަށް ވަނީ އަދީމްއަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށެވެ. ޝެރީން ބާތްރޯބްގައި ހުރިތަން ފެނުމުން ޝަހާއަށް ދެބުމަ ގޮށްޖަހައިލެވުނެވެ.

" ފެންވަރަން ވެގެންތަ އޭރި ޝެރީ ފާހާނަ ޔޫސްކޮށްލަން ބުނީ.. އައި ތޯޓް..." ޝަހާ ބުންޏެވެ. އޭނާ ދެން ބަލައިލީ އަދީމަށެވެ.

" ކޮންއިރަކު އަދީމް އައީ... އަހަރެން ހުރީ މަންމަމެން ގޭގަ.. އަދީމް އައިއްސަ ގުޅާލި ނަމައެއްނު.." ޝަހާ ބުންޏެވެ. އަދީމް ޝަހާ އާ ދިމާލަށް ބަލައިލީ ހިތްހަމަނުޖެހިފައެވެ.

" ޝަހާގެ ގެސްޓުން މިިކޮޓަރިއަށް ވެއްދުމަކީ އަހަރެން އެހާ ހިތްހަމަޖެހޭ ކަމެއް ނޫން... " އަދީމް އެހެންބުނީ ހިތްހަމަނުޖެހިފައެވެ. ޝެރީންގެ މޫނުމަތި މިލައިގެން ގޮސް ދެބުމަ ގޮށްޖެހުނެވެ. ޝަހާ އެއްފަހަރު ޝެރީން އަށް އަނެއްފަހަރު އަދީމަށް ބަލައިލިއިރު އޭނާގެ މޫނުމަތިން ލަދުވެތިކަމެއް ފާޅުވާން ހުއްޓެވެ. އެއީ މީގެ ކުރިން އަދީމް ދުވަހަކުވެސް ޝަހާ އާ ވާހަކަދެއްކި މޭރުމެއް ނޫނެވެ. ޙާއްސަކޮށް މެހުމާނެއްގެ ކުރިމަތީގައި އެގޮތަށް ވާހަކަ ދެއްކުމުން ހިތުގައިވެސް ޖެހިއްޖެއެވެ.

ޝެރީން އެތަނުން ނިކުމެގެން ދިޔައީ ހިތްހަމަނުޖެހިފައެވެ. ހިނގާދިޔަ ކަންތަކާ ފަހުން ވާހަކަ ދައްކަން ނިންމަމުން ޝަހާ އަދީމާ ގާތަށް ޖެހިލިއެވެ.

" ހިނގާ ކާން ދާން... " އަދީމްގެ އަތުގައި ހިފައިލަމުން ޝަހާ ބުންޏެވެ.

" އަހަރެން ކާނީ މަންމަމެން ގެއިން... " އަދީމް އޭނާގެ އަތުން ޝަހާގެ އަތް ނައްޓުވައިލިއެވެ. އެއަށްފަހު ޝަހާއަށް ބަލައިވެސް ނުލާ ގޮސް ކޮޓަރިން ނިކުތެވެ. ޝަހާއަށް ރޮވުނީ ހިތުގައި ޖެހުނުވަރުންނެވެ. އެވަރުގެ ކަމަކާ އަދީމް އެހާ ރުޅި އަންނާނެކަމަށް އޭނާއަށް ހީކުރެވިފައެއް ނުވެއެވެ. ބޮޑަށް ހިތުގައި ޖެހުނީވެސް އެހެންމީހެއްގެ ކުރިމަތީގައި ޝަހާ އާ އެމޭރުމުން ވާހަކަ ދެއްކުމުންނެެވެ.

************

" އިއުފާ ބުނީ ރަނގަޅަށް.. ހިޔެއްނުވޭ އަދީމް އަހަރެންނާ ވާހަކަ ދައްކަން ބޭނުންވާހެނެއް..." ޝެރީން އިއުފާ އާ ފޯނުން ވާހަކަ ދެއްކީ ކުޑަދޮރު ކައިރީގައި ހުރެގެންނެވެ. މަލާކް އެނދުގައި ނިދާފައި އޮތުމުން އޭނާ ބެލީ ވީހާވެސް މަޑުން ވާހަކަދެއްކޭތޯއެވެ. ޝެރީން އިއުފާއަށް އިރުކޮޅެއް ކުރިން ހިނގާދިޔަ ހާދިސާ ކިޔައިދެމުން ދިޔައެވެ.

" އަޅެފަހެ ޝެރީ ކިހިނެއްވެގެންތަ ތިއުޅެނީ.. ޝެރީ އުޅޭގޮތުން އަހަރެންނަށް ހީވަނީ ޝެރީ އަދީމާ ހިތާވެގެން އުޅޭހެން.. ކަމްއޯން ޝެރީ.. މީގެ އަހަރުތަކެއް ކުރިން ޔޫ ރިޖެކްޓެޑް ހިމް.. މިހާރު ދެން ގުޅުމެއް އުފައްދަން ތިއުޅެނީ ކީއްކުރަން..." އިއުފާ ބުންޏެވެ.

" މިހާރު ހިތަށް އަރާ އޭރު އެހެން ކަންތައް ނުކުރެވުނުނަމައޭ.. އަދީމް އޭނާގެ ވައިފަށް ހާދަ ރަނގަޅޭ.. އެމީހުން އުޅޭގޮތުން އެނގޭ އުޅެނީ ވަރަށް ލޯބިންކަން.. އަހަރެން އޭރު އެހެން ނުހެދިނަމަ މިއަދު ޝަހާގެ މަގާމުގައި ހުންނާނީ އަހަރެން ކަންނޭނގެ.." ޝެރީން ބުނެލިއެވެ.

" ސީރިއަސް ޝެރީ.. އޭރު އަދީމް ރިޖެކްޓް ކޮށްލާފަ އަހަރެން ކައިރީގައި ބުނީ ކީކޭ.. އަދީމް އެއީ ދެން ކާކުހޭ.. އަންހެން ކުއްޖަކު އޭނާއަށް ބަލައިވެސްނުލާނެއޭ.. އެކަމަކު މިހާރު ހީވަނީ މުޅިން ޝެރީން އަދީމާ ހެދި މޮޔަވެފަ ހުރިހެން..." އިއުފާ ބުންޏެވެ.

" ނޭނގެ ތިޔެއް އަހަރެންނަކަށް.. އަހަރެން ބޭނުންވޭ އަދީމާ ވާހަކަ ދައްކާލަން.. އެންމެފަހަރަކު ނަމަވެސް.. އެކަމަކު އަދީމްގެ އެހުންނަ ދުރުގޮތެއްގެ ސަބަބުން ނުކެރޭ.. އަސްލު ބުނަންޏާ އަދީމްގެ އެސިފަ އަހަރެން އޭނާއަށް އެޓްރެކްޓް ކުރުވަނީ..." ހިޔާލީ ދުނިޔެއަކަށް ގެއްލިފައިވާ ފަދައިން ޝެރީން ބުނެލިއެވެ.

" އެޓްރެކްޓޭ.. ޑޯންޓް ޓެލް މީ ޔޫ އާރ އިން ލަވް..." އިއުފާ އެހެންބުނީ ހިތްހަމަނުޖެހިފައެވެ. ޝެރީން ރަކިގޮތަކަށް ހީނލިއެވެ. އިއުފާ އެސުވާލު ކުރި ހިނދު ޝެރީންގެ ހިތަށް ގޮތެއް ވެގެން ދިޔަކަން ޔަގީނެވެ.

" ތިހެނެއް ނުބުނަމެއްނު..." ޝެރީން ބުނެލިއެވެ.

" ބީ ކެއަރފުލް ޝެރީ.. އަދީމްގެ އަނތްބެއް ހުރޭ.. ދެމަފިރިން ދޭތެރެއަށް ވަނުމަކީ އެހާ ކޫލް ކަމެއް ނޫން.." އިއުފާ ނމަސޭހަތްތެރިވިއެވެ.

" އެއްކަހަލަ އިއުފާ.. އަހަރެން އެބައުޅެންތަ ދެމަފިރިން ދޭތެރެއަށް ވަންނަން... މިގަޑީ ދެން އިހަށް ބާއްވަނީ.. ފަހުން ގުޅާނަން.." އެހެންބުނުމަށްފަހު ޝެރީން ފޯނު ކަނޑައިލިއެވެ. އެހިނދު އަނެއްކާވެސް އޭނާގެ ތުންފަތްމައްޗަށް ވެރިވީ ލަދުރަކި ހިނިތުންވުމެކެެވެ. ނަމަވެސް އެއީ ހިނދުކޮޅަކަށެވެ. މީގެ އިރުކޮޅެއްކުރިން އަދީމް ކަންތައް ކުރި ގޮތް ހަނދާންވެ މޫނުމަތި ބަނަވެގެން ދިޔައެވެ.

*************

ޝެރީން ކޮޓަރިން ނިކުތީ ޝަހާ ބަދިގެއިން ކޮފީއެއް ހިފައިގެން ނިކުތްތަނުންނެވެ. ޝެރީން ފެނުމުން ހަތަރުކަޅި ހަމަކުރަން ނުކެރި ޝަހާ އިސްޖަހައިލިއެވެ. ޝެރީންގެ ތުންފަތަށް ވެެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. އަދީމް ޝަހާދެކެ ރުޅިއައިކަން އެނގުމުން އޭނާގެ ހިތަށް ހިނދުކޮޅަކަށް ނަމަވެސް ހިތްހަމަޖެހުމެއް ލިބުނެވެ. މޫނުމަތީގެ ކުލަވަރު ރީތިކޮށްލަމުން ޝެރީންގޮސް ޝަހާ އާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.

" އައިމް ސޯ ސޮރީ ޝަހާ.. އަސްލު ފާހާނާ ކޮށްލަން ވެގެން ވަނީ.. އެކަމަކު ހިތަށް އެރީ ފެންވަރައިލަން.. އަދީމް އަބަދުވެސް ލަސްކޮށް އަންނާތީ އަހަރެން ހިޔެއް ނުކުރަން އޭނާ އެވަގުތު އައިސްދާނެ ކަމަކަށް.." ޝެރީން ދެރަވެލާފައި ބުންޏެވެ.

" އިޓްސް އޯކޭ ޝެރީ.. އަދީމްގެ ފަރާތުން އަހަރެން މައާފަށް އެދެން.. އަދީމް އެއީ އާންމުކޮށް އެގޮތަށް ވާހަކަ ދައްކާ މީހެއް ނޫން.. މިދުވަސްކޮޅު މާބުރަ ކޮށް އުޅޭތީ ސްޓްރެސް ވަނީ ކަންނޭނގެ... ސޮރީ އެނގޭ." ޝަހާ ހިތްހެޔޮކަމާއެކު ބުންޏެވެ. ޝެރީންވެސް ޙީނލަމުން އެއީ ކަމެއް ނޫންކަމުގައި ބުންޏެވެ.

**************

ގޯތިތެރޭގއި ބަހައްޓާފައި ހުރި ޖޯލިފަތީގައި އަދީމް އޮށޯވެލައިގެން އޮތެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ އުޑުގައި ރަސްކަން ކުރަމުން ދިޔަ ބުރުހަމަ ހަނދަށެވެ. އިރުކޮޅެއް ކުރިން ހިނގައިދިޔަ ކަންތައް އަދިވެސް އޭނާގެ ހިތަކުން ނުފިލައެވެ. އެވަގުތު ބާތްރޯބްގައި ހުރި ޝެރީންގެ ރީތިކަމަށް ސިކުންތުކޮޅަކަށް ނަމަވެސް އޭނާގެ ހިތް ތަޢުރީފުކޮށްލިއެވެ. އެއީ އަދީމް ބޭނުންވާ ގޮތެއް ނޫނެވެ. ބޮޑަށް ރުޅި އާދެވުނީވެސް އަމިއްލަ ނަފްސު ދެކެއެވެ. އެފަދަ ނަޒަރަކުން ޝަހާ ނޫން އެހެންމީހަކާ ދިމާލަށް ބަލައިލަންވެސް އޭނާ ބޭނުމެއްނުވެއެވެ. ޝަހާ އާ މެދު ކަންތައް ކުރެވުނުގޮތުން އަދީމް ދެރަވިއެވެ. ޙާއްސަކޮށް އެހެންމީހެއްގެ ކުރިމަތީގައި އެގޮތަށް އަނބިމީހާއާ ދޭތެރޭ ކަންތައްކުރުމަކީ ރަނގަޅުގޮތެއް ނޫންކަން އޭނާއަށްވެސް ޤަބޫލުކުރެވެއެވެ. އެހެންނަމަވެސް އެވަގުތު އޭނާއަށް ކުރެވެމުން ދިޔައީ ކޮންކަހަލަ އިހުސާސެއްކަމެއް ޙުދު އޭނާއަކަށްވެސް ނޭނގެއެވެ. ހީވަނީ ހުރިހާ އިހުސާސްތަކެއް އެކުވެފައި ވާހެންނެވެ.

އަދީމް ތެދުވެ ހަށިގަނޑު ސީދާކޮށްލިއެވެ. ފުންނޭވައެއް ދޫކޮށްލީ ހާސްކަން ފިލުވައިލުމަށެވެ. މިވަގުތު ޝަހާ ހުންނާނީ ދެރަވެފައިކަން ޔަގީނެވެ. އެންމެ މުހިންމީ އެންމެ ފުރަތަމަ ޝަހާ ކައިރިން މައާފަށް އެދުމެވެ.

އަދީމް ކޮޓަރިއަށް ވަންއިރު ކުޑަދޮރުން ބޭރު ބަލަހައްޓައިގެން ޝަހާ ހުއްޓެވެ. ދޮރު ލައްޕައިލުމަށްފަހު އަދީމް ގޮސް ފުރަގަހުން ޝަހާގެ ހަށިގަނޑު ބައްދައިލިއެވެ. ކަންފަތްދޮށުގައި މާފުކުރާށޭ ބުނެލިއެވެ. އެހިނދު އިވުނު ޝަހާގެ ގިސްލުމުގެ އަޑުން އަދީމް ހިތަށް އިންތިހާއަށް ތަދުކުރުވިއެވެ. އަދީމް ޝަހާގެ އަތުގައި ހިފާފައި މަޑުމަޑުން އޭނާއާ ދިމާލަށް އަނބުރުވައިލިއެވެ. ޝަހާގެ ދެކޯތާފަތް ތެމިފައިވަނީ ކަރުނުންނެވެ. އެމަންޒަރު ބަލާކަށް އަދީމަށް ކެތެއް ނުވިއެވެ. ޝަހާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓައިލަމުން ދެލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލައި ދިނެވެ.

" ވަރަށް ބޮޑަށް ސޮރީ ލަވް.. އައި ޑިޑިންޓް މީން ޓު ހާޓް ޔޫ.." އަދީމް ބުނެލިއެވެ.

" ދެންދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރާނަން.." ޝަހާ ގެނެސް މޭގައި ޖައްސައިލަމުން އަދީމް ބުންޏެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ޝަހާ އަދީމްއާ ދުރުވެލިއެވެ.

" އެކަމަކު އަދީމް ޝެރީ އާ މެދު ކަންތައް ތިކުރީ ރަނގަޅަކަށް ނޫން.. އޭނަ އަހަރުމެންގެ ކޮޓަރީ ފާހަނައަށް ވަނީ އަހަރެން ބުނެގެން.. އޭނާ ކުރިމަތީ އެގޮތަށް ބުނީމަ ކިހާ ދެރަވާނެ.. އަދި އެއީ އަދީމްގެ ފްރެންޑެއް.. އަދީމް ޖެހޭނެ ޝެރީ ކައިރިންވެސް މައާފަށް އެދެން..." ޝަހާ ބުނެލިއެވެ.

" އޯކޭ.. ރާނީ ބުނުއްވި ގޮތެއް.." ހީނލަމުން އަދީމް ބުނެލިއެވެ. " މިއަންނަނީ ފެންވަރައިގެން.."

" އަދީމް އިހަށް މަޑުކޮށްބަލަ.." އަދީމް ދާންވެގެން ފުރަގަސް ދިން ތަނުން ޝަހާ އަހައިލިއެވެ. އަދީމް އެނބުރުމުން ޝަހާ ގޮސް އަދީމްއާ ހަމަކުރިއެވެ. އަދީމްގެ އަތުގައި ހިފައިގެން ގޮސް އެނދުގައި އިށީނެވެ.

" އަހަރެން މިސުވާލު ނުކުރަން ވަރަށް އުޅެފިން.. އަދީމް އަދި ޝެރީ އަކީ ގާތް ދެއެކުވެރިން ކަމަށް ވާއިރު އަހަރެންނަށް ކީއްވެ ހީވަނީ އަދީމް ޝެރީއާ އެހާ ލައިކްނުވާހެން.. މިހެން މިއެހީ ޝެރީ ހީލިޔަސް އަދީމް އޭނާއަށް ބަލައިވެސް ނުލަން މަސައްކަތް ކުރަނީ.. ޝެރީ އަދީމާ ވާހަކަދައްކަން މަސައްކަތް ކުރާއިރުވެސް އަދީމް އޭނާއަށް މާބޮޑު ސަމާލުކަމެއް ނުދޭ.. ބުނެބަލަ.. އަދީމް އަހަރެންނަށް ކަމެއް ސިއްރުކުރަނީތަ؟ " ޝަހާގެ ސުވާލުން އަދީމްގެ މޫނުމަތި މިލައިގެން ދިޔައެވެ. ހިސާބަކަށް ކަންބޮޑުވުންވެސް އޭނާގެ މޫނުމަތިން ފެންނަމުން ދިޔައެވެ. ހުރިހާ ވާހަކައެއް ޝަހާއަށް ކިޔައިދޭންވީބާއޭ ހިތަށް އެރިއެވެ.

" ބުނެބަލަ އަދީމް.. ކިހިނެއްވެފަ ތިއިންނަނީ؟" އަނެއްކާވެސް ޝަހާ އަހައިލިއެވެ.

" އެއީ.. އެއީ.. އަހަ.. އަސްލު ކުރީގައި އަހަރެމެން ދެމީހުން މެދުގަ ޖެހުނު މައްސަލައެއް.. އޭރު ވާހަކަ ދެއްކުން ހުއްޓައިލިގޮތަށް ވީ ނެވަރ ޓޯކްޑް އެގެއިން.. އެހާ ދުވަސްކޮށްފަ ޝެރީ ފެނުނީމަ ހިތަށް އަރަނީ ވާހަކަ ދައްކަންވީބާއޭ.." އަދީމް ބުނެލީ ހަޤީގަތުގެ އެއްބައެވެ.

" ކޮން މައްސަލައެއް ޖެހުނީ؟" ޝަހާ އަހައިލިއެވެ. ޖަވާބުދޭން އަދީމަށް އުނދަގޫވަމުން ދިޔައެވެ. ދެވިސްނުމެއްގައި އިންދައި އަނެއްކާވެސް ޝަހާ ގޮވައިލިއެވެ.

" އެއީ އަހަރެން ނުބުނަން ބުނި ވާހަކައެއް އެހެންމީހެއް ކައިރީގައި ބުނީމަ..." ހަޤީޤަތް ހާމަކުރާނެހާ ހިތްވަރެއް އަދީމަކަށް ނުލިބުނެވެ. ޝަހާ ކައިރީގައި ދޮގެއް ހެދުނީތީ އެކަމާ ދެރަވެސްވެއްޖެއެވެ.

" ސާބަސް އަދީމް.. އެވަރުގެ ކަމަކާތަ އަދިވެސް ޝެރީ ދެކެ ރުޅިއައިސްގެން ތިއުޅެނީ.. ޅައިރުގަ އެކަހަލަ ކަންތައް ބައިވަރު ކުރެވޭނެ.. އޭގެ މާނައެއް ނޫނެއްނު ދިހަ އަހަރު ފަހުންވެސް ވާހަކަ ނުދައްކާ ހުންނާށޭ.. ޝެރީން ގައިމުންވެސް ހުރީ ވާހަކަ ދައްކަން ތައްޔާރަށް.. އަހަރެންގެ ނަސޭހަތެއް ޤަބޫލުކުރަންޏާ އަދީމް މާދަން އެންމެ ފުރަތަމަވެސް ޝެރީ އާ ވާހަކަ ދައްކާ އޭނާ ކައިރިން މައާފަށް އެދެން ވާނެ.. އެމް އައި ކްލިއަރ..؟" ކަމުގެ ބޮޑުކަން އިހުސާސްވެސް ނުވާ ހާލުގައި ޝަހާ ބުނެލިއެވެ. ތައްޔާރުވެސް ނުވެ ހުއެްޓާ އަންނަން އުޅެނީ ކިހާ ވަރެއްގެ ތޫފާނެއް ކަމެއްވެސް އޭނާއަށް ރޭކާނުލައެވެ.

އަދީމް ހިނިތުންވާން މަސައްކަތް ކުރަމުން ބޯޖަހައިލިއެވެ. އެބައަންނަން ކަމަށް ބުނުމަށްފަހު ތުވާލި ހިފައިގެން ފާހާނައަށް ވަނެވެ.

-ނުނިމޭ

Ads by Ooredoo
  1. މާމާ

    ވަރުގަދަ ސެރީން އެއް ދޯ.. ކަންތަކާ ޖެހެނީ ްޭްޭްޭްޭްޭްޭްޭްޭްޭްޭްޭްޭ

    • ސިމާ

      ހޫމް.ކަންތަކާ ޖެހެނީ.ރަނގަޅަށް ދެމަފިރިން އުޅުނަ ނުދޭތި

  2. ޙަސަނު

    ދެން ސަހާ އަށް ހުރިހާ ވާހަކައެއް ރީއްޗައް ކިޔައި ދޭންވީނު އަދީމް އެހެންނު އޭރުން ރަނގަޅުވާނީ ދޯ….!