Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

ކަޕިލް ޝަރްމާގެ އައު ޝޯއެއް މިމަހު ނެޓްފްލިކްސްއަށް

ކަޕިލް ޝަރްމާގެ އައު ޝޯއެއް މިމަހު ނެޓްފްލިކްސްއަށް

ކަޕިލް ޝަރްމާގެ އައު ސްޓޭންޑް އަޕް ކޮމެޑީ ޝޯ "ކަޕިލް ޝަރްމާ: އައި އޭމް ނޮޓް ޑަން ޔެޓް" މި ހިނގާ ޖެނުއަރީ މަހުގެ 28ވަނަ ދުވަހު ނެޓްފްލިކްސްއިން ސްޓްރީމް ކުރަން ތައްޔާރުވެއްޖެއެވެ.

އޭސް ކޮމީޑިއަން އޭނާގެ ފޮލޯވަރުންނާ އެކު އިންސްޓަގްރާމްގައި މި ވާހަކަތައް ހިއްސާކުރަމުން އޭނާ ބުނީ މި ދާއިރާގައި އޭނާ މަސައްކަތް ކުރާތާ މިހާރު 25 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި މިހާރު ބޭނުން ވަނީ ތަފާތު މަސައްކަތެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދޭން ކަމަށެވެ.

"އަހަރެން މި ދާއިރާގައި މަސައްކަތް ކުރާތާ މިހާރު 25 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، މިހާރު ޓީވީގައި 15 އަހަރު މަސައްކަތް ކުރިން. ހަޤީޤަތުގައި އަހަރެން ދުވަހަކު ވެސް ކޮމެޑީ ސީރިއަސްކޮށް ނުނަގަނީ ޕަންޖާބީންގެ ގޮތުގައި އަހަރެމެން އަބަދު އުޅޭތީ. އެއީ ޤުދުރަތީގޮތުން އަންނަ ކަމެއް ، މިހާރު އެހެން ގޮތަކަށް މިކަން ބެލުންތެރިންނާ ހަމަޔަށް ގެނެސްދެވޭތޯ މިއުޅެނީ" ކަޕިލް ބުންޏެވެ.

Advertisement
HDC — Sidebar (box)

ކަޕިލް މިހާރު އަންނަނީ 'ދަ ކަޕިލް ޝަރްމާ ޝޯ'ގެ މަސައްކަތް ތަކުގައި އަވަދިނެތި މަސައްކަތް ކުރަމުންނެވެ. އޭނާގެ މަޝްހޫރު ކޮމެޑީ ޝޯގެ އިތުރުން ކަޕިލް ވަނީ "ކިސް ކިސްކޯ ޕިޔާރް ކަރޫން"އާއި "ފިރަންގީ" ފަދަ ފިލްމުތައް ވެސް ކުޅެފައެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް