ޚަބަރު އިޖުތިމާޢީ

މޮނިޓަރިންގައި 13 ރަަށް!

ރައުފާ ރަޝީދު ، ދެން އޮންލައިން
މާލެއިން ރަށްރަށަށް ބަޔަކު ދަތުރު ކުރަނީ.. ދެން އިމޭޖްސް

ކޮވިޑް-19 ވޭދަނަތައް މުޖުތަމައު ތެރެއަށް ފެތުރި މޮނިޓަރިންއަށް ލައިފައިވާ ރަށްރަށުގެ އަދަދު 13އަށް އަރައިފިއެވެ.

Ads by Sosun Fihaara

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންމެ ފަހުގެ ކޮވިޑް މައުލޫމާތުތައް ދައްކާގޮތުން މިހާރު މޮނިޓަރިންއަށް ލައިފައިވާ ރަށްރަށުގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނިޓަރިންގައި އޮތީ މިދިޔަ ޑިސެމްބަރު މަހުގެ 20ވަނަ ދުވަހު މޮނިޓަރިންއަށް ލީ ފަސް ރަށެކެވެ. އެއީ ކ. ތުލުސްދޫ، ހދ. ނައިވާދޫ، ދ. ހުޅުދެލި، ކ. މާފުށި، ހއ. އިހަވަންދޫއެވެ.

މޮނިޓަރިންގައި މިވަގުތު އޮތް އިތުރު ރަށްރަށުގެ ތެރޭގައި ހދ. ނެއްލައިދޫ، ލ. ފޮނަދޫ، ހދ. ނޮޅިވަރަންފަރު، ށ. ފުނަދޫ، ބ. ދަރަވަންދޫ، ދ. ބަނޑިދޫ، ލ. ގަން، އަދި ގދ. ގައްދޫ ހިމެނެއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މިހާރު އަނެއްކާ ވެސް އަންނަނީ ވަރަށް ބޮޑަށް ގޯސްވަމުންނެވެ. ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ރިކޯޑް އަދަދަކަށް މީހުން ވަނީ ބައްޔަށް ފައްސިވެފައެވެ. އެގޮތުން މާލެއިން ފައްސިވި 514 މީހުންނާއި އަތޮޅުތެރެއިން ފައްސިވި 326 މީހުންނާ އެކު ޖުމްލަ 954 މީހުން ވަނީ އަލަށް ފައްސިވެފައެވެ. މި ބައްޔަށް ރާއްޖެއިން މުޅިއަކު ފައްސިވެފައި ވަނީ 102،372 މީހުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!