ޚަބަރު އިޖުތިމާޢީ

ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު 32،500އަށް ވުރެ މައްޗަށް!

ރައުފާ ރަޝީދު ، ދެން އޮންލައިން
ވެކްސިން ޖެހުމަށް މީހުން ކިއު ހަދާފައި / ފޮޓޯ: ފެށުން

ރާއްޖޭގައި ވެސް ފެތުރެމުން އަންނަ ކޮވިޑް-19ގެ އާލަމީ ވަބާއިން ސަލާމަތްވުމަށް ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު 32،500އިން މައްޗަށް އަރައިފިއެވެ.

Ads by Hajj Corporation

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިހާތަނަށް 397،179 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހައިފައިވެއެވެ. އަދި 368،751 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ވެކްސިންގެ ތިންވަނަ ޑޯޒް (ބޫސްޓާ ޑޯޒް) އެޗްޕީއޭއިން ޖަހަން ފަށައިފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ. އެއީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން އެކަންޏެވެ. މިހާރު ބޫސްޓާ ޑޯޒް ޖަހަމުންދަނީ 50 އަހަރުން މަތީގެ މީހުންނަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!