Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ހައިލަމް ނަޝީދަށް: މިއަދު މާއްދާ 27 ހަނދުމަފުޅު ނެތުނީތޯ؟

ހައިލަމް ނަޝީދަށް: މިއަދު މާއްދާ 27 ހަނދުމަފުޅު ނެތުނީތޯ؟

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމްގެ ފާޑުކިޔުން ރައީސް ނަޝީދަށް އަމާޒުވެއްޖެއެވެ.

ހައިލަމް ވަނީ ޚާރިޖީ ސިޔާސަތަށް ވަކި ބަޔަކު ފާޑުކިޔުން އެއީ މައްސަލައަކަށް ނުވެފައި، ވަކި ބަޔަކު އެކަމަށް ފާޑުކިޔުމުން އެއީ މައްސަލައަކަށްވެ، ޖަލު އަދަބު ކަނޑައެޅުމަކީ ކޮން އުސޫލަކުން ހަމަޖެހޭ ކަމެއްތޯ ސުވާލު ކުރައްވައިފައެވެ. އަދި ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގެ މަތީން ވެސް ހަނދުމަފުޅު ނެތީތޯ ވެސް ހައިލަމް ވަނީ އައްސަވައިފައެވެ.

https://twitter.com/ahmedhailam/status/1488006193671213056?s=21

Advertisement
Allied Insurance — Square (box)

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ މުގައްރިރު، މުހައްމަދު އަސްލަމަށް ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން އިންޑިއާގައި ތިބި އެތައް ދިވެހިންނަކަށް އޭގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހިދާނެކަމަށެވެ.

އަދި އަދި އެ ހަރަކާތުގެ ސަބަބުން ރާއްޖެއާއި އިންޑިއާއާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ އެކުވެރިކަމަށް ހީނަރުކަން ކުރިމަތި ވެދާނެކަމުގެ ބިރު ހީވާން ފަށައިފައިވާ ކަމަށާއި، ރައީސް ޔާމީން އިސްވެ ހުންނަވާ ހިންގަވަމުން ގެންދަވާ ކެމްޕެއިނަކީ، ތަހުޒީބީ އެއްވެސް ގައުމަކުން ބަލައިގަންނާނެ އަމަލެއް ނޫން ކަމަށް ވެސް ރައީސް ނަޝީދުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް