ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

ލޮލަށް ނުފެނުނު ކަމުގައި ވިޔަސް އެއީ ވެސް އުޅޭ ބައެއްކަން ސާޔާއަށް ވެސް ޤަބޫލު ކުރެވުނެވެ. އެކަމަށް އީމާންވުމީ ކުރަން ޖެހޭކަމެއްކަން އެނގުނެވެ. ފަހަރުގައި އިންސާނުން ތެރޭގައި ވެސް އެ މަހުލޫޤޫންވެސް އުޅެފާނެއެވެ. މިފަހަރު އޭނާއަށް ވެސް އެވީ އެފަދަ ގޮތެކެވެ. ހަޤީޤަތަކީ ޤަބޫލުކުރަން އުނދަގޫ ވާހަކަތަކެއް ނަމަވެސް އެއީ އެ ޒުވާނުންގެ ވާހަކައެވެ. ހަޤީޤަތެވެ.

Ads by Hajj Corporation

********************

ދަތުރު ނިންމާލުމަށްފަހު އައި އިރު އެންމެން ވެސް ތިބީ ނުހަނު ވަރުބަލިވެފައެވެ. ގެއަށް އާދެވުނު ގޮތަށް ކޮންމެ މީހަކުވެސް އަވަސް ވެގަތީ އެމީހެއްގެ ކޮޓަރިއަށް ދިޔުމަށެވެ. ފެންވަރައިގެން އައި ގޮތަށް ލިއަމް އެނދުގައި ޖައްސާލީ އެއްވެސް ހާލެއްގައި ނިދާކަށް ނޫނެވެ. ނަމަވެސް އޭނާއަށް ނިދުނީ އަރާމު ނިންޖަކުންނެވެ. އުޅެވުނީ އަމިއްލަ ދުނިޔެއެއްގައެވެ. ސާޔާގެ އަތުގައި ހިފައިގެން ހުރެ ފުޅާ މަގަކުން ހިނގާފައިދާ މަންޒަރު ފެނެއެވެ. ކުއްލިއަކަށް ފެނުނީ ދެބައި އުމުރުގެ ފިރިހެނެކެވެ. އޭނާ ދިއްކޮށްލި އަތުގައި ހިފުމުގެ ކުރިން ސާޔާ ބަލައިލީ ލިއަމްއަށެވެ. އެހެނަސް ލިއަމްއަށް އެއްޗެކޭ ބުނެވުމުގެ ކުރިން ސާޔާގެ އަތުގައި އެ ފިރިހެންމީހާ ހިފެހެއްޓިއެވެ. އަދި މަޑުމަޑުން އެމީހާއާއެކު ކުރިއަށް ދާންފެށީ މަހާލެވިފައިވި ލިއަމްގެ އަތާ ސާޔާގެ އަތް ވަކި ކޮށްލުމަށްފަހުއެވެ.

އެއާއެކު ލިއަމްގެ ވަށައިގެންވީ މާހައުލަށް ވެރިވީ ފުން އަނދިރި ކަމެކެވެ. އެ އަނދިރީގެ ތެރެއިން ދާންވީ މިސްރާބު ނޭނގިފައި އޭނާއަށް ހުރެވުނީއެވެ. އެވަގުތު އޭނާގެ ނަމުން މީހަކު ގޮވާލިހެން ހީވިއެވެ. ސިހިފައި ހުރެ ލިއަމް އެ އަޑު އައި ދިމާއަށް ބަލައިލިއިރު އެ ލޮލުން ފާޅުވާންފެށީ ކަރުނައިގެ އަސަރެވެ. ދެތުންފަތް ފޫ އަޅުވާލުމަށްފަހު އަލާރާގެ ނަން އޭނާގެ އަނގައިން ބޭރުވިއިރު ލިއަމްގެ ނަޒަރު ހުއްޓިފައި ހުރީ ކުރިމަތިން ހިނގާފައި އައި އަލާރާއަށެވެ. އެ ދިގު އިސްތަށިގަނޑު ވައިގެ ތެރޭގައި ވިހުރެމުންދިޔައިރު ލިއަމްއަށް އޭނާގެ މޫނު ފެންނަނީ ނުހަނު ފަނޑުކޮށެވެ. އަލާރާ އެއްޗެއް ބުނެދޭން އުޅޭހެން ހީވެ ލިއަމްވެސް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ނަމަވެސް އެ ހިސާބަށް ފޯރުުމުގެ ކުރިން ލިއަމްއަށް ހޭލެވިއްޖެއެވެ. ދެލޯ ހުޅުވުމާއެކު އޭނާ ފުންމައިގެން ތެދުވިއެވެ. މަޑުމަޑުން ކޯތާފަތުގައި އަތް ޖައްސާލުމަށްފަހު ކަރުނަތަށް ފޮހެލިއެވެ. އަދި ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އިސްތަށިގަނޑަށް އަތް މަހާލިއެވެ.

ކޮޓަރިއަށް ވެރިވާ ފަނޑު އަލިކަމުގެ ތެރެއިން ލިއަމް އޭނާގެ ފޯނު ހުޅުވާލިއެވެ. ގަޑިން ރޭގަނޑު ހަތެއް ޖަހާފައިވާތަން ފެނުމުން އިތުރަށް އެ މޫނުން މާޔޫސްކަން ފާޅުވީ ނަމާދު ވަގުތު ފާއިތުވެފައިވާކަން އެނގުމުންނެވެ. އެހެން ނަމަވެސް އަވަސް އަވަހަށް ތެދުވެ ފާހާނާއަށް ވަދެ ފެންވަރާލިއެވެ. އިޝާ ނަމާދަށް ބަންގި ގޮވަން އަދި ކުޑަ އިރުކޮޅެއް އޮތުމުން ކޮޓަރީގައި ނަމާދުކޮށްލުމަށްފަހު ލިއަމް ނުކުތްއިރު ސިޓިންރޫމުގައި ރައުލްއާއި ސެހްރާން އުޅެއެވެ.

" ބްރޯ.. ހާދަ ވަރަކަށް ތި ނިދާލީ..".. ރައުލްއަށް ލިއަމް ފެނުމާއެކު ގޮވާލިއެވެ. ނަމަވެސް ލިއަމް އެއްޗެކޭ ނުބުނެ އައިސް ސޯފާގައި އިށީނެވެ. އޭނާގެ ލޮލުގައި އަޅައިގަތީ މޭޒުމަތީގައި ހުރި ގަނޑުތަކާއި ފައިލްތަކެވެ. އެއީ މިހާރު ފަށާފައިވާ ޕްރޮޖެކްޓުގެ މަސައްކަތްތަކެވެ.

އެކަމުގައި ލިއަމްގެ ބޮޑު މަސައްކަތެއް އޮތްކަން އޭނާ ހަނދާން ނުނެތެއެވެ. ސިކުނޑިއަށް މި ވަގުތު ވެރިވެފައިވާ ބޭކާރު ވިސްނުންތަކާއި ދުރުވުމަށް އޮތް ހައްލެއްކަމުގައި ލިއަމް ދުށީ އެ މަސައްކަތެވެ. ނަމަވެސް ފެށުމުގެ ކުރިން އޭނާ ތެދުވެގެން ގޮސް ކޮފީއެއް ތައްޔާރުކޮށްލިއެވެ. އަދި އަނެއްކާވެސް އައިސް ކުރިން އިން ގޮނޑީގައި އިށީނެވެ.

" ކޮފީ ބޯނަންތަ؟..".. ރައުލްއާއި ސެހްރާން ވާ ވަރަކަށް ބަލާހެން ހީވުމުން ލިއަމްއަށް ބުނެވުނީ ކުޑަކޮށް ހިތްހަމަނުޖެހިފައި އިނދެއެވެ. ފެނުނު ހުވަފެނުގެ ސަބަބުން އޭނާގެ މޫޑު ވަނީ އެއްކޮށް ގެއްލިފައެވެ.

" އުހުނ.. ލިއަމްއަށް ތި ވެގެން އުޅޭ ގޮތް ބުނެދިނަސް މާ ރަނގަޅުވާނެ....".. ސެހްރާން ބުނެލީ އާދައިގެ މަތިން އޭނާގެ މަޖާ މިޒާޖުގައެވެ. އެއާއެކު ރައުލްއަށް ވެސް ކުޑަކޮށް ހެވުނެވެ. ނަމަވެސް ލިއަމްގެ މޫނަށް ވެރިވި ކުލަވަރު ފެނުމާއެކު އޭނާ ސެހްރާންއަށް ބަލާލަމުން މޫނަށް ސީރިޔަސްކަން ގެނުވިއެވެ.

ލިއަމް އެއްޗެކޭ ބުނަން އަނގަ ހުޅުވުމަށްފަހު ވެސް ހިމޭން ވިއެވެ. ސެހްރާން އިނުމުން އޭނާ ބުނަން ބޭނުންވާ ވާހަކަ ރައުލްއާ ދެއްކުމަށް ފަސްޖެހެވުނެވެ. އެހެންވެ ދެފަރާތަށް ބޯ ހޫރާލުމަށްފަހު ކުރިމަތީގައި ބެހެއްޓިފައިވާ ލެޕްޓޮޕް ހުޅުވާލިއެވެ. އަދި ފަށާފައިވާ މަސައްކަތް ކުރިއަށް ގެންދަން ފެށިއެވެ.

" ރައުލް.. ރެސްޓޯރެންޓުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިމޭނެ ދެތިން މަސް ތެރޭގަ.. އަހަރެން މި ވިސްނަނީ ވަކިން އިންޓީރިއަރ ޑިޒައިނިންގ އަށް މީހަކު ނުހޯދާ އެ މަސައްކަތް ސާޔާއާ ހަވާލުކުރަން.. އެ ހުނަރު ސާޔާގެ އެބަހުރި.. ".. ލިއަމް އޭނާގެ ހިޔާލު ހުރިގޮތް ރައުލްއާ ހިއްސާކުރިއެވެ.

"ތި ހިޔާލު ދޭން އަހަރެންވެސް ހުރީ.. އެކަމަކު ގޮތް ނިންމުމުގެ ކުރިން ސާޔޫގެ ހިޔާލެއް ވެސް ހޯދުން މުހިއްމު.. ނަވާ ވެސް އޮފީހާ ގުޅޭނެ ނަމަ ވަރަށް ރަނގަޅު.. ފެމިލީ ބިޒްނަސްއެއް ގޮތަށް ކުރިއަށް ގެންދިޔުމަށް ވަރަށް ފަސޭހަވާނެ އޭރުން.. ".. ރައުލް ބުނެލިއެވެ.

ހަޤީޤަތުގައި ނަވާރްއާ އެވާހަކަ ދައްކަން ރައުލްއަށް ފަސްޖެހެވެނީއެވެ. އެކަމުގައި ނަވާރްގެ ހިޔާލު ހުންނާނެ ގޮތެއް އޭނާއަށް ނޭނގޭތީއެވެ.

އެ ދެ ޒުވާނުންގެ ވާހަކައިގައި ބައިވެރިނުވެ ސެހްރާން އޮތީ އަމިއްލަ ދުނިޔެއްގައެވެ. އިރުކޮޅަކުން ތެދުވެ ގޮސް އޭނާ ކޮޓަރިއަށް ވަނެވެ. އަދި ފޯނު ހިފައިގެން ނުކުމެ މި އަންނަނީ ކަމުގައި ބުނެ ގޮސް އެޕަރޓްމެންޓުން ނުކުތެވެ.

އެހިސާބުން ލިއަމްއާއި ރައުލްގެ ވާހަކަވެސް މެދު ކެނޑުނެވެ. މާހައުލަށް ވެރިވި ހިމޭންކަމުން އުނދަގޫވީ ލިއަމްއަށެވެ. ނަޒަރު ސްކްރީނަަށް ހުއްޓިފައި ހުރި ނަމަވެސް ސިކުނޑީގައި ދައުރުވަމުން ދިޔައީ ތަފާތު ހިޔާލެކެވެ. ހުވަފެނުގައި ފެނުނު ދެބައި އުމުރުގެ ފިރިހެންމީހާއާ މެދު ވިސްނެނީއެވެ. ހަމަ އެއާއެކު ސިކުނޑީގެ ކަނަކުން އެކަމަށް އިންޒާރު ދެމުން ދާހެން ލިއަމްއަށް އިހްސާސް ވަނީއެވެ.

" ލިއަަމް.. ކޯއްޗެއް ތިހަދަނީ... ނުބައިކޮށް ތި އެންޓަރ ކުރަނީ  ".. ރައުލްއަށް ލިއަމް ކުރަން އިން މަސައްކަތް ފެނުމާއެކު ގޮވާލިއެވެ. އެހިނދު ލިއަމް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އެކްސެލް ޝީޓުގައި ހަދަން ފަށާފައިފައިވާ ބެލެންސް ޝީޓް އެއްކޮށް ފޮހެލިއެވެ.

އަދި ލެޕްޓޮޕް ލައްޕާލުމަށްފަހު ހަށިގަނޑު ސޯފާއަށް ދޫކޮށްލިއެވެ. އޭނާގެ ނަޒަރު ސީލިންގަށް ހުއްޓައިގެން އިރުކޮޅަކު އޮތުމަށްފަހު ލޯ މަރާލިއެވެ.

" ޖާވިންގެ ހަބަރެއް ނުވޭތަ؟.. އަހަންނަށް ހީވަނީ އެ މަސައްކަން ލަސްހެން.. މިހާރު ކޮން ދުވަހެއް މިވަނީ...".. ލިއަމް އެ އޮތް ގޮތަށް އޮވެ ބުނެލިއެވެ. އޭނާ ލޯ ހުޅުވާ ބަލާލީ ރައުލް އެއްޗެކޭ ނުބުނުމުންނެވެ.

" ރައުލް.. ޖާވިން ގުޅިދޯ...".. ލިއަމް އަހާލީ ޝައްކެއްގެ މަތީގައި އިނދެއެވެ.

" ލުކް.. އަހަރެން މިވާހަކަ ނުބުނީ ލިއަމް ކަންބޮޑުވެދާނެތީ.. ޖާވިން ގުޅި.. އޭނާއަށް އެއްވެސް ފުޓޭޖެއް ލިބޭ ގޮތެއް ނުވި.. އެކަމަކު ހީ އިޒް ޓްރައިން ހިޒް ބެސްޓް.. މިކަހަލަ ކަންތައްތަކަކީ އެހާ ފަސޭހައިން ވާނޭ ކަމެއް ނޫން.. އެއީ އެކްސިޑެންޓެއް ނޫންކަން އަހަރުންނަށް ވެސް އެނގޭ.. ބަޔަކު ރާވައިިގެން އެވަރު ކަމެއް ކުރި އިރު އެކަން ފޮރުވަން ވެސް ބަޔަކު ތިބޭނެ.. އެހެންވީމަ އެބައެއްގެ އަތުން އެ ރިކޯޑްތަށް ހޯދުން ފަސޭހައެއް ނުވާނެ..".. ރައުލް ބުނެލިއެވެ.

ލިއަމް އިނީ ހިތްހަމަ ނުޖެހިފައި ނަމަވެސް އެކަމާއި ގުޅިގެން އެއްޗެއް ނުބުނެއެވެ. އޭނާއަށްވެސް އެކަން ޤަބޫލު ކުރެވުނެވެ.

" ދެން ވިޝާލް އޯ؟.. އޭނަ ހޯދަން މިހާ ލަސްވަނީ ކީއްވެ؟.. ކޯލް ޖޯން އެންޑް އާސްކް ހިމް..".. ލިއަމް ބުނެލީ ނުރުހުންވެފައެވެ. އެ އެކްސިޑެންޓުގެ ފަހަތުގައިވީ މީހުން ހޯދުމުގައި ރައުލްގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބޭހެން ލިއަމްއަށް ހީވިއެވެ.

އިތުރު އެއްޗެއް ނުބުނެ ރައުލް ފޯނުން ޖާވިންގެ ނަންބަރަށް ގުޅިއެވެ. އެހެންނަމަވެސް ރިންގު ވަމުން ގޮސް ފޯނު ކެނޑުނު އިރުވެސް ފޯނަށް ޖާވިން ޖަވާބެއް ނުދިނެވެ.

" ލިއަމް.. ރިލެކްސް.. ހަމަޖެހިގެން ހުރިހާ ކަމެއްވެސް ކުރީމަ ވާނެ..".. ރައުލް މޭޒުމަތީގައި ފޯނު ބޭއްވުމަށްފަހު ލިއަމްއާ ކުރިމަތިލިއެވެ.

" އަސަދު އައިސްގެން އުޅޭ ސަބަބެއް ނުހޯދަންތަ؟..".. ލިއަމް ދެންވެސް ކޮށްލީ ސުވާލެކެވެ. ހަޤީޤަތުގައި މިހާރު އޭނާއަށް އެންމެ އުނދަގޫކުރާ ހިޔާލަކީ އެއީއެވެ. އަސަދުގެ ފަރާތުން ސާޔާއާއި އޭނާގެ ގުޅުމަށް ނުރައްކަލެއް އަތުވެދާނެތީ ލިއަމް ކަންބޮޑުވެއެވެ.

" ލާރި ކޮޅު ހުސްވީ ކަންނޭނގެ..".. ރައުލްގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ރައުލްގެ ކޮންމެވެސް ނުބައި ސަމާސާއެއް ވާނެއޭ ލިއަމްގެ ހިތް ބުނެލުމާއެކު ރައުލް ދައްކަން އުޅޭ ވާހަކައަށް އޭނާ ޝައުޤުވެރިވިއެވެ.

" އަސަދުގެ ކިބައިން އަހަރެން ސާޔާ ސަލާމަތް ކުރީ ކައިވެނި ކުރަން ބޭނުންވަނީ އޭ ކިޔާފަ.. ބަދަލަކަށް ކޮންމެ މަހަކު އަސަދު ބުނި ވަރަކަށް ލާރި ދޭނަމޭ ބުނިން... ".. ރައުލް އިސްތަށިގަނޑުގައި އަތް ހިންގާލަމުން ބުނެލީ ފޮނިވެފައެވެ. އެވަގުތު ދެ ޒުވާނުންގެ ހުނުމުގެ އަޑު އިވުނެވެ.

" އަސްލު ކިހިނެތް ރައުލް ސާޔާ ހޯދީ.. އައި މީން.. ހައު ޑިޑް ޔޫ ނޯ އެބައުޓް ހަރ...".. ލިއަމްގެ ހިތުގައި އެތަށް ދުވަހެއް ވަންދެން އުފެދިފައި އޮތް ސުވާލެއް ކޮށްލިއެވެ.

“ ކާފަގެ ފަރާތުން … ސްވިޒް އަށް ބަދަލުވުމަށްފަހު ކޮންމެވެސް ވަރަކަށް ރާސިލްއާއި އަހަރެން ގޮސް އުޅެން ކާފައަށް ވިޒިޓް ކުރަން… އެގޮތަށް ގޮސް އުޅެނިކޮށް އަޑު އިވުނީ ކާފައާއި މާމަ ދެއްކި ވާހަކަ.. އަހަރެމެންގެ އިތުރު ކޮއްކޮ އެއް ހުންނަކަމާއި އެއީ ލާރާގެ ޓުވިން އެއްކަން.. އިތުރު އެއްޗެއް ނޭނގުނު.. އެކަމަކު އެއީ ތެދެއްކަން ޤަބޫލު ކުރެވުނީ ކާފަ އަމިއްލައަށް އެވާހަކަ ދެއްކި އަޑު އިވުމުން.. އެފަހުން ވަރަށް މަސައްކަތް ކުރިން.. ރާސިލްއަށް ނާންގާ ވެލެރިކްއާއި ކައިލްގެ އެހީގައި ސާޔާ ހޯދަން މަސައްކަތް ކުރީ.. ރިކްމެން ހޯދީ ސްވިޒްގެ ސަރަހައްދުތައް.. އަހަރެން ހޯދީ ރާއްޖޭގެ އެކި ރަށްތައް.. އެއް މަސް ދުވަސްވަންދެން ކުރި މަސައްކަތުން ސާޔާ އެންމެ ފުރަތަމަ ފެނުނީ އޭނާގެ މަންމަގެ ޖަނާޒާއިން.. އައި ވޯޒް ޝޮކްޑް ޓު ސީ ހަރ.. ހީވީ ހަމަ ލާރާއޭ… ޤަބޫލުކުރަންވެސް އުނދަގޫވި.. އެރޭ އަހަރެން ސާޔާގެ ދިރިއުޅުމުގެ ބައެއް ވާހަކަތައް ހޯދިން.. އަސަދު ކަންތައްތައް ކުރަމުން އައި ގޮތް އެނގުމުން ސާޔާ އެތަނުން ސަލާމަތް ކުރަން ބޭނުންވި.. ޔޫ ނޯ ވައި.. ބިކޯޒް ޝީ އިޒް މައި ސިސްޓަރ.. “… ރައުލްގެ ވާހަކައިގެ މިސްރާބު ބަދަލުވާންފެށިއެވެ. އެ މޫނުން ފެންނަން ފެށި މާޔޫސީ ކުލަވަރާއެކު ލިއަމްއަށް ވެސް އިސްޖަހާލެވުނެވެ. މި ހުރިހާ ދުވަސްވީ އިރުވެސް ރައުލްގެ ދުލުން އެ ލަފްޒުތައް ލިއަމް އަޑު އިވުނު އެއީ ފުރަތަމަ ފަހަރެވެ.

“ އެއްވެސް ހާލެއްގަ ސާޔާއަށް އޮޅުވާލަން އަހަރެން ބޭނުމެއް ނޫން.. އައި ވޯންޓް ހަރ ޓު ނޯ އެވްރީތިންްގް.. އާއިލާގެ ފަރާތުން ނުލިބުނު ލޯބި ހޯދައިދޭން ބޭނުން.. “ ރައުލްގެ އަޑު މަޑުވިއެވެ. އޭނާގެ އިސްޖެހިފައިވާ މޫނަށް އަރާ ފައިބަމުންދާ ކުލަތައް ނުފެނުނު ކަމުގައި ވިޔަސް އެ ހިތަށް ކުރާނޭ އަސަރު ލިއަމް އަށް އަންދާޒާ ކޮށްލެވުނެވެ.

**************************************

ލިއަމްގެ ފަރާތުން މެސެޖެއް އަންނާނެ އިރަކަށް ފޯނު ކައިރީގައި ބާއްވައިގެން ސާޔާ އޮތީ ލެޕްޓޮޕުން އަޅުވާފައިވާ ސީރީޒްއަށް ސަމާލުކަންދީގެންނެވެ. އަށެއް ޖެހިއިރު ވެސް ލިއަމްގެ ހަބަރެއްނުވެއެވެ. ދަތުރު ނިންމާފައި އައި ގޮތަށް އަދި އޭނާއަށް ލިއަމް ފެނިފައި ނެތެވެ.

ކުއްލިއަކަށް އިވުނު ނޮޓިފިކޭޝަންގެ އަޑާއެކު ސާޔާ ސީރީޒް މަޑުޖައްސާލިއެވެ. އަދި ތެދުވެ އެނދުގައި ދެފައި ވައްކޮށްގެން އިށީނެވެ. ފޯނު ނެގުމުގެ ކުރިން އިސްތަށިގަނޑު ރީތި ކޮށްލުމަށްފަހު މައްޗަށް ނަގައި އައްސާލިއެވެ. އޭރު އެ މޫނުގައިވީ ލުއި ހިނިތުންވުމެކެވެ.

ނަމަވެސް އެ ހިނިތުންވުން ފަނޑުވާން ނެގީ މަދު ވަގުތުކޮޅެކެވެ. މެސެޖް ލިބުނީ ލިއަމްގެ ފަރާތުން ނޫނެވެ. އަނެއްކާވެސް އޭނާއަށް ފޮނުވާފައި ހުރީ ފޮޓޯއެކެވެ. މިފަހަރު އެއީ ލިއަމްއާއި އަލާރާގެ ފޮޓޯއެކެވެ. އެ ފޮޓޯ ފެނުމުން އޭނާއަށް އުނދަގޫވިއެވެ. އެ އަންހެން ކުއްޖާއާއި މެދު ހިތުގައި ހަސަދަވެރިކަމެއް ނެތީ ކީއްވެކަމެއް ނޭނގެއެވެ. ފަހަރެއްގައި ރައުލްމެންގެ ކޮއްކޮ އަށް ވުމުންނެވެ. 

އެހެނަސް އެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. ލިއަމް ލޯބިވެތި ނަޒަރަކުން އަލާރާއަށް ބަލަން ހުރި ގޮތުން ހިންދިރުވާލެވުނެވެ. ހިނދުކޮޅަކަށް ނަމަވެސް އަލާރާގެ ބަދަލުގައި ލިއަމްގެ އަތު ތެރޭގައި ހުރީ އޭނާ ނަމައޭ ހިތަށް އެރިއެވެ. ނަމަވެސް އެ ހިޔާލު ބޮލަށް ވަނުމާއެކު ސާޔާ ދެފަރާތަށް ބޯ ހޫރާލިއެވެ.

އެވަގުތު އަނެއްކާވެސް ނޮޓިފިކޭޝަންއެއް އައެވެ. މިފަހަރު އެ ފަރާތުން ފޮނުވާފައި އޮތީ މެސެޖެކެވެ.
"
ކަލޭ ތި ހީކުރަނީ ލިއަމް ލޯބި ވަނީ ކަލޭ ދެކެ ކަމަށްދޯ.. ތި ފޮޓޯ އަށް ބެލީމަވެސް އެނގޭނެ އަލާރާ ދެކެ ލިއަމް ވާ ލޯބި.. އެ ލޯބި ދުވަހަކުވެސް ފަނޑެއް ނުވާނެ… އަދިވެސް ލިއަމްގެ ހިތުގައި އޮތީ އަލާރާގެ ނަން... ކަލެއާއި އަލާރާ ވައްތަރުވުން އެއީ ކަލޭގެ ނަސީބު.. ނޫނީ ލިއަމް ހާސިލް ކުރަން ކަލޭ އަލާރާއާ ސިފަ ވައްތަރު ކޮށްގެން ތި އުޅެނީ.. ކިތަންމެ ބޭނުންވިޔަސް ކަލެއަށް ލިއަމްގެ ހިތުން ޖާގައެއް ނޫހޯދޭނެ " ފޯނަށް އައި މެސެޖް ކިޔާލުމަށްފަހު ސާޔާ ފޯނު ނިއްވާލިއެވެ.  އެހެންނަމަވެސް އެ ފޮޓޯގައި ލިއަމް އަލާރާއަށް ބަލަހައްޓައިގެން ހުރިއިރު އެ ތުންފަތުގައިވީ ހިނިތުންވުން ހިނދުކޮޅަކަށް ނަމަވެސް އޭނާއަށް އުނދަގޫ ކުރުވިއެވެ. ލިއަމްގެ ލޯތްބާއި މެދު ޝައްކު ކުރަން ބޭނުން ނުވި ނަމަވެސް އެކަމަށް ފުރުސަތު ދެވުނެވެ.
އެނބުރި ސީރީޒްއަށް ސަމާލުކަން ދެވޭތޯ ސާޔާ މަސައްކަތް ކުރިއެވެ. އެހެނަސް އެންމެ ހިނދުކޮޅަކަށްވެސް އެ ހިޔާލު ސިކުނޑިން ފިލާ ނުދިޔައެވެ. ލެޕްޓޮޕް ނިއްވާލުމަށްފަހު ސާޔާ އެނދުގައި އޮށޯތެވެ. އެ ދިގު އިސްތަށިގަނޑު އެނދުން ތިރިއަށް އޮތް އިރު އޭނާގެ ކަނާއަތް އޮތީ ނިތްކުރީގައި ބާއްވާލެވިފައެވެ. އިރުކޮޅަކު އެހެންއޮތުމަށްފަހު ސާޔާ މޭގައި މަޑުމަޑުން ފިރުމާލިއެވެ. އެ ހިނދު ސިކުނޑިއަށް ވެރިވި ހިޔާލުން އޭނާއަށް ކޮޅަށް ތެދުވެވުނެވެ. ކަނދުރާގައި ހުރި ނިޝާނުގައި އަތް ޖައްސާލެވުމާއެކު އަސަދުގެމަތިން ހަނދާންވިއެވެ. އެއާއެކު އޭނާ އަތް މަޑުމަޑުން ހަރަކާތް ކުރަން ފެށީ ފޯނާއި ދިމާލަށެވެ.

“މާދަމާރޭ ނުވައެއް، ލެވެންޑަރ ރެސްޓޯރެންޓް.. “ ފޯނުން ޓައިޕް ކޮށްލި މެސެޖް ސާޔާ ފޮނުވާލީ އަސަދުގެ ނަންބަރަށެވެ.

*****************************

- ނުނިމޭ -

Ads by HDC
  1. ފާތުނާ

    މާލަހުން އަޕްްްޑޭޓް ވަނީ ވވ ސަޅި

  2. ޢަޅެެ އަނެއްކާވެސްް އެއަސަދުގަނޑުު އައީދޯޯ ވަރުގަދަަ ބޮނޑިއެއްް ދީބަލަަ ނިކަންް އަސަދަށް

  3. ސިމާ

    ޥ ރީތި

  4. ޟަގޭ ނަން ހަނދާންނެތުނީ ސޮރީ

    އަޅެ ކީއްވެ އެހާ ލަހުން އަޕް ކޮށްފަ
    .. ބައިވެސް ކުރު.. އެކަމްވެސްވ. ސަޅި.. ކީޕް އިޓަ އަޕް �

  5. ނާނި

    އަވަހަން 55 އަޕު ކޮއްލާ