ލުއި ޚަބަރު

ނިއުޒިލޭންޑް ކުޅުންތެރިއެއް ބައިކޮޅަށް ހެޓްރިކް ހަދައިފި 

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މޯރ: ދަނޑުން ބޭލުމުން ބެންޗުގައި

މިހާރު ކުރިއަށްދާ ޝީބިލީވްސް ކަޕްގައި ނިއުޒީލެންޑާއި އެމެރިކާ ބައްދަލުކުރި މެޗުގައި ނިއުޒީލެންޑްގެ ޑިފެންޑަރ މިކްޔަލާ މޯރ ބައިކޮޅަށް ހެޓްރިކް ހަދައިފިއެވެ.

Ads by Hajj Corporation

އެކި ގައުމުތަކަށް ދައުވަތު ދީގެން އެމެރިކާގައި ކޮންމެ އަހަރަކު ބާއްވާ އަންހެނުންގެ މި މުބާރާތުގައި މޯރ އިއްޔެ ބައިކޮޅަށް ހެދި ހެޓްރިކާ އެކު ނިއުޒީލެންޑް ބަލިވެފައި ވަނީ 5-0ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި މޯރ އަތުން ބައިކޮޅުން ޖެހުނު ފުރަތަމަ ގޯލް ފެނިފައި ވަނީ މެޗުގެ ފަސްވަނަ މިނެޓްގައެވެ. އެމެރިކާގެ ކުޅުންތެރިއެއް ޕެނަލްޓީ އޭރިއާތެރެއަށް ނަގައިދިން ހުރަސް ބައިކޮޅަށް ވަނީ މޯރގެ ވައަތުފައިގައި ޖެހިފައެވެ. އަދި ޖެހިގެން އައި މިނެޓްގައި އެމެރިކާގެ ކުޅުންތެރިއެއް ނަގައިދިން ހުރަސް ، ޕެނަލްޓީ އޭރިއާ ތެރޭގައި ހުރި އެހެން ކުޅުންތެރިއެއް ބޮލުން ގޯލަށް ފޮނުވައިލުމުން އެ ބޯޅަ ގޯލަށް ވަނީ ވެސް މޯރގެ ބޮލުގައި ޖެހިފައެވެ. މެޗުގައި މޯރގެ ހެޓްރިކް ފުރިހަމަވެފައި ވަނީ މެޗުގެ 36ވަނަ މިނެޓްގައި އެމެރިކާގެ ކުޅުންތެރިއެއް ޕެނަލްޓީ އޭރިއާތެރެއަށް ވަދެ ތިރިތިރިން ނަގައިދިން ހުރަސް ކަނާތުފައިން ބޭރަށް ފޮނުވައިލާން އުޅުމުގެ ތެރޭގައި ތިރިތިރިން ގޯލަށް ވަދެގެންނެވެ.

މި ހެޓްރިކާ އެކު މެޗުގެ 40ވަނަ މިނެޓްގައި އޭނާ ވަނީ ދަނޑުން ބާލައިފައެވެ.

މޯރގެ މި ހެޓްރިކަކީ ތިން ގުނަވަނުން ޖެހި ތިން ގޯލް ކަމަށާއި މިއީ "އެންމެ ފުރިހަމަ ހެޓްރިކް"ގެ ގޮތުގައި ސިފަކޮށް މީޑިއާގައި ވަނީ ޖޯކް ޖަހައިފައެވެ. ނަމަވެސް ލިވަޕޫލްގެ މި ކުޅުންތެރިޔާގެ ދިފާޢުގައި އެ ޓީމްގެ ކޯޗު ، ކްލިމްކޯވާ ވަނީ ވާހަކަ ދައްކައިފައެވެ.

އޭނާ ބުނީ މޯރއަށް އިއްޔެއަކީ ބަދުނަސީބު ދުވަހެއް ކަމަށާއި އޭނާގެ ފަހަތުގައި ޓީމު އެބައޮތް ކަމަށެވެ. އަދި މި އުނދަގޫ ދަނޑިވަޅުގައި އޭނާއަށް އެހީތެރިވެދޭނެކަމަށް ކްލިމްކޯވާ ބުނެފައި ވެއެވެ.

ޝީބިލީވްސް ކަޕްގައި މި އަހަރު ވާދަ ކުރަނީ އެމެރިކާގެ އިތުރުން ، ނިއުޒީލެންޑާއި އައިސްލޭންޑް އަދި ޗެކްރިޕަބްލިކެވެ. މިހައިތަނަށް ކޮންމެ ޓީމަކުން ވެސް ދެ މެޗު ކުޅެފައިވާ އިރު ދެ މެޗުން ވެސް މޮޅުވެ އެއްވަނައިގައި މި ވަގުތު އޮތީ އައިސްލޭންޑެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!