ވާހަކަ މުނިފޫހިފިލުވުން

ކުރުވާހަކަ: މާޔާ، ނީނާ، އައިޝް: ރޯދަ

ލަޠީފާ ޢަދުނާން ، ދެން އޮންލައިން

ރޯދަ މަހުގެ މެދުތެރޭގެ ރެއެކެވެ. ގަޑިން ވީއިރެއް ބެލުމެއް ނެތި ތިން މީހުން ވެސް އަވަސްވެގަތީ ކޮފީއަކަށް އަރާށެވެ. މާޔާ މީގެ ފަހުން ފްރީ ވާނީ ކޮން ދުވަހަކުން ކަމެއް ނޭނގެއެވެ. ނީނާއަށް ދެން ކުރިއަށް ލިބެން އޮތް އޮފް ދުވަސްތަކަށް ވެސް ކަންކަން ހުރީ ރާވައި ޝެޑިއުލް ފުރައިލައިފައެވެ. އައިޝް ހުރީ ގެއިން ބޭރަށް ނުކުމެލާނެ ފުރުސަތަކަށް ބަލަބަލައެވެ. އޭނާ ހުރީ މީހަކާ އެކީ ހަނޑޫ ކިލޯއެއް ގަންނަން ހިނގާށޭ ބުންޏަސް ދާން ތައްޔާރަށެވެ. ގޭގެ ޒިންމާތަކުން ބްރޭކެއް ވަރަށް ބޮޑަށް ބޭނުންވެފައެވެ.

Ads by Sosun Fihaara

"ދަ ޔޫޝުއަލް؟' މާޔާ ދެންތިބި ދެމީހުންގެ މޫނަށް ބަލައިލައިފައި ބޯ ޖަހައިލިއެވެ. ދެމީހުން ވެސް ޖަވާބުގައި ބޯ ޖަހައިލިއެވެ. މާޔާ އަވަސްވެގަތީ ވެއިޓަރެއް އައުމުގެ ކުރިން ކައުންޓަރ ކައިރިއަށް ގޮސް އޯޑަރކޮށް ނިންމައިލާށެވެ. ނީނާ ފޯނުން ކުރަން ޖެހޭ ކަމެއް ކޮށްލައި އަވަހަށް ސައިލެންޓަށް ލައިފައި ތިރީގައި ބަހައްޓައިފައި ހުރި ދަބަސްތެރެއަށް ވައްޓައިލިއެވެ. އަދި އައިޝްއާ ދިމާލަށް ބަލައިލައިފައި ބުމަ އަރުވައިލިއެވެ. ދެން އޮތީ އައިޝްގެ ޓާރންއޭ ބުނަ އުސޫލުންނެވެ. އައިޝް ބުމަ ގޮށްޖަހައިލައިފައި ބުންޏެވެ. 'ކާކު މަށަށް ގުޅާނީ؟ އައި ޑޯންޓް ގެޓް ވާކް ކޯލްސް.'

'އެހެންތަ؟ ބޮއްފަތީގެ ކަންކަމުގައި ކުރީ ރޭ ވެސް ޔޫއަށް އައިހައި ކޯލް އެއީ ވާކް ކޯލްސްއެއް ނޫން؟' ނީނާ މަލާމާތުގެ ރާގަކަށް އަހައިލިއެވެ. 'ފައިން ފައިން.' އައިޝް ހަތިޔާރު ބަހައްޓައިފައި ފޯނު ނަގާ ސައިލެންޓަށް ލުމަށް ފަހު ދަބަހަށް ފޯނު ލިއެވެ،

ހަމަ އެ ވަގުތު މާޔާ އޯޑަރުކޮށްފައި އަނބުރާ އައިސް އިށީންނަމުން ފޯނު އޭނާގެ ދަބަހަށް ލިއެވެ. 'އޯކޭ ފޯން ރިޗުއަލް ޑަން. ހިނގާ ދެން އޮތް ބައިތަކައިގެން ކުރިއަށް ދާން.' މާޔާ ފުން ނޭވާއެއް ލުމަށް ފަހު ދެމީހުންގެ މޫނަށް ބަލައިލައިފައި ހީލިއެވެ. ދެލޯ ބޮޑު ކޮށްލައިފައެވެ. 'މަ މިހިރީ ކިރިޔާ މޮޔަނުވެ.' މޫނު މައްޗަށް ފާއްދައިލައިފައިވާ ހިނިތުންވުމުން ހެކިދެނީ މާޔާގެ ސިކުނޑިއަށް ކޮށްފައިވާ ބާރެވެ. އެއީ އުފަލުން ހީނލާފައިވާ ހިނިތުންވުމެއް ނޫނެވެ. އެއީ ބޮލުތެރޭގައިވާ ސްޓްރެސްގެ އަސްލު ކުލަވަރު ފޮރުވަން މޫނު މައްޗަށް ގަދަކަމުން ގެނެސްފައިވާ ހިނިތުންވުމެއް ވީމައެވެ.

ނީނާ ޗޮކެއް ކަނޑައިލިއެވެ. 'ޖޮއިން ދަ ކްލަބް ޑޯލް.' އަހަރެން މިހާރު ނިންމައިފިން، މީކަން ދިރިއުޅުމަކީ. އެންމެން ވެސް ތެޅެނީ ، ބޯ ނެތް ކުކުޅުތަކެއްހެން ވިއްޔަ. މިއީއޯ ދިރިއުޅުމަކީ. ޓެލް މީ ސަމްތިން އައި ޑޯންޓް ނޯ؟' ނީނާ ބޮލުން މާޔާއާ ދިމާލަށް އިޝާރާތް ކޮށްލިއެވެ. އައިޝް އިނީ ތުން ފިއްތައިގެން ހެވިފައެވެ. 'ވެލް. އައި ގޮޓް މައި ޕީރިއަޑް. ސޯ ދެޓްސް ކިއުޓް.' 'ކޮންގްރެޓުލޭޝަންސް. ޔޫ ހެވް އަ ޔޫޓްރަސް.' ނީނާ ބުނެލިއެވެ. ތިން މީހުން ޕަކަޕަކަ އަޅައިފައި ހޭންފެށިއެވެ.

މަގޭ ތި ދުވަސްކޮޅު ގޮސްފި.' އައިޝް ބައިވެރިވެލިއެވެ. 'މި ފަހަރު ކުރިއަށް ވުރެ ފަސޭހަ. ކުދިން ސްކޫލަށްދާ ގަޑި ބަދަލުވީމަ މަށަށް ކާލާނެ ގަޑިއެއް ލިބޭ. ކުރިން ހަމަ ބަނޑަށް.' އައިޝް ބަނޑުގައި އަތް ހާކާލަމުން ބުންޏެވެ. މާޔާ ބުންޏެވެ. 'ޓެލް މީ އަބައުޓް އިޓް. މަ އަދިވެސް ހަމަ އެއްޗެއް ނުކައި ގިނަ ވަގުތު. ފެންފޮދެއް ވެސް ބޯލެވޭ ވަރެއް ނޫން. ބައްޕައާ ބޮޑުބޭބެމެން އަދި ރޯދަމަހު ވިއްޔާ ގޭގަ އުޅޭ އިރު ގިނަވޭ. އަބަދު އިންނާނީ ޓީވީ ބަލަން. އެތާ ހަމަ ކައިރިއެއްނު އަހަރުން ގޭ ކާމޭޒާއި ބަދިގެ ބައި އިންނަނީ؟ ދެން ކިހިނެތް ކާނީ. ކުޑަ މީހުންތައް ތިބޭނީ ކޮޓަރީގައި. އެނގޭތަ މަ ބައެއް ފަހަރު ފާޚާނާއަށް ވެސް ވަންނަމޭ ކާއެއްޗެއް ހެދުން ތެރެއަށް ލައިގެން. ވަކި ވަރަކަށް ދޯ ކެތްކުރެވޭނީ.' މާޔާ އަނގައިގައި އެއްބައި އޮއްވާ ދެން ތިބި ދެމީހުން ބާރަކަށް ހޭންފެށިއެވެ.

'އައްޗި މަ ބަނޑަށް މަރުވިޔަސް ފާޚާނާއަކު ނުކާނަން. ޔޫ ކިހިނެތް ކަނީ؟ ފާޚާނާ ތަށި މަތީ އިނދެގެންތަ؟' ނީނާއާއި އައިޝްއާ ދެމީހުން މާޔާއަށް ދިމާކުރަން ފެށިއެވެ. މާޔާއަކަށް މި ޖޯކު މަޖަލެއް ނޫނެވެ. 'ކައެމެން ތިބެބަ ނުކައި. މަ ފާޚާނާއަށް ވަދެގެން ނަމަވެސް ކާން ޖެހޭނެ. ޕީރިއަޑްވީމަ މަށަށް އެހައި ވަރުވޭ. ކޯސް ނިމުނީމަ އަވަހަށް ފަޔާޒްއާ އިނދެގެން ނައްޓާލަންވީ. އޭރުން ބޭނުން އިރަކު ބޭނުން އެއްޗެއް ކާންވީ.' މާޔާ ހިޔާލީ ފޮލާ ކައްކަން ފެށިއެވެ.

'ދަރިން ލިބެންދެން ތިހެން އުޅެވޭނީ. ފިރިހެން ކުއްޖެއް ވެއްޖެއްޔާ ދެން އަނެއްކާ ހުންނަން ޖެހޭނީ ހަމަ ފާޚާނައިގައި ކާލަކާލަ. ދޯ ނީންސް.' އައިޝް ބެލީ ޖޯކު އަދިވެސް ކުރިއަށް ގެންދެވޭތޯއެވެ. 'ޓު ބީ އޮނަސްޓް މަ ކާނަން ފިރިހެން ދަރިއެއް ލިބުނަސް. ލައިކް، މި އަންހެލްދީ ސައިކްލް މަ ބޭނުން ބްރޭކް ކުރަން.' ކުއްލިއަކަށް މަޖާޒީ ހަވާ ސީރިއަސް ކޮށްލީ މާޔާގެ ޖުމްލައިންނެވެ.

'މަ އެއްބަސް އަސްލު ތިކަމާ.' ނީނާގެ ވޯޓު ހާމަކޮށްލިއެވެ. 'ޔޫ ނޯ، އޮފީހުގައި އުޅޭ އިރު ވެސް ކިތަންމެ ފެން ބޮވިއަސް ޕީރިއަޑްވެގެން ބަނޑަށް ވައި އަރައިގެން ބޭސްގުޅައެއް ކާލަން ވިޔަސް ވަރަށް ފަސްޖެހޭ. ލިޓަރަލީ ނުކައި އަސްލު އޮފީސް ހުރިހާ އަންހެނުން ވެސް ތިބެނީ. އަބަދަކު ގެއަކަށް ވެސް ނުދެވޭނެ ދޯ ކާގަޑިއަކަށް. އަނެއްކާ ގެއަށް ގޮސް ވަކި ކެވޭތަ؟' ނީނާގެ މޫނުމަތިން ފެންނަމުން ދިޔައީ ފޫހިކަމެވެ. އައިޝް ފުން ނޭވާއެއް ލައިފައި ފެންފޮދެއް ބޯލިއެވެ. އަދި ގޮނޑީގައި ހަމަޖެހިލިއެވެ. 'އަހަރެން ކިތަންމެ ބޭނުން ވިޔަސް ބައިވަރު ފެމިލީތައް އެއްގެއެއްގައި އުޅޭއިރު ކިހިނެތް މަގޭ ދަރިންނަށް ވަކި އެއްޗެހި ތަކެއް ކިޔައިދޭނީ؟ ދެންތިބި މީހުން ހިފާނީ މަގޭ ކަރުގަދޯ. މަގޭ ދަރިން އެމީހުންގެ ދަރިން ކައިރި ގޮސް މަންމަ އެބަ ކައޭ ބުނެފިއްޔާ؟' އައިޝް ނީނާއާއި މާޔާއަށް އަރަތެއް ހުށަހެޅި ފަދައެވެ.

'ތި ޕޮޒިޝަންގައި ހުރީ ޔޫ. އެހެންވީމަ ތިއާ ޑީލްކުރަން ވެސް އެނގޭނީ ޔޫއަށް. އެކަމަކު މަގޭ ވާހަކައަކީ، ނޫނީ މިދައްކާ ވާހަކައަކީ، މާޔާ ވެސް އެ ބުނީތާ، ކޮންމެހެން ފޮރުވާކަށް ނުޖެހޭ އަސްލު އަހަރުން. ހާއްސަކޮށް އަހަރުންނަށް އެނޫން ގޮތެއް ނެތިއްޔާ ނޫނީ ވީ ޑެސްޕެރޭޓްލީ ނީޑް ޓު ޓޭކް ކެއާ އޮފް އާސެލްވްސް ދޯ އެދުވަސްވަރު. މިސާލަކަށް މަގޭ ޕީރިއަޑްސް ފުދޭ ވަރަކަށް މެނޭޖަބަލް މާޔާއާއި އައިޝްއާ އަޅާ ބަލާއިރު. މަށަށް ނުކައި ހުރެވުނަސް އޭގެ މާނައެއް ނޫންދޯ ހުރިހާ އެންމެންނަށް އެގޮތަށް ދުވާލުދާ ހަތަރުދަމު ނުކައި ނުބޮއެ ފޭކު ރޯދައަށް ހުންނަން ފަސޭހަވާނެއެކޭ؟' ނީނާގެ ސުވާލަށް މާޔާ ވެސް އައިޝް ވެސް އާނބަސް ދިނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

'އަސްލު މަށަށް ފީލްވާ ގޮތުގައި ހުރިހާ އަންހެން ކުދިންނަށާއި ހުރިހާ އަންހެނުންނަށް ޕީރިއަޑްވެގެން އުޅޭއިރު ފޭކުކޮށް ރޯދަ ހިފުމުގެ އެކްސްޕެކްޓޭޝަން އިޒް ރޯންގް އެންޑް އަންފެއާރ، އޯކޭ ވާނެދޯ ކޮންމެހެން މީހުން ކުރިމަތީ އެމީހުންނަށް އަންކޮންފޮޓަބަލްކޮށް ނުކެއަސް. ހަމަ ޖަސްޓް ލެޓިން އަދާރސް ނޯ ދެޓް އަމް ނޮޮޓް ފާސްޓިން. މަ މިހުރީ ރޯދައަކަށް ނޫނޭ ސޯ މަ ކާނަމޭ މިހެން އުޅެލާފަ. ޔޫމެން އަޅާ ނުލާށޭ.' ނީނާގެ ވާހަކަ ނިންމަމުން ހިނިގަނޑެއް ދިރުވާލިއެވެ.

'އައިޝް މޫނު ހަދައިލައިފައި ބުންޏެވެ. 'ގައިމު ވެސް މަށަކަށް ނުކެރޭނެ ބުނާކަށް. މަ ރޯދައެއް ނޫނެކޭ' ނީނާ ވެސް އަދި މާޔާ ވެސް ހެމުން ބިނދެމުން ބުންޏެވެ. 'މަށަކަށް ވެސް ނުވާނެ ބްރޯ.' ހިނގާ ޓޮޕިކް ޗޭންޖް ކުރަން.'

ވެއިޓާ އައިސް މޭޒުމައްޗަށް ތިން ވައްތަރުގެ ތިން ޑިޝް ސާވް ކުރިއެވެ. 'ލެޓް މީ ގެސް. މީނަ ޕޭ ކުރިދޯ؟' އައިޝް ވެއިޓާ ގާތު އަހައިލިއެވެ. ވެއިޓާ ހިނިތުންވެލައިފައި ބޯ ޖަހައިލިއެވެ. ' އަލް ގެޓް އިޓް ނެކްސްޓް ޓައިމް އިންޝާ ﷲ.' ދެލޯ ކުޑަ ކޮށްލައިފައި ނީނާ އިނގިލިން މާޔާއާ ދިމާލަށް ބަޑިއެއް ޖަހައިލިއެވެ.

Ads by Ooredoo
  1. ދިސް އިސް ސޯ ރިލޭޓެބްލް….. އައި ތޯޓް މިކަހަލަ އެއްޗެއް ލިޔާކަށް ނުކެރޭނޭ ބަޔަކަށް…. އެންމެން ގަބޫލް ކުރާ ގޮތް ވިއްޔަ…..