ރައްޔިތުންގެ މަޖިލިސް

މަޖިލިސް މެންބަރަކު ކަމުނުދާ ނަމަ ވަކިކުރެވެން ޖެހޭނެ: ސަލީމް

ރައުފާ ރަޝީދު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންނަށް ބަލަދުއަރައިފައި ހުރި މީހަކަށް ވެގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދުު ސަލީމް (ހޯރަފުށީ ސަލީމް) ވިދާޅުވެއްޖެއެވެ.

Ads by STELCO

ސަލީމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ބައެއް މެންބަރުން، އެ މެންބަރުންގެ އަނބިން ނުވަތަ ފިރިންނާއި އަދި 18 އަހަރު ނުފުރޭ ދަރިންނަށް އެ މެންބަރުން އަމިއްލަފުޅަށް ޕްރިމިއަމް ދައްކަވާގޮތަށް ހެލްތް އިންޝުއަރަންސް ސްކީމްގައި ބައިވެރިކޮށްދެއްވުމަށް އެދި ފޮނުވައިފައިވާ މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ސަލީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކަންތައްތައް ރަނގަޅުކޮށްގެން ނޫނީ އެހެން ކަންތައްތައް ރަނގަޅު ކުރާ ވާހަކަ ދައްކައިގެން ނުވާނެ ކަމަށެވެ. އަދި މަޖިލީހަށް ވަންނަން ވީ އެތަނުން ލިބޭ އިނާޔަތްތައް ހޯދަން ނޫން ކަމަށާއި މަޖިލީހަށް ވަންނަން ވީ ގާނޫނުތައް ހަދައި މަސްއޫލިއްޔަތުތައް އަދާކުރަން ކަމަށް ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހުގެ މެމްބަރުންނަކީ އެމީހުންނަށް ބަލަދު އަރައިފައި ތިބި މީހުންނަށް ވެގެން ނުވާނެ ކަމަށާއި މީހުންނަށް ދޭން ޖެހޭ ހިދުމަތް ނުދެވޭ ނަމަ ވަކިކުރަން ޕެޓިޝަން ލެވެންޖެހޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

”ކީއްވެގެންތޯ އަޅުގަނޑުމެން ހޮވި ރައްޔިތުންނަށް އަޅުގަނޑުމެން ކަމުނުދިޔައީމަ، މިތަނަށް ނާންނަ ކަމަށްވަންޏާ އަނބުރާ ހުރި ތަނަށް ނުގެންދެވެންވީ. މިހާރު ރާއްޖެއަށް ބޭނުންވޭ މެންބަރުން ރިކޯލް ކުރާ ގާނޫނެއް. އަޅުގަނޑަކީ އެމީހުންނަށް ބަލަދު އަރައިފައި ހުރި މީހަކަށް ވެގެން ނުވާނެ. މިތަންނަށް ނާދެވެންޏާ ހިދުމަތް ނުދެވެންޏާ އެމީހުންނަށް ޕެޓިޝަން ލެވެންޖެހޭނެ އަޅުގަނޑު ވަކިކުރަން” ސަލީމް ވިދާޅުވިއެވެ.

Ads by Ooredoo
  1. ޖާނޭ

    ޢެންމެ ފުރަތަމަ ވަކި ކުރަން ޖެހޭނީ ސައްލެ. ރައީސް މީހާވެސް ވަކި ކުރަން ޖެހޭނެ. ސައަލެއަށް ކަމުނުދާ މީހަކު ވަކި ކުރުމަކީ ކުރެވޭނެ ކަމެއް ކަމަށް ހީވާނަމަ އަހަރެންނާް ފެންނީ އެންމެ ފުރަތަމަ ސައްލެ ވަކި ކުރަން

  2. އާދަނު123

    ރައްޔިތުން ތަމްސީލް ކުރާށޭ ކިޔާފަ ވޯޓް ހޯދަން އަންނަނީ ހޮވުނީމަ ތަމްސީލް ކުރަނީ ސިޔާސީ ޕާޓީ ކީކުރަން ރައްޔިތުން މަޖިލިސް ތިތަނަށް ކިޔަނީ ސިޔާސީ ޕާޓީތަކުގެ މަޖިލިސް ކިޔާބަލަ