ބުރުގާ އެޅުމަކީ އިސްލާމް ދީނުގައި މަޖުބޫރުކަމެއް ނޫން: ކަރްނާޓަކާ ހައިކޯޓު

ބުރުގާ އެޅުމަކީ އިސްލާމްދީނުގައި މަޖުބޫރު ކަމެއް ނޫންކަމަށް ކަރްނާޓަކާގެ ހައިކޯޓަކުން ކަނޑައަޅައިފިއެވެ.
އަންހެނުން ބުރުގާ އެޅުމާ ގުޅޭ މައްސަލައެއް ކޯޓަށް ވެއްދީ މުސްލިމް ދަރިވަރުންތަކެކެވެ. އެމައްސަލަ ކޯޓަށް ވެއްދީ އިންޑިއާގެ ކަރްނާޓަކާގެ ސްކޫލުތަކާއި، ކޮލެޖު ޔުނިވަސިޓީތަކުގައި ބުރުގާ އެޅުން މަނާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައެޅުމާ ގުޅިގެންނެވެ. މިކަމުގެ ސަބަބުން ވޭތުވެދިޔަ މަސްތަކުގައި ބުރުގާ އަޅައިގެން އުޅޭ ދަރިވަރުންނާއި ޓީޗަރުން ވެސް ސްކޫލު ނުވަތަ ޔުނިވަސިޓީގެ ހަތަރު ފާރުން އެތެރެއަށް ވަނުމުގެ ކުރިން ބުރުގާ ނަގަން ޖެހެއެވެ.
ދަރިވަރުން ހުށަހެޅި މައްސަލައިގައި ކަރްނާޓަކާގެ ހައިކޯޓަކުން އަންގާރަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ އަންހެނުން ބުރުގާ އެޅުމަކީ އިސްލާމް ދީނުގެ އަސާސެއް ނޫން ކަމަށެވެ. އެހެންކަމުން އެޑިއުކޭޝަނުން ބުރުގާ އެޅުން މަނާކޮށްފައި އޮތްއޮތުން ދަމަހައްޓައި އެކަމަށް ތާއީދުކުރަން ހައިކޯޓުން ވަނީ ނިންމައިފައެވެ.
މިހުކުމް އިއްވުމާ އެކު ކަރްނާޓަކާގެ ޗީފް މިނިސްޓަރު ވަނީ ކޯޓުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށެވެ. އަދި އެކަމަށް ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
ބުރުގާ އެޅުމާ ގުޅޭ ގޮތުން ހައިކޯޓުން ނެރުނު ހުކުމާ އެކު ދަރިވަރުންނާއި މުދައްރިސުން ވެސް ދަނީ ޓަމިލްނާޑޫގެ ޗެންނާއިގެ ބައެއް ކޮލެޖުތަކުގައި މުޒާހަރާ ވެސް ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިން ދަނީ އެ ހުކުމް ތަންފީޒު ނުކުރުމަށް ގޮވައިލަމުންނެވެ.
އިންޑިއާގެ ގާނޫނު އަސާސީގެ 25ވަނަ މާއްދާގެ ދަށުން ސްކޫލްތަކުގައި ބުރުގާ އެޅުން މަނާ ކުރެވިދާނެ ކަމަށް ބުނެފައިވެއެވެ.
ހައިކޯޓުން ހުކުމް ކުރި ނަމަވެސް ބުރުގާގެ މައްސަލައިގައި މީގެ ކުރިން ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައިގައި އަދި ހުކުމެއް ނީއްވައެވެ.
އިންޑިއާގައި ދިރިއުޅޭ މުސްލިމުންނާ މެދު ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަން ފެށީ ބީޖޭޕީ ވެރިކަމަށް އައުމަށް ފަހުއެވެ. މިހާރު އިދިކޮޅުގައި އޮތް ކޮންގްރެސް ޕާޓީން ވެރިކަން ކުރިއިރު މުސްލިމުންނަށް އޮތީ މިނިވަންކަން ދީފައެވެ.
އިންޑިޔާ ކަހަލަ މަލްޓި ރިލިޖަސް ރިލިޖަސް ޕުލޫރިޒަމް އޮންނަ ޤައުމެއްގައި ބުރުގާ އެޅުން މަނާނުކުރެވޭނެ، އެއީ ރިލިޖަސް ހައްޤެއް !