ޚަބަރު ސިޔާސީ

ހިންނަވަރާއި ނައިފަރު ގުޅައިލެވިއްޖެ ނަމަ ރާއްޖޭގެ ތަރައްގީއަށް ބޮޑު ބަދަލެއް އަންނާނެ: ނަޝީދު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ބިން ކުދި ރަށްތައް ހިއްކުމަށް ވުރެ ބުއްދިވެރި ގޮތަކީ އެއްރަށާއި އަނެއް ރަށް ގުޅުވައިލުން ކަމަށާއި ޅ އަތޮޅު ހިންނަވަރާއި ނައިފަރު ގުޅައިލެވިއްޖެ ނަމަ ރާއްޖޭގެ ތަރައްގީއަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޅ އަތޮޅު ކުރެންދޫ ކައުންސިލްގެ ބައިއިލެކްޝަންގެ ކެމްޕެއިންގައި އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފާދިއްޕޮޅަށް އެމްޑީޕީގެ ވަރަށް ބޮޑު ތަސައްވަރެއް އޮންނަ ކަމަށެވެ. އެއީ ނައިފަރާއި ހިންނަވަރާއި ގުޅުވައިލުންކަމަށް ވިދާޅުވެ ނަޝީދު އޭގެ ތަފްސީލު ދެއްވިއެވެ. އެގޮތުން ޅ. އަތޮޅުގެ ވެރިކަން ކުރާ ރަށް ނައިފަރު މަޑިވަރާއި ގުޅުވައިލައި، އެ ރަށް ފެލިވަރާއި އަދި ފެލިވަރު ގާވެލިފަރާއި ގުޅުވައިލައި ގާވެލިފަރު ހިންނަވަރާ ގުޅުވައިލާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެ ދެމެދުގައި، މިއަތޮޅުގައި 25،000 މީހުންނަށް ދިރިއުޅެވޭ ގޮތްވުން. މި އަތޮޅުގައި، އަދި ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް، ހާއްސަކޮށް ކުރެންދޫ ރައްޔިތުންނަށް ނައިފަރުންނާއި ހިންނަވަރުން އަދި ފެލިވަރުން ވިޔަސް ވެސް ގޯތި ލިބެންޖެހޭނެ"

- ރައީސް މުހައްމަދު ނަޝީދު

ނައިފަރާއި ހިންނަވަރު ގުޅުވައިލުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 2018ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި ކެމްޕެއިންގެ ތެރެއިންވެވަޑައިގެންނެވި ވައުދެކެވެ. އެހެން ނަމަވެސް ވެރިކަމަށް ހަތަރު އަހަރު ވެގެންދާއިރު މިމަޝްރޫއުގެ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

ކުރެންދޫ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ރަށަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތުން ކަމަށެވެ. ކުރެންދޫން ބިން ހިއްކެން ނެތް ނަމަވެސް ބިން ނުހިއްކައި އެ ރަށުގައި ގެދޮރުވެރިކަން އިތުރުކުރެވިދާނެކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން މާލެ ކައިރީ ފަޅެއްގައި ފްލޯޓިންގ ސިޓީއެއް ތަރައްގީކުރަމުން ދާއިރު ކުރެންދޫ ކައިރިން އޮތް ކަނޑުގައި އެފަދަ ތަނެއް ތަރައްގީކޮށް ގެދޮރު ދޫކުރެވިދާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

"އޭނާ (ފްލޯޓިންގ ސިޓީ ތަރައްގީކުރާ ޑަޗް ކޮމްޕެނީން) އެބަ އޮތް ދެލިކޮޕީ ކުރެހުމެއް އަޅުގަނޑަށް ފޮނުވައިފައި. ކުރެންދޫ ބޭރުގައި އަދި 1،000 ގޯތި އަދި ދެވިދާނެކަމަށް ބުނެ"

- ރައީސް މުހައްމަދު ނަޝީދު

ރައީސް ޔާމީން މީގެ ކުރިން ވަނީ ރާއްޖޭގެ ކުދި އާބާދީތައް ދިރިއުޅޭ ރަށްތަކުން މާލެ ސަރަހައްދަށް މީހުން ގެނަސް ގެދޮރުވެރިކުރުވުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ މަރުކަޒީ ނިޒާމެއް ނުވަތަ ސިޔާސަތެއް ސަރުކާރުން ނުގެންގުޅުނު ނަމަވެސް ތަރައްގީވެ، ހިދުމަތްތައް ރަނގަޅު ތަނަކަށް ރައްޔިތުން ހިޖުރަކުރާނެ ކަމަށެވެ. އެހެންކަމުން ރަނގަޅުގޮތަކީ މާލެ ސަރަހައްދުން އެ ފަދަ ރައްޔިތުންނަށް ގެދޮރުވެރިކަން ތަނަވަސް ކޮށްދިނުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މިކަމަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ ޕީޕީއެމްއަކީ ލާމަރުކަޒީ ނިޒާމާ ބީރައްޓެހި ޕާޓީއެއް ކަމަށެވެ. އަދި ވަރަށް ސާފުކޮށް ކުރެންދޫ ފަޅުކުރުމުގެ ވާހަކަ ޕީޕީއެމްއިން ދައްކަވާ ކަމަށާއި އެހެންކަމުން ކައުންސިލް އިންތިހާބުތަކުގައި އެ ޕާޓީން ވާދަކުރައްވާތީ ހައިރާންވާކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

Ads by HDC
  1. ބޭބެ

    އުޅެގަ ވާޖަހާފަދަމާލަން

  2. ކިނބޫ

    ރާއްޖެއާ ހަނދާ ދެމެދު ބްރިޖް އަޅައިފިނަމަ ވާނެ ތަރައްގީ ކަލެއަށް ނޭނގެނީތާ!