ލައިފްސްޓައިލް ލުއި ޚަބަރު

ކޮވިޑް ނުޖެހި ތިބީ ރައްޓެހިން ނެތް މީހުން: ސައުތު ކޮރެއާގެ ޑޮކްޓަރެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ވެރިރަށް ދިއްލީގެ ހޮސްޕިޓަލެއްގެ އެއް އެނދުގައި ދެމީހުން ފަރުވާ ހޯދަނީ

ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ، ކޮވިޑް19 ނުޖެހި ތިބި މީހުންނަކީ ރައްޓެހީން ނުތިބޭ މީހުން ކަމަށް ސައުތު ކޮރެއާގެ ޑޮކްޓަރަކު ބުނެފިއެވެ.

Ads by MWSC

ކޮރެއަން ވެކްސިން ސޮސައިޓީގެ ނައިބު ރައީސް ސަންގް ޔުކް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ހަލުވިކަމާ އެކު ފެތުރޭ ކޮވިޑް ނުޖެހި ތިބި މީހުންނަކީ ރައްޓެހިން ނެތް ، ދޭދޭ ދެމީހުންގެ މެދުގައި މައްސަލަ ހުންނަ މީހުން ކަމަށެވެ.

މި ޕޯސްޓްގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ އޭނާ ވަނީ ފޭސްބުކް ޕޯސްޓް ޑިލީޓްކޮށްލައިފައެވެ.

ސައުތު ކޮރެއާގެ 52 މިލިއަނެއްހައި އާބާދީގެ ތެރެއިން 12 މިލިއަން މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދި އެ ގައުމުން 15ހާހަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް ޖެހިގެން ދުނިޔެދޫކޮށްފައެވެ. ސައުތު ކޮރެއާ ހިމެނޭހެން ދުނިޔޭގެ ގިނަ ގައުމުތަކުން ކޮވިޑް19ގެ ބިރުވެރިކަން ނިންމައިލައި އަތްދޮވެލައިގެން ތިބި މި ދަނޑިވަޅުގައި ކޮވިޑްގެ އޮމިކްރޯން ވޭރިއެންޓް ، ބައެއް ގައުމުތަކުގައި ދަނީ ފެތުރެމުންނެވެ. އޭގެ ތެރޭގައި ސައުތު ކޮރެއާ ވެސް ހިމެނެއެވެ. އެ ގައުމުން މިދިޔަ ހަފްތާއެއްހައި ދުވަހު ފައްސިވާ އަދަދު އުޅެނީ ދުވަހަކަށް ތިންލައްކައަށް ވުރެ މަތީގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!