މަޖިލީހަށް ހުށަހެޅުމަށް އޭޖީ އޮފީހުން 3 ބިލެއް ރައީސް އޮފީހަށް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަ ށްޓަކައި 3 ބިލެއް ބަންޑާރަ ނާއިބުގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފިއެވެ.
އޭޖީ އޮފީހުން ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވި ބިލުތަކަކީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ކުނި މެނޭޖްކުރުމުގެ ބިލު ކަމަށެވެ.
މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރަށް 36 ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. މިދައުރުގައި މަޖިލީހަށް ހުށަހަޅާނެކަމަށް ސަރުކާރުން ވިދާޅުވެފައިވާ ބިލުތަކުގެ ތެރޭގައި ހިމެނެނީ އަލަށް ހުށަހަޅާ 15 ބިލަކާއި ޤާނޫނަކަށް އިސްލާހު ގެނައުމުގެ 21 ބިލެކެވެ.
މަޖިލީހުގެ މިދައުރުގައި ވެސް ގިނަ ބިލުތަކެއްގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ނިމިދިޔަ ދައުރުގައި މަޖިލީހަށް ހުށަހެޅުނު ބިލުތަކުގެ ތެރެއިން ނުނިމި ހުރި ބައެއް ބިލްތަކުގެ މަސައްކަތް ހިމެނެއެވެ.