ނައިފަރުގައި އަންހެނަކު ދަންޖެހިފައި ހުއްޓާ ސަލާމަތްކޮށްފި
ޅ. ނައިފަރުގައި އަންހެނަކު ދަންޖެހިފައި ހުއްޓާ ސަލާމަތްކޮށްފިއެވެ.
ނައިފަރުގައި އަންހެނަކު ދަންޖެހިފައި ހުއްޓާ ސަލާމަތް ކުރިކަން އެރަށު ކައުންސިލު ރައީސް މުޙައްމަދު ކާރިމް ވެސް ވަނީ "ދެން" އަށް ކަށަވަރުކޮށްދެއްވާފައެވެ.
މިކަމާއި ގުޅޭގޮތުން "ދެން" އަށް މައުލޫމާތު ދެއްވަމުން ޅ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ޖައުފަރު އަބްދުﷲ ވިދާޅުވީ މިހާދިސާއާއި ގުޅިގެން އެހޮސްޕިޓަލަށް ގުޅާފައިވަނީ މިއަދު މެންދުރުފަހު 14:00 ހާއިރު ކަމަށެވެ.
އަންހެންމީހާއަށް އެމަޖެންސީގައި ފަރުވާދީފައިވާކަން އެނގިފައިވެއެވެ.
ޖައުފަރު ވިދާޅުވީ މިހާރު އަންހެން މީހާގެ ހާލު ރަނގަޅު ކަމަށެވެ.
އަމިއްލަށް މަރުވުމާއި އެކަމަށް މަގު ފަހިވާނެ ކަންކަން ވެސް މާތްﷲ ވަނީ ޙަރާމް ކުރައްވާފައެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް އިރުޝާދު ދެއްވާފައިވަނީ ، މި ޙަޔާތާ ވަކިވެގެންދާ ގޮތަކީ އަމިއްލައަށް މަރުވުން ކަމަށް ކުޑަމިނުން އުންމީދުވެސް ނުކުރުމަށެވެ.
މާތްﷲ ވަހީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا
މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.