Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ލުއި ޚަބަރު

މި މިޔަރުގެ މޫނު ވައްތަރީ އިންސާނެއްގެ މޫނާ!

މި މިޔަރުގެ މޫނު ވައްތަރީ އިންސާނެއްގެ މޫނާ!

އިންސާނެއްގެ މޫނާ ވައްތަރު މޫނެއް ހުންނަ މިޔަރެއް އިންޑޮނޭޝިއާގެ މަސްވެރިއަކު ދާ އަޅައިގެން ހިފައިފިއެވެ،

މި މަސް ފެނުމާއެކު މި މަސް ބޭނި އަބްދުﷲ ނޫރެން އަށް ވެސް ލިބުނީ ޙައިރާން ކަމެކެވެ. ނޫރެން މި މަސް ބޭނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

ނޫރެން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އޭނާއަށާއި އޭނާގެ ބޭބެއަށް ހިފުނީ މާބަނޑު މިޔަރެއް ކަމަށެވެ. އަދި އެ މިޔަރުގެ ބަނޑު ފަޅާލިއިރު 3 މިޔަރު އޮތް ކަމަށާއި 2 މިޔަރަކީ ހަމަ އާދައިގެ މިޔަރު ކަމަށް އޭނާ ކިޔައިިދިނެވެ. ނަމަވެސް އެއް މިޔަރުގެ ކިބައިން ތަފާތު ސިފަތަކެއް އެމީހުންނަށް ފާހަގަ ވިއެވެ. އެގޮތުން، އޭގެ މޫނު ވައްތަރީ އިންސާނެއްގެ މޫނާއެވެ.

Advertisement
Allied — Dhen Online (box)

އެ މިޔަރުގެ ލޯ ވެސް ވައްތަރީ އިންސާނެއްގެ ލޮލާއެވެ. އަދި އަނގަ ވެސް އިންސާނެއްގެ އަނގައާ ވައްތަރެވެ.

މި މަސް ވަނީ އާދައިގެ އިންސާނެއްގެ އަތްތިލަ ވަރުކަމަށް ނޫރެން ބުނާއިރު މި މަސް ހިފުނުއިރު ވެސް އޮތީ މަރުވެފައި ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް އެހެން މަސްތަކާ ތަފާތުވުމުން އޭނާ ގެއަށް ދިޔައީ މަރުވެފައި އޮތް އެ މިޔަރު ހިފައިގެންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް