Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ކުޅިވަރު

ޕެނަލްޓީގައި ރޭންޖާސް ބަލިކޮށް ފްރޭންކްފާޓުން ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި

ޕެނަލްޓީގައި ރޭންޖާސް ބަލިކޮށް ފްރޭންކްފާޓުން ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި

ޕެނަލްޓީގައި ސްކޮޓްލޭންޑުގެ ރޭންޖާސް ބަލިކޮށް ޖަރުމަނުގެ ފްރޭންކްފާޓުން ޔޫރޮޕާ ލީގުގެ ތަށި އުފުލައިލައިފިއެވެ.

ރޭ ސްޕެއިންގެ ސެވިއްޔާގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު މެޗުގެ ނަތީޖާ އަކީ 1-1 އެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރޭންޖާސްއިންނެވެ.

މެޗުގެ 57ވަނަ މިނެޓުގައި ރޭންޖާސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖޯއި އަރިބޯއެވެ. ދެ ޓީމުގެ ފަރާތުން ވެސް ގިނަ އެޓޭކުތަކެއް ފެނުނު މި މެޗުގައި ފްރޭންކްފާޓުގެ ލަނޑު ޖަހައިިދިނީ މެޗު 69ވަނަ މިނެޓުގައި ރަފައެލް ބުއްރޭއެވެ.

Advertisement
Allied — Dhen Online (box)

ފުރިހަމަ ވަގުތު ހަމަވެ ކުޅުނު އިތުރު 2 ހާފުގައި ވެސް އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ފްރޭންކްފަރޓް މޮޅުވީ 4-5 ގެ ނަތީޖާއަކުންނެވެ. ފްރޭންކްފާޓުގެ ހުރިހައި ޕެނަލްޓީއެއް ވައްދާލިއިރު ރޭންޖާސްގެ އާރޯން ރާމްސޭ ޖެހި ޕެނަލްޓީ ފްރޭންކްފާޓުގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

މިއީ ފްރޭންކްފާޓުން ޔޫރަޕުގެ 2ވަނައަށް އެންމެ ޝަރަފުވެރި ތަށި އުފުލައިލި ދެވަނަ ފަހަރެވެ. މީގެ ކުރިން 1980ގައި ވެސް އެ ޓީމުން ވަނީ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް