ޚަބަރު ސިޔާސީ

ރައީސް އޮފީހުގެ ކުރީގެ ސްޕޯކްސްޕާސަން އެމް.ޓީ.ޑީއާ ގުޅިއްޖެ

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ސްޕޯކްސްޕާސަންގެ މަޤާމު ފުރުއްވި އިބްރާހިމް މުޢާޒް އަލީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް، އެމް.ޓީ.ޑީއަށް ސޮއިކުރައްވައިފިއެވެ.

Ads by STELCO

ރައީސް ޔާމީންގެ ވެރިކަމުގައި އަދި ވެރިކަން ބަދަލުވި ފަހުން އިންތިހާބު އޮޅުވައިލިކަމަށް ތުހުމަތުކޮށް ޕީ.ޕީ.އެމްއިން ކުރި މުޒާހަރާތަކުގައި ވެސް އިސްކޮށް ހަރަކާތްތެރިވި މުއާޒް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްކޮށް ހުންނަވާ އުފައްދަވައިފައިވާ އެމް.ޓީ.ޑީއާ ގުޅުނުކަން އެ ޕާޓީން ވަނީ މިއަދު ރަސްމީކޮށް އިޢުލާންކޮށްފައެވެ.

ވެރިކަން ބަދަލުވުމާ އެކު ޕީ.ޕީ.އެމްއާ ފެޔަށް ޖެހި މުއާޒު މިހާރު ގެންދަވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން އިއްޔެ ކުރެއްވި ޓުވީޓެއްގައި ރައީސް ޔާމީނަކީ ވަރަށް ބޮޑަށް ޒާތީ ބޭފުޅެއްކަމަށް ވިދާޅުވެ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

Ads by Allied Insurance
  1. ސީމާ

    ތިކަހަލަ ދެފުށް ދެގޮތް އަމިއްލަ އެދުމައިގެން އުޅޭ މީހުން އުޅޭނީ ތިހެން، މިއަދު ވެރިކަން ބަދަލް ވިޔަސް އެކޮޅަށް ދާނެ، މިކަހަލަމީހުން ޕީޕީއެމް އިން ބަލައި ނުގަންނަން ވީ