ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

ބަސްހުއްޓިފައި އޭނާއަށް ބަލަން އިން ޒައިވާ އާއި އަނޫކްގެ އިތުރުން ޖީލާނަން ބަލައިލަމުން ސަމަދު ބުނެލިއެވެ. އެއަޑުގައިވި މަޑުމޮޅިކަމުން ޒައިވާގެ ހިތަށްވެސް ތަދުވިއެވެ. ރީއާނަށް އެދުވަހު ކުރެވޭނެ އިހުސާސުތަކާމެދު ފިކުރު ހިންގައިލެވުމުން އޭނާގެ ދެލޯފެންކަޅިވާގޮތް ވިއެވެ. ލިބިފައިވެސް އެލޯބި އަތުން ބީވުމަކީ ހާދަހައި ވޭން ހުރި ކަމެކެވެ. އެކަން އެކަކުވެސް އޭނާއަށް ބުނެދޭކަށް ނުޖެހޭނެއެވެ. ޚުދު އެހިތަށްވެސް މިހާރު ކުރެވެމުންދަނީ އެވޭންދެނިވި އިހުސާސެވެ.

Ads by STELCO

ވާހަކަ އެހިސާބުން އެރެއަށް މެދުކަނޑައިލީއެވެ. މަސައްކަތުގައި މާބުރަ ދުވަހަކަށްވުމުން ކޮންމެ މީހަކަށްވެސް ލިބިފައިވީ ވަރުބަލިކަމެވެ. ދެން ބައްދަލުކުރާނެ ދުވަހަކާއި ވަގުތެއް ނިންމުމަށްފަހު އެގެއިން ނުކުންނަން އެންމެން ހިނގައިގަތެވެ. ވަކި ހިސާބަކަށް އައިސް ހުއްޓިލަމުން ޒައިވާ ބަލައިލީ ސަމަދަށެވެ. އަދި އަނޫކްއާ އެކުގައި އޭނާ ބޭރަށް ގޮސްލައިފައި އެނބުރި ގެއަށްދާނެކަމަށް ބުނެލިއެވެ. އެއްޗެއް ބުނަން އުޅެފައިވެސް ހިމޭންވެލަމުން އެކަމަށް ސަމަދު އެއްބަސްވިއެވެ. އަދި އަނޫކްގެ ކިބައިން ޒައިވާއަށް ރަނގަޅަށް ބެލުމަށް އެދުނެވެ. މާލަސްނުވެ ގެއަށް އަންނަންވާނެ ކަމުގައި އޭނާ ބުންޏެވެ. ކުޑަކޮށް ބޯޖަހައިލަމުން އަނޫކްއާ އެކުގައި އެގޭ ދޮރާށިން ޒައިވާ ނުކުތެވެ. ލަސްހިނގުމެއްގައި ދެމީހުންގެ މިސްރާބަކަށްވީ އެހިސާބާ ދާދި ކައިރީގައި އޮތް އާރޓިފިޝަލް ބީޗެވެ. ހަމަހިމޭން މާހައުލެއްގައި އިނދެ ކަންކަމާމެދުގައި ވިސްނައިލާން ޒައިވާ ބޭނުންވީއެވެ. އެވާހަކަތަކުން ޚުދު އޭނާގެ އަމިއްލަ ދިރިއުޅުމަށްވެސް އަސަރުކުރާނެކަން އޭނާއަށް ޔަގީންވެއެވެ. ކުރިއަށް ކަންތައް ކުރާނެ ގޮތެއް ކުރީބައިގައި ނިންމަން އޭނާ ބޭނުންވަނީއެވެ. އަމިއްލަ ނަފުސު އެފަދަ ކަމަކަށް ތައްޔާރުކުރަން ޖެހެއެވެ. ނޫނީ އެންމެ ފަހުވަގުތު އެފަދަ ހިތާމައެއް ބަރުދާސްތުކުރަން އޭނާއަށް ދަތިވެދާނެއެވެ.

"އަނޫކްގެ ނަޒަރު ޒައިވާއާ މެދު ތަފާތުހެން ހީނުވޭތަ.." އެދެމީހުނަށް ބަލަން ހުރި ސަމަދު ގާތުގައި އައިސް ހުއްޓިލަމުން ޖީލާން އަހައިލިއެވެ. އެއަޑަށް ސިހިފައި ސަމަދު ބަލައިލިއެވެ. ދާދި ގާތުގައި ހުއްޓިގެންހުރި ޖީލާންއާ ހަތަރުކަޅި ބައްދަލުވުމާއެކު އޭނާގެ ހިތަށް ކުރުވީ ތަފާތު އަސަރެކެވެ. މީގެ އެތައް އަހަރެއް ކުރިންވެސް ކުރެވުނު ފޮނިފޮނި އިހުސާސުތަކެވެ. އަދިވެސް އޭނާގެ ހިތުގައި ޖީލާންއާ މެދުގައި އެޖަޒުބާތުތައް ދެގޮތެއްނުވެ އޮތްކަމުގެ ހެއްކެކެވެ. ހިންދިރުވައިލުމާއެކު ސަމަދު ދުރަށް ނަޒަރުހުއްޓައިލީ އަމިއްލަ ނަފުސު ކޮންޓްރޯލް ނުކުރެވިދާނެހެން ހީވުމުންނެވެ. "އަހަންނަށްވެސް އެހެން ހީވި.. ޒައިއާ ދިމާއަށް އަނޫކް ބަލާލާ ތަފާތު ގޮތް އަހަންނަށްވެސް ފާހަގަވާތާ ދުވަސްކޮޅެއް ވެއްޖެ.." އެހުރިގޮތަށް ހުރެ ސަމަދު ބުންޏެވެ. ލުއި ހިނިތުންވުމެއް ޖީލާންގެ ތުންފަތުގައި ކުޅެލީ ސަމަދުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ކުރީގެ ހަނދާންތައް އެދެލޯ ކުރިމަތީގައި ސިފަވެލިއެވެ. ދެމެދަށް ވެރިވި ހިމޭންކަން ސަމަދަށް އުނދަގޫކުރުވިއެވެ. ނުބަލަން ހުއްޓެއްކަމަކު ގާތުގައި ހުރި ޖީލާންއަށް ނުބަލައި ހުރުންވީ ދަތިކަމަކަށެވެ. ބަހެއްވެސް ނުބުނެ އެކަކު އަނެކެއްގެ ދެލޮލަށް ގެއްލިފައި ދެމީހުން ތިއްބެވެ. އަމިއްލަ ނަފުސު ހިފަހައްޓަން އުނދަގޫވެ ސަމަދަށް އެއްއަތް ހިއްލައިލެވުނެވެ. އަދި ނުހަނު މަޑުމަޑުން ޖީލާންގެ ކޯތާފަތުގައި އަތުގެ ނުފުށުން ފިރުމައިލިއެވެ. "އައި މިސްޑް ޔޫ.." ސިއްރެއް ފަދައިން ސަމަދު ބުނެލިއެވެ. "އަހަރެންވެސް.." ޖީލާންގެ އަޑު ތުރުތުރުއަޅައިލީ ހިތަށް ކުރުވި އަސަރުންނެވެ. އެއާއެކު ފުންނޭވާއެއް ސަމަދު ދޫކޮށްލިއެވެ. ދައްކަން ބޭނުން ކިތަންމެ ވާހަކަތަކެއް ހުއްޓެއްކަމަކު ބުނާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. "އަހަރެން.. ފަހުން ގުޅާލިއަސް.. އެންމެ ރަނގަޅުތަ.." ކުޑަކޮށް ދުރައްޖެހިލަމުން އޭނާ އެއްސެވެ. ދޭނެ ޖަވާބެއް ނުވިސްނިފައި އިރުކޮޅަކު ޖީލާންއަށް ހުރެވުނީ ހީވެސްނުކުރާފަދަ އެއްޗެއް ސަމަދު އެހުމުންނެވެ. "އަހަރެން.. އިންތިޒާރު ކުރާނަން.." އިރުކޮޅަކު އެހެން ހުރެފައި ޖީލާން ބުނެލިއެވެ. އެޖަވާބު އިވިފައި ސަމަދުގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ. ރޭގަނޑުގެ ސަލާމް ކޮށްލުމަށްފަހު ޕާރކް ކޮށްފައި އޮތް ކާރާ ދިމާއަށް އޭނާ ހިނގައިގަތެވެ. އެމަންޒަރު ބަލަން ދޮރާށީގައި ކުޑަކޮށް ލެގިލައިގެން ޖީލާން ހުއްޓެވެ. އޭރު އޭނާގެ މޫނުމަތީގައިވެސްވީ ލުއި ހިނިތުންވުމެއްގެ އަސަރެވެ.

ހިނގަމުން ދިޔައިރު ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އާރޓިފިޝަލް ބީޗަށް ވަނުމަށްފަހު މޫދާ ކުރިމަތިވާނޭހެން އެތަނުން ގޮނޑިއެއްގައި ޒައިވާ އިނށީނެވެ. އޭނާއާ ޖެހިގެންކަހަލަ ގޮތަކަށް އަނޫކްވެސް އިނށީދެ ހަމަޖެހިލިއެވެ. ހަނދުގެ ރިހި އަލިން މޫދުގެ ލޮނުގަނޑު ފެންނަމުންދިޔައީ ހިތްގައިމު ގޮތަކަށެވެ. ހިމުން ދޮންވެލިގަނޑުގައި ކުދިކުދި ރާޅުތައް އައިސް ބޮސްދީފައި ދަނީ ނުހަނު އޯތާތެރިކަމާއެކު ލޯބިންނެވެ. އެމަންޒަރަށް ގެއްލިފައި ޒައިވާއަށް އިނދެވުނެވެ. ހިތަށް ހަމަޖެހުން ގެނުވައިދޭ މަންޒަރެއް ނަމަވެސް އޭނާގެ ހިތް ގިސްލައިފައި ރޮނީއެވެ. އެތައް ހާސް ޝަކުވާއަކުން އެހިތް އައީ ފުރިބަންޑުން ވަމުންނެވެ. އަދިވެސް ހަދާނެގޮތެއް އޭނާއަށް ނިންމަން އުނދަގޫވެފައި އިންކަހަލައެވެ. ބައެއްފަހަރު ރީއާންގެ މާޒީ ހޯދަން ނޫޅެވުނުނަމައޭ އޭނާގެ ހިތަށް އަރައެވެ. އޭރުން ގައިމުވެސް އެލޯތްބަށް ވަދާޢު ކިޔާކަށް ނުޖެހުނީހެވެ. ރީއާންގެ ހިތުގައިވީ އެހެން މީހެއްކަން ނޭނގުނީހެވެ. އެދެމެދަށް އެޅޭ ހުރަހަކީ ޚުދު ތިމާކަމުގައި އިހުސާސުނުވީހެވެ. ދެފަރާތަށް ޒައިވާ ބޯހޫރައިލީ އެފިކުރުތަކުން ސިކުނޑި ހާސްވީވަރުންނެވެ. އެއީ އޭނާގެ ގޮތް ނޫން ނަމަވެސް ހިތަށް އަސަރުކޮށްފައިވީލެއް ބޮޑުކަމުން އެފަދަ ކޫސަނި ޚިޔާލުތައް ކުރެވެނީއެވެ.

"ޒައި.. ވަޓްސް ރޯންގް.." ޒައިވާގެ ކޮނޑުގައި ފިރުމައިލަމުން އަނޫކް އަހައިލީ ކަންބޮޑުވެފައި އިނދެއެވެ. އެ އޯގާތެރިއަޑު ކަންފަތުގައި ޖެހުމާއެކު ޒައިވާގެ ދެލޮލުން ހޯސްލައިފައި ކަރުނަތައް ފައިބަން ފެށިއެވެ. އިތުރަށް އަނޫކް ހާސްކުރުވި ކަމަކަށް އެކަންވިއެވެ. ޒައިވާގެ އަތުގައި ހިފައި އޭނާއަށް ބާރުކޮށްލެވުނީ އެހެންވެއެވެ. "ޒައި ހިތްނޭދޭ ގޮތަކަށް އެއްވެސް ކަމެއް ކުރާކަށް އެކަކުވެސް މަޖުބޫރެއް ނުކުރާނެ.." ޒައިވާގެ މަޑުއަތްތިލައަށް ފިތައިލަމުން އަނޫކް ބުނެލިއެވެ. ކޮންމެވެސް ވަރަކަށް ޒައިވާއަށް ވެގެންއުޅޭ ގޮތެއް އޭނާއަށް ވިސްނުނީއެވެ. "އަހަންނަކީ.. އެހާ އަމިއްލަ އެދުން.. ބޮޑު މީހެއް ނޫން.." އަރުތެރެ ބެދިފައިވުމުން، ޒައިވާއަށް ވާހަކަދެއްކުންވީ ދަތިކަމަކަށެވެ. "އެކަކުވެސް އެހެންނެއް ނުބުނެއެއްނު.. ރީއާން.. ހުރީ ޒައިއާ ކައިވެނިކުރަން ތައްޔާރަށް.. އެކަކުވެސް ޒައި ގާތަކުން.. އެކައިވެނި ނުކުރާކަށް ނޭދޭނެ.. އަހަރެންގެ ދޮންތައަކީ އެކަހަލަ މީހެއްނޫން.. ދޮންތަ އަންޑަރސްޓޭންޑް ވާނެ.." ހުރިހާ ކަމަކާމެދު ވިސްނަމުން ކަހަލަ ގޮތަކަށް އަނޫކް ބުންޏެވެ.

"ހެހެ.. ލޯތްބަކީ ހުރިހާ އެންމެނަށް ލިބޭނެ އެއްޗެއް ނޫން.. އަހަންނަށް ރީއާން ލިބިދާނެ.. އެކަމަކު.. ދުވަހަކުވެސް އެހިތެއް މިލްކެއް ނުކުރެވޭނެ.." އިސްޖަހައިލަމުން ލޮލުން އަންނަމުންދިޔަ ކަރުނަތައް ޒައިވާ ފުހެލިއެވެ. އޭނާގެ ވާހަކަތަކައް ދޭނެ ޖަވާބެއް އަނޫކްއަކަށް ނުވިސްނުނެވެ. ޚުދު އަމިއްލަ ހިތްވެސްވީ އެފަދަ ޝަކުވާތަކުން ފުރިފައެވެ. ވީއިރު ޒައިވާއަށް އޭނާ ހިތްވަރެއް ދޭނީ ކިހިނަކުން ހެއްޔެވެ.

"ނޫކް ދުވަހަކުވެސް މީހެއްދެކެ ލޯތްބެއް ނުވަންތަ.." އަމިއްލަ ނަފުސު ކުޑަކޮށް ހަމައަކަށް އަޅުވައިލަމުން ޒައިވާ އަހައިލިއެވެ. އަނޫކްގެ ދިރިއުޅުމުގެ އެބާބު އެނގެން އޭނާ ބޭނުންވީއެވެ. ޒައިވާގެ ސުވާލުން އަނޫކްއަށް ލިބުނީ ސިހުމެވެ. އަވަސް އަވަހަށް އޭނާ ދުރަށް ނަޒަރު ސީދާކޮށްލިއެވެ. އެދެލޮލުން އެހިތުގެ ހާލު ފައުޅުވެދާނެތީ އޭނާ ޖެހިލުންވީކަހަލައެވެ. އަނޫކްއަށް ވީގޮތްފެނި ޒައިވާއަށް ކުރެވުނީ ކުށްވެރިކަމުގެ އިހުސާސެވެ. އަހަންނުވާވަރު ސުވާލެއް އެހުނީއޭ ހީވެއެވެ.

"ޒައި ބުނިހެން.. ލޯތްބަކީ އެންމެނަށް ލިބޭނެ އެއްޗެއް ނޫން.." އޭނާގެ އަޑުގައިވީ ރިހުމުން ޒައިވާގެ ގައިން ހީބިހިހިލިގެން އައެވެ. އޭނާއަށް މަޑުމަޑުން ދެއަތުގައި ފިރުމައިލެވުނެވެ. "އެއްފަހަރުވެސް ލޯބިވާ ވާހަކަ ބުނިންތަ.. ލިބޭނެކަމެއް ނޫނީ ނުލިބޭނެ ކަމެއްވެސް އެނގުނީހީ އޭރަކަށްނު.." ގަދަކަމުން ކަހަލަ ގޮތަކަށް ޒައިވާ ހިނިތުންވެލިއެވެ.

"ބުނުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތް.."

"ނޫކް ތިހާ ފިނޑިވީ ކޮންއިރަކު.." އަނޫކްގެ ގޮނޑުގައި ހިފައި ކުޑަކޮށް ކޮށްޕައިލަމުން ޒައިވާ ދިމާކޮށްލިއެވެ.

"އައި.. އައި ޖަސްޓް.. ޑޯންޓް ވޯންޓް ޓް ލޫސް ހާރ.. އެކުވެރިއެއްގެ ގޮތުގަ ވިއަސް އަހަރެންގެ ދިރިއުޅުމުގަ ހުންނަންޏާ އެވަރުން އަހަރެންނަށް ފުދޭނެ.. އޯލް އައި ވޯންޓް އިޒް ހާރ ޓް ބީ ހެޕީ.. އަހަންނާ ނުލާވިއަސް.." ހިތްދަތި ގޮތަކަށް އަނޫކް ބުންޏެވެ. އެއަޑު އިވިފައި ޒައިވާގެ މޫނުމަތިން ހިނިތުންވުން ފިލާދިޔައެވެ. ލަސްލަހުން އަނޫކްގެ އަތުގައި ހިފައިލަމުން އެއަތްތިލައަށް އޭނާއަށް ބާރުކޮށްލެވުނީ އަބަދުވެސް އޭނާއާ އެކުގައި ޒައިވާ ހުންނާނެކަމަށް ބުނެލަމުންނެވެ. އަނޫކްގެ ކޮންމެ ޖުމުލައެއްގައި ފޮރުވިފައިވީ އޭނާއަށްޓަކައިވި ލޯބިކަން ޒައިވާ ނުދެނަހުއްޓެވެ. އޭނާގެ ދުލުން ބޭރުވި ޖުމުލަތަކުން އަނޫކްގެ ހިތަށް ކުރުވި ފުން އަސަރުގެ ހިލަމެއް ޒައިވާއަކަށް ނުވެއެވެ. އިތުރަށް އެއަންހެންކުއްޖާއަށް ބަލަން ކެތްނުވެ އަނޫކް އިސްޖަހައިލިއެވެ. މޭގައިވި ހިތް ގިސްލައި ރޮމުންދިޔަ ނަމަވެސް ބޭރުފުށުން އޭނާ ފައުޅުކޮށްލީ ހިތްދަތި ހިނިތުންވުމެކެވެ.

* * * * *

ހެނދުނުގެ ހިތްފަސޭހަ ވަގުތެވެ. އޮފީސް ބަންދު ދުވަހެއްކަމުން ޒައިވާ ތެދުވީ ތަންކޮޅެއް ލަހުންނެވެ. ފެންވަރައި ތާޒާވެލައިގެން އޭނާ ތިރިއަށް އައި އިރު ބޮޑުކޮޓަރީގެ ސޯފާތަކުން ސޯފާއެއްގައި އެކަނިމައި އެކަނި އައިޕެޑުން ކޮންމެވެސް އެއްޗެއް ބަލަން ރީއާން އިނެވެ. ޒައިވާގެ ހިލަން ވެލުމާއެކު އޭނާ އައިޕެޑްގެ ސްކްރީނުން ނަޒަރު ވަކިކޮށްލައި ޒައިވާއަށް ބަލައިލިއެވެ. އަދި ބޮލުން އޭނާ ގާތަށް އައުމަށް އެދި އިޝާރާތްކޮށްލިއެވެ. ކުދި ފިޔަވަޅުތަކެއްގައި އައިސް ރީއާން ދެއްކި ތަނުގައި ޒައިވާ އިނށީނެވެ. އަތުގައި އޮތް އައިޕެޑް ޒައިވާއަށް ފެންނާނެހެން އޭނާ އަނބުރައިލިއެވެ.

"މިހުރީ މަންމަ ނަގާފަ ހުރި ބައެއް ޑިޒައިންސް ތައް.. ޒައި އަށް ދައްކާފަ މިތަނުން ކަމުދާ އެއްޗެއް އަވަހަށް ނިންމާށޭ ބުނީ.. ބަލާލަބަލަ ކަމުދާ އެއްވެސް ޑިޒައިނެއް އިންތޯ.." ކައިވެނީގެ ހެދުންތަކުގެ އެކި ފަރުމާތައް ދައްކައިލަމުން ރީއާން ބުނެލިއެވެ. އެއަޑުގައިވި މަޑުމައިތިރިކަމުން އެވާހަކަތައް ދައްކަންވުމުން ރީއާނަށް އުނދަގޫވެފައިވި މިންވަރު ޒައިވާ ދެނެގަތެވެ. ތުންފިއްތައިލެވުނީ އެހެންވެއެވެ. ބޭނުންނުވާއިރު އެކަން ހުއްޓުވަން ނޫޅެ ރީއާން އެ ހުންނަނީ ކީއްވެހެއްޔެވެ؟ ބުނެވުނު ބަހުގައި ހިފައި އޭނާއާ ކައިވެނިކުރަން ހަގީގަތުގައިވެސް ރީއާން ބޭނުންވަނީ ހެއްޔެވެ؟ އެންމެ ކުޑަމިނުން އޭނާ ގާތުގައިވެސް އެކައިވެނި ކުރަން ބޭނުންނުވާ ވާހަކަ ނުބުނަނީ ކީއްވެހެއްޔެވެ؟ އަމިއްލައަށް އެފަދަ ހިތާމައެއްގައި ބަނދެވުމަށް ރީއާން އެދެނީހެއްޔެވެ؟

"އަހަރެން.. ފަހުން.. މި ޑިޒައިންސްތައް ބަލާލާނަން.." އަޅައަޅައި ގަންނަމުންކަހަލަ ގޮތަކަށް ޒައިވާ ބުނެލީ ހިސާބަކަށް ހާސްވެފައި އިނދެއެވެ. އެންމެ ރަނގަޅޭ ބުނަމުން އިންތަނުން ރީއާން ތެދުވިއެވެ. "ރީއާނަށް ޔަގީންތަ އަހަންނާ ކައިވެނިކުރަން ބޭނުންވާކަން.." ފުރަގަސްދީ ކުރިއަށް ރީއާން ހިނގައިގަތުމާއެކު ޒައިވާއަށް އަހައިލެވުނެވެ. އެއަޑުއިވިފައި ހުރިފިޔަވަޅު މަތީގައި މަޑުޖެހިލަމުން އެނބުރި ޒައިވާއަށް އޭނާ ބަލައިލިއެވެ. "އޮފް ކޯރޒް.. އެހެން ނޫންނަމަ މިހުރިހާ ކަމެއް ނުކުރީހެއްނު.." ޒައިވާގެ އަތުގައި އޮތް އައިޕެޑަށް އިޝާރާތް ކޮށްލަމުން ރީއާން ބުންޏެވެ. ވަކިއެއްޗެކޭ ނުބުނެ ޒައިވާ ގަދަކަމުން ހިނިތުންވެލީއެވެ. ރީއާންގެ ދުލުން އެކަމަށް އެއްބަސް ނުވާނެކަން އޭނާއަށް ޔަގީންވީއެވެ. އިތުރު އެއްޗެއް ބުނުމުގެ ބޭނުމެއް ނެތެވެ. "ސްޓުޕިޑް.. ސްޓަބަން ޕީޕަލް.. ލޯބިވާއިރު ކޮންމެ އެކަކު ގޮތް ދޫކުރާނަމަ.." އުނގުމަތީގައި އޮތް އައިޕެޑްގެ ސްކްރީނަށް ދެލޯ އަމާޒުކޮށްލަމުން ޒައިވާއަށް ބުނެވުނެވެ.

* * * * *

އިރުއޮއްސެމުން އައި ވަގުތު ޖީލާންގެ ގެއަށް ގޮސްފައި ރާޔާ ގެއަށް އަންނަން ނުކުތީ އަނދިރިވުމުގެ ކުރިން ގެއަށް ދިއުމުގެ ނިޔަތުގައެވެ. ވަކި ހިސާބަކުން އަނޫކްއާ ދިމާވެ އޭނާއާ އެކުގައި ޔުމްނު ސައިކަލު ދުއްވާލަން ދިއުމުން ރާޔާ އައީ އެކަންޏެވެ. ވިއްސާރު ދުވަސްކޮޅެއްކަމުން މަގުތަކުގައި ހިސާބަކަށް މީހުން މަދެވެ. އުޑު މައްޗަށް ބަލާލަމުން ރާޔާ ހިނގުން ބާރުކޮށްލިއެވެ. އެވަގުތު ފަހަތުން މީހަކު އަންނަހެން ހީވެ ހުއްޓެމުން އޭނާ އެނބުރި ބަލައިލިއެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ހީވިގޮތެއް ކަމަށް ބަލައިފައި އޭނާ އަނެއްކާވެސް ކުރިއަށް ހިނގައިގަތީއެވެ. ނަމަވެސް ކުރެވެމުންދިޔަ އުނދަގޫ އިހުސާސުތައް ފިލާ ގޮތެއް ނުވިއެވެ. ހަވީރު ޔުމްނު ގޮވައިގެން ޖީލާންމެން ގެއަށްދިޔަ މަގުމަތީވެސް މީހަކު އޭނާއަށް ފާރަލަމުން ފަހަތުން އައިކަހަލަ އިހުސާސެއް އޭނާއަށް ކުރެވުނެވެ. މޭގައި އަތްޖައްސައިލުމާއެކު ރާޔާއަށް އިހުނަށްވުރެ ހިނގުން ބާރުކޮށްލެވުނެވެ. އޭރު އެހިތް ތެޅެމުންދިޔައީ ކެތްނުވާވަރަށެވެ. ނުރައްކަލެއްގެ އިންޒާރު ސިކުނޑި ދޭން ފެށުމުން ރާޔާއަށް ހިންދިރުވައިލެވުނެވެ. ގެ ހުންނަ ހިމަގޯޅިއަށް އެޅިތަނާހެން އައިނައި ތަނެއް ނޭނގި ފަހަތުން މީހަކު އޭނާގެ އަތުގައި ހިފައި އަނބުރައިލުމާއެކު އެހިސާބުގައި ހަދަން ފަށައިފައިހުރި ގެއެއްގެ ތެރަށް ދަމައިގަތެވެ. ހަޅޭއްލަވައިގަންނަން އަނގަހުޅުވައިލި ވަގުތު އެމީހަކު ރާޔާގެ އަނގަމަތީގައި އަތް އަޅަމުން އަޑު ބޭރުނުވާނޭހެން ހިފަހައްޓައިލިއެވެ. އެމީހެއްގެ އަތުން ރާޔާއަށް ދުވީ ދަންނަ ވަހެކެވެ. ދުވަހަކުވެސް އޭނާގެ ހަނދާނުން އެވަސް ފިލައިގެން ނުދާނެއެވެ. ދެލޯބޮޑުކޮށްލެވުމާއެކު ހާސްވެފައި އޭނާއަށް ތެޅިގަނެވުނީ އެހެންއެވެ. މުޅި ނަފުސު ހިސާރުކުރި ބިރުވެރިކަމެއްގެ ސަބަބުންނެވެ. އޭރު ބޮޑުވެފައިހުރި ދެލޮލަށް ބޭއިޚުތިޔާރުގައި ކަރުނަތައް ޖަމާވެގަނެފިއެވެ.

(ނުނިމޭ)

Ads by Allied Insurance
  1. ޫފިނިފެންމާ

    މި ޕާޓު ވެސް ވަރަށް ރީތި

  2. ޝޗހހޗޗހޗހ

    ޏނފފފޖޖ

  3. ހައިމް

    ދައިސްތަ އަނެއްކާ؟
    އިތުރަށް ހަމަ ލޯތްބޭ ވެވެނީ

  4. ނިނީ

    ދައިސް ދޯ އެއީ

  5. ޥވވ ރީތި.ވާހަކަ ދެކެ ވވވ ލޯބިވެވިއްޖެ…

  6. ާއައިންތު ހަމީ

    ވަރަށް ރީތި. އަނެއް ބައި އަވަހަށް ގެނެސް ދޭތި.