ޚަބަރު ޝަރުޢީ ދާއިރާ

ޝައިޚް ނިޝާނަށް މުއްދަތު ޖެހި ގާޒީ އިނީ ހިނދުކޮޅުގައިތޯ ޑރ.އިޔާޟް ސުވާލު ކުރައްވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޑރ.މުޙައްމަދު އިޔާޟް

ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ އައްޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމަށް މުއްދަތު ޖަހަން އިންނެވި ގާޒީ އިންނެވީ ހިނދުކޮޅުގައިތޯ ސުވާލު އުފެދޭކަމަށް ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

Ads by MWSC

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ 21ވަނަ ދުވަހު ގަލޮޅު ދަނޑުގައި އިވެންޓެއް ބާއްވަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރު ކުރުމަށް ފަހު ޝެއިހް ނިޝާންގެ ބަންދަށް ފުރަތަމަ ދިނީ ހަތް ދުވަހެވެ. އޭގެ ފަހުން ދިނީ ތިން ދުވަހުގެ މުއްދަތެވެ. އެ މުއްދަތު ހަމަވާތީ މިއަދު ކޯޓަށް ހާޒިރު ކުރުމުން ޝައިޚް ނިޝާންގެ ބަންދަށް ވަނީ 13 ދުވަސް އިތުރުކޮށްފައެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުން ޝައިޚް ނިޝާނަކީ އެ ދުވަހު ހިންގި ހަމަނުޖެހުންތަކުގެ އިސް މީހާއެވެ. އަދި ބޮޑު ފާފައެއް މަނާކުރުމަށް ގޮވައިލައި ޝައިޚް ނިޝާން އަޑުއުފުލައިފައިވާ ކަމަށާއި, ވަކި މިސްކިތަކަށް ނަމާދަށް ދިއުމަށް ޝައިޚް ނިޝާން ގޮވައިލިކަމަށް ފުލުހުން ކޯޓުގައި ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ޑރ.އިޔާޟް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ވާހަކަ ވެސް ރަނގަޅު ނޫން ކަމަށެވެ. ހަމައެއާ އެކު މުއްދަތު ޖަހަން އިންނެވި ގާޒީ އިންނެވީ ހިނދުކޮޅުގައިތޯ ސުވާލު އުފެދޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޝައިޚް ފަޟްލޫން ވެސް ވަނީ ހައްޔަރުކޮށްފައެވެ.

Ads by Allied Insurance
  1. ރަދީފްއޮފިޝިއަލް

    ޑރ ތިޔާ އުޅެނީ ގޮޅިއަކަށް ފެތެން ތަ؟!! އިއްޒަތްތެރިންނަށް ނިސްބަތްކޮށް ތިހެން ބުނުން ރައްކާތެރިއެއް ނޫން.

    • ސަންފަ

      ޢެކަހަލަ ޢިއްޒަތްތެރިންގެ ވީޑިއޯތައް ލީކް ވަމުން އެދަނީ އަމިއްލައަށް ޢިއްޒަތް ކިޔައި ގެން އުޅުނަކަސް ޢިއްޒަތްތެތިއެއް ނުވާނެ. މިހާރު ކޯޓުތައްވެސް ހިންގަނީ ވެރިމީހާ ރުހޭ ގޮތަށް ޢިޔާޒޫ. އިޔާޒުގެ މާތް ވެރިޔާ ބުނެފަ އޮތީ އެއީ ޓެރަޒިޒަމްގެ ޢަމަލެކޭ އެމާތް މީހާ އަށް ބުނެވޭނީ ކުރެވޭނީވެސް އިންޑިއާ ރުހޭ ގޮތަށް. ޢިންޑިއާއިން ވަނީ ޔޯގާއާ ދެކޮޅު ހެދި މީހުން ޖަލަށްލާން ޖެހޭނެ ކަމަށް ބުނެފަ. ޢެބުނިގޮތަށް އިބޫ ކެބިނެޓަށާ ޕޮލިހަށް އަންގާފަވާނީ. މިތާގަ ހުރިހާ އިދާރާ ތަކެއްވަނީ ވެރިމީހާގެ މުށުގެ ތެރޭގަ . ޢަދިވެސްް ޢިޔާޒު މެން ކިޔާތި މާތްމީހެކޭ.

      • ރަދީފްއޮފިޝިއަލް

        ވަރަށް ރަނގަޅު ވާހަކައެއް.ތާއީދުކުރަން.