ޚަބަރު އިޖުތިމާޢީ

ހިޔާ ފުލެޓު އަތުލި މީހުންގެ ދަފްތަރެއް ހަދަން ފަށައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ހިޔާ މަޝްރޫއުގެ ފްލެޓްތައް.. ދެން އިމޭޖްސް

ކުރީ ސަރުކާރުގައި ފްލެޓު ލިބުނު ނަމަވެސް, މި ސަރުކާރުން ފުލެޓު ލިބުނު މީހުންގެ ލިސްޓު އެކުލަވައިލިއިރު ގިނަ ބައެއްގެ ނަން އުނިކޮށްފައިވާތީ އެ މީހުންގެ ދަފްތަރެއް ހަދަން ފަށައިފިއެވެ.

Ads by STELCO

މިކަން ކުރަނީ އާންމުންގެ އެކުވެރި ގުޅުން ޖަމްއިއްޔާއިންނެވެ.

ރައީސް ޢަބްދުﷲ ޔާމިންގެ ދައުރުގައި ފުލެޓު ލިބޭ މީހުންގެ ލިސްޓެއް އެކުލަވައިލިއެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ މި ސަރުކާރުގައި ވަނީ ބައެއް ކެޓަގަރީތަކުން ފުލެޓު މަދުކޮށް, އުސޫލަށް ބަދަލުތަކެއް ގެނައުމަށް ފަހު ފުލެޓުތައް ދީފައެވެ.

އާންމުންގެ އެކުވެރި ގުޅުން ޖަމްއިއްޔާގެ ރައީސް މިދުއަމް ސަޢުދު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވަނީ 3000އަށް ވުރެ ގިނަ މީހުންގެ ފުލެޓު އަތުލައިފައެވެ.

https://twitter.com/AEG_Mv/status/1543826425601753089?t=Pf1IrqZ11_M5kRTHMdyEYw&s=19

އެ ގޮތުން ފޯމެއް މެދުވެރިކޮށް އާންމުންގެ އެކުވެރި ގުޅުން ޖަމްއިއްޔާއިން މިއަދު ވަނީ އެ މީހުންގެ ދަފްތަރެއް ހަދަން ފަށައިފައެވެ. އޭގެ ބޭނުމަކީ އެ ފަރާތްތައް އެއްތަންކޮށް އެކު އެކީ އެ ފްލެޓުތަކަށް ވަކާލާތު ކުރަން ފެށުންކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!