ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

ލުއި ހިނިތުންވުމަކާއެކު އަނޫކް ދެފަރާތަށް ބޯހޫރުވައިލީ ނުރޯށޭ ބުނުމުގެ ގޮތުންނެވެ. އެދެލޮލުގެ ފުންކަމުގެ ތެރަށް ގެނބިގެންދިޔަ ޒައިވާއަށް އަނޫކްގެ އަތަށް ބާރުކޮށްލެވުމާއެކު ފުންނޭވައެއް ދޫކޮށްލެވުނެވެ. ކަރުނައިގެ ތެރެއިންވެސް އެމަޑު ފިޔާތޮށި ކުލައިގެ ތުންފަތް ދެފަރާތަށް ދެމިލިތަންފެނި އަނޫކްގެ ހިނިތުންވުން އިތުރަށް ފުންވެލިއެވެ. ޒައިވާގެ ކެތްތެރިކަމާއި ހިތްވަރަށް ހިތާހިތުން އޭނާއަށް ތަޢުރީފުކޮށްލެވުނެވެ.

Ads by STELCO

ރާޔާ ބަލަންއިން ގޮތުން ރީއާން ކުޑަކޮށް ހީނލިއެވެ. އެއްފަރާތުގައި އޭނާ ބެހެއްޓި ކޮތަޅު ނަގަމުން އޭގައި އިން ޕާރުސަލް ތަށި ނަގައި ހުޅުވައިލިއެވެ. އެއާއެކު މާހައުލުގައި ހިފައިލިވަހުން ރާޔާއަށް ދެލޯ މަރައިލަމުން ނޭފަތް އެތެރަށް ދަމައިލެވުނީ ގަސްދަކާނުލައެވެ. ތަށްޓައް ސަމްސަލެއް ލައިދިނުމަށްފަހު ރީއާން އެތަށި ރާޔާއަށް ދިއްކޮށްލިއެވެ. ހައިވެފައިހުރިކަމުގެ އިހުސާސުވެސް އޭނާއަށް ކުރެވުނީ ދެނެވެ. ނަމަވެސް ތަށީގައި ހިފުމުގެ ބަދަލު ރާޔާ ބަލައިލީ ތަންކޮޅެއް ދުރުގައި ހުއްޓިހުރި އަނޫކްއަށެވެ. އެދެލޮލުން ރާޔާ އޮޅުންފިލުވަން ބޭނުންވަނީ ކޮންކަމެއްކަން އަނޫކް ދެނެގަތެވެ.

"ޒަމްދައްތަ ގާތުވީ.. ދޮންތަ ހޮސްޕިޓަލަށް ގެނައި ވާހަކަ ބުނީމަ އަވަހަށް ޒަމްދައްތައަށް ގުޅީ.." ޔުމްނުވީ ކޮންތާކުކަން އަނޫކް އޮޅުންފިލުވައިދިނެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެއްކަމަކު އެންމެ ސުކުންތުކޮޅަކަށްވެސް ޔުމްނުގެ ޚިޔާލުތައް ރާޔާގެ ސިކުނޑިން ފިލައިނުދެއެވެ. ލަސްލަހުން އޭނާގެ ނަޒަރު ރީއާން ދިއްކޮށްގެން ހުރި ތައްޓާ އަމާޒުވިއެވެ. ހިތްވަރުކޮށްފައި ރާޔާ އެތަށީގައި ހިފިއެވެ. އަދި މަޑުމަޑުން ޝުކުރުއަދާ ކުރުމަށްފަހު ކާން ފެށިއެވެ.

އައިވީފުޅި ހުސްވުމާއެކު ރާޔާ ދޫކޮށްލިއެވެ. ރީއާން ކާރުގައި ރާޔާ ގެންދާނެ ވާހަކަ ބުނުމުން އެހެން މީހުން ބޭނުންވީ ސަމަދާއެކު އޭނާ އައި ކާރުގައި ދާށެވެ. ރީއާންއާ އެކުގައި އެކަނިވާން ބޭނުން ނުވިއަސް ރާޔާއަށް ގޮތްހުސްވި ކަހަލައެވެ. ޒައިވާއާ ދިމާއަށް އޭނާއަށް ބަލައިލެވުނީ ކަންބޮޑުވެފައެވެ. އެއަންހެންކުއްޖާއާ އިންނަން ރީއާން އެއްބަސްވެފައި ވާއިރު، އޭނާގެ ކުރިމަތީގައި އެހެން އުޅުމުން ހީކުރާނީ ކީކޭ ބާއެވެ. އެއްވެސް މީހަކަށް ރާޔާގެ ސަބަބުން ދެރައެއް ލިބޭކަށް އޭނާ ނޭދެއެވެ. ރާޔާ ބަލައިލިތަންފެނި ޒައިވާ ހަދިޔާކޮށްލީ ހިތްހެޔޮ ހިނިތުންވުމެކެވެ. އޭނާގެ މޫނަށް ބަލައިފި މީހަކަށް އޭނާ އެހުރީ ކަމަކާ ދެރަވެފައިކަން ބުނެދޭކަށް ނޭނގޭނެއެވެ. އެހައިވެސް ބޮޑަށް އަމިއްލަ އިހުސާސުތައް ފޮރުވައިލުމުގައި ޒައިވާ ކުރިހޯދިއެވެ. ޒައިވާއަށް ސަމާލުކަން ދިނުމެއްނެތި ރީއާން ކާރުގައި އައިސް ރާޔާ ގާތުގައި މަޑުކޮށްލިއެވެ. އަދި ކުރީ ސީޓްގެ ދޮރުހުޅުވައިލަމުން ކުޑަކޮށް ބޯއަރިކޮށް ބަލައިލިއެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލުމާއެކު ރާޔާ ކާރަށް އަރައި ހަމަޖެހިލިއެވެ. އެއާއެކު ރީއާން ކާރު ދުއްވައިލިއެވެ. އަނޫކްއާ އެކު ސައިކަލް ކައިރީގައި އެކާރު ގޮސް ލޮލުކޮޅަށް އޮބާލަންދެން ބަލަހައްޓައިގެން ޒައިވާ ހުރީއެވެ. ބަހެއްވެސް ނުބުނެ އަނޫކް ވެސް މަޑުމަޑުން ހުރީ ޒައިވާއަށް ބޭނުންވަނީ އެފަދަ ވަގުތުކޮޅެއްކަމުގައި ހީވެފައެވެ. އަމިއްލައަށް ކަންކަމާމެދު ވިސްނައިލަން ޒައިވާ ބޭނުންވީކަމުގައި ހީކޮށްފައެވެ. މަޑުމަޑުން އިސްއޮބައިލުމާއެކު ޒައިވާ ހިންދިރުވައިލިއެވެ. ސަމަދާއެކުގައި ޖީލާން ވެސް ދިއުމުން ދެމީހުން އެކަނިވީއެވެ. އެހައި އަވަހަށް ގެއަށް ދިއުމުގެ ޚިޔާލެއް ޒައިވާގެ ނެތެވެ. އޭނާ އަނޫކް ގާތުން އެދުނީ ސައިކަލުގައި ބުރެއް ޖަހައިލަން ދިއުމަށެވެ. ހުރިހައި ކޫސަނި ޚިޔާލުތަކުން ދުރުވެލަން އޭނާ ހުރީ ބޭނުންވެފައެވެ. ބުނެދޭން ނޭނގޭ ހަމަޖެހުމެއްގެ އިހުސާސު އަނޫކްއާ އެކުގައި ހޭދަކުރެވޭ ވަގުތުގައި ކުރެވޭކަން ޒައިވާއަށް ވަނީ ފާހަގަވެފައެވެ. ކީއްވެގެންކަން ނުވިސްނުނަސް ހިތްނުތަނަވަސްވާ ކޮންމެ ވަގުތަކު އޭނާއަށް އެހީއަށްއެދި ދެވޭ ހަމައެކަނި ފަރާތަކީ އަނޫކްއެވެ. އިހުނަށްވުރެ އެދެމެދުގައި އޮތް ގުޅުން މިފަހަކަށް އައިސް ވަރުގަދަވެފައިވާ ކަހަލައެވެ.

ކާރުތެރޭގައި ރަސްކަން ކުރަމުންދިޔައީ ހިމޭންކަމެވެ. ދެމީހުންކުރެ އެކަކުވެސް އިސްވެ އަނގައިން ބުނަން ޖެހިލުންވެފައިވާ ފަދައެވެ. އިރުއިރުކޮޅުން އެކެއް އަނެކެއްގެ މޫނަށް ދެމީހުނަށް ވެސް ބެލެމުންދިޔައީ އެހިމޭންކަން ނައްތައިލާނެ ކަމުގެ އުއްމީދުގައެވެ. ރާޔާދެކެ ނުރުހުންވިއަސް ކުއްލިއަކަށް އޭނާއާ މެދުގައި ކަންތައްކުރެވެމުން ދިޔަގޮތުން ޚުދު ރީއާންވެސް އިނީ އަމިއްލަ ނަފުސާމެދު ސުވާލުއުފެދޭގޮތް ވެފައެވެ. ހިތުގައި އެހައި ނަފުރަތު އޮތްއިރުވެސް އެހިތަށް ރާޔާދެކެ ވެވުނު ލޯބިމަތިން ހަނދާންނައްތައެއް ނުލެވުނެވެ. އަދިވެސް އެހިތުގެ ރަނިކަމަނާއަކީ އެއީކަން ގައިމެވެ. ރާޔާއަށް ކުޑަ ގެއްލުމެއް ވިއަސް އަމިއްލަ ހަށީގައި އެވާން އަޅާފަދަ އިހުސާސެއް ރީއާނަށް ކުރެވެނީ ކީއްވެހެއްޔެވެ. އަދިވެސް އެދެއަތުގެ ހިމާޔަތުގެތެރަށްލައި މުޅި ދުނިޔެއަށް އެނިޔަނެތި މަލެއްފަދަ އަންހެންކުއްޖާ ފޮރުވައިލަން ބޭނުންވަނީ ކީއްވެހެއްޔެވެ. ކިތަންމެ ވަރަކަށް ނުރުހުން ފައުޅުކުރި ނަމަވެސް އަދި ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އަދިވެސް ރާޔާ ދެކެ އިންތިހާއަށް ލޯބިވެވެނީ ކީއްވެބާއެވެ. ލޯތްބަކީވެސް ހާދަހައި މޮޔަ އެއްޗެކެވެ. ހިތަށް ކިތަންމެ އަނިޔާއެއް ދިނަސް، އެލޯބީގެ މަތިން ހަނދާންނެތޭ ގޮތެއް ނުވެއެވެ. ހިތްއެދި ގޮވަނީ އެލޯތްބަށެވެ.

ގެއާ ހަމައަށް ކާރު މަޑުކޮށްލުމުން އިރުކޮޅަކު ރާޔާ މަޑުކޮށްލީ އިސްވެ ރީއާން އެއްޗެއް ބުނޭތޯއެވެ. އިރުކޮޅެއް ވީއިރުވެސް ރީއާންގެ ފަރާތުން އިޝާރާތެއް ނުވުމުން ބަހެއްވެސް ނުބުނެ ރާޔާ އުޅުނީ ކާރުގެ ދޮރުހުޅުވަމުން ފައިބާށެވެ. އެހެނަސް އޭނާއަށް ހުއްޓުންއެރީ ކުއްލިއަކަށް އޭނާގެ އަތުގައި ރީއާން ހިފުމުންނެވެ. ސިހިފައި އަވަސް އަވަހަށް ސީޓްގައި ހަމަޖެހިލަމުން ރީއާންގެ މޫނަށް ރާޔާ ބަލައިލީ ގަބޫލުނުކުރެވިފައެވެ.

"ހުރިހާ ކަމެއް ރަނގަޅުތަ" ފުން ނަޒަރަކުން ރާޔާއަށް ބަލައިލަމުން ރީއާން އަހައިލިއެވެ. އެއަޑުގައިވީ މީގެކުރިންވެސް ކަމަކާމެދު ރީއާން ކަންބޮޑުވެއްޖެނަމަ އެކުލެވިފައިވާ މަޑުމައިތިރިކަމެވެ. ރީއާން އެއިޝާރާތް ކުރަނީ ސީދާ ކޮންކަމަކަށްކަމެއް ރާޔާއަކަށް ނުވިސްނުނެވެ. ފާޑަކަށް ރާޔާ އިންނަން ފެށުމުން އޭނާގެ އަތުން ދޫކޮށްލުމަށްފަހު މަގުމައްޗަށް ރީއާން ދެލޯ ހުއްޓައިލީއެވެ.

"އެގޭ ތެރެއިން ދުވެފަ ރާޔާ ނުކުންނާނީ ކޮންމެވެސް ކަމެއްވެގެންކަން އަހަންނަށް ޔަގީން.. އެހެންނޫންނަމަ މަގުމައްޗަށް ސަމާލުކަން ނުދީ އެގޮތަށް ދުވެފައެއް ރާޔާ ނުދާނެ.. އަނެއްކާ ތަކުރާރުކޮށް ދަރިފުޅުގެ ނަން ކިޔާނީ އޭގެ ފަހަތުގަ ސަބަބެއް އޮތީމަ.. އެހެންވެ މިއަހަނީ ހުރިހާ ކަމެއް ރަނގަޅުހޭ.." އެއިންގޮތަށް އިނދެ ރީއާން ބުނެލިއެވެ. އިރުކޮޅަކު ވިސްނައިލަން އިނުމަށްފަހު ރާޔާ ލަސްލަހުން ބޯޖަހައިލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. އެކަމެއްގެ ވާހަކަ ރާޔާ އޭނާއާ ހިއްސާކުރަން ބޭނުންނުވީކަން ރީއާން ވަގުތުން ދެނެގަތެވެ.

"ދައިސް ކޮބާ.. އައި ނެވާރ ސީ ހިމް ވިތް ޔޫ.." އިސްޖަހައިގެން އިން ރާޔާއަށް ބަލައިލަމުން ރީއާން އެއްސެވެ. އެސުވާލު އޭނާގެ ހިތުގައި އުފެދިފައިވާތާ ކިތަންމެ ދުވަހެކެވެ. ނާހަން ހުއްޓަސް ހިތުގައި އުފެދުނު ޝައުގެއްގެ ސަބަބުން އޭނާއަށް އިތުރަށް ކެތްނުވީއެވެ. ރީއާންގެ ސުވާލާއެކު ރާޔާގެ މޫނުން ފައުޅުވީ ހާސްކަމެވެ. ތުންފަތުގައި ދަތްއަޅައިލެވުމާއެކު އޭނާއަށް ދެއަތް ދެއަތާ މޮޑެވެން ފެށިއެވެ. ދޭނެ ޖަވާބަކާމެދުގައި ވިސްނައިލަމުންނެވެ. ނަމަވެސް ބުނާނެ އެއްޗެއް އޭނާގެ ސިކުނޑިއަކަށް ނައެވެ. ހިމޭންކަން ޚިޔާރުކުރީ އެހެންވެއެވެ. ރާޔާގެ ހިމޭންކަމުން ރީއާނަށް ކުރުވީ އުނދަގޫ އިހުސާސެކެވެ. އެއްޗެއް ނުބުނެ އިނުމަށްފަހު ދެވަނަ ފަހަރަށް ކާރުގެ ދޮރުހުޅުވަން ރާޔާ އުޅުނެވެ. މިފަހަރު އޭނާ ހިފާއްޓާކަށް ރީއާން ވެސް ނޫޅުނެވެ. މަޑުމަޑުން ކާރުގެ ދޮރު ލެއްޕުމަށްފަހު ރާޔާ ގޮސް ގެއަށް ވަނުމުން ރީއާންއަށް ސީޓުގައި ލެގިލަމުން ނިތުގައި އަތްހިންގައިލެވުނެވެ. މިއަދު ހިނގި ހާދިސާއާ މެދުގައި ފިކުރު ކުރިވަރަކަށް އޭނާގެ ބޮލުގައި އުފެދިފައިވި ރިހުންވީ ގަދައެވެ. އެކި ކަންކަމާމެދު އޭބާ ވިސްނަމުން ދިޔައީ އަމިއްލަ ހިތުގައި އުފެދިފައިވި ސުވާލުތަކަށް ޖަވާބެއް ލިބިދާނެ ކަމަށެވެ. "ރައްޔު.. ވަޓް އާރ ޔޫ ހައިޑިންގް ފްރޮމް މީ.. ކީއްވެތަ ދައިސް ނުފެންނަނީ.. ރައްޔުގެ ފިރިމީހާއެއް ނޫންތަ އެއީ.. ދެން ކީއްވެތަ އެވާހަކަ އެހީމަ ތިހާ ހިމޭންވީ.. އަހަންނަށް ނޭނގޭ ކޮންމެވެސް ކަންތައްގަނޑެއް އެބަ ހިނގާ.. އެކަމަކު.. ވަޓް އިޒް އިޓް.." ސީޓުގައި ބޯޖައްސައިލައި ހަމަޖެހިލައިގެން އިނދެ އަމިއްލަ ނަފުސާ ވާހަކަ ދައްކަމުން ރީއާން ދިއައެވެ. އެގޮތުގައި އެތައް އިރަކު އޭނާ އިނެވެ.

ގޭތެރަށް ވަދެގެން އައި ރާޔާ ފެނުމާއެކު މަންމީއޭ ކިޔައި ބާރަށް ގޮވައިލަމުން އެދިމާއަށް ޔުމްނު ދުއްވައިގަތެވެ. ކުޅޭ އެއްޗެއް ހިފައިގެން އިނށީދެއިން ޒަމްރާވެސް އެއަޑަށް ތެދުވެ ބަލައިލިއެވެ. ރާޔާ ފެނުމާއެކު ކަންބޮޑުވެފައި އޭނާ ގާތަށް ޖެހިލަމުން ކަންތައްވީގޮތް އޮޅުންފިލުވިއެވެ. މާބޮޑު އަނިޔާއެއްނުވީތީ ޒަމްރާ އުފައުކުރިއެވެ. އަދި ޔުމްނުގެ ކޯތާފަތުގައި ފިރުމައިލަމުން އެގެއިން ދިއުމަށް ނުކުތެވެ. އެކަނިވުމާއެކު ޔުމްނުގެ ކުޑަކުޑަ މޫނުކޮޅުގެ އެކި ތަންތަނުގައި ރާޔާ ހުއްޓުމެއްނެތި ބޮސްދިނެވެ. ހިތަށް ކުޑަވެސް ހަމަޖެހުމެއްލިބުނީ އެތުއްތު ތުއްތު ހީނލުމުގެ އަޑުންނެވެ. މެޔާލައި ޔުމްނު ބޮނޑިކޮށްލަމުން ރާޔާ ދެލޯމަރައިލިއެވެ. "ތީ ހަމައެކަނި މަންމި ކުއްޖެއް.. އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ދަރިފުޅާ މަންމި ވަކިކުރެވޭނެ މީހަކު ނާންނާނެ.. ދުވަހަކުވެސް ނާންނާނެ.." ޔުމްނުގެ އިސްތަށިގަނޑުގައި ނުހަނު ލޯބިން ރާޔާ ބޮސްދިނެވެ. އަދި އެކި ވާހަކަދައްކަމުން އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ.

* * * * *

އަތުގައި އޮތް ފޯނަށް ވައިބަރ މެދުވެރިކޮށް ވީޑިއޯ ކޯލެއް އައުމުން ޒައިވާގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ. ގާތުގައި އެމަންޒަރުބަލަން ހިނިއައިސްފައި އިނެވެ. ކޮއްކޮގެ ކޯލެކޭބުނެ ޒައިވާ އަވަސް އަވަހަށް ފޯނަށް ޖަވާބުދިނެވެ. އައިލީ ފެނުމުން އޭނާގެ ހިތަށް ލިބުނީ ބަޔާންކުރަންދަތި ހަމަޖެހުމެކެވެ. އެކި ވާހަކަތައް ދައްކަމުން ކުއްލިއަކަށް އައިލީ ފެށީ ޒައިވާ އާއި ރީއާންގެ ކައިވެނީގެ ވާހަކައެވެ. ހުރިހައިކަމެއް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށް އޭނާ ބުނެލީ ހިނިއައިސްފައި ހުރެއެވެ. އަދި އެރޭ ލުމަށް އޭނާ ދެ ޑިޒައިނެއްގެ ހެދުން ރީތިވެގެން ނެގި ވާހަކަ ބުންޏެވެ. ނަމަވެސް އެތަނުން އޭނާއާ އެންމެ ގުޅޭނީ ކޮންހެދުމެއްކަމެއް ނޭނގޭކަމަށް ބުނެލީ ތުންކޮޅު އޫކޮށްލަމުންނެވެ. ހުއްޓުންއަރައިފައި ޒައިވާއަށް އިނދެވުނީ އެވާހަކަތަކައް ދޭނެ ޖަވާބެއް ނުވިސްނިފައެވެ. ކޮއްކޮ އޭނާއަށްޓަކައި އުފައުވެފައި ހުރިވަރުފެނި އެއްޗެއް ބުނާކަށްވެސް އޭނާއަކަށް ނުކެރުނެވެ. ނަގައިފައިހުރި ދެ ޑިޒައިން ތުއިވެފައި އައިލީ ދައްކާލިއެވެ. އަދި އެތަނުން ޒައިވާއަށް އެންމެ ކަމުދާ ހެދުމެއް ބުނުމަށް އެދުނެވެ. ޒައިވާގެ ދެލޯ ކަރުނުން ފުރިގެންއައީ ބަސްބުނާހައި ހިނދުކޮޅެއްގެ ތެރޭއެވެ. ހިތަށްކުރި އަސަރު ކޮންޓްރޯލްކުރުމަށް އޭނާ ނުކުޅެދުނީއެވެ. އައިލީއަށް ފާހަގަވުމުގެ ކުރިން އަވަސް އަވަހަށް އެސްފިޔަތައް ޖަހައިލަމުން ޒައިވާ ދުރަށް ބަލައިލިއެވެ. ގާތުގައި އެހުރިހައި މަންޒަރެއް ދެކެންހުރި އަނޫކްގެ ހިތުގައިވެސް ރިއްސައިލިއެވެ. ޒައިވާއަށް އެހީވާން ބޭނުންވިއަސް ކޮށްދޭންވީ ވަކި ކޮންކަމެއްކަމެއް ޚުދު އޭނާއަށްވެސް ނޭނގެއެވެ. ޒައިވާގެ ވިސްނުން ހުރިގޮތެއް އެނގިގެން ނޫނީ އޭނާއަށް ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅޭނެކަން ގައިމެވެ.

"ދޮންތި ރޮނީތަ.." ޒައިވާ ދެލޯކައިރީގައި އަތްޖައްސައިލިތަންފެނި އައިލީ އަހައިލިއެވެ. އޭނާގެ އަޑުގައިވީ ހާސްކަމެވެ. ނޫނެކޭބުނެ ޒައިވާ ޖަހައިލީ ހިނިގަނޑެކެވެ. ލޮލަށް އެސްފިޔައެއް ވެއްޓުނީހެން ހީވީއޭބުނެ އޭނާ އެވާހަކަ އޮއްބައިލިއެވެ. އަދި ގަދަކަމުންކަހަލަ ގޮތަކަށް ހިނިތުންވެލައިގެން އިނދެ އައިލީއާ އެތައް އިރަކު ވާހަކަދެއްކިއެވެ. ޒައިވާގެ ކޮންމެ ހަރަކާތަކަށް އެސްފިޔަ ޖަހައިލުމެއްނެތި ބަލަހައްޓައިގެން އަނޫކް އިނެވެ. ހަމްދަރުދީވެފައެވެ. އަމިއްލަ ހިތުގެ ހިތާމަތައް އެއްފަރާތްކޮށްލަމުން އޭނާ ޒައިވާއާ ގާތްވެލީ އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އަނޫކްގެ ކޮނޑުގައި ލެގިލަމުން ޒައިވާ ދެލޯމަރައި ބާރުކޮށްލިއެވެ. އެއާއެކު ހިފެހެއްޓުމެއްނެތި އެދެލޮލުން ކަރުނަތައް ފައިބައިގަތެވެ. އެމަޑު ގިސްލުން ކަންފަތުގައި ޖެހުމުން އަނޫކްއަށް ހިންދިރުވައިލެވުނީ ހިތަށް ކުރި ފުން އަސަރެއްގެ ސަބަބުންނެވެ.

* * * * *

"ރައްޔު.." ކޮޓަރީގައި ޓަކި ޖަހައިލަމުން ޒަމްރާ ގޮވައިލިއަޑަށް ރާޔާ އެނބުރި ބަލައިލިއެވެ. ޔުމްނު އެނދުމަތީގައި ބެއިނދުމަށްފަހު އޭނާ އައިސް ދޮރުހުޅުވިއެވެ. ބޮޑު މާބޮނޑިއެއް ހިފައިގެން ހުރި ޒަމްރާ ފެނިފައި އޭނާ ނިތްއަރުވައިލީ އެއީ ކޮންކަމެއްހޭ އަހައިލާފަދަ ގޮތަކަށެވެ. "ނުކުތްތަނުން އައި ސޮރެއް ދިން އެއްޗެއް.. ބުނީ ރައްޔުއާ ހަވާލުކުރާށޭ.." ލާނެތް ރާގަކަށް ޒަމްރާ ބުނެލިއެވެ. ސުވާލުއުފެދިފައި އޭގައި ހިފަމުން ރާޔާ އެކި ފަރާތް ފަރާތް ބަލައިލިއެވެ. ދަނީއޭ ބުނަމުން ޒަމްރާ ހިނގައިގަތީ ރާޔާގެ ކޮނޑުގައި ފިރުމައިލުމަށްފަހުއެވެ. މާބޮނޑި ތެރޭގައި އޮތް ކާޑު ލޮލުގައި އަޅައިގަތުމުން އެނަގައި ރާޔާ ބަލައިލިއެވެ. އެއާއެކު އޭނާގެ ދެބުމަ ގޮށްޖެހުނީ ހިތްހަމަނުޖެހުނު ވަރުންނެވެ.

(ނުނިމޭ)

Ads by HDC
  1. ހައިމް

    ދައިސް ނޫނީ ރީއާން ދިން އެއްޗެއްތަ؟
    އިތުރަށް ހަމަ ލޯތްބޭ ވެވެނީ..

  2. ޙޖޖދޖހދސ

    ޏިދނދޖދދޖުނދޖދނދޖިެިއޮްޮްޮޮދކޖޖދސޖ×ނދޗދޖދޖދސދޖނހދމޖދދނޖނދޖނުދޖނ×ނދނދުކެ83ކެ8ޖނދނދ×ޖ

  3. ޢައިންތު

    ޥަރަށް ވަރަށް ރީތި،
    އާދިއްތަ، އަންގާރަ، ބުރާސްފަތި… މި ތިން ދުވަހު މި ވާހަކައިގެ ބައިތަށް އަޕްލޯޑް ކުރާނެ ކަމަށް ބުނެފަ ވަނީ… އެހެންވީމަ މި ހަފްތާގަ މި ހުރިހާ ދުވަހު އަޕްލޯޑް ނުކުރެވޭތީވެ…. މާދަމާ ވެސް އައު ބައެއް ކިޔާލަން ލިބޭނެ ކަމަށް އުންމީދު ކުރަން.